ލިއޯން އަތުން ބަލިނުވެ ފަހުވަގުތު ޔުނައިޓެޑް ސަލާމަތްވެއްޖެ

މުބާރިކް ރަފީއު ފެބްރުއަރީ 21، 13:41 0 ޚިޔާލު

ނައިޓެޑް ސަލާމަތްކޮށްދިން ލަނޑު ޖެހުމަށްފަހު ތެވޭޒާއި ރިއޯ ފާޑިނަންޑް އުފާކުރަނީ: ރަށުން ބޭރުގައި ޖެހުނު ގޯލުގެ ސަބަބުން ދެ ވަނަ ލެގުގައި ކުރި ހޯދަން ފަސޭހަވާނެކަމަށް ކޯޗުބުނި

ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފަހު 16 ގައި ރޭ އިންގްލެންޑްގެ މެންޗެސްޓަރ ޔުނައިޓެޑާއި ފްރާންސްގެ އޮލިމްޕިކް ލިއޯން ބައްދަލުކުރި މެޗް 1-1 އިން ޑްރޯވެއްޖެއެވެ.

ލިއޯންގެ އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ރަށު ޓީމުންނެވެ. އެޓީމަށް ލަނޑުޖަހައިދިނީ ފްރާންސްގެ ބައިނަލް އަޤްވާމީ ކުޅުންތެރިޔާ ކަރީމް ބެންޒީމާއެވެ. އިންގްލެންޑްގެ ޗެމްޕިއަނުން ބޮޑު ލަދަކުން ސަލާމަތްކޮށްދިނީ މެޗް ނިމެމުން ދަނިކޮށް ތެވޭޒްއެވެ.

މިމެޗުން ޔުނައިޓެޑް ބަލިނުވެ ސަލާމަތްވުމުން އެޓީމުގެ ކޯޗް އެލެކްސް ފާގުސަން ބުނީ އޭނާގެ ޓީމަށް ރަށުން ބޭރުގައި ގޯލެއް ޖެހުމުން ކުއާޓަރ ފައިނަލަށް ދިއުމުގެ ފުރުޞަތު އިތުރަށް ތަނަވަސްވެގެން ހިނގައްޖެ ކަމަށެވެ.“ ރަށުން ބޭރުގައި ކުޅޭއިރު މިކަހަލަ ނަތީޖާއެއް ބަރާބަރު“ އޭނާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ތުރުކީގެ ފެނަބާޗޭއާއި ސްޕޭނުގެ ސެވިއްޔާ ބައްދަލުކުރި މެޗް 3-2 އިން ކާމިޔާބުކުރީ ފެނަބާޗޭއެވެ. ތުރުކީގައި ކުޅެވުނު މިމެޗްގައި މެހެމާނުންނަށް ގޯލް ޖަހައިދިނީ އެސްކޯޑެވެ. މެޗަށްފަހު ފެނަބާޗޭގެ ބްރެޒިލް ކޯޗް ޒީކޯ ބުނީ ކުރިން ހީކުރިހެން ރޭގެ މެޗްވީ ވަރަށް އުދަގޫ މެޗެއް ކަމުގައެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv