އެއްބަސްވުމާއި ޚިލާފުވެފައިވާ ކަމަށް ބުނެ: އާރޓްލައިނާއި އެކު ވެފައިވާ އެއްބަސްވުން އުވާލާ މަސީގެ ފެއަރ ބޭއްވުން މެކްސް އާ ހަވާލު ކޮށްފި

މުހައްމަދު އަފްރާޙް ފެބްރުއަރީ 21، 15:29 3 ޚިޔާލު

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ކޮންސްޓްރަކްޝަން ފެއަރ ބޭއްވުމަށް މަސީ އާއި އާރޓްލައިނާއި މެދު ވެފައިވާ ފަސް އަހަރު ދުވަހުގެ އެއްބަސް ވުމާއި އެކުންފުނިން ހިލާފުވެފައިވާ ކަމަށް ބުނެ އެއްބަސްވުމަން އުވާލާ އެފަރ ބޭއްވުން މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާރވިސަސް (މެކްސް) އާއި ހަވާލު ކޮށްފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

މަސީން މިހެން ބުނެފައިވަނީ 2007 ވަނަ އަހަރުގެ އެކުންފުނީގެ އަހަރީ އާއްމު ޖަލްސާ ގައި ވާހަކަ ދައްކަމުން އެކުންފުނީގެ ވޭތުވެދިޔަ އަހަރުގެ ރައީސް އަބްދުﷲ މުހައްމަދެވެ.

” އަޅުގަނޑުމެން ވޭތުވެ ދިޔަ 2007 ވަނަ އަހަރުގެ ކޮންސްޓްރަކްޝަން އެއަރ އަކީ ވަރަށް ނާކާމިޔާބު ފެއަރ އެއް މިހެން މިކަން ވެފައިވަނީ ފެއަރގެ އިންތިޒާމުތަށް ކުރުމަށް ހަވާލު ކުރި އާރޓްލައނުގެ ސަބަބުން. އާރޓްލައިނުން ވަނީ ފެއަރ ބޭއްވުމަށް މަސީ އާއި މެދުވެފައިވާ އެއްބަސް ވުމާއި ހިލާފުވެފައި މިހެންކަމުން އަޅުގަނޑުމެން މިހާރު ވަނީ އެކުންފުންޏާއި ވެފައިވާ އެއްބަސްވުން އުވާލާ މެކްސް އާއި ހަވާލު ކޮށްފައި“ އަބްދުﷲ ވިދާޅު ވިއެވެ. ޖަޒީރާއިން ކުރި ސުވާލެއްގެ ޖަވާބުގައި މަސީގެ މިދައުރުގެ ނައިބް ރައީސް އަދުނާން ހަލީމް ވިދާޅުވި އާރޓްލައިނާއި މަސީ އާއި މެދުވެފައިވާ އެއްބަސް ވުމާއި އާރޓްލައިނުން ހިލާފަށް އެތަށް ކަމެއް ކޮށްފައިވާ ކަމަށާއި އެގޮތުން އާރޓްލައިނުން ކުރީ ފަހަރުގެ ފެއަރއިން މަސީއަށް ދައްޖަން ޖެހޭ ފައިސާ ވެސް ދައްކާފައި ނުވާ ކަމަށެވެ.

” އަޅުގަނޑުމެންނަށް އެއްޗެއް ލިބޭނީ ފެއަރގެ ސްޓޯލްތައް ވިއްކައިގެން ލިބޭ ފައިސާ އަކުން. ކުރީ އަހަރުގެ ފެއަރ ގެ ފައިސާގެ ވެސް އާރޓްލައިނުން ނުދައްކާ މިހެން އޮއްވާ 2007 ގެ ފެއަރ ވެސް އެފަރާތާއި ހަވާލުކުރީ ނަމަވެސް އެއަހަރުވެސް ފައިސާ ނުދެއްކުންވެސް އެއްބަސްވުން ބާތިލު ކުރަން ޖެހުނު ސަބަބު ތަކުގެ ތެރޭގައި ހިމެނޭ.“ މި ދައުރުގެ ވެސް ނާއިބު ރައީސް އަދުނާން ވިދާޅު ވިއެވެ. މިމައްސަލާގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފެއަރ ކަމަށް ވާ މޯލްޑިވްސް ހޮޓެލް އެންޑް އެގްޒިބިޝަން ފެއަރ އިންތިޒާމު ކުރާ އާރޓްލައިނުގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް މާލް ވިދާޅުވީ މިފަދަ ފެއަރތައް ކާމިޔާބު ވާނީ ވަރަށް ދުވަހުން ކަމަށާއި އެކުންފުންނަށް މަސީގެ ފެއަރ ބޭއްވުމުގައި އެންމެ ބޮޑު ދައްޗަކަށް ވެގެން ދިޔައީ އެފަރާތުގެ އަތުން އެކްސް ކްލޫޝިވިޓީ ނެގުމުން ކަމަށެވެ.

” އަޅުގަނޑުމެން މިހާރު ވެސް މިދަނީ ވަރަށް ކާމިޔާބު ކަމާއި އެކުން ގިނަ ފެއަރ ތަކެއް ބާއްވަމުން. އެބޭފުޅުން އަދި އަޅުގަނޑުމެންނާއި ވާހަކަ އެއްނުދައްކާ . އަޅުގަނޑުމެން މިދަނީ ފެށުނީންސުރެއް ފެށިގެން ވެސް ފައިސާ ދައްކަމުން. އަޅުގަނޑުމެން ގެ އަތުން ވަރަށް ބޮޑު ހަރަދެއް ގޮސްގެން މަސީގެ އިމޭޖު ރަނގަޅު ކޮށްދިނުމަށް ވެސް ވަރަށް ގިނަ ކަންތަށްތަށް ކޮށްދީފައި ވާނެ.“ މާލް ވިދާޅު ވިއެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ފެއައ ގެ ފެންވަރު ދައްވީ އާރޓް ލައިނުގެ ސަބަބުން ކަމަކަށް ނުފެނޭ. އެއީ އާރޓްލައިނުގެ އެހެން ފެއަރ ތަށް ވަރަށް ކާމިޔާބު ކޮށް ދަނީ. ހީވަނީ މަސީގެ މައްސަލަ އެއް ހެން. މަސީގެ ރައީސް އިތުރުފުޅު ހައްދަވަނީ ހެން ހީވަނީ.

    ހުކުރު، ފެބްރުއަރީ 22 2008، 13:53
  2. މާލް މެންފަދަ ބޭފުޅުން ނަކީ ވަރަށް ގާބިލު ބޭފުޅުން މަސީއަށް ނޭގުނަސް އާރޓްލައިނަށް އެގޭނެ ކަންތަށް ކުރަން ވީ ގޮތް.

    ހުކުރު، ފެބްރުއަރީ 22 2008، 14:00
  3. އާރޓްލައިނުގެ މަސައްކަތް ތަކަކީ މުޅި ދުނިޔެވެސް ގަބޫލު ކުރާ މަސައްކަތް ތަށް. މަސީގެ ރައީސް އެހެން ވިދާޅު ވެދާނެ. މާލް ވިދާޅުވާހެން ދުވަހުން ވާން ދެން ނުތިބެވުނީ ކަމަށް ވެސް. ޖަޒީރާއިން މަހަބަރު ގެނެސްދިނުން ވަރައް ފުރިހަމަ. ޒިންތު

    ހުކުރު، ފެބްރުއަރީ 22 2008، 14:05
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv