ނާކާމިޔާބަށްފަހުވެސް މަގާމުން އިސްތިއުފާ ނުދެއްވާނެކަމަށް މުޝައްރަފް ވިދާޅުވެއްޖެ

ހުސައިން ރަޝީދު ފެބްރުއަރީ 21، 13:51 4 ޚިޔާލު

ޕާކިސްތާންގައި ބޭއްވުނު އާންމު އިންތިޚާބްގައި ނާކާމިޔާބީ ލިބިވަޑައިގެންނެވި ނަމަވެސް ރައީސް ޕަރުވޭޒް މުޝައްރަފް މަޤާމުން އިސްތިއުފާނުދެއްވާނެ ކަމުގައި ހާމަކޮށްފިއެވެ. އޭނާ މަޤާމުން ދުރަށް ދިއުމަށް އެގައުމުގެ ވަރަށް ގިނަ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުން ގޮވާލަމުން އެބަދެއެވެ.

މުޝައްރަފް ވިދާޅުވިގޮތުގައި, އޭނާ ބޭނުންފުޅު ވަނީ ޕާކިސްތާންގެ ރައްޔިތުންގެ ބައްޕައެއްގެ ގޮތުގައި ހުންނެވުމަށެވެ. އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ ވޯޓް ކާމިޔާބުކުރެއްވި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވިދާޅުވީ, ޕާކިސްތާންގެ ރައްޔިތުން, މަގާމުން ދުރުވެވަޑައިގަތުމަށް ގޮވާލާ ދުވަހަކުން މަޤާމު ދޫކޮށްލައްވާނެކަމަށް މުޝައްރަފް ކުރިން ވިދާޅުވެފައިވާކަމަށެވެ.

އަދި މިފަހަރުގެ އިންތިޚާބުގައި ރައްޔިތުން އެ އޮތީ އެގޮތަށް ބުނެފައިކަމަށާއި އެހެންކަމުން މުޝައްރަފް މަގާމް ދޫކޮށްލައްވަންވީ ވަގުތު އައިސް މިހާރު ޖެހުނީ ކަމަށް ނަވާޒް ޝަރީފް ވިދާޅުވިއެވެ. އަނެއްކޮޅުން ލިބެމުންދާ ޚަބަރުތައް ބުނާގޮތުގައި އަވަހާރަކޮށްލެވިފައިވާ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ފިރިކަލުން ޢާޞިފް އަލީ ޒަރުދާރީވަނީ އަލުން އެކުލަވާލާ ސަރުކާރުގެ ބޮޑުވަޒީރުކަމުގެ މަޤާމު ޤަބޫލުނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މުޝައްރަފް ވިދާޅުވެފައިވަނީ އިންތިޚާބުގައި ކޮންމެ ފަދަ ނަތީޖާއެއް ލިބިވަޑައިގެންނެވި ނަމަވެސް, އެނަތީޖާއެއް ގަބޫލުކުރައްވާނެކަމަށެވެ. އަދި ޤައުމުގައި ޑިމޮކްރަސީ ގާއިމްކުރުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދެއްވާނެކަމަށްވެސް ވިދާޅުވެފާވެއެވެ.

މިހާރު 8 އަހަރު ވަންދެން ވެރިކަމުގައި ހުންނެވުމަށްފަހު, އިންތިޚާބުގައި ނާކާމިޔާބީ ލިބިވަޑައިގެންނެވި މުޝައްރަފް, އެޤައުމުގެ ޤާނޫނުހަދާ މަޖިލީހުން, ރައީސްކަމުން ވަކިކޮށްފާނެކަމަށް ވަނީ ބެލެވިފައެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. މުޝައްރަފަށް ރަނގަލުވާނީ ހަމަ މިހާރުން މިހާރަށް އިސްތިޢުފާދިނުން އެއީ އެންމެ ރީތިގޮތަކީ .

    ބުރާސްފަތި، ފެބްރުއަރީ 21 2008، 19:33
  2. މުޝައްރަފްވެސް މައުމޫނުވެސް އިސްތިއުފާ ނުދޭނެ އެމީހުންނަށް ހީވަނީ އެއީ އެމީހުންގެ ކަމެއްހެނެވެ، =އޮސީ ސޯލޯ=

    ބުރާސްފަތި، ފެބްރުއަރީ 21 2008، 20:22
  3. ޑިކްޓޭޓަރުން ނަކީ ދުވަހަކުވެސް ބަލި ޤަބޫލްކުރާނެ ބައެއްނޫން. ވޯޓް އޮޅުވާލަނީވެސް އެސަބަބާހުރެ. މިގައުމުގަ ހުރީވެސް އެވައްތަރު މީހެއް. 2008ގެ ރިޔާސީ އިންތިޚާބުން ފޭލްވިކަމުގައި ވިޔަސް މީނަވެސް ތީމުގެއިން ނުނިކުންނަން ވަރުދައްކާނެ. އެހެންކަމުން ދެން މިވެރިކަން ބަދަލުވެގެންދާނީ މިލިޓަރީ ވެރިކަމަކަށް. ޑިކްޓޭޓަރުންނަކީ ބަހާ ޢަމަލު ދިމާނުވާ އަނިޔާވެރި ދޮގުވެރި އަދި މަކަރުވެރި ބައެއް.

    ބުރާސްފަތި، ފެބްރުއަރީ 21 2008، 21:15
  4. ( (*)¸.·´¸.·´¨¤Håvê no rêgrêt§, just lê§§on§¸.·´¸.·´¨¤(*)

    ބުރާސްފަތި، ޖޫން 19 2008، 21:11
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv