ޑރ. މުހައްމަދު މުނައްވަރު: އެއް ކެންޑިޑޭޓަކާމެދު އެއްބަސް ވެވޭނީ ކޮންމެ ޕާޓީއަކުން ވެސް ނުކުންނާނެ މީހާ ވެސް ފެނިގެންކަމަށް ވިދާޅުވި

ޑރ. މުހައްމަދު މުނައްވަރު: އެއް ކެންޑިޑޭޓަކާމެދު އެއްބަސް ވެވޭނީ ކޮންމެ ޕާޓީއަކުން ވެސް ނުކުންނާނެ މީހާ ވެސް ފެނިގެންކަމަށް ވިދާޅުވި
ތިރީގައި އެވަނީ އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓަށްވުމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ އެ ޕާރޓީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ޖަޒީރާނޫޙުގެ އަހުމަދު މުހްސިނަށް ދެއްވާފައިވާ ޚާއްސަ އިންޓަވިއު އެކެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހް މިހާރު މިއޮތީ ކިހިނެތް ކަމަށް ދެކިވަޑައިގަންނަވަނީ؟
ރާއްޖޭގައި ސިޔާސީ ޕާޓީ އުފެދުނުއިރު މިއުފެދުނީ ދެ ބަޔަކަށް. އެއީ ޕާޓީ އުފައްދައިގެން އިސްލާހު ގެނައުމަށް މަސައްކަތް ކުރި ބަޔަކާއި ވެރިކަމުގައި ތިބި މީހުން އުފެއްދި ޕާޓީއެއް. ދެން ވަރަށް ބޮޑެތި ދަތިތަކާއެކު މިގޮތަށް ކުރިއަށްދާއިރު އެންމެންވެސް މިއެދެނީ މިނިވަން އިންސާފްވެރި އިންތިޚާބަކަށް. އަނެއް ބަޔަކު މިމަސައްކަތް ކުރަނީ 30 އަހަރު ދުވަހުގެ ތެރޭގައި ކަންކޮށްފައިވާ ޚުދުމުޚްތާރު ނުފޫޒުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް. ޤައުމުގެ މަސްލަހަތު ހިފެހެއްޓޭނީ މިނިވަން އިންތިޚާބެއް ބޭއްވިގެން. ހަމަނުޖެހުމާއި ހަލާކުގެ ތެރެއަށް ވައްޓާނުލާ ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުންވާ ގޮތަށް ވޯޓު ދެވޭނެ ގޮތެއް ހެދިގެން މިކަން ކުރެވޭނީ.
ސަރުކާރުގައި ހުންނަވައިގެން އިސްލާހެއް ގެނެވޭތޯ އެއްވެސް މަސައްކަތެއް ކޮށްފައިވާނެތޯ؟
ރައީސްގެ މަޝްވަރާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެގެން ޤާނޫނުލް އުޤޫބާތުގެ 38 ވަނަ މައްދާ އުވާލާ އެމާއްދާ އިސްލާހް ކުރަންޖެހޭނެ ކަމަށް އެންމެފުރަމަ ވާހަކަދެއްކީ އަޅުގަނޑު. އެމާއްދާ އޭރު އޮތްގޮތުން ސަރުކާރުގެ މުވައްޒަފަކާ ދިމާލަށް ބަލައިލެވޭގޮތަކުން ވެސް ހައްޔަރުކޮށް އަދަބު ދިނުމުގެ ފުރުސަތު އޮވޭ. އެއީ އެންމެ ފާހަގަކޮށްލެވޭ ސިގްނިފިކަންޓް ކަމަކީ. އަދްލުއިއންސާފްގެ ދާއިރާއަށް މީހުން ތަމްރީނުކުރުން އެންމެ މުހިއްމު ކަމަކަށް ދުށީ. އެގޮތުން އަޅުގަނޑު ބައިވެރިވެގެން ޤާނޫނީ ރޮނގުން މައުހަދުގައި ޑިޕްލޮމާ ފެންވަރަށް ކިޔަވައިދޭން ފެށީ. އެކޯހުގެ ޤާނޫނީ ހުރިހާ މާއްދާއެއް ކިޔަވައިދިނީ އަޅުގަނޑު އެކަނި. އެދުވަހު ކިޔެވިކުދިން މިހާރު އެންމެ ކުރީގައި ވަކީލުންނަށް އެއުޅެނީ.
އަޑު އިވޭ އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑެތި ހަމަނުޖެހުންތަކެއް އެބައުޅޭ ކަމަށް އެއީ ތެދެއްތޯ؟
ޕާޓީއެއް ތަޢާރަފްކޮށްފައި އެބަޖެހޭ ސިޔާސީ ޕާޓީތައް ބައިވެރިވާ އިންތިޚާބެއް ބާއްވަން. ޤާނޫނު އަސާސީ އޮތް ގޮތުން ޤާނޫނޫ އަސާސީ އިޞްލާޙުކޮށްގެން އެފަދަ ފުރުސަތެއް ދޭން ސަރުކާރުން ބޭނުންވީ. ޤާނޫނު އަސާސީ އިޞްލާޙުކޮށްފައި ދެން މިކަން ކުރިނަމަ އެންމެ ރަނގަޅު ގޮތަކީ. މިހާރު މިވީގޮތަކީ ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން އެބޭފުޅުންގެ އަމިއްލަ މަސްލަޙަތު ސިޔާސީޕާޓީއަކަށް ބަދަލުވީ. ބަދަލުވުމާއެކުގައި ސިޔާސީ ޕާޓީގެ ދައުރު ރައްޔިތުންނަށް އޮޅޭގޮތްވީ. ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުންގެ ޕާޓީ ނޫން އެހެން ހުރިހާ ޕާޓީތަކަކީ އެއީ ޤައުމުގެ ދުޝްމަނުން ކަމަށް, ދީނުގެ ދުޝްމަނުންކަަމަށް. ސިފަކުރަމުން ދިޔައީ. އެހެންވީމަ އަޅުގަނޑުމެންނަށް ނުބައި ފައެއްގައި ނުބައި ފިޔަވަޅެއްގެ މަތިން ފަށައިގަނެވުނީ. މިދެންނެވި ކަހަލަ ފިއްތުންތަކެއްގެ ތެރޭގައި ޑިމޮކްރަސީއަށް މަސައްކަތްކުރަމުން އަންނައިރު ހަމަކޮންމެ ހިނދެއްގައި ވެސް, އެލިބެނީ ހަމަ ވަރަށް ބޮޑު އުނދަގޫ ތަކެއް. ފަށައިގަނެގެން ސިޔާސީ ޕާޓީ ބިނާ ކޮށް ދަސްކުރާ މަރުޙަލާގައި އަޅުގަނޑުމެން އެންމެ އެދޭ ގޮތަށް ކަންތައްތަކެއް ނުހިނގާނެ. އެގޮތަށް ބަލާއިރުގައި ހަމަ ކޮންމެ ޕާޓީއެއްގެ ތެރޭގަވެސް އެފަދަ ކަންތައްތައް ހުންނާނެ. އެގޮތަށް ބަލާއިރު އެމް.ޑީ.ޕީގެ ތެރޭގައި ވެސް ޚިޔާލު ތަފާތުވުން ތައް ހުންނާނެ.
ޕާޓީން ކުރިމަތި ލައްވާ ކެންޑިޑޭޓެއްގެ ގޮތުގައި މުނައްވަރު ހޮވިވަޑައި ނުގެންފި ނަމަ އަމިއްލައަށް ކުރިމަތި ލައްވަފާނަންތޯ؟
އަޅުގަނޑަކީ ޢާއްމު މެންބަރުންގެ ވޯޓަކުން ޕާޓީއަށް މިވަގުތު ހޮވިފަ ހުރި މީހާ. އަޅުގަނޑުގެ ސިޔާސަތު ތަކުގެ ތެރޭގަ ހިމެނޭ ޕާޓީގެ ސިޔާސަތު ކުރިއެރުވުން. އެހެން އޮތްއިރު ސިޔާސީ ގޮތުން އެމް.ޑީ.ޕީގެ އިސްކޮށް ހުރި މީހަކު, ޤައުމީ އިންތިޚާބަށް ވާދަކުރާނެ ކެނޑިޑޭޓެއް ހޮވަން ބައްވާ އިންތިޚާބަކަށް ކުރިމަތި ނުލުމަކީ ވަރަށް އައިބުކަމެއް. ވަރަށް ގިނަ ސުވާލުތަކެއް އުފެދޭ ކަމެއް. އަނެއްކާ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑު ވޯޓް ދިން މެންބަރުން ވެސް އެދޭނެ ކަމެއް ނޫން އެއީ. އެހެންވީމާ ބަލަން ވާނީ އަޅުގަނޑު ކުރިމަތިލާނެ ކަމަށް. ދެން އެއް ވެސް އިންތިހާބަކުން ޗެލެންޖެއް ނެތި މީހަކު ހޮވިގެން ނުވާނެ ވީމާ އަޅުގަނޑު ނޫން މީހަކުވެސް ހޮވިދާނެ. އެފަދަ މީހަކަށް އަޅުގަނޑު ވެސް ބޯލަނބަން ޖެހޭނެ . އެރޫހުގައި އަޅުގަނޑު ވެސް މިއުޅެނީ. އެގޮތަށް އަޅުގަނޑު ހަދާނަން.
ގިނަބަޔަކު ބުނޭ ގިނަ ކެނޑިޑޭޓުންތަކެއް ކުރިމަތިލައްވައިފިނަމަ މައުމޫނު ކާމިޔާބު ކުރައްވާނެއޭ. އެހެން ވެދާނެބާ؟
މައުމޫނަކީ ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި ކަނޑައެޅިގެން ވާދަ ނުކުރެއްވޭނެ ބޭފުޅެއް, އެއީ އަޅުގަނޑު ޤަބޫލުކުރާ ގޮތް. އޭގެ ވަރަށް ގިނަ ޤާނޫނީ އަދި ސިޔާސީ ސަބަބުތަކެއް ވެސް އެބަހުރި. އެހެންވީމަ އަޅުގަނޑު ޤަބޫލެއް ނުކުރަން ދެން ރާއްޖޭގަ ބޭއްވޭ އިންތިޚާބެއްގައި މައުމޫނު ކުރިމަތި ލެއްވޭނެ ކަމަކަށް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޕާޓީތަކުން ގިނަ ކެންޑިޑޭޓުން ނުކުތުމަކީ އިއްތިހާދަށް ހުރަސްއެޅޭނެ ކަމެއް ނޫން. އިއްތިހާދުގެ ކުރިން ވެސް ޑޮކްޓަރ ހަސަން ސަޢީދު އޮތީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިޢުލާން ކުރައްވާފައި. އައިޑީޕީން އޮތީ އުމަރު ނަސީރު ހޮއްވަވާފައި. އޭރުވެސް އަދާލަތު ޕާޓީން އޮތީ ބުނެފަ ޕާޓީން ކެންޑިޑޭޓަކު ނުނެރޭނެ ކަމަށް. އެމް.ޑީ.ޕީގެ އަސާސީ ޤަވާޢިދު ބުނަނީ އެމް.ޑީ.ޕީގެ މެންބަރުންގެ ވޯޓަކުން އެމް.ޑީ.ޕީގެ ކެނޑިޑޭޓަކު ހޮވަން ޖެހެއޭ. އެހެންވީމާ އެއީ އިންތިހާދުގެ ފަރާތުން އެކެންޑިޑޭޓަކު ނެގުމަށް, ހުރަސްއެޅޭ ކަމެއް ނޫން. އެއީ ކޮންމެ ޕާޓީއަކުން ވެސް ނުކުންނާނެ މީހާ ވެސް ފެނިގެން ކަންނޭނގެ މިޕާޓީތަކުން އެއްކެންޑިޑޭޓަކާމެދު އެއްބަސް ވެވޭނީ
މައުމޫނަށް ކުރިމަތި ނުލެއްވޭނެއޭ ތި ވިދާޅުވަނީ.. ؟
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިހާރު ރާއްޖޭގެ ދެން އޮންނަ ރިޔާސީ އިންތިޚާބަކަށް މި ޤާނޫނު އަސާސީ އިޞްލާޙު ކުރެވިގެން އެ އިސްލާޙުކުރެވޭ ޤާނޫނު އަސާސީ ގެ ދަށުން ބޭއްވޭ އިންތިޚާބަކަށް މައުމޫނު ޢަބްދުލްޤައްޔޫމަކަށް ކުރިމައްޗެއް ނުލެއްވޭނެ. ލައިފިއްޔާ އެ ވެވެނީ ޤާނޫނު އަސާސީއާ ޚިލާފަށް. އެކަން ހުއްޓުވުމަށްޓަކައި ޤާނޫނު އަސާސީ, އާ އެއްގޮތަށް ޢަމަލުކުރުމަށް އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަން.
އެމްޑީޕީގެ ރައީސްކަމާ ހަވަލުވިފަހުން މުނައްވަރަށް އެމްޑީޕީއަށް ކޮށްދެވުނީ ކޮންކަމެއް؟
އަޅުގަނޑު ދެކޭ ގޮތުގައި ޕާރފޯމަންސް އެކި މީހުން މެޝަރ ކުރާނީ އެކިގޮތަށް. އަޅުގަނޑު އަމިއްލައަށް ބަލާއިރުގައި އަޅުގަނޑު ޕާޓީގެ ރައީސްކަމާ ހަވާލުވިއިރު ޕާޓީގެ އިދާރީ ޕާޓީ ހިންގަވަން ތިއްބެވި ބޭފުޅުން, ޕާޓީގެ ޕާލަމެންޓްރީ ގްރޫޕާ, ދޭތެރޭގަ އޮތީ ވަރަށް ބޮޑަށް ގުޅުން ކެނޑިފައި. އެހެން އޮއްވާ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން އަނެއްކާ ވެސް ޕާޓީގެ ހިންގަވަން ތިއްބެވި ބޭފުޅުންނާ ގުޅުން ބަދަހިވެގެން ދިޔަ އަޅުގަނޑު ޕާޓީގެ ކެބިނެޓް, ޝެޑޯ ކެބިނެޓް ނެގުމުން ވެސް. އެ ގުޅުން ބަދަހިވުމުގެ ސަބަބުން ޤާނޫނު އިސްލާޙުކުރުމުގެ މަސައްކަތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ތެރޭގައި ހިގުމަށް ފަސޭހަވެގެން ދިޔަ. ބަރުލަމާނީ ކެމްޕޭން އަޅުގަނޑުމެން ކުރަމުން ދިޔައިރުގައި ޕާޓީ ޕްރޮމޯޓް ކުރުމަށް, ވަރަށް ގިނަ ކަންތައްތަކެއް ކުރެވުނު. އެކަން ވަރަށް ކާމިޔާބުވެސްމެ.
ޒަކީ ކަނޑައެޅިގެން ވިދާޅުވޭ މައުމޫނުގެ ޚުދުމުޚްތާރު ސިޔާސަތުގައި ޖެހިފައި ތިބި ބޭފުޅުންނަށް ޑިމޮކްރަސީއެއް ނުގެނެވޭނެޔޭ. އެލިސްޓުގައި މުނައްވަރު ހިމެނޭކަމަށް ފާހަގަ ކުރެވޭ ކީކޭތޯ ވިދާޅުވާނީ؟
އަޅުގަނޑަށް ޒަކީ ތިޔަ ވިދާޅުވި އެއްޗެއްގެ މާނައެއް, މިދެންނެވީ ޒަކީ ވިދާޅުވީ ޚުދުމުޚްތާރުވެރިކަމުގެ ސަޤާފަތާއި އެ ވިދާޅުވި ޘަޤާފަތާ ބެހުމަކީ ކޮބައިކަމެއް ނޭނގެ. ނޭނގެއޭ މިދެންނެވީ ޒަކީއަށް އެނގިވަޑައިގަންނަވާނެ. ތާ އެހެން ވިދާޅުވީ ޒަކީ ކަމަށްވާތީ, އަޅުގަނޑަށް އެނގޭ އެއްޗަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސަކަށް އަޅުގަނޑު އެޕާޓީގެ މެންބަރުން ވޯޓަކުން ހޮވާފަ ހުންނާނީ އަޅުގަނޑާ ދޭތެރޭގަ އެޕާޓީން ވޯޓްލީބަޔަކު އިތުބާރު ކޮށްގެންކަން.
އެމްޑީޕީގެ ފަރާތުން ހުށަހަޅާ މެނިފެސްޓޯ އަކީ ކޮބާ؟
ޕާޓީގެ މެނިފެސްޓޯ އޮންނާނީ ކުރިންވެސް ނިމިފައި. އެހެން ނަމަވެސް ރިޔާސީ އިންތިޚާބަކަށް އަދި މަޖިލީހުގެ އިންތިޚާބަކަށް އަޅުގަނޑުމެން ދާއިރުގައި, ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެ ގޮތެއް ނިންމަން ޖެހޭނީ ޕާޓީގެ އެތެރޭގެ އިންތިޚާބު ބައްވާފައި.
އާ ޕާޓީއެއް ހަދާ ވާހަކައާއި ޕާޓީއަކާ ގުޅޭ ވާހަކަ ފެތުރުނު. ކީކޭތޯ ވިދާޅުވާނީ؟
ވަރަށް އާދަޔާ ޚިލާފު ވާހަކައެއް ތީ. އެއްވެސް މަޖްބޫރުކަމެއް ނެތި ހިތުން ރުހުމުން ވޮލަންޓްރީ ގޮތުން އެންމެ ގިނަ މީހުން ވަދެފަ ތިބި ޕާޓީއަކީ އެމް.ޑީ.ޕީ. އަދި ދިވެހިރާއްޖޭގެ ތާރީޚުގައި މުޅިރާއްޖޭގެ ނިސްބަތުން ގިނަ ކެންޑިޑޭޓުންތަކެއް ބައިވެރިވެގެން އޭގެތެރެއިން ގިނަ ކެންޑިޑޭޓުންތަކެއް ބައިވެރިވެގެން ވޯޓްލައިގެން ގިނަ ބަޔަކު ގިނަ ކެންޑިޑޭޓުންނަށް ބޭއްވުނު ހަމައެކަނި އިންތިޚާބަކީ އެމް.ޑީ.ޕީގެ ރިޔާސީ އިންތިޚާބު. އެއިންތިޚާބުގައި ހަމައެކަށީގެންވާ ކެންޑިޑޭޓުން ތަކަކާއެކުގައި, ވާދަކޮށްގެން އެކަށީގެންވާ ރަގަޅު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ހޯދައިގެން, މެންބަރުންގެ މެންޑޭޓާ އެއްކޮށް ރައީސަކަށް އަޅުގަނޑު ހޮވުނީ. އެހެންވީމާ އަޅުގަނޑު އެހެން ސިޔާސީޕާޓިއެއް ހަދާކަށް ނުޖެހޭ އަދި އެހެން ޕާޓީއަކާ ގުޅޭކަށް ވެސް އަޅުގަނޑު ނުޖެހޭ. އެހެންވީމާ އަޅުގަނޑުގެ ކުރިމަތީގަ އޮތީ އެމް.ޑީ.ޕީ ކުރިއެރުވުން.
ރިޔާސީ ކެންޕޭނަކަށް ބޭނުންވާ ވަރަށް ފައިސާ އެބަހުރިތޯ ފައިސާ ލިބޭނޭގޮތެއް އެބައޮތްތޯ؟
މިހާރުން މިހާރަށް ހުރިހާ އިންތިޚާބަކަށް ބޭނުންވާ ފައިސާ އެބަހުއްޓެކޭ ދެންނެވޭކަށް ނެތް. ފަންޑްރައިޒް ކުރަން ޖެހޭ. އޮތީކީ އެންމެ އިންތިޚާބެއް ނޫން. އެކަށީގެންވާ ވަރަށް ފައިސާ ބޭނުންވޭ.
ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އަންނި އަންނާނެ ކަމަށް މިހާރު އެބަބުނޭ. ކުރިން ބުނީ ނާންނާނަމޭ. ކީކޭތޯ ވިދާޅުވާނީ؟
އަޅުގަނޑަށް އަޑުއެބަ އިވޭ ޕާޓީގެ ޗެއަރޕާސަން ނަޝީދު ކުރިމަތި ލައްވަފާނެ ކަމުގެ ޢިޝާރާތެއް ނުވަތަ ލައްވަފާނެ ކަން ދޭހަވާކަހަލަ ގޮތަކަށް އިވެމުން އެބަދޭ.
އަންނިއާ ވާދަކޮށްގެން ވިން ވެދާނެ ކަމުގެ ކިހާވަރެއްގެ ގެރެންޓީ އެއް އެބައޮތްތޯ.
އަޅުގަނޑު ކުރިމަތި ލާނީ އަޅުގަނޑު އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ޤަބޫލުކޮށްގެން. އެޔަޤީން ކަންމަތީގައި. ދެން. އިންތިޚާބުގެ ނަތީޖާ އެގޭނީ ވޯޓް ލީމާ. އަޅުގަނޑު ވެސް މެންބަރުންނަށް އަޅުގަނޑު ވެސް ގެންގޮސްދޭނެ މެސެޖްތަކެއް ހުންނާނެ. އެއީ އަޅުގަނޑު ދޭން ޖެހޭ ޔަޤީންކަމެއް އޮންނާނެ. ކެންޑިޑޭޓެއްގެ ޒިންމާއަކަށް ވާނީ ޕާޓީ އަށް އެއިންތިޚާބު ކާމިޔާބު ކޮށްދިނުން. ކަމާ އެކަމާ ކުރަންޖެހޭ ކަންތަކެއް ވެސް ހުންނާނެ. މިހުރިހާ ކަމަކަށް, ބަލާފައި ކާމިޔާބު ކުރެވިދާނެ ކަމުގެ ޔަޤީންކަން އޮތުމުން އަޅުގަނޑު ކުރިމަތިލާނީ,
ވިން ނުވާ މީހެއްގެ ހަޔާތަށް ސިޔާސީ ބަނަކަމެއް އަންނާނެ. އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުމަކާމެދު ދެކެނީ ކީކޭތޯ؟
އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން އިސްލާހީ މަސައްކަތަށް ނުކުތީ, ހަމަ ޤައުމީ މަސްލަހަތަށް އިސްކަންދީގެން. އެގޮތުން ހަމަގައިމުވެސް އަޅުގަނޑުމެންގެ ސިޔާސީ ޙަޔާތަށްވުރެ އަޅުގަނޑުމެންނަށް މުހިއްމީ މަސައްކަތް. އަޅުގަނޑުމެން ފަށައިގަތް ދިވެހިރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމުގެ މަސައްކަތް އަދި މި އިންތިޚާބު ނާކާމިޔާބު ވުމަކުން, އަޅުގަނޑުމެން ކުރަން އޮތް މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ.
އަންނި ކުރިމަތިލައްވައި ހަސަން ސައީދަށް ރަނިން މޭޓަކަށް އައުމަށް ދައުވަތު ދެއްވި ވާހަކަ ހަސަން ވަނީ ވިދާޅުވެފައި. އެއީ އަސާސީ ޤަވައިދާ ޚިލާފް ކަމެއް ކަމަށް ބުނޭ. ކީކޭތޯ ވިދާޅުވާނީ؟
އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުން އަޅުގަނޑަށް ތިއާ މެދުގައި ވަކިއެއްޗެއް ދެންނެވޭކަށް ނެތް. އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުން, ޕާޓީގެ ޗެއަރޕާސަން އެފަދަ ހުށަހެޅުމެއް ހުށަހަޅުއްވާފައި އޮތް ކަމަކަށް ނުވޭ. ދެން އެހެން ނަމަވެސް, އަނެއް ފަރާތުން ބުނެދޭނީ ޝަހީދުމެންގެ ވާހަކަފުޅުން ދޭހަވަނީ އެހެން ގޮތެއް. އެހެންވީމާ, އަޅުގަނޑަށް, މިކަމަކީ އަޅުގަނޑަށް, ވަކިއެއްޗެއް ދެންނެވޭނެ ކަމެއްނޫނޭ.
ހަސަން ސައީދު އެމްޑީޕީއާ ގުޅި ރިޔާސީ ރޭހުގައި ވާދަކޮށް ކާމިޔާބުވެ ދެވަނަ މީހެއްގެ ގޮތުގައި މުނައްވަރު އަތުވެއްޖިއްޔާ ކަންތައް ކުރައްވާނީ ކޮންގޮތަކަށްތޯ.
އަޅުގަނޑު އޮންނާނީ ވަރަށް ސާފުކޮށް ބުނެފައި އަޅުގަނޑު ދެކޭގޮތް. އެއީ މި ދިވެހިރާއްޖެއަށް މިހާރު މިގެނެވޭ އިޞްލާޙުތައް ގެނައުމުގަ އި އަދި އިތުރަށް ވެސް ކުރިއަށް އޮތްތާނގައި ވެސް ވެހިކަލަކަށް ވާނީ އެމްޑީޕީއޭ. އެމް.ޑީ.ޕީއޭ ޤައުމުގެ ހުންގާނުގައި މަސައްކަތް ކުރަންޖެހޭ ސިޔާސީ ޕާޓީއަކީ. އެހެންވީމަ ޤައުމަށް އެންމެ ފައިދާބޮޑު ގޮތަކީ ވަކިވަކިން ތިބުމަށްވުރެ ދުރުގަ ތިބުމަށްވުރެ މިޕާޓީއާ ގުޅިގެން އިސްލާހުކުރުމުގައި ބައިވެރިވުން. އަޅުގަނޑު ވާނެ ޑޮކްޓަރ ހަސަން ސައީދުވެސް ޑޮކްޓަރ ޝަހީދުވެސް އަދި ޑޮކްޓަރ މުހައްމަދު ވަހީދު ހަސަން މަނިކަށް ވެސް ދައުވަދު ދެއްވާފައި. ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑު ދަންނަވާފައި އޮންނާނީ ވަޑައިގަންނަވާށޭ މިޕާޓީއާ ގުޅިވަޑައިގެން މިޕާޓީން ރިޔާސީ ކެންޕޭނުގައި ކުރިމަތިލައްވައި ކާމިޔާބު ކުރައްވާށޭ. ޕާޓީގެ މެންބަރުން ހޮއްވަވާ ބޭފުޅަކާ އެކީ އެބޭފުޅެއްގެ ފަހަތުގައި މަސައްކަތް ކުރަން މިހުރީ ތައްޔާރަށް
ބައެއް މީހުން ބުނޭ ޕާޓީގައި އަންނިގެ ނުފޫޒު ވަރަށް ބޮޑޭ. ޕާޓީގެ އިސްސަފަށް އައި ބައެއް ބޭފުޅުން ވެސް ދިޔައީ އެހެންވެގެންނޭ މުނައްވަރަށް އެފަދަ ނުފޫޒެއް އެބައޮތްތޯ؟
އަޅުގަނޑަށް މަގުދައްކާ އެއްޗަކީ ޕާޓީގެ މެނިފެސްޓޯ އާއި ޕާޓީގެ ކޮންގްރެސް އިން ކަނޑައަޅާ ސިޔާސަތު. އެކަންތައްތަކުގެ ތެރޭގައި އަޅުގަނޑަށް މަސައްކަތް ކުރެވެން ވާނެ. ދެން ސިޔާސީޕާޓީގެ މަސައްކަތަކީ ތަފާތު ޚިޔާލުތަކުގެ މީހުން ތިބޭނެ ކަމަށް ބަލައިގެން އެތަފާތުވުން ތަކުގެ ތެރޭގަ އި ޚިޔާލު އެއްގޮތް ކުރަމުން ޕާޓީގެ މެންބަރުންގެ އެއްބައިވަންތަކަން ދަމަހައްޓަމުން ޕާޓީގެ މަޤްޞަދާ ދިމާއަށް ދަތުރުކުރުން. އެހެންވީމަ އަޅުގަނޑު ޤަބޫލުކުރާ ކަމެއް, ޚިޔާލު ތަފާތުވުމަކީ އަދި އެކިކަންކަމުގަ ދެބަސްވުން ހުރުމަކީ. އަޅުގަނޑުމެންގެ ސިޔާސީ ހުނަރުވެރިކަމަކީ މިދެންނެވި ޚިޔާލު ތަފާތުވުމާއި ދެބަސްވުން ތަކުގެ ތެރޭގައި އެކުރާ ކަމެއްގެ ޢާއްމު މަސްލަޙަތަށް ނުވަތަ އެކުރާ ކަމެއްގެ އާއްމު މަޤްޞަދު އޭގެން ޙާސިލްކުރެވޭ ގޮތަށް އަޅުގަނޑުމެން އެންމެން އެއްކޮށް, މަސައްކަތް ކުރުން.
އިންތިޤާލީ މަރުހަލާގައި މީޑިޔާ މިނިވަން ކުރަން ކުރަން އުޅުނު ކަންތައްތައް ކޮބާތޯ؟
އެފަދަ ލިޔުމެއް މިހާރު ވަނީ ގާތްގަނޑަކަށް ތައްޔާރުކޮށް ނިމިފަ.
ބަޖެޓް ބޭނުންކޮށްގެން މައުމޫނު ކުރައްވާނެ ކަންތައް ހުއްޓުވާނެ ކަމަށް ވިދާޅުވި އެކަން ކޮބައިތޯ؟
ބަޖެޓްގެ ކަންތައް ވާގޮތަކީ މީގެ ތެރޭގަ އެއްކަމަކީ ރަސްމީ ހައިސިއްޔަތަކުން ކުރާ ދަތުރުތަކުގެ ނަމުގައި ކެންޕޭނު ބާއްވާ ދަތުރުކުރުން. އެކަން ހުއްޓުވުމަށް އަޅުގަނޑުމެންނަށް ކުރެވެން އޮތް މަސައްކަތަކީ ބަޖެޓް ރައްޔިތުންގެ މަޖިލީހުގައި އޮތް ސިޔާސީ ޕާޓީތައް އެކުލެވޭ ކޮމިޓީއެއްގެ ވެރިންގެ ދަށަށް ގެންދިއުން, އެކަން ކުރެވެން އޮތީ ޤާނޫނު އަސާސީ އިސްލާޙުވެ ނިމުމުން އެއިޞްލާޙު ތަކަށް ޢަމަލުކުރަން ފެށުމުން, އެވެސް އިންތިޤާލީ މަރުޙަލާއެއްގެ ގޮތުގައި. އެހެން ނަމަވެސް އަދި. އެކަމަށް އެއްވެސް ސިފައެއް އައިސްފައެއް ނެތް. އެކަން ވެސް އެހިމެނެނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމާ ގުޅޭ ކަމަކަށްވާތީ އެމަސައްކަތުގެ ތެރޭގަ އެކަން ކުރެވެމުންދާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ.
މިނިވަން އިންތިޚާބެއް ބޭއްވޭވަރަށް ހާލަތު ބަދަލުވެއްޖެތޯ؟
އަދި ނުވޭ. އަޅުގަނޑުމެން ދެކޭގޮތުގައި މައުމޫނު ޢަބްދުލްޤައްޔޫމު ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވައިގެން. އޭނައަށް މިހާރު އޮތް ބާރުވެސް އިޚްތިޔާރުތައް ވެސް އޮވެގެން ދިވެހިރޭއްޖޭގައި މިނިވަން އިންތިޚާބެއް ނުބޭއްވޭނެ.
އިންތިޚާބަށް ފަހު ބަދަލެއް އަތުވެދާނެތޯ
އަޅުގަނޑުމެން ޔަޤީން ކުރަނީ ރާއްޖޭގައި ދެން އޮންނަ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްކަމަށް ވާނެ ކަމަށް. އިސްލާޙު ތަކާ ހެޔޮބަދަލު ގެނެސްދޭނެ ކަމަށް ވަޢުދުވެގެން އެމީހުން, އެދައްކާ ވާހަކައާ އެމީހުން ހުށަހަޅާ ހުށަހެޅުންތަކާ އެމީހުންގެ ޤާބިލިއްޔަތު ރައްޔިތުން އިތުބާރުކުރާ ބަޔަކު ހޮވޭނީ. އެހެން ކަމަށް ވެއްޖިއްޔާ އެބަޔަކު ސަރުކާރު ހިންގާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ޤަބޫލުކުރަނީ.
މާކަރީ ކައިރިން އަހަރެން އަޑުއެހިން މުނައްވަރު މާވަރުގަދަ ކަޅުފޮއްޓެއް ގެންގުޅޭވާހަކަ. އެފޮށީގަ އޮތް އެއްޗެއް އެގޭތޯ ހުރެހުރެ މިހާރު ބޮލުގަ ނުރަޖަހައިފި.
ކަޅު ފޮށީގައި ހުރި އެއްޗެހި ބޭރުވެ ހުސްވާ އިރުވެސް ކަލޭމެން ކުދިންނަށް އެގޭނެ ހެނެއް ހީއެއް ނުވެއެވެ. ކަޅު ފޮށްޓަކީ މުނައްވަރުގެ ތޫނު ސިޔާސީ ވިސްނުމެވެ. އައްނިވެސް ބުނޭ މުނައްވަރު ވަރުގެ ސިޔާސީ ވިސްނުމަށް މޮޅު މީހަކު ނެތޭ. އެކަމަކު ވެރިކަމަށް ގެންނާން އޭނާ ރަގަޅެއް ނޫނޭ. ރަގަޅު ނޫން ގޮތަކީ ވެރިކަން ކުރަން ޖެހޭނީ އައްނި ކަމަށްވާތީ.
ބުނެވިދިޔަ ހުރިހާ ޑޮކްޓަރުންނަކީ ވެސް ވަރަށް ޤާބިލްބޭފުޅުން. އެކަމަކުވެސް ވެރިކަން ވާނީ ހަމައެންމެ މީހަކަށް، އެއީ މިހާރުވެސް އެކަން ކުރާމީހާއަށް. ސަބަބަކީ 30 އަހަރުވެރިކަންކުރުން. އަޅުގަނޑުގެ ދުވާ އަކީ އެމަނިކުފާނު ތިވެރިކަމުގައި 400 އަހަރުހުރުން
މުނައްވަރު މިޕާޓީގެ ރައީސަކަން ލިބުނުފަހުން މިހާތަނަށް ޕާޓީއަށް ވަރަށްގިނަގުނަ ކުރިއެރުން ހޯދާދިންކަމަށް ވިދާޅުވާއިރު ، މިއިންކަމެއް ޕާޓީގެ މެންބަރުންނަކަށް ނޭގެއެވެ. އަޅުގަޑާށް އެގޭ ވަރަށްބޮޑުހަގީގަތެއްގެ ވާހަކ މިފުރުސަ ތުގައި ހާމަކޮށްލަންބޭނުންވެއެވެ. މުނައްވަރުއަށް ޕާޓިގެ ރައީސުކަން ލިބުނުފަހުން މިޕާޓީގެ އެއްމެ ވަރުގަދަކޮށް ހިގަމުން ދާއިރާއިން އެއްވެސް ހަރަކާތެއްނެތިވަނީ ހުއްޓުމަކަށް އައިސްފައެވެ، މިހާރު ވަރަށް ގިނަމެންބަރުންއެދެނީ މުނައްވަރު މިހާރުން މިހާރަށް އިސްތިއުފާދިނުމަށެވެ ، މުނައްވަރު ފުރަތަމަ އަށް ޕަޓީގެ ރައީސަކަށް ކުރިމަތި ލައިގެން ކެންޕެއިނު ކުރިއިރުވެސް ވިދާޅުވި އަޅުޑަށް ޕާޓީގެ ރައީސުކަން ނުލިބުނަސް ޕާޓީން ދުރަށް ނުދާނެކަމަށް ވައުދުވި ، އެހެނަސް ކަންވީ އެގޮތަކަށްނޫން ރައީސަކަށް ހޮވުނުމީހާގެ ނަން އިއުލާންކުރި ވަގުތުން ފެށިގެން މަޑުމަޑުންދެންދިޔައީ ޕާޓީއާއި ދުރަށްކަން ޙަޤީގަތް ގަބޫލުކުރާއެއްމެން އެއްބަސްވާނެއެވެ. މިދިޔަފަހަރު ޕާޓީގެ ރައީސަކަށް ޕާޓީގެ ގިނަމެންބަރު މުނައްވަރު ހޮވީއަކީ ކޮނަމެހެން މުނައްވަރުވީތީއެއްނޫން ، އެއިރު ޕާޓީއަށް އެއްމެ މަސްލަހަތު ހުރިގޮތަކީ އެއީކަމަށް ވީތި ހޮވީއެވެ. އަޅުގަޑުގެ އިލްތިމާސްއަކީ އެމް ޑީ ޕީން ރިޔާސީކެންޑިޑޭޓަކަށް މުޅިރާއްޖޭގެ ރައްޔިތުންގެ ތާއީދުލިބޭނެކަމަށްހީވާ މީހަކު ހޮވުމަކީ މައުމޫނުގެ ޚޮދުމުޚުތާރު ސަރުކާރު ނިމުމަކަށް ގެނައު މަށް ވަރަށްފަސޭހަވާނެކަމަށް ދެކިގެން އެއްމެން އެކީމަސައްކަތްކުރުމެވެ.
ދިވެހިންގެ މިޒަމާނުގެ ބޮޑޫތަކުރުފާނަކީ އަންނިކަން ކަށަވެރެވެ. އަދި މިރާއްޖޭގެ މަންޑޭލާއަކީ ވެސް، ގާނދީއަކީ ވެސް، އަންނިއެވެ. އެހެންވީއިރު މުނައްވަރުމެން ހަސަންސައީދުމެން އުމަރުނަސީރުމެން ކަހަލަ މީހުން ވެރިކަމަށް ކުރިމަތިލައިގެން އެކުރާކަމަކީ ކުށްވެރިކުރަންޖެހޭނެ އަމަލެކެވެ. އެމީސްމީހުންނަށް ވެރިކަމެއް ނުކުރެވޭނެއެވެ. ވެރިކަން ކުރެވޭނީ އަންނިއަށެވެ. އޭނާ ވެރިކަމަށް ކުރިމަތިލާންޖެހުނީ އޭނާ ބޭނުންވެގެންނެއް ނޫނެވެ. ރައްޔިތުންގެ ހައްގުގައި އެހެން ގޮތެއް ނެތިގެންނެވެ. އެއީ ތަގުދީރު ނިޔާކުރިގޮތެވެ.
މުނައްވަރު ސަރުކާރުގައި ހުރިއިރުވެސް އުޅުނީ ވެރިކަން ބޭނުން ވެގެން. ބޭރުކޮށްލަންޖެހުނީ މައުމޫނަށް އެކަން ވިސްނުމުން. އެހެންވީމަ، މުނައްވަރު އިންޓަވިއުގައި އެހެންބުންޏަސް ޕާޓީން ރައީސްކަމަށް ކުރިމަތިލާން ނުހޮވިއްޖިއްޔާ އަމިއްލަޔަށް ޕާޓީވެސް ހަދާނެ. ހަދަންވެސް ޖެހޭނެ. އަންނިވެސް ކުރިން ބުނީ ވެރިކަން ބޭނުމެއް ނޫނޭ. ހަގީގަތް ހާމަކުރީ ވަގުތުޖެހުމުން. އެހެން ނޫންނަމަ ވަރަށް ނުރައްކާވާނެކަން އޭނާޔަށް އެނގޭތީ. މުނައްވަރުވެސް އަންނިވެސް މައުމޫނުވެސް ބޭނުމީ ވެރިކަން. ސުވާލަކީ ރައްޔިތުންނަށް އެންމެ ރަގަޅަށް ޚިދުމަތްކޮށްދޭނީ ކާކުހޭ! އެމީހަކީ މުނައްވަރު.
ބަލަ ވެރިކަމަކީ ކޮންމެ މީހަކުކުރިޔަސް ލިޔާގަތާ ގާބިލިއްޔަތު ހުރިމީ ހަކުކުރަން ނުރަގަޅުކަމަކީތަ! ދެން އަނި ވެރިކަން ކުރަން އުޅުމީ މައްސަލައެއްކަމަށް ވެގެން އުޅެނީ ކޮންބަޔަކަށްތަ! މުނައްވަރު ވެރިކަމަށް އެކަށީގެން ނުވެފަ އަންނި ވެރިކަމަށް އެކަށީގެން ވެފަ، ހަސަން ސައީދު ޑިކްޓޭރަކަށް ބަދަލުވެ މިވަނީ ކިހިނެއްބާ! އަންނިގެ ޚިދުމަތާއި ހިންމަތާއި ގުރުބާނީގެ އަގު އަހަރުމެން ވަޒަންކުރަން. އެކަމަކު ގަވަމަށް ފައިދާވީހީ އަންނި ޗެއަރ ޕާސަނަކަށް ހުންނަވައިގެން ޕާރީގެ ޕުރައިމަރީ އިލެކްޝަން ކާމިޔާބުކުރެއްވި ބޭފުޅެއްގެ އަތްޕުޅުގައި ހިއްޕަވައިގެން ރައިޔިތުންގެ ތެރެއަށް ނިކުމެ އާދޭސްކޮށް ސަލާން ޖަހައިގެން އެމީހަކަށް ވޯޓުހޯދައިދީ ޕާޓީ ވެރިކަމަށް ގެނެވުނުނަމަ. ޕާޓީތަކުގެ ޗެއަރ ޕާސަނުންގެ މެންޑޭކީ ޕާޓީ ވެރިކަމަށްގެނެސް ޕާޓީގެ ވެރިކަން ދެމެހެއްޓުން. އަންނޮކުރިމަތިލުމަކީ މައްސަލައެއްނޫން. އެކަމަކު ޕާޓީގެ ގުރާސްރޫޓްލެވެލްގަ ބައިބައިވުން އުފެދި ޕާޓީ ނިކަމެތިވެއްޖެނަމަ އެޒިންމާވެސް އަންނި އުފުއްލަވަން ޖެހޭނެކަމަށް އަހަރެންދެކެން. =ނިކްސް=
އަންނިއަށް މިޒަމާނުގެ ބޮޑުތަކުރުފާނުގެ ލަގަބުދޭން މަރުހެޔޮނުވާނެއެވެ. އަދި އެއީ މިރާއްޖޭގެ މަންޑޭލާ އެއްވެސް ގާންދީ އެއްވެސް ނޫނެވެ. އަންނި ބުނިބަސް އުނބަށްޖަހާފައި ވެރިކަން ބޭނުންވެގެން އުޅެނީ ރައްޔިތުންގެ ހައްގެއްގައެއްނޫނެވެ. ހުރިހާވެސް ކަމަކީ އަމިއްލަ އެދުމެވެ. މުނައްވަރަށް މޮޅެއްވެދާނެތީ އަންނި އެހުރީ މޮޔަވެފައެވެ. އެހެންނޫނަސް އަންނިއަކީ އުފެދުމުގައިވެސް އެކަހަލަ މައްސަލައެއް ހުންނަ މީހެކެވެ.' ނޯޖަވާން'
މުނައްވަރުގެ ސިޔާސީ ފިކުރާއި، އޭނާގެ މޮޅުކަމާއި،ތިޔަބުނާ ކަޅުފޮށީގައިވާ އެއްޗެއް އެނގޭނީ މުނައްވަރުގެ ވަރަށް ޚާއްސަ ރައްޓެހިން ކޮޅަކަށް. މުނައްވަރު ކޮންމެހެން ބޭނުމެއްނުވޭ ދިވެހިރައްޔިތުން ގެ ގިނަބައެއްގެ މާބޮޑު ތާޢީދެއް.އޭނަގެ މިބުނާ މަދު ރައްޓެހިންކޮޅު އޭނާ ޕްރޮމޯޓް ކޮށްލަނިކޮށް އިންތިޚާބް ކާމިޔާބްކޮށްލެވިދާނެ.އެމް.ޑީ.ޕީ ގެ ފުރަތަމަ ކޮންގްރެސް އިންވެސް ނުލާހިކު ރަނގަޅު ތަޤްރީރެއްދީގެން ކިރިޔާ ނުހޮވި އޮތްވާ ރައްޓެއްސަކު ދިން ކެއްސަކުން ކެޓީ ދެއްތޯ؟މިފަހަރުވެސް އޭނާރައީސް ކަމަށް އަންނަން އެހާބޮޑު ކެމްޕޭނެއް ނުކުރާނެ. އޭނާގެ އެމްބެސެޑަރުން ކޮޅެއް ރާއްޖޭގެ ދެކުނަށާއި އުތުރަށް ފޮނުވާލީމާ އެއޮތީ ކާމިޔާބްވެފައި. އެބުނާ ކަޅުފޮށީގެ ބާރަކީ މިދެންނެވީ.
މަށަށް ހެޔޮ ކޮންމެމީހަކު ވެރިކަމަށް އެރިޔަސް، އަބަދުއަބަދު އެކަކު ޓީވީންނާއި ރޭޑިޔޮލުން ފެނިފެނި، އިވިއިވި މޭބޮޑުވެ ހޮޑުލެވޭވަރުން ހީވަނީ މާބަނޑުމީހެއްހެން. މާބަނޑުމީހުން ނުވަމަސް ވުމުން ވިހާވިއްޔާ. މަށަކަށް ނޭނގެ މަގޭ ޑިއު ޑޭޓެއް.
އެމްޑީޕީގެ ރައީސަކަށް މިދިޔަ އަހަރު މުނައްވަރު ހޮވީ މަސްލަހަތަށް ބަލާފައި. މުނައްވަރަކީ ސިޔާސީ ވިސްނުން ރަނގަޅު ބޭފުޅެއް ކަމުގައި ނުބެލެވޭ. ރާއްޖޭގެ އެހެން އަތޮޅުތަކުގައި މުނައްވަރަށް އެއްވެސް ތާއީދެއް ނެތް. މައުމޫނުގެ ސަރުކާރުގައި ހުރެގެން މުނައްވަރު ރައްޔިތުންނަށް ދީފައިވާ އަނިޔާގެ މަތިން އެއްވެސް މީހަކު ހަނދާނެއް ނުނެތޭ. މިފަހަރުގެ އެމްޑީޕީގެ އިންތިޙާބުގައި ރައްޔިތުން ނިކަން ރަނގަޅަށް ވޯޓުން މިކަން ހާމަކޮށްދޭނެ. އެމްޑީޕީގެ އިތުރުން މުޅި ރާއްޖޭގައި ވެސް މިވަގުތު ހުންނެވި އެންމެ ސިޔާސީ ވިސްނުން ރަނގަޅު އަދި ރައްޔިތުންގެ ހައްގުތައް ހޯއްދަވައިދެއްވުމަށް އެންމެ ބޮޑަށް މަސައްކަތްކޮށްދެއްވި ބޭފުޅަކީ މުހައްމަދު ނަޝީދު ( އަންނި ) ކަމުގައި އެއްވެސް ޝައްކެއް ނެތި ގިނަބަޔަކު ގަބޫލުކުރޭ. އެމަނިކުފާނަކީ މިޒަމާނުގެ ދިވެހި ތާރީޚު ދެކެމުންދާ ހިތްވަރުގަދަ ޤާބިލް ސިޔާސީ ޝަޙުސިއްޔަތެއް. ދިވެހިންނަށް ފުރިހަމަ ދާޚިލީ މިނިވަންކަމެއް ގެނެސްދެއްވި ބާނީއަކީ ހަމަ ޔަގީނުންވެސް އަންނި. ރާއްޖޭގެ މިޖީލުގެ ސިޔާސީ ތާރީޚު ބަދަލު ކޮށްލެއްވި ބޭފުޅަކީވެސް އަންނި. މިހުރިހާ ކަމަކަށް ބަލާއިރުގައި ދިވެހި ވެރިކަން އެމަނިކުފާނަށް ހައްގު. މިފަހަރުގެ އިންތިހާބުގައި ވޯޓުން އެކަން ރައްޔިތުން ދައްކާނެ ކަމާއިމެދުގައި އެއްވެސް ޝައްކެއް ނެތް.= ހލ
މުނައްވަރު ޕާޓީގެ ރައީސްކަމަށް ކުރިމަތި ލައިގެން އުޅުނުއިރު މުނައްވަރުގެ ލޫފާމްގައި އަޅުގަނޑު ބައްދަލުކުރުމުން ބުނި މުނައްވަރަށް ޕާޓީގެ ރައީސްކަން ލިބިއްޖެނަމަ 3 މަސް ދުވަހުގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އއ މެންބަރު އަބްދުލް މުހުސިނާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ ލުތުފީ މެންލައްވާ އެމްޑީޕީއަށް ސޮއިކުރުވާނެކަމަށް. ނަމަވެސް މުހުސިން ޕާޓީއާ ގުޅިފައިވާ ނުވާއިރު ޑރ ލުތުފީ މިހާރު އުޅެނީ އެހެން ސިޔާސީ ޕާޓީއެއް ހެދުމުގެ މަސައްކަތުގައި. ކުރިންކުރި ވައުދުތައް ނުފުއްފާ އާވައުދުތަކެއް ވާން ތައްޔާރުވަނީބާ؟.
މުނައްވަރު އިސްކަންދަރު ސްކޫލުގައި ވާހަކަދައްކަމުން ތިމަންނަ ބަންޑާރަނައިބަކަށް ހުރިއިރު 45 ހާސްމީހުނަށް މައުމޫނު ބޭނުންވާ ގޮތަށް ނިޔާ އިއްވިފައިވާކަމަށް ކަމަށް ބުނިކަމަށްބުނެ އަންނި އަޑުފަތުރަމުންދާއިރު މުޅި އެމްޑީޕީ ނޭވާލިއަނުދީ ފުނޑު ފުނޑު ކޮށްލީ ވެސް ހަމަ ތި އަންނި ނޫންހެއްޔެވެ. އެމްޑީޕީ މީހުން ތިތިބީ އަދިވެސް ނިދިން ނުހޭލެވިއެވެ، ބަލާބަލާށެވެ، ފުރަތަމަ ކޮންގްރެސްގައި މުނައްވަރާ އިދިކޮޅަށް އަންނި ފިލާހުރެ މީހުންނެރެގެން މުނައްވަރުގެ 45ހާހޭ ކިޔާ ސަޕޯޓޫގެއްލުވާލަން މަސައްކަތް ކުރިއެވެ، ޑރވަހީދުގެ ސަޕޯޓަރުން ގޮފިތަކުގެ ރައީސްކަމުން އަންނި ގެބާރުގައި ވަކިކުރުވާ އިބުރާގެ މީހުން އެތަންތަނަށްލިއެވެ، ފަހުން އިބުރާހޮވުމުން އެގޭދޮށަށް އެކަޗޓިވިސްޓުން ފޮނުވައިގެން އިބުރާގެ އަގުވައްޓާލާ މަޤާމުން އިސްތިއުފާދިނުމަށް މަޖުބޫރު ކުރުވިއެވެ، ދެން މުނައްވަރު ހޮވުމުން މުނައްވަރު ބާކީކޮށްފަ މުނައްވަރު ދާންޖެހޭތަންތަނާ ކުރަންޖެހޭމަސައްކަތުގައި ނާންގާ އެކަންކަން އަންނިކޮށް މުނައްވަރު ގެ މަސައްކަތައް މިއަދާހަމަ އަށް އައީ ހުރަސް އަޅަމުންނެވެ، މިހުރިހާ ކަމަކީ ވެސް އެލިއާ އަލީ އަބްދުއްލޯއާ ސިއްކަގެ ދުރުވިސްނުމުން އަންނިއަށް ވެރިކަން ހޯދާދިނުމަށް ވަރަށް ކުރިން ރޭވިގެން މިއަދާހަމައަށް ކުރެވިފައިވާ ބުރަމަސައްކަތެކެވެ، އެމްޑީޕީ ވަޅުޖައްސަލާފައި މިއަދާ ހަމައަށް ބޭއްވުމަށް މަޖުބޫރުވީ އަންނި ގެ ސަޚްސިއްޔަތު ވަރުގަދަކުރެވި ސިޔާސީ ބުރަދަނެއްލިބެންދެކަށް އެހެންމީހަކު ތެދުވިއްނުދީ ހިފެހެއްޓުމަށެވެ. މީދޮގަކަށް ހެދޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. =ޖަލީލު-
އައްނިވެސް ބުނޭ މުނައްވަރު ވަރުގެ ސިޔާސީ ވިސްނުމަށް މޮޅު މީހަކު ނެތޭ. އެކަމަކު ވެރިކަމަށް ގެންނާން އޭނާ ރަގަޅެއް ނޫނޭ. ރަގަޅު ނޫން ގޮތަކީ : ނިމިއެދާ ޚުދުމުޚުތާރުކަމުން މަންފާ ލިބިލިބި ހުރި ވިޔާފާރި އާއި، ޕާޓީ އަށް އެކެއްދެފަހަރަށް ވުރެ ގިނަފަހަރު ހަރާމްކޯރުވެފައިތިބި ބަޔަކާ މުނައްވަރާއި ގުޅޭކަމަށް އެނގޭތީ. އަންނި ކުރިމަތިލީ ޚުދު އޭނާ ނޫނީ ކުރީގެ އަނިޔާވެރިކަމާ ގުޅުމެއްނެތް އެހެން މީހަކު ޕާޓީގެ ތެރޭން ކުރިމަތި ނުލާތީ.
އަޅުގަޑުމެން މިހާރު ކުރަން މިއުޅޭކަމަކީ ހަމަ ޔަޤީނުންވެސް "ރާއްޖޭގެ ރައީސް" ކަމަށް އެމް.ޑީ.ޕީ ގެ ފަރާތުން ކުރިމަތިލުމަށް ކެންޑިޑޭޓަކު ޗޫޒްކުރުން. މިކަމަކަށް އަންނިއަށްވެސް އެނގިލައްވާނެފަދައިން މުނައްވަރަށްވުރެ ޤާބިލު ބޭފުޅަކު ނެތް. ކިނިނެތްތޯ އަންނި ފަދަ މީހަކު މިކަމަށް އެމް.ޑީ.ޕީ އިން ހުށަހެޅޭނީ. އަންނިމެން ހޮވިއްޖެނަމަ ރާއްޖެ ދާނީ ކެއޯ އެއްގެތެރެއަށް. މިހެން މިދެންނެވީ އަންނިއަކީ ލީޑަރަކަށް ނުވާތީ. އަބަދުވެސް އަންނިއަށް އުޅުން ބެހެއްޓެވެނީ އެކްޓިވިސްޓެއްގޮތަށް.
ދިވެހިންނަކީވެސް ހާދަ ފާޑެއްގެ ބަޔެކޭ. އަހަރެން ހީކުރީ އަބަދު އެކަކު ވެރިކަމަށް ކުރިމަތިލާހުރެފައި ގިނަދިވެހިންތަކެއް ވެރިކަމަށް ކުރިމަތިލާތަން ފެނުނީމާ އެންމެންވެސް ވަރަށް އުފާވާނެޔޭ. އެކަމަކު އަދިވެސް ދިވެހިންނަށް ޤަބޫލް ކުރެވޭކަހަލަ ވެރިކަމަށް ކުރިމަތިލާންވާނީ އެއްމެމީހެކޭ. އެއީ އެމީހަކު އެންމެ ސަޕޯރޓް ކުރާ މީހާ އެކަންޏޭ. މިވިސްނުންދޫކޮށް ކޮންމެ މީހަކު ވެރިކަމަށް ކުރިމަތިލިޔަސް އެކަމަށް މަރުހަބާ ކިޔާބަޔަކަށް އަހަރެމެން ވާއްވެއްޖެ. ގޮތެއް ނިންމާނީ ދިވެހިރައްޔިތުން. ކޮންމެ ގޮތެއްވިޔަސް ރައްޔިތުންނަށް އެންމެ ކަމުދާމީހަކު ހޮވާނީ. ދެން ކޮބަ މައްސަލައެއް. މިއޮތްހާދުވަހަކު އެކަކު ހުރެ އެކަކު ކުރިމަތިލުމުން އެކަމާދެކޮޅަށް ރިފޯރމް މޫވްމަންޓް ފެށުނީ. އެކަމުގެ ރަގަޅު ނަތީޖާފެނި ގިނަމީހުން ކުރިމަތިލާގޮތްވީމާ އެމީހަކާ ޒާތީގޮތުން ދިމާކޮށްލުމަކީ ރަގަޅުކަމެއްނޫން. އެމީހަކު ޖަވާބުދާރީ ވާންޖެހޭ ކަންތައްތަކުން ސުވާލު ކުރެވިދާނެ. އަދި ނުރުހުންވެސް ފާލޫކުރެވިދާނެ. އެކަމަކު އެމީހެއްގެ ކެންޑިޑޭސީއާ ދޮކޮޅަށް ވާހަކަދެއްކުމަކީ ރިފޯރމްގެ ރޫހާ ޚީލާފްކަމެއްކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑަކީ މުނައްވަރަށް ސަޕޯރޓްކުރާމީހެއްނޫން. ހަސަންސައީދަށް ސަޕޯރޓްކުރާމީހެއް. އެކަމަކު މުނައްވަރުގެ ކުރިމަތިލުމަށްވެސް، އަންނިގެ ކުރިމަތިލުމަށްވެސް އަދި އެހެންމީހަކު ކުރިމަތިލިޔަސް އެކަމަށް އަޅުގަނޑު މަރުހަބާކިޔަން. އެކަމަކު ވޯޓްލާނީ ހަސަނަށް
މުނައްވަރު މިޤައުމުގެ ރައީސަކަށް އަޅުގަޑަށް ތާއީދުނުކުރެވެނީ އެއްވެސްވަރަކަށް އެހެންމީހުން ދައްކާވާހަކައަށް އިހުތިރާމުނުކުރާތި ، އަދި މައުމޫނުސަރުކާރުގައި 10 އަހަރު މިނިސްޓަރ ކަށްހުރީތި، އައްޑުއަތޯޅުގެ މެންބަރަކަށްހުރެ މައުމޫނުގެ ސަރުކާރުން މިއަތޯޅުގެ ރއްޔިތުން ނަށް ވިލިގިލ ރިސޯޓެއްގެގޮތުގައި ހަދާނެކަމަށް ބުނެ އޮޅުވާލަމުން ވަގުތު ނަގާލިއިރު މިކަމުގެ އިސްރޯލެއްއަދާކުރަމުންދިޔައިރު ، މިކަމުގެ ޙަޤީގަތް މިއަތޯޅުގެ ރައްޔިތުންނަށް ހާމަކޮށްނުދި ސަރުކާރުން ކަޑާލީމާ މިއަދު ކޮންކަމެއްކޮށްދޭނަމޭކިޔައިގެން ވެރިކަމަށްއަރާންފައިތިނަގަނީ، އަޅުަގޑުމެން މިއަތޮޅުގެ ގިނަމީހުންގެ ތާއީދު މުނައްވަރަކަށްނެތެވެ، މިހިތަދޫން މުނައްވަރަށް ތާއީދުއޮތްކަމަށް ދަޅަދައްކާބައިގަޑަކީ އެކިއެކި ސަބަބުތަކާއިހުރެ މީހުންގެ ކުރިމަތީގައި އިތުބާރުގެއްލިފައިވާމީހުންނެވެ. ރާއްޖޭގެ ގިނަމީހުންގެ ތާއިދުލިބޭމީހަކު އިޚުތިޔާރުކުރުމަކީ މައުމޫނުސަރުކާރު ފެއިލްކުރަން އެއްމެފަސޭގޮތެވެ. އެމީހަކީ ރައްތޔިތުންގެލާބައާއި މަންފާއަށް ވަރަށް ބުރަ އެހާމެހިތްވަރާއިއެކު މަސައްކަތްކުރާމީހަކީ އަންނީއެވެ.
ވެރިކަން ބޭނުންވުން އެއީ މައްސަލައެއްނޫން. ވެރިކަމަކަށް ކުރިމައްޗެއް ނުލާނެ ކަމަށްބުނެފަ އަންނި އެ ޚިޔާލު ބަދަލު ކުރުން އެއީ ދިވެހިންގެ ނަސީބު. އަހަރުމެނެއް ބެނުމެއްނޫން މައުމޫނަށް ވާގިދީގެން އެއްލާލަންދެން އުޅުނު މުނައްވަރަކަށް ވިރާއްޖޭގެ ވެރިކަން ދޭކަށް. އަންނި ކުރިމަލި ނުލާން ނިންމިނަމަ، އަންނި ވީހީ އަހަރުމެންނަށް އުންމީދެއްދީފައި ފިލި މީހަކަށް . ކުރިމަތި ލާން ނިންމީތީ އަންނިއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އިރާދަ ކުރެއްވިއްޔާ ތިއީ މައުމޫނުގެ ވަސް މިރަށުން ކަޑުވާލާނެ ބަތަލު. އަހަރުމެން މިހުރިހާދުވަހު އިންތިޒާރު ކުރަމުން އައި މީހާ.
އަންނި ކުރިމަތިލާން ނިންމި ކަމަށްޓަކައި ވަރަށް ހޫނު މަރުޙަބާއެއް ކިޔަން. އަންނި ވިސްނަންވީކަމަކީ، ތިކުރިމަތިލީ ޕާޓީގެ އިލެކްޝަނަކާ ނޫންކަށް. ހަމައެކަނި ވާދަ ކުރަންޖެހޭނީ މުނައްވަރަކާ ނޫންކަން. ޕާޓީގައި ނުހިމެނޭ، ބުރުމާ، ޔާމީން، މައުމޫނު، ހަސަން ސައީދު މިއެންމެން އަންނި ކަޓުވާލަން މަސައްކަތްކުރާނެ. ވިސްނުންތެރިކަމާއެކު ކުރައަށްދޭ. އަހަރުމެން ފަހަތުގައި ތިބީމު.
އަންނި އަކީ މަންޑޭލާ. އަންނި އަކީ މިޒަމާނުގެ ބޮޑު ތަކުރުފާނު. އަންނި އަކި ގާނދީ. ހެޔޮނުވާނެ. އަންނި ދެކެ ކިތައްމެ ލޯބިވުޔަސް މިފަދަ ނަންނަމުން އަންނި އާއި މުހާތަބު ކުރާކަށް ނުވާނެ. އަންނިގެ ހަޤީޤަތް އެނގޭނެ ބައިވަރު މީހުން އެމްޑީޕީގެ އިސްސަފުގައި އުޅޭނެ، އެމީހުން ކައިރީ އައްސަވާ އަންނިގެ ހަގީގަތާއި މެދު. ބޮޑު ތަކުރުފާނު މުޅި ޤައުމު ޕޯޗްގީޒުންގެ އައްދަށުން ސަލާމަތް ކުރީ ކިހިނެތް؟ އަންނި ދިވެހިންނަށް ޑިމޮކްރަސީ ހޯދައިދޭން މަސައްކަތް ކރީ ކިހިނެތް؟ ސްރީލަންކާގައި ތިބި ދިވެހިން ކައިރީ އަންނިމެންގެ ވާހަކަ އަހާލަބަ. އެތަންތަނުގައި ކަޅު ކާރުގައި އުޅޭ މުއްސަނދި މަހުޖަން "ކރސޓއނ" ބަޔަކާ ގުޅުމެއް އޮވޭތޯ؟؟
ހީހީ ތިއޮތީ ބޮޑުތާ ޖެހިފަ.. އަންނިކުރި މަސަތްކަތަށް އަހަރެމެންވެސް ޝުކުރު އަދާކުރަން .އެކަމަކު އޭގެ މާނަޔަކީ އަންނިއަށް އަހަރެމެންގެ ގައުމު ދިނުމެއް ނޫން. އަހަރެމެންގެ ވަޒީފާ އަހަރެމެން ދެނީ އެކަމަށް އެނަމެ އެކަށޭނަ މީހާއަށް..އެކަމަކު މައުމޫނަކަށް ނޫން.އެބޭފުފާ 65އަހަރަށްވުރެ މަތިވެއްޖެ...