
ރައީސް އޮފީހުގެ ޑިރެކްޓަރަކު އޭނާގެ އަންހެން ދަރިފުޅާއެކު ބަދުއަހުލާގީ އަމަލު ހިންގައިގެން ހައްޔަރުކޮށްފި
ރައީސް އޮފީހުގެ ޑިރެކްޓަރެއްގެ މަގާމެއްގައި ހުންނެވި ބޭފުޅަކު އޭނާގެ އަންހެން ދަރިފުޅާއެކު ބަދުއަހުލާގީ އަމަލުތަކެއް ހިންގައިގެން ފުލުހުން ހައްޔަރުކޮށްފިއެވެ.
ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ރައީސް އޮފީހުގެ ޑިރެކްޓަރ އަދުނާނު ހުސައިނެވެ. އެހެން ނަމަވެސް ފުލުހުން ވަނީ މިކަން ކަށަވަރު ކޮށް ނުދީފަ އެވެ.
ފުލުހުން ބުނީ ބަދުއަހުލާގީ އަމަލު ހިންގި މީހަކު ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމީހާއާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ފުލުހުންނެއް ނުދެއެވެ.
ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަދުނާނު ބަދުއަހުލާގީ އަމަލު ހިންގާފައިވަނީ އޭނާގެ 16 އަހަރަށްދާ އަންހެން ދަރިފުޅާ އެކުގަ އެވެ. އަދި އެކުއްޖާގެ އިތުރަށް އޭނާގެ ދެބެންގެ ދެދަރި 14 އަހަރުގެ އަންހެން ކުއްޖަކާއެކުގައިވެސް އޭނާ ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މިކަންތައް ފަޅާއަރާގައިވަނީ އަންހެން ކުއްޖާ އެވާހަކަތައް މަންމައަށް ކިޔައިދީގެން މަންމަ އެމައްސަލަ ފުލުހުންނަށް ހުށަހަޅައިގެނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަދުނާނު އޭނާގެ އަންހެން ދަރިފުޅާއެކު ކުޑައިރުއްސުރެ މިކަހަލަ ގުޅުންތަކެއް އަންނަނީ ބާއްވަމުންނެވެ. އަދި މިވާހަކަތައް އެކުއްޖާގެ މަންމައަށް ކިޔައިދިން ކަމަށްވަނީ މީގެ އަށްމަސް ދުވަސް ކުރިންނެވެ.
ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަދުނާނު ވަނީ މި މައްސަލަ އޮއްބާލުމަށްވެސް މަސައްކަތް ކޮށްފަ އެވެ. އަދި އޮއްބާ ނުލެވޭނެކަން އެނގުމުން ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމަށްވެސް މީނާ ނިންމާފައިވާކަމަށް ވެއެވެ. ރައީސް އޮފީހުން ބުނީ އަދުނާނު ކޯހެއް ގައި ފުރަން އުޅޭ ކަމަށާއި އެހެން ނަމަވެސް ވީނުވީއެއް ނޭނގި މިއަދު އޮފީހަށް ވަޑައިނުގަންނަވާ ކަމަށެވެ.
ފަހަކަށް އައިސް ކުޑަކުދިންނާއެކު ބަދުއަހްލާގީ ހިންގާ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.
-
ހޯމަ، މާޗް 17 2008، 17:52
އަދުނާނުގެ އަންހެނުން ލަތީފާ އަކީ ވަރަށް ތަޖުރިބާހުރި ދުވަސްވީ ޓީޗަރަކަށްވެފައި ، މިފަދަކަމެއް ހިނގާކަން އެނގިހުރެ، އެކުއްޖާ ގޭގައި ބަހައްޓާފައި ސަރުކާރުގެ ރަސްމީ ދަތުރުތަކުގައި ރާއްޖެތެރެއަށްގޮސް ،އެތައް ދުވަހެއް ވެފައިއެބަހުއްޓެވެ. މީގެ ހަފަތާއެއް ކުރިންވެސް ލަތީފާ ވަނީ ތ.އަތޮޅަށް ވެސްގޮސްފައެވެ. މިފަދަ ކަމެއްހިނގާކަން އެނގިހުރެ މަޔަކު އޭނާގެ ދަރިފުޅު ދޫކޮށް ނުލާނެއެވެ. އަނެއްކާ އެދެމީހުންގެ ދަރިފުޅު މިފަހަރު ޖީ.ސީ.އީ އޯލެވެލްގައި 7 އޭ ފާސް ހޯދައިފައިވެއެވެ. މިބާވަތުގެ ކަމެއް ހިނގާފައިވާ ކުއްޖަކަށް އެވަރު ނަތީޖާއެއް ހޯދުމަކީ ނާދިރު ، ބުއްދި ގަބޫލްކުރަން ދަތިކަމެކެވެ. މިނިވަންނޫހުގައި އިންގޮތުން އަދުނާނަކީ މިއަންނަ އިންތިޚާބްގައި ޑީ.އާރު.ޕީ އިން ތުޅާދޫ ދާއިރާއަށް ކުރިމަތިލާ ކެންޑިޑޭޓްކަމަށް ލިޔެފައި އޮވެއެވެ. ވީމާ، މިއީ ރޭވުމެއް ނޫންބާއޭ ހިތަށް އަރާ.އަރާއިރު
-
ހޯމަ، މާޗް 17 2008، 18:46
އެކަމަކު ދެން އޭނާ އަގުވައްޓާލަން ރާވާނީކީ އޭނާގެ އަންހެނުންނާ ދަރިފުޅެއް ނޫނެއްނު.. މިކަމުގައި އެއީ ރޭވުމެއް ނޫންކަމަށް ވިސްނުމުގެ ފުރުސަތު ލިބެނީ މިހެންވެއެވެ. އޭނާ އެހެން މީހެއްގެ ކުއްޖަކާ ބެހުނު ކަމަށް އެހެން މީހަކު ޝަކުވާ ހުށަހެޅިނަމަ އެއީ ރޭވުމެއްކަމަށް ތުހުމަތު ކުރުމުގެ ފުރުސަތު އޮތީހެވެ. ދެން ލިޔުންތެރިޔާއަށް ދަންނަވަމެވެ. ކުޑަކުދިންނާއެކު ބަދުއަޚުލާގީ އަމަލު ހިންގުމަކީ މިހާރަކަށް އައިސް ގިނަވެގެން އުޅޭ ކަމެއް ނޫނެވެ. މިހާރު ގިނަވެގެން އުޅެހެން ހީވަނީ މިފަދަ މައްސަލަތައް ރިޕޯޓުކުރުން އިތުރުވުމުންނެވެ. ކުރިން އެފަދަ ކަމެއް ހިނގިޔަސް އެކަން އޮއްބާލައިގެން ތިބެނީއެވެ. ދަރިފުޅު ފަޟީހަތް ވެދާނެތީއެވެ. އާއިލީ ރަހުމަތްތެރިކަން ކެނޑިދާނެތީއެވެ. އާއިލާގެ ތެރޭގައި ހަމަނުޖެހުން އުފެދިދާނެތީއެވެ. ދަރިފުޅުގެ ބައްޕަ ނުވަތަ ދޮންބައްޕަ ދަރިފުޅަށް ހަދާނެ ގޮތެއް ހަދާއިރުވެސް މަންމަ ވެސް އަޅާނުލާ ހުންނަނީއެވެ. ފިރިމީހާ ވަރިކށްފާނެތީއެވެ. ނަމަވެސް މިހާރު މީހުން އޭރަށް ވުރެ ތަންކޮޅެއް ހޭލުނތެރިވުމުގެ ސަބަބުން މިކަންކަން ރިޕޯޓުކުރަން ފެށިއެވެ.=އިޝު
-
ހޯމަ، މާޗް 17 2008، 18:56
މިފަދަ މީހިން އިންސާފުގެ ކުރިމައްޗަށް ގެނެސް ލިބެންޖެހޭ ހަރުކަށި އަދަބު ދިނުމަށް ގޮވާލަމެވެ. މައްސަލައަކީ ނޫފުގަދަ މީހާ މައްސަލަ ވާނުވާ ނޭގޭތީއެވެ...
-
ހޯމަ، މާޗް 17 2008، 19:23
ސާބަހޭ ފުލުހުންތިކުރާ ހިތްވަރަށް. އެއްގޮތަކަށްވެސް އޭނަޔާބެހޭ މައުލޫމާތު ހާމަނުކުރާތި. އެއީ ގައުމީ ސަލާމަތަށްޓަކައި ޒައީމު ބޭނުންވާނެގޮތް. ރައީސް އޮފީހުންވެސް އޭނަ އަވަހަށް ކޯހަށް ފުރުވާލަންވީ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓަވެސް ކޯހަށް ފޮނުވޭނެ. ދެން ފުލުހުން ބުނާނީ ތަހްގީގުކުރި އިރު ސާބިތެއް ނުވިޔޭ. އޭނަގެ ދަރިފުޅު ލައްވާ އިންޓަވިޔުއެއް ދީފައިވެސް އެއީ ދޮގޭބުނީމަ އެއޮތީ ތިކަން ނިމިފަ. މީގެކުރިންވެސް ކަންތައް ކުރިގޮތަށް ކުރިއަށް ގެންދިޔައީމަ ފުލުހުންގެ ޒިންމާ އެންމެ ރަގަޅަށް އުފުއްލުނީ. އަދި އެކަމަކު އިނާމެއްގެ ގޮތުން ތަހްގީގު ކުރި ފުލުހުންނަށްވާނެ ޕްރޮމޯޝަންވެސް ދޭން. ޝަރީފު
-
ހޯމަ، މާޗް 17 2008، 21:06
މިނިވަން ނޫހުގާވަނީ ކުޑަފިރިހެން ކުއްޖަކާ ގުޅުން ހިންގައިގެން ކަމަށް، ބޮޑަށް ހީވަނީ މީހެއްގެ އަގު ވައްޓާލަން އުޅޭހެން.
-
ހޯމަ، މާޗް 17 2008، 21:59
ހަތް އޭފާސް ހޯދިކަމުގައި ވިއަސް މިއީ ހިނގާފާނެކަމެކެވެ. އަދި އަދުނާނުގެ ބަދުއަހްލާގީ މައްސަލައެއް ބަލަމުންދާކަމަށް ޕޮލިސް އޮފީހުން ހަވީރު ނޫހަށް މިހާރު ވަނީ ކަށަވަރު ކޮށް ދިފައެވެ. ދެން މިއީ ރޭވުމެކޭ ބުނެވޭނެ އެއްވެސް ގޮތެއް އޮތްކަމަކަށް ހަގީގަތް ގަބޫލް ކުރާނަމަ ބުނެވޭކަށް ނެތެވެ. މާތްﷲ އަޅުގަނޑުމެންގެ މުޖުމަތަމައުން މިފަދަ ނުބައި ފާހިޝުކަންތައް ތަކުން ސަލާމަތް ކޮށްދެއްވާށި. އިންސާފަށް ލޯބިކުރާ ދިވެއްސެއް
-
ހޯމަ، މާޗް 17 2008، 22:19
މިއީ ސިޔާސީ ރޭވުމެއް ކަމަށްވުމަކީ ވަރަށް ގާތް ކަމެއް ހެން ހީވޭ ، އަންހެނުން އަބަދު ރާއްޖެ ތެރޭގައި އުޅޭ އިރު ފިރިމީހާ އެހެން މީހަކާ ކައިވެނި ކުރަން އުޅޭކަން އެނގުމުން އެކަން ހުއްޓުވަން ޖެހި މަޅިއަކަށް ނުވާނެބާ،
-
އަންގާރަ، މާޗް 18 2008، 01:12
މިއީ ވަރަށް ދެރަކޮށް ލިޔެފައިވޢ ލިޔުމެއް. ކޮންމެ އިންސާނަކީވެސް އޭނަގެ އިއްޒަތުން ނަފުސުގެ ހައްގު ލިބިފައިވާ މީހެއް. އަދުނާނު އާއި ބެހޭގޮތުން އެއްވެސް ފަރާތަކުން ތެދު މައުލޫމާތު ނުހޯއްދަވައި ދެ ނޫހުގައި ތަފާތު ދެގޮތަށް މިވާހަކަ ލިޔުއްވުމުން މިއީ ބޮޑަށް ބެލެވެނީ ސިޔާސީ ބޭނުމަމަކަށް އާއިލާއެއް ކަތިލުމަށް ލިޔެފައިވާ ވަރަށް ނުރަގަޅު ފެންވަރުދަށް ލިޔުމެއްކަމަށް. އަދި މިފަދަ ލިޔުން މީހުންނާއި ބެހޭގޮތުން ތެދު މައުލޫމާތުނުހޯދައި ލިޔުއްވާ ލިޔުއްވުންތައް އެންމެ ހަރުކަށި ބަހުރުވައިން ކުށްވެރިކުރަން. މުހައްމަދު އައި
-
އަންގާރަ، މާޗް 18 2008، 06:34
ބަލަ މައުޅުމާތު ހާމަމ ކުރުމުން އަންހެން ކުއްޖާވެސ މުޖުތަމައަށް ފަލީ ހަތްވީ އެވެ. ސިޔާސީ ބޭނުމަކަށް ވިޔަސް އަޅެ ރައީސް އޮފީހުގެ މުވައްޒިފުގެ ނަން ޖަހައިގެން ނޫސް ތައް ލިޔުނީމަ ބަދުނާމުވާނީ މައުމޫނެއް ނޫން ލަދު ގަންނާނީވެސް އޭނާ އެއް ނޫން. ހަމަ އަންހެން ކުއްޖާ މިކަމާ ދޭތެރޭ ނޫސް ވެރިން ވިސްނާ ފިކުރު ކޮށްލާ.(ރކ)
-
އަންގާރަ، މާޗް 18 2008، 07:47
ޢަދުނާނުވީމާ އަގުވައްޓާލަން ބަޔަކުރޭވި ކަމަށް ހީފުޅުވީކޮންގޮތަކުންތޯއެވެ. އެއީ މިގައުމުގައި މިހާރު ޢާއްމުކަމެއްކަން އެނގިވަޑައި ނުގަންނަވަނީތޯއެވެ.ތިމާވަކިމީހަކަށް ސަޕޯޓުކުރިޔަސް އަދި ތިމާއާއި އެމީހަކާއި ދެމެދު ޢާއިލީގޮތުންވިޔަސް އަދި އެހެންގޮތަކުން ގުޅުން އޮތްކަމުގައިވިޔަސް އެމީހަކުކުށެއް ކޮށްފިނަމަ އެއީކުށެއްކަމަށް ގަބޫލު ކުރަންވާނެއެވެ. އޭގެބަދަލުގައި އެމީހަކު ސަލާމަތްކުރަން މަސައްކަތް ކުރުމަކީ އެފަދަ ވިޔާނުދާ ޢަމަލުތަކަށް ހިތްވަރުދިނުމެވެ.އަދި ދަންނަވަންތޯއެވެ. އެކަހަލަކަންތައްތަކަކީ މިގައުމުގައި ހަޑި ހުތުރު ކަންތައްތަކެއް ކަމުގައި ނުވެއެވެ.ގައުމު މިއޮތީ އެފަދަ ކަންތައްތަކަކީ ރަނގަޅުކަންތައްތައް ކަމަށް ދެކޭފަދަ ދަރަޖައެއްގައިއެވެ.
-
އަންގާރަ، މާޗް 18 2008، 09:57
ތިކަހަލަ ވާހަކަތަށް އިވުމުން ބައްޕަ އިންނަށް ކުރާ އިތުބާރު ގެއްލޭނީ..ތީ ދޮގެއްވެއްޖިއްޔާ ތިވާހަކަ ދައްކައިގެން އުޅެނީ ވަރަށް ގޮތްކުޑަމީހެއް..
-
އަންގާރަ، މާޗް 18 2008، 11:22
ބަލަ އަދުނާން ލިޔަން އެޖެހުނީ ކީއްވެގެންތަ؟ ކީއްވެގެންތަ އަހަރެންގެ ވާހަކަ ނުލިޔުނީ؟ ދިވެހިންގެ މިހިރަ ވިސްނުމެއް ދޯ. އަހަރެންކުރީމަ އަހަރެންގެ ވާހަކަވެސް ލިޔާނަ. އެހެންވީމަ އަދުނާން ކުރީމަ އެވާހަކަ އެލިޔުނީ.ތެދު ގަބޫލުކުރަން ބޭނުންނުވާތީވެ ސިޔާސީއޭ ކިޔައިގެން އޮޅުވާލާނެ ކަމެއްނެތް. ގަބޫލު ކުރަންބޭނުންނުވާ މީހުން ގަބޫލު ނުކުރީމަ ނިމުނީ. ޓްރިޕަލް
-
އަންގާރަ، މާޗް 18 2008، 11:42
ނޫހުގައި މިފަދަޚަބަރެއް ލިޔާ ލިޔުންތެރިޔާ ވެސްލިޔާނީ މިފަދަ ކަމެއްގެ ވާހަކަ ހާމަކުރެވޭވަރުގެ ހެކި އެމީހުންގެ އަތުގައި ހުރުމުން ކަމުގައި ޤަބޫލްކުރަންޖެހެއެވެ. ނަމަވެސް މިރާއްޖޭގެ އަދުލް އިންސާފު މިހާރު އޮތްގޮތަށްބަލާއިރު ބާރުގަދަމީހަކު ކުއްވެރި ވުމަށްވުރެ ގާތީ ނުވުން. ވީމާ ޤަބޫލްކުރެވޭ ފަދަ ހެކި ލިބިފާވާނަމަ މިފަދަ ހަޑިމުޑުދާރު އަމަލުތަކުން ސަލާމަތް ވުމަށް މީޑިޔާގެ ދައުރު ހެޔޮގޮތުގައި ބޭނުން ކުރުން ރަގަޅު. މިފަ އަނިޔާތައް ލިބޭ ކުދިންނާއި މަންމައިން ނަށް އެއަނިޔާ ތަކުން ސަލާމަތް ވުމުގެ އުއްމީދެއް މިފަދަ ލިޔުންތަކުން ލިބިދާނެކަމަށްފެނޭ.