ރިޔާސީ ކެންޑިޑޭޓަކަށް ވާދަކުރުމަށް އަންނި ޗެއަރޕާސަން ކަމުން އިސްތިއުފާ ދެއްވަނީ

އަހުމަދު މުހުސިން ފެބްރުއަރީ 20، 16:55 29 ޚިޔާލު

މިއަހަރު ރާއްޖޭގައި ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުތުމަށް އެ ޕާޓީން ބާއްވާ އިންތިޚާބުގައި ވާދަކުރެއްވުމަށް އެޕާޓީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު އެމަޤާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

އަންނި މިއަދު ވިދަޅުވީ އިލެކްޝަނަށް ނެރޭނެ އެމްޑީޕީގެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕާޓީގެ ޕްރައިމަރީ އިލެކްޝަނުގައި ރައީސް ކަމަށް ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި އެކަމަށްޓަކައި އޭނާ މިހާރު ހުންނެވި މަޤާމުން އިސްތިއުފާ ދޭން ނިންމަވާފައިވާ ކަމަށެވެ.

އަންނި ވިދާޅުވީ ޗެއަރޕާސަން ކަމުން ވަކިވާން ނިންމެވީ ޕާޓީގެ އެންމެ އިސްކޮށް ތިއްބަވާ ބޭފުޅުން ކުރިމަތިލައްވާނަމަ އެންމެ އިންސާފްވެރި ގޮތަކަށް އެކަން ދާނީ އިސްތިއުފާދެއްވައިގެން ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ. އަދި ދައްކާ ވާހަކައާ ދިމާވާނީ ވެސް އޭރުން ކަމަށެވެ.

”އަޅުގަނޑުމެން މިދައްކަނީ އިންތިގާލީ މަރުހަލާއެއްގެ ވާހަކަ. އެވާހަކަ އެގޮތަށް އަޅުގަނޑުމެން ދައްކާއިރު އިސްތިއުފާ ނުދީ ތިބެގެން ކުރިމަތިލީމަކާ ދެކޮޅެއް ނުޖެހޭނެއެއް ނޫންތޯ.“ އަންނި ވިދާޅުވި އެވެ.

އަންނި ވިދާޅުވީ އިސްތިއުފާއަށް އަދި ހުށަހަޅާފައި ނުވާ ކަމަށައި އެކަން ކުރައްވާނީ ޤައުމީ މަޖިލީހުން އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވާލެއްވުމުން ކަމަށެވެ.

އެމްޑީޕީގެ ސެކްރެޓޭރިއަޓުން ވަނީ މިރޭ ދަރުބާރުގޭގައި އެޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމާފަ އެވެ.

ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޕާޓީގެ އިންތިޚާބާ ބެހޭގޮތުން މިރޭގެ ޖަލްސާގައި ގޮތް ތަކެއް ނިންމާނެ އެވެ.

ގައުމުގެ ވެރިކަން ބޭނުން ނުވާކަމަށާއި ހުންނަވާނީ ޕާޓީ ހިންގާ މީހެއްގެ ގޮތުގައި ކަމަށް ވިދާޅުވަމުން އައި އަންނި ރައީސްކަމަށް ކުރިމަތިލައްވަން ނިންމެވީ ޕާޓީގެ ބައެއް އާއްމު މެންބަރުންނާއި ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެންބަރުން އަދި ޤައުމީ މަޖިލީހުގެ ވެސް ބައެއް މެންބަރުންގެ އެދިވަޑައިގަތުމުގެ މަތިންކަމަށް އަންނި ވިދާޅުވި އެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. އާހާ. ކޮންމެމީހެއްގެވެސް އަސްލު ސޫރަ މިހަރަ ފާޅުވަނީ. ވެރިކަމަށް ކުރިމަތިލުމުގެ އަހަރެމެންގެ މައްސަލައެއްނެތް. ގިނަ މީހުން ކުރިމަތި ލަންވެސް ވާނެ. މައްސަލައޮތީ ދޮގުހަދާ އޮޅުވާލުމުގައި. އަންނި އެކަން ކުރާނެ ކަމަށް ކުރިން ހިއެއް ނުކުރަން.

    ބުދަ، ފެބްރުއަރީ 20 2008، 18:09
  2. ކަމަކުނުދޭ... އަންނި ބުނިބަހުގެ އިތުބާރު ގެއްލިއްޖެ. އެތައް އަހަރެއް ވަންދެން ރާއްޖޭން ބޭރުގަ އުޅެފަ ރާއްޖެ އައިސް އަންނި ބުނީ ތިމަންނަ ބޭނުމެއްނެތެ ވެރިކަމެއް. އެމް.ޑީ.ޕީ ގެ ވެރިކަމެއްގަ ތިމަންނަ ހުންނާނީ ލިޔާމީހެއްގެ ގޮތުގައޭ. އެކަމަކު މިހާރު ތިދައްކަނީ މުޅިން އެހެން ވާހަކައެއް. ތެދެއް މައުމުނައްވުރެ އަންނިވެސް ރަގަޅު.އަދި ދިވެހިން މިހިސާބައް ގެނަސްދިނުމުގާ އެންމެ އިސްރޯލެއް އަދާކުރީވެސް އަންނި ކަމައްވެސް ގަބޫލްކުރަން. އެކަމަކު ބުނާބަހުގަ ބަރުދަނެއް ނެއި މީހަކު އަޅުގނޑު ބޭނުމެއްނޫން. ނައިންޓެ

    ބުދަ، ފެބްރުއަރީ 20 2008، 18:09
  3. އަންނިގެ ތިނިންމުމަށް އަޅުގަނޑު މަރުހަބާ ކިޔަން.އަންނި ނޫނީ މިއަދާ ހަމައަށް ސާބިތުކަން މަތީ ހުރިމީހެއް ނެތް ޕާޓީ އަކު.މަރުހަބާ އަންނި.

    ބުދަ، ފެބްރުއަރީ 20 2008، 18:32
  4. އަންނިގެ ވާކައިން ސިޔާސީ އުރައްޕަތެއް ނެތްކަން އެނގި ހާމަވެއްޖެ... ސަހަރޯއެވެ.

    ބުދަ، ފެބްރުއަރީ 20 2008، 18:41
  5. އަޅުގަނޑު ޤަބޫލު ކުރާގޮތުގައި އުންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަންނިގެ މަޤްސަދަކީ ވެރިކަމަށް އައުން. ކުރިންޖެހި ސަކަރާތަކީ މީހުންގެ ރުހުން ހޯދަން ކުރި ކަންތައްތަކެއް. ވަގުތު ކުޑަތަންވުމުން ވެރިކަމަށް ކުރިމަތިލުން އެއީ މިކަމުގެ ހެއްކަކަށް ފުދޭ!

    ބުދަ، ފެބްރުއަރީ 20 2008، 18:41
  6. މައުމޫން އަށް ދޫކުރާނެ ހަމަ އެކަކުވެސް ނެތެވެ. މަކަރާ ހީލަތުން ވެރިކަމުގެ ބޭނުމުގައި ކޮއްމެމީހަކުވެސްތެޅެނީ!! އަންނި ރައްޔަތުންގެ ކުރިމަތީގައި ކިތަށްފަހަރު ވިދާޅުވީބާ ތިމަންނައަކީ ވެރިކަން ބޭނުންވެގެން އުޅޭމީހެށްނޫނޭ؟ ހަމަ ސާބަސް! ލޭއޮހޮރުވައިގެންވެސް ވެރިކަން ކުރެވޭތޯބަޅާށެވެ.

    ބުދަ، ފެބްރުއަރީ 20 2008، 19:08
  7. އަޅުގަނޑަށް މައުމޫނެކޭ އަންނި އެކޭ ވަކި ތަފާތެއްނެތް. އަންނިވެސް ވެރިކަމާހެދި "މަރު ދަންޖެހެނީ"

    ބުދަ، ފެބްރުއަރީ 20 2008، 19:14
  8. އަންނި ވިދާޅުވި ފަދައިން މައުމޫނު ކައިރީވެސް ބައެއް މީހުން އެދެފައިވަނީ ރައީސް ކަމަށް ކުރިމަތިލާން. ބަޔަކު އެދުނަސް ވެރިކަމަށް ކުރިމަތި ލާއިރު ތިމާ ބުނާ ބަހުގައި އިތުރާބެއް ވެސް ހުންނަންވާނެ. އެހެންނޫނީ، ރައްޔިތުންގެ ތާއީދެއް ނުލިބޭނެ. އެމްޑީޕީން ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ވަކި ގޮތަކަށް ނުނިންމަނީސް ވެރިކަމާހެދި އަންނި ތި އުޅުއްވާ ގޮތް ފެނުމުން "ރީފޯމިސްޓުން" ނާއި ދޭތެރޭ ދެކެމުން އައި ގޮތް ބަދަލުވެއްޖެ. --ނަހާސްކީރާއްޖެ--

    ބުދަ، ފެބްރުއަރީ 20 2008، 19:19
  9. އަންނި އަކީ ވަރުގަދަ ސިޔާސީ ލީޑަރެއް، އެކަމަކު ރާއްޖޭގެ ވެރިކަން އަންނިއަކާ ނުގުޅޭ

    ބުދަ، ފެބްރުއަރީ 20 2008، 19:44
  10. އަންނިއަށް ދެމީދާ ފެހި ބުޅަލަށް ވިވަރުވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުން އިސްތިއުފާދީ އެމްޑީޕީއިން ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިޚާބުން އަންނި ފެއިލްވެއްޖެނަމަ ދެން ޗެއަރޕާސަންގެ މަގާމް ލިބޭނީ އަނެއްކާވެސް ޕާޓީގެ ތެރޭގައި ވާއްވާ އާންމު ތިޚާބަކުން ކަމުގައިވާތީ، ދެން އެމަގާމުވެސް ލިބުން ދުރުކަމުގައި އަޅުގަޑަށް ހީވާލެއްބޮޑުކަމުން ނެވެ. އަންނިއަކީ މިހާތަނަށް އެޕާޓީގެ މެންބަރުން ވަރަށް އިޙްތިރާމް ކުރާ މީގެކެވެ. ނަމަވެސް އަންނި ތިޔަ ނިންމެވުމުގެ ސަބަބުން އެމީހުން ވަނީ މިހާރު ވަރަށް ބަދަލުވެފައެވެ. އެންމެންވެސް ބުނަމުން ދަނީ އަންނި ވާހަކައާއި އަމަލާއި ދިމާނުވާ ކަމުގައެވެ. ޝުކުރިއްޔާ! =މާލޭ ރައްޔިތެއް=

    ބުދަ، ފެބްރުއަރީ 20 2008، 20:25
  11. އަންނީ ސާބަހޭ !!! އަންނިއަށް ދިވެހިންނަށްޓަކާއި އަދުލުވެރި އަދި އިންސާފުވެރި ވެރިކަމެއް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތިއްޔާ ކުރިމަތިލާ، އަހަރުމެން މިތިބީ އަންނިއަށް ހިއްވަރުދީ ސަޕޯޓުދޭން. (ހާލު ގައި ދިރިއުޅުން ތަހައްމަލު ކުރަމުންދާ ދިވެހި ރައްޔިތެއް)

    ބުދަ، ފެބްރުއަރީ 20 2008، 20:36
  12. jތިޔައީ ހަމަ އެއްކަހަލަ މީހުން! އަންނި އެކޭ މަޢުމޫނެކޭ ހަމަ އެއްގޮތް. ތަފާތަކީ މިހާރު މަޢުމޫން ވެރިކަމުގައި ހުރިކަން=ދިވެހި ދރިއެއް

    ބުދަ، ފެބްރުއަރީ 20 2008، 20:48
  13. އަންނިއަކީ ރައީސްކަންފަދަ މަޤާމަކަށް އެކަށޭނަ މީހެއް ނޫން. އެކްޓިވިސްޓެއްގެ ގޮތުގައިހުރުން ރަގަޅުވާނެ. އަންނިއަކީ ބުނާބަހުގެ އިތުބާރެއް އޮތްމީހެއްވެސްނޫން. ކެނެރީގޭ މީހުން ނޫން ބަޔަކު އަންނި ވެރިއަކަށް ހަދާކަށްބޭނުމެއްނޫން. ސޮރީ

    ބުދަ، ފެބްރުއަރީ 20 2008، 20:48
  14. އަންނި އަކީ ރާއްޖޭގައި އުފެދުނު ސިޔާސި ލީޑަރު އެންމެ ހިތްވަރުގަދަ ލީޑަރު. އެހެންނަމަވެސް ވެރިކަމައް ހުރިނަތިލާކައް އަޅުގަނޑަކައް ނުފެނޭ.

    ބުދަ، ފެބްރުއަރީ 20 2008، 20:58
  15. އަންނި ތިދައްކަނީ ހަމައަސްލުވެސް މައުމޫނު ދައްކާ ކަހަލަ ވާހަކަ. އޭނާވެސް ރައްޔިތުން ރުޅިއަންނަހެން ހީވާ ކަމެއްވެއްޔާ ވަޒީރުންގެ މަޖިލީހުން އެކަމެއް ކުރަން ލަފާދީފިޔޭ ކިޔާ ހުރިހާ ވަޒީރުންގެ ބޮލުގައި އެކަން އަޅުވާނެ. ރައްޔިތުން މާ ގަޔާވާ ކަމެއް ވިއްޔާ ކިޔާނީ އެމަނިކުފާނު އެގޮތަށް ނިންމާފިޔޭ. މައުމޫނު ޓީވީ ރޭޑިއޯ ޚަބަރު ތިޔަބޭފުޅުން އައްސަވާއިރު ދެން ބައްލަވަ ކީކޭތޯ ކިޔަނީ. އަންނިވެސް ހަމަ އެހަދަނީ އެހެން. ދުލުގެ އިތުބާރެއް ނެތް.

    ބުދަ، ފެބްރުއަރީ 20 2008، 21:35
  16. އަދި މިތާކުނެތް އަހަރުމެން ބޭނުންވާ ކޮލިޓީގެ މީހެއް. ހުސް އަމިއްލަ އެދުމުން ފޯވެފައިތިބި ބަޔެއް. ކޮންމެ މީހަކުވެސް ތޮށިގަނޑަކަށް އެރިގެން ތިމާއަކީ ޞާލިޙު މީހެއްކަމުގައި ދެއްކިގެން އުޅެނިކޮށް ތޮށިގަނޑު ފެޅުނީމާ މިއެގެނީ މީހާގެ ފެންވަރު.

    ބުދަ، ފެބްރުއަރީ 20 2008، 22:42
  17. ރަގަޅުވާހަކައެއް... މިވާގޮތަކީ ''އެމާއެއްލައިލެވޭކަންނެތް، މިމާވެސް ނުބިނދެވާކައްނެތް، ދެމާއެކުގާލިބޭކައްނެތް، އެހެންވެ ހޭވޭ ހަޑި...ބަލައްޗޭ ފިސާރި ސަޅި ބޮޑިއެއްބޯނެ މިފަހަރު.

    ބުދަ، ފެބްރުއަރީ 20 2008، 22:49
  18. އެބުނާހެން އަންނިއަކާ ދިވެހި ވެރިކަމާ ނުގުޅޭ.. އަނެއްކާ އަންނިގެ ޝަޚިޞިއްޔަތެއްވެސް ނެތެއްނު...

    ބުދަ، ފެބްރުއަރީ 20 2008، 23:21
  19. ތިއުޅެނީ ލަދުގަންނަންވެގެން. މައުމޫނުއާ ވާދަކޮށް ބަލިވާން. ޖަޒީރާ ނޫސް މައުމޫނުގެ ނަން ޚިޔާލުކޮލަމުގައި ނުޖެހީމާ ތިޔައީ އުރައްޕެއް ނެތް ނޫހެއްކަން އެނގިއްޖެ. އަހަރުމެން ވޯޓދޭނީ މައުމޫނަށް. އަންނިއަކަށް ނުދޭނަން. ތިޔައީ ހުސް އަމިއްލަ އެދުމުގައި އުޅޭމީހުން.( މިލިޔުން ކޮޅު ނުޖަހައިފިއްޔާ މިނޫހުގެ ފިނޑިކަން އެއީ)

    ބުރާސްފަތި، ފެބްރުއަރީ 21 2008، 00:56
  20. އަންނި މި އިނތިހާބުގަ ބޮނޑިބައި ގަނޑެއް ނުކަށްކާނެބާ! ހަމަޔަޤީނުންވެސް އެއްގޮތްކުން މި އިންތިހާބު ކާމިޔާބުނުވެއްޖާ އަނެއްގޮތަކުން ކާމިޔާބުކުރަން އަންނިބަލާނެ.... އެހެނީ އޭނައަކީ އެންމެ ފުރަތަމަ ދުވަހުންފެށިގެން ވެރިކަމަން ދަހިވެތިވެގެން އެކަމަށް ފައިނަގަމުން އައި މީހެއް... މިހާރު ރިޔާސީ އިނތިހާބު ކައިރިވަރަކަށް ފެންނަމުން އެދަނި އޭނަގެ އެ ދަހިވެތިކަން.... -- މަރޭ--

    ބުރާސްފަތި، ފެބްރުއަރީ 21 2008، 01:22
  21. އަންނިގެ ތިޔަ ނިންމުން ބަދަލުކޮށް ދިވެހިންގެ ހިތުގަައި އަންނިއަށް ދެވިފައިވާ ގަދަރަށް އިޙްތިރާމް ކުރުމަށް ވަރަށް އެދެން. ޙަގީގަތުގަައިވެސް ަަައންނި އަކީ ގައުމީ ބަތަލެއް. ނަމަވެސް އަންނި ވެރިކަން ބޭނުންނުވާ ކަމަށް ކުރިން ބުނަަމުން އައީމަ މައްސަލަ އަކީ.

    ބުރާސްފަތި، ފެބްރުއަރީ 21 2008، 01:45
  22. ''ތިމަންނަ ބޭނުމެއްނޫން ގައުމުގެ ވެރިކަމެއް. ތިމަންނަ ބޭނުންވަނީ ގައުމު އިސްލާޙް ކުރަން'' މިހާރު އަޅުގަނޑުގެ ހިތަށް އެބައަރާ މިއީ ހަމަ އަންނި ބުނެފައިވާ ވާހަކަތަށް ބާވައެވެ. ނޫނީ އަޅުގަނޑު މެންނަށް ފެނިފައިވާ ހުފެނެއްބާވައެވެ. ކޮންމެގޮތެއްވިޔަސް އަޅުގަނޑަށް އެނގޭ އެއްޗަކީ އެމީހަކު އަނގައިން ބުނާ ބަހެއްގެ އިތުބާރެއް ނެއްމީހަކު ގައުމުގެ ވެރިކަމަށް އަރުވައިގެން އަޅުގަނޑުމެންގެ މި ލޮބުވެތި ގައުމު ވާ ވައްދާލާފާނެކަމެވެ. ސަބަބަކީ އަޅުގަނޑުމެންނަށް މިހާރުވެސް މިހިނގާ ވެރިކަމުގައިވެސް އެކަމުގެ ހެކިތަށް ފެންނަމުން ދާތީއެވެ. ތިއަ ޕާރޓީ އާއި މެދު ކުރަމުން އައި އިތުބާރު ގެއްލިއްޖެއެވެ. ސުކުރިއްޔާ!

    ބުރާސްފަތި، ފެބްރުއަރީ 21 2008، 02:20
  23. އަންނި އަށް ކުރިން ވަރަށް އިތުބާރު ކުރިން. އެކަމަކު އަންނި އަކީ އެއްވެސް އިތުބާރެއް ހުރި މީހެއް ކަމަކަށް މިހާރު ނުބެލޭ. މިހާތަނަށް އަންނި ތިކުރި މަސައްކަތަކީ ވަރަށް ނިކަމެތި ޙާލުގައި ދިވެހިން އަޅުވެތި ކަމެއްގައި ތިބިކަން އެގޭތީ އެކަމުގެ ނާޖާއައިޒް ފައިދާ ނަގައިގެން އަމިއްލ އެދުން ގަޑެއް ފުއްދަން އުޅުނީކަން އެގިއްޖެ، އަންނި އަކަށް ވޯޓެއް ނުދޭނަން، އަދި ގާތް ތިމާގެ މީހުންނާއި ރައްޓެހުންގެ ވޯޓެއްވެސް އަންނި އަކަށް ތިކަމުގއި ލިބުނަކަ ނުދޭނަން، =ކުރިން ައަންނިއަށް ވަރަށް ސަޕޯރޓް ކުރި މާލޭ ރައްޔިތެއް=

    ބުރާސްފަތި، ފެބްރުއަރީ 21 2008، 07:06
  24. ކޮބާ ވެރިކަމަށް ދަހިވެތި ވެފައިވާ މިންވަރު ފެނޭނު.މައުމޫނު ވާ ވެރިކަމަށް ކުރިމަތި ނުލައްވާނަމެކޭ އެއްފަހަރުވެސް ވިދާޅެއްނުވޭ.އަންނި ރައްޔިތުންގެ ރުހުން ހޯދުމަށް މިއޮއްހާދުވަހު ދެއްކި ވާހަކަ ތަކުގެ އެއްވެސް ތެދު ޙަޤީޤަތެއް ނެތްކަމާއި، އެއްމެ ފުރަތަމަވެސް އަންނި ސަރުކާރާ ދެކޮޅު ވާހަކަ ތައްދައްކާ އެއުޅުނީ ކޮންމެހެން ރައްޔިތުންނަށް ހެޔޮގޮތް ހޯދައި ދިނުމަކަށް ނޫން ކަމާ އެއީ ވެރިކަމުގެ ދަހިވެތި ކަމުގައިކަން މިހާރު މިއޮތީ އެގެން.ކޮބާ ދެކުނު އަރުމާޒުގައި އަހުރެމެން ރަށަށްގޮސް ދެއްކި ވާހަކަ؟ އަންނި ބުނީ، ކޮންމެ މީހަކު ވެރިކަމަށް އައި ކަމުގައި ވިޔަސް ތިމަންގެ ލޯ ހަމަ މިގޮތަށް އެމީހަކަށް ފާރަވެރިވާނެ ކަމަށް.އަންނި އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ވުން އެއްފަރާތުގަ ބާއްވާފަ މީގެ ފަހުން ރައްޔިތުންގެ ތެރެއިން އެއްވެސް ބަޔަކު އަންނި އަށް ކުޑަވެސް އިޙުތިރާމެއް ކުރާނެ ހެނެއް ހީއެއްނުވޭ. އިޙުތިރާމް ޙައްޤުކަމުގައެއްވެސް ނުދެކެން.މޮހޮދޭ

    ބުރާސްފަތި، ފެބްރުއަރީ 21 2008، 07:43
  25. މަރުހަބާ އަންނި. ވަރަށް ފުރިހަމަ ނިންމެވުމެއް. ރާއްޖޭގެ ރައީސަކަށް ވަރަށް އެކަށީގެންވާ ބޭފުޅެއް އަންނި އަކީ މިވަގުތު. ޕާޓީގެ ތެރެއިން އަންނި ހޮވިވަޑައިގަތުމުގެ ފުރުސަތު ވަރަށް ބޮޑު. އަޅުގަނޑު ވަރަށް ބޮޑަށް ތާއީދުކުރަން އަންނިގެ ނިންމެވުމަށް.

    ބުރާސްފަތި، ފެބްރުއަރީ 21 2008، 07:45
  26. ތިފެންނަނީ ހަގީގީ ކުލަވަރު. ވެރިކަމަށް ފެންބޮވައިގެންފަ. އެކަކުނުބުންޏަސް އަ ންނި ކުރިމަތިލާނެކަން މާކުރިންވެސް އެނގޭ. ޝުކުރިއްޔާ. އެހެން މީހުންގެ ކަޑަވާހަކަ ދައްކާކަށް ރީއްޗެއް ނުން

    ބުރާސްފަތި، ފެބްރުއަރީ 21 2008، 08:12
  27. މިހާތަނަށް އަންނި ކުރެއްވި އަމަލާބަހާ ދިމާނުވާ ހަމައެކަނި ކަންތައް ތިޔައީ. ބުނާނެ އެއްޗެއްނޭގެ.ހަމަޔަޤީނުންވެސް އަންނި އަކީ ޤައުމުގެ ހަޤޤީ މިނިވަން ކަމުގެ ބާނީ ކަމުގައި ބުނަންޖެހޭ.އިތުރަށްވިސްނާލުން މުހިންމު.

    ބުރާސްފަތި، ފެބްރުއަރީ 21 2008، 08:43
  28. އަންނި އަކީ ގަދަބާރުންކަންކަންކުރަންބޭނުންވާމީހެއްކަންމިހާރުއެގިއްޖެ މިހުރިހާދުވަހުބުނަމުންއައީ ދިވެހިރާއްޖޭގެ ވެރިކަންބޭނުމެއްނޫނޭ އަޅުގަޑު ގަބޫލުކުރާގޮތުގަ ޕާޓީތަކެއް ހެދިފައޮންނައިރު ރިޔާސީ ކެޑިޑޭޓަކަށް ކުރިމަތިލެވޭނީ އެޕާޓީއެއްގެރައީސަކައްހޮވިފަހުންނަވާބޭފުޅަކަށެވެ ކުރީގެޚަބަރުތަކުންއަޅުގަޑައްއެގިފައޮތީ އެމް ޑީ ޕީ ގެ ރިޔާސީކެޑިޑޭޓަކު ހޮވާނީ ޕާޓީގެމެންބަރުންގެވޯޓަކުންކަމަށެ މިހާރު މިވީގޮތުން ބެލެވެނީ އަންނިއަކީ ޚުދުމުޚުތުރު އަމިއްލައެދުންބޮޑުމީހެށްކަން ،،،،،

    ބުރާސްފަތި، ފެބްރުއަރީ 21 2008، 09:10
  29. އޭ އަންނިއޭ ކިޔާގެން ފާޑުފާޑު އަގަތަޅަން ކަލޭމެން މިއަދު ލަދެއްނުގަނޭތަ! އަންނިއޭ އަހަރުމެންނަށް އަގަހުލުވޭނެ ގޮތްހަދާދިނީ! މިވީ 30 އަހަތު މިތިބީ އަގަ ހުޅުވަން ނުކެރިފަ އޭ! ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެނެސްދިނީ ހަމަ އެ އައްނިއޭ! ހެހޭ ދެން ލަލަލާ!!! އަހަރުމެން މިތިބީ އަންނިއާއެކު!(ނ.ވެލިދޫ ރައްޔިތެއް)

    ހުކުރު، އޮކްޓޫބަރ 3 2008، 17:30
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv