އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ހުސައިން ރަޝީދު: އަދާލަތުން ބުނާ އެއްޗަކާ ދެކޮޅަށް ސާބިތު ހެކި ނުދެއްކޭނެކަމަށް ވިދާޅުވި
އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ހުސައިން ރަޝީދު: އަދާލަތުން ބުނާ އެއްޗަކާ ދެކޮޅަށް ސާބިތު ހެކި ނުދެއްކޭނެކަމަށް ވިދާޅުވި
ދީނީ ބަހުސަކަށް ވަޑައިގެންނެވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޑީއާރުޕީގެ ޒައީމް އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވި ވިދާޅުވުމަށް އަދާލަތު ޕާޓީން ރައްދުދެއްވައިފި އެވެ.
ރާއްޖޭގެ ރައީސް ކަމުގައި މިވަގުތު ހުންނެވި މައުމޫން ޢަބްދުލް ޤައްޔޫމް އެމަނިކުފާނުގެ ޕާޓީން ބޭއްވި ޖަލްސާގައި, އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ގޮންޖައްސަވާ އެޕަޓީގެ އިލްމުވެރިންނަށް ބަހުން ހަމަލަދެއްވާ އެމަނިކުފާނާއެކު ބަހުސަކަށް ވަޑައިގެންނެވުމަށް ވަނީ އަދާލަތު ޕާޓީއަށް ގޮވާލައްވާފަ އެވެ.
މިގޮންޖެއްސެވުމަށް ކުރިމަތިލައްވާ އެމަނިކުފާނު ވިދާޅުވި ދައުވަތު ޤަބޫލުކުރައްވާ އެމަނިކުފާނަށް ދައުވަތު ދެއްވައިގެން ބުދަދުވަހުގެރޭ ދަރުބާރުގޭގައި އަދާލަތުން ވަނީ ދީނީ ޖަލްސާއެއް ބާއްވާފަ އެވެ.
ދަރުބާރުގޭގެ ރަންނަ ބަނޑޭރި މާލަމް ފުރެންދެން ޖަހާފައިވާ ގޮނޑިތައް ފުރި އެތެރެއާއި ބޭރުގައި ވެސް އެތައް ބަޔަކު ކޮޅަށް ވެސް ތިބެގެން އަޑު އެހި މިޖަލްސާއަށް މައުމޫނު ޢަބްދުލް ޤައްޔޫމް ވަޑައިގަންނަވާކަށް ކެރިވަޑައެއް ނުގެންނެވި އެވެ.
އަދާލަތުން އެޖަލްސާގައި ވާހަކަދައްކަވަމުން ގެންދެވީ ބޮޑެތި މައްސަލަތަކުގައި ކަން ދީނުގައި އޮންނަ ގޮތުގެ މައްޗަށެވެ.
ގިނަބަޔަކު އެމީހެއްގެ ދީނީ ދަރުސަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވީ މެދުމިނުގެ ދީނޭ ލުއިފަސޭހަ ދީނޭ ކިއުއްވައިގެން ދީން އޮޅުވާ ނުލެއްވުމަށާއި މި މެދުމިނާއި ލުއިފަސޭހަ ވުމަކީ ދީނުގައި ކުރަން އަންގަވާފައިވާ ކަންތައްތައް ނުކޮށް ދޫކޮށްލުން ނޫން ކަމަށެވެ.
އަދި ދީނީ ވާހަކަ ދެއްކުމުގައި ޤުރުއާނާއި ކީރިތި ރަސޫލާގެ ޙަދީސާއި ދަންނަ ބޭކަލުންގެ އިޖުމާއުން ހެކި ނަންގަވައިގެން ސާބިތު ދަލީލުތަކާއެކު ވާހަކަދެއްކެވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
އަދި އަދާލަތުޕާޓީން ދީނީ ކަންކަމުގައި މީހުން ބައިބައި ނުކުރައްވާ ކަމަށާއި ދީނީގޮތުން ބައިބައި ކުރައްވަނީ ކުރަން ދީނުގައި އަންގަވާފައި އޮންނަ ކަންތައްތައް ނުކޮށް ދޫކޮށްލުމަށް ބާރުއަޅާ ދިވެހި ސަރުކާރުން ކަމަށެވެ.
އިލްޔާސްގެ ތަޤްރީރުގައި ވަރަށް ގިނަ ދީނީ ހެކިތައް ކީރިތި ޤުރުއާނާއި ރަސޫލާގެ ހަދީޘްގެ މައްޗަށް ބިނާކޮށް ވަރަށް ސާބިތުކަމައެކު ވާހަކަދައްކަވަމުން އެނޫން ގޮތަކަށް ހެއްކެއް ދައްކައި ދިނުމަށް އެދި ގޮންޖެއްސެވި އެވެ.
ޕާޓީގެ ރައީސް ހުސައިން ރަޝީދު އަހުމަދު ވިދާޅުވީ މީހަކަށް ކަމެއް ހަރާމެއް ނުކުރެވޭނެ ކަމަށާއި ހަރާމާއި ހަލާލު ވަނީ މަތިން ކަޑައެޅި ނިމިފައި ކަމަށެވެ.
ހުސައިން ރަޝީދު ވިދާޅުވީ ރައްޔިތުން ބައިބައިކުރީ އަދާލަތުން ނޫން ކަމަށާއި 30 އަހަރުގެ ވެރިކަމެއް ކުރިއިރު ދީން ރަނގަޅަށް އޮޅުން ފިލުވައި ނުދެވި އޮތުމުން ކަމަށެވެ.
ހުސައިން ރަޝީދު ވިދާޅުވީ އަދާލަތަށް ދައުވަތު ދެއްވާފައި މައުމޫނު އެ ޖަލްސާއަށް ވަޑައި ނުގަތް ކަމީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވެސް ފޭލްވާނެ ކަމުގެ ހެއްކެއް ކަމަށާއި ރައްޔިތުންނަށް ހާމަވެގެން އެދިޔައީ މައުމޫނުގެ ބަހާ ޢަމަލާ ދިމާނުވާ މިންވަރު ކަމަށެވެ.
ހުސައިން ރަޝީދު ވިދާޅުވީ ދީނީ ބޮޑެތި ކަންކަމުގައި މިސާލަކަށް އީސާގެ ފާނު ދެ ވަނަ ފަހަރަށް ދުނިޔެއަށް ފޮނުއްވުމާއި ބުރުގާއާއި ތުނބުޅިއާ އެފަދަ ކަންކަމުގައި އަދާލަތުން ބުނާ އެއްޗަކާ ދެކޮޅަށް ސާބިތު ހެކި ނުދެއްކޭނެ ކަމަށެވެ.
” ދީނީ ކަންކަމުގައި އަދާލަތުން ދޭ ފަތުވާއާ ދެކޮޅު ފަތުވާއެއް ސާބިތު ހެއްކާއެކު ހުށަހަޅައިފި ނަމަ ވަގުތުން ޑީއާރުޕީއަށް ސޮއިކުރާނަން“ ހުސައިން ވިދާޅުވި އެވެ.
މިއަދު ހަޤީޤަތުގައިވެސް އަޅުގަނޑު އުފާކުރަމެވެ. އައްޑޫގެ ދަރިއަކަށް ވީތީ އެވެ. ބަޔަކު ރުހުނަސް ނުރުހުނަސް ޤަބޫލު ކުރަންޖެހޭ ހަޤީޤަތަކީ މައުމޫނަށް ގޮންޖެހުމުގައި އައްޑޫގެ ދަރިން ފަސްނުޖެހޭ އަދިނުވެސް ޖެހޭނެކަމެވެ. ވަކިން ޙާއްސަކޮށް ދީނީ ރޮނގުންނެވެ. ޝެއިޙް އިލްޔާސެވެ. ސާބިތުވެ ހުންނަވާށެވެ. ތިޔަހިންގަވަނީ ބޭބެ ވެސް ހިންގެވިމަގުންނެވެ. އޮޅުމެއްނެތި އެއީ މިފަހަކުން އަތޮޅު ދުށް އެންމެ ޤަދަރު ހޯއްދެވި ޢިލްމުވެރިޔާއެވެ. އަތޮޅުގެ ދީނީ ކުރިއެރުމުގެ މޭސްތިރިއެވެ. ހުސެއިންއެވެ. ތިޔަޖެއްސެވީ "ފިރިހެން" ގޮންޖެއްސެވުމެކެވެ. = އ ލ ޤ =
އަދާލަތަކީ ސިޔާސީ ޕާޓީއެއްނޫން ދީނީ ޖަމާޢަތެއް، އެމީހުން ސިޔާސީ ބޭނުމަކަށް ދީނުގެ އުސޫލުތަށް އޮޅުވާލާނެ ކަމަކަށް އަހަންނަކަށް ނުފެނޭ، ނަމަވެސް އަހަންނަށް ހީވަނީ ހުސެން ރަޝީދު ބަޙުސަކަށް ގޮސްފިނަމަ އޭނާ ޖެހޭނީ އޭނާގެ ޢަޒުމް ބަދަލުކުރަންކަން ގިނަބަޔަކު ދެކޭ. އޭނާޖެހޭނީ މައުމޫނުގެ ފައިފޮއްސަކަށްވާން ޑީއާރުޕީއަށް ވަންނަން. ޤުރުޢާނާއި ޙަދީސްގެ މިހަނގުރާމައިން އެނގެނީ އަހަރެމެން ސާބިތުކަންމަތީގައި މިތިބި މާތްވެގެންވާ އިސްލާމްދީނުގައިވެސް ބޮޑެތި ޚިލާފުތަކެއް ހުރިކަން...ވަރަށް ހިތާމަހުރި ކަމެއްމީ..މަހްދީ
މިހާރު ވިސްނިއްޖެ ޒައީމުގެ ހިތްވަރެއް ނެތްކަން.
ތިޔަ ވިދާޅު ވި ބަސްފުޅަށް ހަމަ ސާބަސް ރައްދު ކުރަން. .. މުޙައްމަދު .
އަހަރެމެންނަށް ދީނުގެ ކަންކަން ވަރަށް ނޭނގޭ.އެހެންނުވާނީ!އަދިއަދައް ދާންދެކަވެސް އެއޮތީ ވެރިކަމަށް އައިގޮތަށް ލިޔުނު ފުރަތަމަ ހުކުރު ހުތުބާ.އެއަކީ 30އަހަރު ވީއިރުވެސް އަޕްޑޭޓްވި އެއްޗެއްނޫން.ދެންއޮތީ ދައުލަތުގެ މީޑިޔާ.އެވެސް ބޭނުންކުރެއްވީ ވެރިކަން ދެމެހެއްޓުމައްޓަކައި އައަޑަނައެއްގެ ގޮތުގަ.އަދި މިވީ 30އަހަރުތެރޭގައި ދީނީ އިލްމުވެރިންގެ ދުލުގައި އޮތީ ތަޅުއަޅުވާފައި.މިހާރުވެސް އެއުޅެނީ އޮޅުވާލަންވެގެން.އަހަރެން މައުމޫން ސިފަކުރަނީ ޖަންގަލީގަ ދިރިއުޅޭ ހިޔަޅެއްގެ ގޮތުގައި.އެހެނީ ހިޔަޅަކީ އެންމެ މަކަރުގަދަ ޖަނަވާރު. ------ ބަނީ---------
ހުސެއިން ރަޝީދު އަހްމަދަށް އައްސަބަހާއި ސާބަސް! މިހާރު މައުމޫނު ބިރުން ކުއާ ޝާފުއު ލައްވާ ނޫސްބަޔާން ނެރެމުން އެބަދެއެވެ. މައުމޫނުދައްކަވާ ވާހަކައިގެ ދިވެހި ތަރުޖަމާ މިހާރު އާންމުރައްޔިތުންނާއި ހަމަޔަށް ގެނަސްދޭމީހަކީ ކުއާ ޝާފިއު އެވެ. އެއީ މަނިކުފާނު މުސްކުޅުފުޅު ވުމުގެސަބަބުން ކިޔޭނުކިޔޭ ނޭގޭތީ އެވެ. މިއީ މިހާރު މިރާއްޖޭގެ ވެރިމީހާގެ ހާލަތުހުރިގޮތެވެ. ތަގުދީރަކަށް ތަދުބީރެއްނޯންނާނެއެވެ. =އޮސީ ސޯލޯ=
އަދާލަތުޕާޓީއަށް ހީވާކަހަލަ އެމީހުންނަށޭ ވަޙީބާވާލައްވަނީ. އެމީހުންގެ ފަތުވާއެއީ އަބަދުވެސް ޙައްޤުކަމުގައި އެ ދަޢުވާކުރަނީ. އެހެންބަޔަކަށް ދީނުގެ ކަމެއްގައި އެމީހުން ދައްކާ ވާހަކައަކަށް ފާޑެއް ނުކިޔޭނެއޭ އެބުނަނީ. އަޅުގަނޑަށް ހީވަނީ ފެންވަރަށް ވުރެ މާމަތީގަހެން ހިތް އޮންނަނީ. މައުމޫނު މޭޒު ދޮށަށް ނާއުމުން ކާމިޔާބުލިބުނީކަމަށް ބެލުމަކީ މޮޔަކަމެއް. މައުމޫނު ކުރީ ޗެލެންޖެއް. އެއްވެސް ޙާލެއްގައި ދައުވަތެއް ނުދޭ ބަހުސަކަށް އަންނާކަށެއް.
ދީނީ ކަންކަމުގައިވެސް ޖަދަލު.. ބޮޑުކެޑުން.. ދީނީ ޢިލްމުވެރިއެއްގެ ގޮތުގައި ހުންނަވައިގެން ހުސައިން ރަޝީދުމެން ދައްކަވާ ވާހަކައިން ލަދުގަންނަން ޖެހޭ.. ޙިކުމަތާއި ނަސޭޙަތުގެ ރިވެތި ގޮތްތައް ދޫކޮށް ޖަދަލުކުރުމާއި ނެތިމޮށުމާއި ޣީބަ ބުނަމުން ދާ ބަޔަކަށް ދީނީ ޢިލްމު އުގެނިތިބެ ވާތީ ލަދުގަނެ ފާފަވެރިވާނެ ކަން ދަންނަން ޖެހޭ... އެފަދަ ބަޔަކަށް ވާންތޯ އިސްލާމް ދީނުގައި އަންގަވާފައި ވަނީ...
ބަލަ މަޙުދީއޭ ތިޔަބުނަނީ އަދާލަތަކީ ދީނީ ޕާޓީއެކޭ އެހެންވީރު މަހުދީއަކީ އިސްލާމެއްޙޭ ؟ ދީނީ ޕާޓީއަށް ގުލޭނީ އެދީނުގެ އަހުލުވެރީންނެވެ.އެހެންވީރު ޑީއާރުޕީއަކީ ވެސް ދީނުގެ އަހުލުވެރީން އުލޭޕާޓީއެއްނޫހެއްޔެވެ. ޑީއާރުޕީގެ ޒައީމަކީ ދީނީ އިލުމްވެރިއެއްނޫހޭ؟ މުޅިގައުމުގެ ދީނީ ސިޔާރު ފާޅުކުރުމުގެ ހުންގާނުވަނީ ޤާނުނީ ގޮތުން ގައުމުގައި ހުންންވެރިޔާގެ އަތްމައްޗަށް ދޫކޮއްލާފައެވެ.އެހެންކަމުން ދިވެހިރާއްޖޭގައި އުފައްދާފައިވާ ކޮންމެ ޕާޓީއަކީ ވެސް ދީނަން ނިސްބަތްވާ ޕާޓީއެއްކަމަށް އަހެރެންގަބޫލުކުރަމެވެ.އަދި ޕާޓީތަކުގެ ގަވައިދު ތަށް ރަގަޅަށް ބެލީމާއެކަން މަހުދީއަށް އެގޭނޭއެވެ. ވަޑެކްސް
މައުމޫނު އެކަންނެއްނޫން ހުދު އަޅުގަނޑުވެސް ދެކެނީ އަދާލަތަކީ މިގައުމަށް ފާވެފާވާ ސިޔާސީ ދީނީ ޕްރެސަރުގުރޫޕެއްގެގޮތުގައި ޕޮލިޓަކަލް މޯޓީވޭސަނެއްވުރެ ފިތުނަފަސާދަޔާ ވަކިމީހަކުދެކެ ފިތުނައުފައްދާ ޕޮރޮޕެގަންޑާމެސިނެއްގެގޮތުގައި ..މިވާހަކަ މިހެންބުނެފިއްޔާ އެއްގޮތަކަށްވެސް އަދާލަތަކަށް ހަޖަމެއްނުކުރެވޭނެ. މިކަންއެގެނީ އަދާލަތުގެ ސޭކު ހުސައިން ގެވާހަކަތަކުގައި މައުމޫނުވަނީ ކަފަރުކޮށްފައި އަދި ފިރުއައުނުގެގޮތުގައިވެސް ސިފަކޮށްފައިވާ ދޫ ހުތުރުބޭފުޅެއް ހުސެންރަސީދަކީ އެހެންވެ ދެންއޮތީ ފޮޓޯހަރާމްސޭހުގެ ވާހަކަ ދެއްކޭވާހަކަޔާމެދު އިތުބާރުނެތިގެން ޑީއާރުޕީފައިބުޑަށްތިރިވާވަހަކަތިބުނަނީދޯ ،،،،ސާބަސް ހުސޭނާ ތީވެސް ދީނީއިލްމުވެރިޔެކޯ ސާބަސް ސާބަސް ދޫރައްކާތެރިކުރޭ -އައްދުއްތޫރު އަލީސުޖާއު
ބުރާސްފަތި، ފެބްރުއަރީ 21 2008، 21:11 އަށް ހީވާ ކަހަލަ މައުމޫނަށޭ ވަޙީ ބާވާލައްވަނީ މައުމޫން ބުނާ ކޮންމެ އެއްޗަކީ ހައްގޭ، އަދާލަތު ޕާޓީން އެބުނަނީ ދީނީ ކަންކަމުގައި އަދާލަތުން ދޭ ފަތުވާއާ ދެކޮޅު ފަތުވާއެއް ސާބިތު ހެއްކާއެކު ހުށަހަޅައިފިނަމައޭ.... އެއްގޮތަކަށްވެސް އެމީހުން ދައްކާ ހުރިހާވާހަކަތަކަށް ފާޑު ނުކިޔޭނެއެކޭ ނޫން. މައުމޫން ޗެލެންޖް ކުރީމަ އަދާލަތުންވެސް ޗެލެންޖް ކުރީ... އަދާލަތުން ދައުވަތު ދިނީމަ އެވެސް ގަބޫލުކުރާކަށް ނުކެރުނު ބިރުން. ދެން މިކިޔަނީ އެއީ އެހެން ބުނި އެއްޗެއް ނޫނޯ... ސަލާން
އަދިވެސް މަދު ދިވެހި އަންހެނުންނަށް ނޭނގެނީކަމެއް ނޭންގެ ތިމާގެ އައުރަ އަކީ ކޮބައިކަން!!!!! ހިތަށް ވެސްނާރާ ނުވަތަ ޙިޔާލުވެސް ކޮއްނުލާ ބުރުގާ އަޅަންވެސް، ތިމާގެ އުޙުތާ ބުރުގާ އަޅާއިގެން އުޅޭތީ އަހާ ނުލާ ތީކިހާވަރެއްގެ މުހިއްމުކަމެއްތޯ. ބުރުގާ ނާޅާ އުޅުމަކީ ކިހާ ބޮޑުވެގެންވާ ފާފައެއްކަން. އޭ މަގޭ އުޙުތުންނޭ،ތިމާގެ އައުރަ ނިވާކުރަން އަވަސްވެގަންނާށެ، މަރު އައިސާނެ މިވަގުތުވެސް އޭރުން އޮންނާނީ ވަގުތު ފާއިތުވެފާ، ތިމާ ސަލާމަތް ކުރާކަށް ބައްޕައެއް ބޭބެއެއް ފިރިމީހާއެއް ޤައުމުގެ ވެރިޔާއެއް "އެދުވަހަކު" ނުހުންނާނެ، ތިމާގެ ސަލަމާތްކަން ހޯދޭނީ ހަމަ ތިމާއަށް... މީގެން ވެސް އިނގެނީ ދީން ކޮންޓުރޯލުކޮއްލާފަވާ މިންވަރު...........
މައުމޫނު ވެރިކަމަށް އައި އިރު މިރާއްޖެ އޮތްހާލަތާއި މިހާރު މި ޤައުމު ވެއްޓިފައިވާ ދަށު ދަރަޖައަށް ވިސްނާލި ކޮންމެ ދިވެހި ދަރިޔަކުގެ ލޮލުން ލޭކަރުނަ އޮހޭނެ ކަމީ ހަޤީޤަތެއް. ވީމާ މައުމޫނު އިތުރަށް ޗެލެންޖެއް ކުރާކަށެއް ޖާގައެއްނެތް. ވެރިކަމާއި ހަވާލުވީ ޗެލެންޖަކަށް. އެކަމުން ކާމިޔާބު ވި ކަމަށް ދެކޭނީ މަދުބައެއް. އެކަން މިދަނީ ފާޅުވަމުން.
މައުމޫން އެއުޅުއްވަނީ ދީން ހަތިޔާރަކަށް ހައްދަވއިގެން ސިޔާސީ އެޑްވާންޓޭޖް ތަކެއްނަންގަވަން.. މީގެ ހަތަރު ފަސް އަހަރުކުރިނަމަ އެކަން އެހެންވެދާނެ.. ނަމަވެސް މިހާރު ދިވެހި ރައްޔިތުން އެއަށްވުރެ މާހޭލުންތެރި... އެކިމީހުން ދައްކާވާހަކަ އެނަލައިޒް ކޮށް ރަނގަޅު ވާހަކަ އަކީ ކޮބައިކަން އެންމެނަށްވެސް އިނގޭ... އެއީ ދީނީ ވާހަކައެއްކަމުގައިވިޔަސް، ސިޔާސީ ވާހަކައެއްކަމުގައިވިޔަސް...
އެ ބަހުސް ބޭއްވުން އެއީ އެއްގޮތަކައް ވެސް ރަނގަޅުކަމެއް ނޫން، އެއީ އެއްދީނެއްގެ ޢިލްމު ވެރިންތަކެއް ދީނުގެ ކަމަކާ ގުޅޭގޮތުން ދެކޮޅަށް ބަހުސް ކުރަން ވެއްޖެއްޔާ ރައްޔިތުންގެ މެދުގައި ދީން އޮޅި ދީނީ ބައި ބައިވުން އުފެދި ދާނެ. އެއީ ކުރަނ ހެޔޮވާވަރުގެ ކަމެއްނޫން.އިބުރާހިމް ެ
ރަސޫލުބޭކަލުންނަށް އިމާންނުވާ މީހަކީ މުރުތައްދު ކާފަރެއް. ރަސުލުބޭކަލުންނަށް އީމާންވުމުގައި ސައްޔިދުނާ ޢީސާ ގެފާނު ފަހުޒަމާނުގައި ދުނިޔެއަށް ވަޑައިގަންނަވާނެކަމާ އަދި ދައްޖާލު ޤަތުލުކުރައްވާނެ ކަން ޤުރުއާނާ ހަދީސުން ސާބިތުވޭ. ނަމަވެސް މައުމޫނު އެކަމާ އިންކާރު ކުރޭ. އަދި ގައުމުގެ ދީނީ ޝިއާރުގައި ހިއްޕަވައިގެން ގައުމުގެ އެންމެ އިސްވެރިޔަކަށް ހުންނަވައިގެން 30 އަހަރުވި އިރު އަންހެނާގެ އައުރަޔަކީ ކޮބާކަން ރައްޔިތުންނަށް ހާމަކޮށްދެވިފަޔެއް ނެއް.އަދި ޤުރުއާނާ ސުންނަތުން ސާބިތުވާ ، އަދި ހުރިހާ ޢިލްމުވެރިން އިއްތިފާޤު ވެވަޑައިގަންނަވާ ބުރުގާގެ ހުކުމަށް މައުމުނު އިންކާރުކުރޭ.އަދި އެމީހަކާ މެދު ދިވެހި ގިނަ ރައްޔިތުންތަކެއްގެ ހިތުގައި ނަފްރަތު އުފެދިފައިވާ ، ޑރ. އަފްރާޝީމްވެސް ވަނި ބުރުގާ އެޅުން ވާޖިބު ކަމަށް ބުނެފައި. މައުމޫނާ މެދު އަހަރެން ހިތާމަ ކުރަން.އަދާލަތު ޕާޓީޔަކަށް ނޫންހެން އަޅުގަނޑަށް ހީވަނީ ،ވަހީ ބާވާލައްވާހެން ހީވަނީ، އަދި ކިޔއްތަ މައުމޫނަށް ހީވާކަހަލަ އޭނާޔަށް ވަހީ ބާވާލައްވާހެން..އެހެންވެތާ ޤުރުއާނާ ސުންނަތާ ،އުންމަތުގެ ޢިލްމުވެރިންގެ އިޖްމާޢު އާ ދެކޮޅަށް ވާހަކަ ދައްކާނީ.އަދާލަތު ޕާޓިގެ ޢިލްމުވެރިން ޤުރުއާނާ ސުންނަތުން ދަލީލު ދައްކަވާ ވިއްޔަ.ވަﷲ އަޢްލަމް.
އ.ލ.ގ. ތިވިދާޅުވީ ރަނގަޅަށް އެއީ ރާއްޖޭގައި ރަޖިސްޓްރީ ކޮއްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރޭން ސިޔާސީ ޕާޓީއެއް. ތިޔަފަރާތުގެ ވިސްނުންފުޅު ފާޅުކުރެއްވީތީ ޝުކުރިއްޔާ.. މަހުދީ
i am not sure how many ppl would have known sheikh hussein rasheed before he started challenging gayoom on controversial religious issues but believe me i have known him and his ideas long before there were political parties in this country and to be honest he seems to have sticked to his original position and never wavered. i have even now some of those publications they printed while they (Maldivian United Students Association) were studying abroad and he has been perfectly consistent in his ideas and i would say he is far more trustworthy in terms of personal integrity if one were to compare sheikh hussein rasheed to gayoom. gayoom on the other hand has wavered and traded off whatever was left of his personal moral views for personal gains as can be expected from a long self serving mortal. i am only reacting to this character assasination that is going on against sheikh hussein and i am not favouring any sides here. i am apolotical and am not a member of any party.
ޙުސެން ރަޝީދަކީ މައުމޫނާއި ދީނީގޮތުން ޖަދަލު ކުރެވޭ ވަރުގެ އުރައްޕެއް ހުރި މީހެއްނޫންކަން އެންމެ ފުރަތަމަ އަމިއްލަޔަށް ޤަބޫލުކުރައްވާށެވެ. ދީނީގޮތުން މައުމޫން އަކީ ޖާމިޢުލް އަޒްހަރުން އިސްލާމީ ޝަރީޢާ އާއި ފިޤްހު އިން މާސްތަރސް ހައްދަވާފައިވާ ޖާމިޢުލް އަޒްހަރުގެ އެންމެހާ ދަންނަބޭކަލުން އެމީހަކަށް އިތުބާރު ކުރައްވާ ބޭފުޅެކެވެ. ޙުސެންރަޝީދު އަޙްމަދަކީ މަދީނާ އިން އަރަބި ބަސް ކިޔަވާދިނުމުގެ ރޮގުން ޑިޕްލޮމާ ފެންވަރުގެ ސެޓްފިކެޓެއް އޮތްމީހެކެވެ. ވީއިރު ދީނީ ގޮތުން މައުމޫނާއި އެއްފެންވަރަށް ދެވޭނީ ކިހިނެތްތޯއެވެ؟ މީގެ ޖަވާބެއް ހުސެންރަޝީދު ދެއްވަބައްލަވާށެވެ. ދީނީ ޢިލްމުވެރިންނަކީ އެމީހުންގެ މެދުގައި ހުންނަ ޚިލާފުތައް ހިފައިގެން ރައްޔަތުންގެ ކުރިމައްޗަށް ނިކުމެ މުޅި ރައްޔަތުން ހަލާކުކުރަން އުޅޭ ބަޔެއްނޫނެވެ.
ދެންއެހެން ނޫނަސް މައުމޫން އެއްޗެކޭ ބުނާއިރަށް ރަޝީދުމެންނަށް ތިހިރަވާގޮތްގޮތް ދޯ! މައުމޫންވެސް އެހެންމީހުން ވެސް އެމީހުންނަށް ފެންނަގޮތެއްގެ ވާހަކަ ދައްކާނެ، މީހިޔާލް ފާޅުކުރުމުގެ މިނިވަންކަން އޮންނަ ޒަމާން.
އިސްލާމް ދީނު ޚީލާފަތުގެ މައްސަލައިގައި އިލްމުވެރިންނަށް ދީން މެނޭޖްކުރަން ނޭނގިގެންނެވެ. މިނާޒުކު މައްސަލައިގެ ފައިދާ އެހެން ދީންތަކުގެ މީހުން ވަރަށް ހަމަޖެހިލައިގެން ދުރުމި އަޅައިގެން ތިބެ ނަގަމުން އެހެރަ ދަނީއެވެ. ހާދަހާ ވާ ދެރައެވެ. މުސްލިމު ޝެއިޚުން އަނެއް ޝެއިޚާއި އަޚުންތައް ކާފަރު ކުރަމުން މިދަނީއެވެ. ﷲ އިންސާނަކަށް ދުލުގެ ފަސޭހަކަމާއި އެހެން މީހުންނަށް ނުފޫޒު ފޯރުވުމުގެ ބާރު ދެއްވުމުން ދެން އޭނާއަށް ފެންނަ ގޮތަކަށް ކަންކަން ބައްޓަން ކޮށްލައެވެ. މިފަދަ މީހަކީ ދީނީ ކުލަޖެހިފައިވާ މީހެއްނަމަ އޭނާގެ ތަގުރީރުގެ ސަބަބުން ވަރަށް ބޮޑު އަސަރުތަކެއް މީހުންނަށް ކުރާނެއެވެ. މިފަދަ މީހަކަށް ދީނުގައި ހުންނަ ޚިލާފަތުތައް އޭނާއަށް ފެންނަ ގޮތަށް އެހެން މީހުންގެ ސިކުނޑިތަކަށް ވައްދުމުގެ ގާބިލުކަން ލިބިފައިވެއެވެ. އަޅުގަނޑު ޝެއިޚް އިލްޔާސް އަށް އިލްތިމާސްކުރަނީ ދީނުގައި ބައިބައިވުން ނުއުފައްދާ މުސްލިމު އަޚުންތައް ކާފަރުވެސް ނުކުރުމަށެވެ. އެކަމަކު ދީނުގެ ރަނގަޅުގޮތްތައް ބުނެދޭށެވެ. ސިޔާސީ ބޭނުންތަކަށް ދީން ނުގެން ގުޅުއްވާށެވެ. މަޢުމާނާއި ދޭތެރޭ އޮތް ޒަމާންވީ ހަސަދަވެރިކަން ފިލުވައިލާ މީޑިއޭޓާރަކަށް ދީން ހައްދަވާތީ ހުސެއިން ރަޝީދާމެދުވެސް ގިނަ ބަޔަކު ނުރުހުންވާކަން އޭނާއަށް ވިސްނި ވަޑައިގަންނަވާނަމަ، އޭނާ މިހާރަށްވުރެވެސް ގިޔާމްތް ދުވާހާމެދު ބިރުވެތިވާނެއެވެ. - އަޙުމަދު/ފުވައްމުލައް
މަހުދީއެވެ. "ޤުރުޢާނާއި ޙަދީސްގެ މިހަނގުރާމައިން އެނގެނީ އަހަރެމެން ސާބިތުކަންމަތީގައި މިތިބި މާތްވެގެންވާ "އިސްލާމްދީނުގައިވެސް ބޮޑެތި ޚިލާފުތަކެއް" ހުރިކަން...". މިތަންކޮޅު ރަނގަޅުކޮއްލައްވާށެވެ. ޙިލާފު ހުރިއްޔަކީ އިސްލާމްދީނުގައެއްނޫނެވެ. ދަންނަބޭކަލުންގެ މެދުގައެވެ. އެއްވެސް މީހަކު ދީނީޢިލްމް ކިޔެވުމަށް ގަސްތުކުރާހިނދު އޭނާގެ ގަސްދެއްވާނެއެވެ. އެއީ 1. އޭނާގެނަފްސައްޓަކައި 2. އޭނާދިރިއުޅޭ މުޖްތަމައުގައި ބަސްވިކޭމީހަކައްވުމަށް 3. އެހެންމީހުން އަޅުދާސް ކުރުމަށް. މިކަހަލަ ގަސްތުތަކެވެ. އެއްވެސް މީހަކަށް އާޙިރުގައި ކާމިޔާބެއްއޮތީ މިތަނުންކޮންގޮތެއް ޙިޔާރުކުރާމީހެއްތޯ ބައްލަވާށެވެ. ޙާލިދު ބ. ވަލީދު
ހަގީގަތުގައިވެސް މަޢުމޫނަށް އިންގޭނެ ދީނުގައި ކަން އޮތް ގޮތް އެކަމަކު ގޮތް ދޫ ނުކުރަންވެގެން އެކަހަލަ ވާހަކަ ދައްކަނީ. އަދާލަތުން އެ ދައްކާ ވާހަކައަކީ ރަނގަޅު ވާހަކަ ތަކެއްކަން މައުމޫނަށް ހަމަ ރަނގަޅަށް އެގޭނެ. މައުމޫނަށް އެއްވެސް ކަމެއްގެ ހެއްކެއް ކީރިތި ޤުރުއާނާ ހަދީސް ބޭނުންކޮށްގެން ދެއްކިފައި ނުވާކަން އެ މައުމޫންގެ ވާހަކަ ޤަބޫލުކުރަން ނުކެރޭ ވަރުގެ ހެއްކެއް.
"މައުމޫން އެއްޗެކޭ ބުނާއިރަށް ރަޝީދުމެންނަށް ތިހިރަވާގޮތްގޮތް ދޯ!" އޮތުމުން ހައިރާންވަން.ސަބަކީ ހުސޭންރަށިދުމެން ބޭނުމެއްނުވޭ ދީން އޮޅުވާލާކަށް.ވީމާ ހަޤީގައް ހާމަކޮށްދޭން އެމީހުން މަސައްކަތް ކުރަނީ. އަދި "މައުމޫންވެސް އެހެންމީހުން ވެސް އެމީހުންނަށް ފެންނަގޮތެއްގެ ވާހަކަ ދައްކާނެ، މީހިޔާލް ފާޅުކުރުމުގެ މިނިވަންކަން އޮންނަ ޒަމާން. " މިހެން ލިޔެ ޚިޔާލު ފާޅު ކޮށްފައި ވާމީހާއަށް ﷲ އަށް ބިރުވެތި ވުމަށް ގޮވާލަން. ސަބަބަކީ ދީނުގައި ކަނޑައެލިފައިވާ ހުކުމްތަކަކީ ﷲ ގެ ހަޒްރަތުން އައިސްފައިވާ އެއްޗެއް.އެއާ މެދު ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމެއް މައުމޫނަށް ލިބިގެން ވާކަމަށް ދައުވާ ކުރާނަމަ އަޅުގަނޑަށް ދޭހަވަނީ ﷲ ގެ ހުކުމް ތައް މައުމޫނަށް ކަމުނުދަނީހެން.ވަރަށް
ޤުރުއާނަކީ ޙައްޤު ބަސްފުޅު ކަމަށް ޤަބޫލު ކުރާއިރު އެއަށް ޙުކުމް ކުރަން، ޤާނޫނު އަސާސީ ހަދަން ނުކެރިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ ލިޔުނީ: އަބޫ އަމަތުﷲ ވިސްނާ ވިސްނާވެސް ހަމަ ނުވިސްނުނެވެ. ﷲ ތަޢާލާއަށް އުރެދި ހެއްދެވިހައި ފާފަތަކަށް އަރައިގަންނަ އިރު ހިތް ނުތަނަވަސްވެ ބިރުގަންނާތީއެއް ނޫޅެއެވެ. އެހެންނަމަވެސް އެއިލާހު ބާއްވާލެއްވެވި ޙުކުމްފުޅުތައް އެއީ ޤާނޫނު ކަމުގައި ހަދާ އެތަންފީޒު ކުރަން ހަމަ ގޮވާލެވޭ އިރަށް މިފެންނަނީ ބަޔަކު އެކަމާއި ބިރުން ހިތް ނުތަނަވަސްވެގެން އުޅޭ ތަނެވެ. ފަހެ މިއީ ހަމަ މުސްލިމުންހެއްޔެވެ؟ އެހެންޏާ ފަހެ، ﷲގެ ޙުކުމްފުޅުތައް ޤާނޫނު އަސާސީ ކަމުގައި ހެދުމީ ފުރިހަމަ މުސްލިމަކަށްވެ ﷲއާއި އެއިލާހުގެ ރަސޫލާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުން ނޫން ހެއްޔެވެ. މުސްލިމަކަށް ވެވޭނީ ޤުރުއާނާއި ސުންނަތައް ފުރިހަމައަށް ކިޔަމަންތެރިވެ ބޯލަނބައިގެންނެވެ. ﷲ ތަޢާލާ ސޫރަތުއް ނިސާގައި ވަޙީ ކުރައްވާފައި ވެއެވެ. "فَلا وَرَبِّكَ لا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لا يَجِدُوا فِي أَنْفُسِهِمْ حَرَجاً مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيماً" (النساء:65) "ކަލޭގެފާނުގެ ވެރި ރައްބު ގަންދެއްވަމެވެ. އެބައިމީހުންގެ މެދުގައި އުފެދޭ ދެބަސްވުންތަކުގައި ޙުކުމްކުރާ ފަރާތެއް ކަމުގައި ކަލޭގެފާނު ހަދައި، އަދި ކަލޭގެފާނު ކުރެއްވި ޙުކުމަށް އެބައިމީހުންގެ ހިތުގައި އެއްވެސް ނުރުހުންތެރި (ކިލަނބު) ކަމެއް ނެތި ފުރިހަމައަށް ޤަބޫލުކުރުމުން މެނުވީ އޭގެތެރެއިން ހަމައެކަކުވެސް އީމާންވި ކަމުގައި ނުވެއެވެ." ފަހެ ޤުރުއާނައި ރަސޫލާގެ ސުންނަތުގައި ވާގޮތަށް ޙުކުމް ކުރަން ބިރު ގަންނަނީ، އޭގައި އެވަނީ ރޯމަރު ދޮގު ކަމަށް ޤަބޫލު ކުރާތީ ހެއްޔެވެ؟ ނުވަތަ އެއީ މިޒަމާނާ ނުގުޅޭ ބޯދާ ޙުކުމްތަކަށް ވާތީ ހެއްޔެވެ؟ ނޫންނަމަ އެއީ އިންސާނުންނަށް ގެއްލުން ހުރި ޙުކުމްތަކަކަށް ވާތީ ހެއްޔެވެ؟ ކޮންމެއަކަސް މިހެން ބުނާ މީހުން، މިއިންކާރު ކުރަނީ ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމަށެވެ. އެހެނީ ﷲއީ ހުރިހައި ކަމެއް އެންމެ މޮޅަށް ދެނެވޮޑިގަންނަވާ، އެންމެ މޮޅަށް ޙުކުމް ކުރައްވަވާ އިލާހެވެ. ފަހެ ﷲ ފިޔަވައި މީސްތަކުންގެ ޙައްޤުތައް އެއަށްުވުރެ ފުރިހަމައަށް އަދާ ކޮށްދޭ ފަރާތަކީ ކޮބައިތޯއެވެ؟ ﷲ ތަޢާލާ ސޫރަތުލް މާއިދާގައި ވަޙީ ކުރައްވާފައި ވެއެވެ. "وَمَنْ أَحْسَنُ مِنَ اللَّهِ حُكْماً" (المائدة: 50) "އަދި ދަންނާށެވެ. ޙުކުމް ކުރުމުގައި ﷲ އަށްވުރެ މޮޅީ ފަހެ ކާކު (ނުވަތަ ކޮންފަރާތެއް) ހެއްޔެވެ؟" ދެން ބުނަމުން މިދަނީ އެއްވެސް ޒަމާނެއްގައި ރާއްޖޭގައި އިސްލާމީ ޝަރީޢަތަށް ޙުކުމް ނުކުރާ ވާހަކައެވެ؟ ދަންނާށެވެ. މިއީ އަކީ ކޮންމެހެން ދައްކަންވީ ވާހަކައެއް ނޫނެވެ. ޤުރުއާނަކީ ޙައްޤުކަމަށް ޤަބޫލު ކުރާނަމަ މިހާރުން މިހާރަށްވެސް ޤާނޫނަކީ އެއީ ކަމަށް ހަދައި އެތަންފީޒު ކުރަން ޖެހިލުންވަނީ ކީއްވެހެއްޔެވެ؟ ތިޔަ ދައްކާ ވާހަކައިން ދޭހަވަނީ: ބޯން ބޭނުމީ ފެނޭ، އެކަމަކު ބޯނީ ހަމަ ރަލޭ ބުނާ ހެންނެވެ. އާނ އެހެންޏާ ފަހެ މިގޮވަނީ، އަހަރުމެން ބޭނުމީ ކޮންމެވެސް ޑިމޮކްރަސީ އެކޭ ކިޔާފައި އެވެ. ދެން އެހެންވީއިރު ހުޅަނގުގެ މީހުން އެވެރިންގެ ދީނަކީ ނަސޯރާ ނުވަތަ ޔަހޫދީއޭ ކިޔާތީ އަހަރުމެންގެ ދީނުގެ ނަންވެސް ނަސޯރާ ނުވަތަ ޔަހޫދީ ދީނަށް ބަދަލު ކުރަންވީ ނޫން ހެއްޔެވެ. އެކަމަކު ހަމަ ދުލުން ކިޔާނީ އަހަރުމެންނަކީ މުސްލިމުންނޭ އެވެ. އޭރުން އެއޮތީ ފުރިހަމަ ޑިމޮކްރަސީ ގެނެވިފައެވެ. ﷲ ތަޢާލާ ސޫރަތުލް މާއިދާގައި ވަޙީ ކުރައްވާފައި ވެއެވެ. "وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ"(المائدة: 44) "އަދި ހަމަކަށަވަރުން ﷲ ތަޢާލާ ބާއްވާލެއްވި އެއްޗަކަށް ޙުކުމް ނުކުރާ މީހުން ދަންނާށެވެ. ފަހެ އެމީހުންނަކީ އެއީ ހަމަ ކާފަރުންނެވެ." ދިވެހި ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ދަންނާށެވެ. ޑިމޮކްރަސީގެ ނަމުގައި އަޅުގަނޑުމެން މިތިބީ ދަލެއްގައި ޖައްސާފައެވެ. ދެން މިހާރު އެއުޅެނީ އަޅުގަނޑުމެންނަށް ނޭނގި އަޅުގަނޑުމެންގެ އަތްތައް ފުރަގަހަށް ލައި ކަސްދޮޅު އަޅުވާށެވެ. ޤާނޫނު ހެދުމުގެ ނަމުގައެވެ. އިންސާނީ ޙައްޤުތަކޭ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއޭ ނުވަތަ އެފަދަ ކޮންމެވެސް އެއްޗެއް ކިޔައިގެންނެވެ. ވަގުތު އޮއްވާ ސަމާލުވެ ރައްކާތެރިވާށެވެ. އަދި ދެން ޓެރަރިޒަމްގެ ނަމުގައި އަޅުގަނޑުމެންގެ އަނގަތަކުގައި ޓޭޕް އަޅުވާކަށްވެސް މާކަ ގިނަ ދުވަހެއް ނެތްކަން ނޭނގެއެވެ. ދެން ފަހެ ދަންނާށެވެ. ﷲ ތަޢާލާ ފިޔަވައި އިލާހަކު ނުވާ ކަމަށާއި އެއިލާހު ބާއްވާލެއްވެވި ފޮތާއި ފޮނުއްވެވި ރަސޫލާއަކީ ޙައްޤުކަމުގައި ޤަބޫލު ކުރާ ބަޔަކު، އެދެ މަސްދަރަކީ ޤާނޫނު ކަމުގައި ހަދާ އެއަށް ޙުކުމް ކުރުމަށް ފަސްޖެހެންވީ ކީއްވެ ހެއްޔެވެ؟ ތިބާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ އަނބިދަރީން އެއްވެސް ކުށެއްނެތި މަރައިފި މީހެއްގެ ކިބައިން ބަދަލެއްގެ ގޮތުގައި ޤިޞާޞް ހިފުމަށް (މަރުގެ ޙުކުމް ކުރުމަށް) ތިބާ ނޭދޭނެ ހެއްޔެވެ؟ ތިބާގެ އަނބިދަރީންގެ ގަޔަށް ގަދަކަމުން އަރައިގަނެ އަދި ނުވަތަ ތިބާ ބުރަ މަސައްކަތުން ހޯދާފައިވާ މުދަލާއި ފައިސާތައް ވަގަށް ފޭރި ގަންނަ މީހާއަށް ދީނުގައި ކަނޑައަޅާފައިވާ ޙައްޤު އަދަބުދޭން ތިބާ ބޭނުން ނުވާނޭ ހެއްުޔެވެ؟ ކޮންމެއަކަސް މިއީ ތިބާގެ ޙައްޤުގައި ﷲ ތަޢާލާ ލައްވަވާފައިވާ ޙައްޤުތަކެކެވެ. ޑިމޮކްރަސީގެ ނަމުގައި އިންސާނީ ޙައްޤުތަކޭ މިނިވަންކަމޭ ކިޔައިގެން މިއުޅެނީ، ޙަޤީޤަތުގައި ތިބާއަށް ލިބިފައިވާ ޙައްޤުތަކާއި މިނިވަންކަން ނިގުޅައިގަންނާށެވެ. ދުނިޔޭގެ ކޮންމެ ޤައުމަކަށް ބަލައިލިޔަސް މިކަމުގެ ހެކިތައް މިއޮތީ ފެންނާށެވެ. ވައްކަމާއި ފޭރުމާއި، އޮޅުވާލުމާއި މަކަރު ހެދުމާއި ކޮރަޕްޝަނާއި މިޑާރޓީ ޕޮލިޓިކްސްއިން ދުރުހެލިވެ، ހިތްހަމަ ޖެހޭ ދިރިއުޅުމެއް އުޅެން ބޭނުންމީހާ ވަނީ ނުރައްކަލާއި ނަފްސާނީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. މުޖުރިމުންނަށް ހޯދައިދީފައިވާ ޙައްޤުތަކެއްގެ ސަބަބުން މުދަލާއި އަނބިދަރިން ގޮވައިގެން އުޅެން މިޖެހެނީ މިފަދަ މުޖުރިމުންގެ ފަރާތުން ކުރިމަތިވެދާނޭ ކަމަކަށް ބިރުން ސިހިސިހި އެވެ. މިކަހަލަ ކޮންމެ ކަމެއްގެ ފަހަތުގައިވެސް އޮންނަނީ ސިޔާސީ ކޮންމެވެސް މަޤްޞަދެކެވެ. ދަންނާށެވެ. އިސްލާމްދީނާއި ދިވެހި ރައްޔިތުންނަށް ޙަރާމްކޯރު ނުވުމަށް ﷲ ގަންދީ ހުވާކޮސްގެން ތިބެ، ދީނަށާއި މުޅި ޤައުމަށް ބަޔަކު އެތިބަ ދަނީ ޚިޔާނާތްތެރި ވަމުންނެވެ. އިސްލާމީ ޝަރީޢަތް ފޮހެލައި ޑިމޮކްރަސީ ގެނައުމަށްޓަކައެވެ. ކުރީގައިވެސް ބަޔާން ކުރިފަދައިން، ޤުރުއާނަކީ ޙައްޤު ބަސްފުޅު ކަމަށް ޤަބޫލު ކުރާ ބަޔަކު، އެޤުރުއާން ބޮލާލައި ޖަހައި އެއަށް ފުރަގަސް ދޭން ޖެހޭނޭ ސަބަބެއް އެބައޮތްހެއްޔެވެ؟ ނޫނެކެވެ. އެކަމަކު ކާފަރު ކަމަށް ހުރި ލޯތްބަކާއި ހުރި މުނާފިޤުކަމެއްގެ ބޮޑު ކަމުންނެވެ. މާލާއި ޖާހުގެ ބޭނުމުގައެވެ. ތިމާމެންގެ ރައްބަށް ރަސޫލަށް ދީނަށް ވިސްނާ ފިކުރުކޮށް އަޅާލުމެއްވެސް ނެތިއެވެ. މީގެތެރޭގައި މުޅީންހެން މިތިބީ ބޮޑެތި ވިޔަފާރިވެރިންނެވެ. ޤާނޫނާއި ޤަވާޢިދުތައް އެއްކިބާ ކޮށްލާފައި ތިމާގެ ވިޔަފާރި ފުޅާކޮށް މެކުހަށް ޖެހުމަށް ފެން ބޮވައިގެންފައިވާ މީހުންނެވެ. ވެރިކަމަށް ދަހިވެތި ވެގެން ފެން ބޮވައިގެންފައިވާ މީހުންނެވެ. ފަރަންޖީ އަޚުންގެ ފަރާތުން ލިބޭ ޑޮލަރު ބޮނޑިން ޖީބު ފުރާލުމަށް ދަހިވެތިވެގެން އުޅޭ މީހުންނެވެ. ފަހެ އިސްލާމީ ޝަރީޢަތް ޤާއިމްވެއްޖެނަމަ މިފަދަ ބައެއްގެ އުއްމީދުތައް ކުނޑިކުނޑިވެ ވިއްސި ވިހާލިވެގެން ދިޔައީއެވެ. ރިބާއާއި ނުލާ ވިޔަފާރި ކުރަން ނޭދޭ އިރު، އިސްލާމީ ޝަރީޢަތް އަތުވެއްޖެނަމަ ރިބާ މަނާވީއެވެ. ލާރިއާއި ހިތްހަމަ ޖެހުން މިހޯދަނީ ރަލުންނާއި މަސްތުވާ ތަކެތިން ކަމުގައިވާއިރު، އިސްލާމީ ޝަރީޢަތް އަތުވެއްޖެ ކަމުގައިވާނަމަ، ރަލާއި މަސްތުވާތަކެތި މަނާކޮށް ޙައްދު ޖަހައި ބޯކަނޑަން ފަށާފާނެއެވެ. ސަރުކާރުގައި ވިޔަސް ނުވަތަ އަމިއްލަ ޕްރައިވެޓް ތަނެއްގައި ވިޔަސް ހަވާލު ކުރެވިފައިވާ އަމާނާތަށް ޚިޔާނާތްތެރިވެ ލާރިގަނޑު ކާލަނީއެވެ. އިސްލާމީ ޝަރީޢަތް އަތުވެއްޖެނަމަ މިފަދަ ކަންތައް ކުރާ މީހުންގެ އަތްތައް ކަނޑައި ކޮރަޕްޝަނާއި ވައްކަން މަނާވީއެވެ. މީހުންނާއި އިނދެގެން ތިބެވެސްމެ، ހިތްހަމަޖައްސާ މަޖާކޮށްލަން މިދަނީ އިންޑިޔާ ލަންކާ ނުވަތަ ބެންކޮކްގެ ނައިޓް ކްލަބް ތަކަށެވެ. ނުވަތަ ޒުވާން ޗާލު ކުދިން ގޮވައިގެން ރިސޯޓް ތަކަށެވެ. ނުވަތަ ކޮންމެވެސް މަސާޖް ޚާނާއަކަށެވެ. އިސްލާމީ ޝަރީޢަތް އަތުވެއްޖެނަމަ ޙައްދު ޖަހައި ރަޖަމް ކުރާނެއެވެ. އެހެންކަމުގައި ވެއްޖެނަމަ ކައިވެނީގެ ބޭރުން ހޯދަމުން މިދާ ދުނިޔެވީ އުފާތަކާއި ބޯފޮނިތައް މަނާވީއެވެ. ފަހެ މިފަދަ ކަންތައްތައް މަނާވާން ނޭދޭ ބަޔަކު، އިސްލާމީ ޝަރީޢަތް ޤާއިމްކުރަން ރުހޭނީ ކިހިނަކުންތޯއެވެ؟
މަތީގައި ޚިޔާލު ފާޅުކުރެއްވި ހުރިހާ ބޭފުންނަށްވެސް ޝުކުރުދަންނަވަން. އެކި މީހުނަށް ވިސްނޭނީ އެކި މިންވަރަށް އެކަން އެގެނީ އަދި އަޅުގަނޑުމެން އެކަން ޤބޫލުކުރަންޖެހެނީ ހުރހާ މީހުންނަކީ ކިއްސަރު ވަޑާން ކުރަން ދަންނަބައެއްނޫން އަދި ގައުމެއްގެ ހުރިހާ މީހުންނަކީ އެމެރިކާ ބިރުގަންނަ ނިއުކުލިއަ އުފެއްދުމުގެ ހިކުމަތެއް ލިބިފައިވާ ބައެއނޫން. ސަބަބަކީ ކޮބާތޯ؟ އެކިމީހުނަށް މާތްﷲ ވިސްނުން ދެއްވާފައިވަނީ އެކި މިންވަރަށްކަމަށްވީތީ. އެއީވެސް އިމްތިހާނެއް. ވިސްނޭ ރަނގަޅު މީހުން އެހެން މީހުންނަށް އޮޅުންފިލުވައި ވިސްނައިދޭތޯ ބެލުމަށް. އަގަނޑު ތެދުތެދަށް ދަންނަވާނަން. އަޅުގަނޑުގެ ވަޒީފާ ގެއްލިދާނެތީ ބިރުން އެއްޗެކޭނުބުނެ ސިޔާސީކަންކަމުގައި ހުންނަފަހަރު މީގެ ކުރީގައި އައިސްފައިވޭ. ހަމަ އެގޮތައް ޣައިރުމުސްލިމުން ބުނާގޮތައް ރައީސް މައުމޫނު އޮޅުވާލަނީ އެމީހުނަށް ބިރުން އިސްލާމްދީނުގެ ޙުކުމްތައް. ދުނިޔޭގެ އެދުމަށް. ކުރިއަށް އޮތް ދައުރަކަށް އެމަނިކުފާނު ރައްޔިތުން ނޮހޮވާފިނަމަ ތައުބާވެ ވަޑައިގަންނަޥާނެ ކަން ޔަޤީން. އަދި އަޅުގަނޑުމެންނަށް ޞާލިޙް ޢަމަލުކުރުމަށް ގޮވާލައްނެ. ނިކަން ބައްލަވާ ވާނެގޮތް. މިއީ މަގޭ ޚިޔާލު. ނަން ހާމަކުރާނީ މާރޗް 1 ވަނަ ދުވަހުގެ ފަހުން. މިހާރުވެސް މަބިރުގަނޭ މައުމޫނު ޔޫރަޕަށް ގަންނަބިރު .