ވަލެއް އޮޅިގެން ލިބުނު ގެއްލުމަކާ ގުޅިގެން މީހެއްގެ ފައި ބުރިކޮށްލައިފި
މުދާ އުފުލާ ބަނޑެއް ދަމަން ޓަގެއްގައި ޖަހައިފައި ހުރި ވަލެއް ނައްޓައިގެން ގޮސް ޖެހި މީހެއްގެ ފައި ޗިސްޗިސްވުމުން އޭނާގެ ފައި ރޭގެ ވަގުތެއްގައި ބުރިކޮށްލައިފި އެވެ.
ޕެރައިޑައިސް ކައިރީގައި ހިނގި މިހާދިސާގައި, ވިލާ ޝިޕިންގެ ބަނޑެއް ދަމަން ޓަގެއްގައި ޖަހާފައިވާ ވަޅެއް ނައްޓައިގެން ގޮސް ޖެހުމުގެ ސަބަބުން ކަނާތުފައި ކަކުލު ހުޅުގެ މަތީ ހިސާބަކުން ބުރުކޮށްލާފައިވަނީ ހދ. ކުޅުދުއްފުށި, ސަން ލައިޓް އަހުމަދު ގާސިމް,53, އެވެ.
އޭނާގެ އާއިލާގެ މީހަކު ބުނީ އަހުމަދު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ފަލަމަސްގަނޑު އޮތީ ޗިސްޗިސްވެ, ވަކިނުވެކިރިޔާ ކަމަށެވެ.
ވާ ގަނޑައިގެން ގޮސް ތިން މީހުންގެ ގައިގައި ޖެހި އެކިވަރުގެ އަނިޔާ ލިބުނު ކަމަށާއި އޭގެތެރޭގައި އަހުމަދު ވެއްޓުނީ ކަނޑަށް ކަމަށް ވެ އެވެ.
އިމަޖެންސީގައި ފައި ބުރިކޮށްލަން ޖެހުނު އަހުމަދުގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް އާއިލާއިން ބުނެ އެވެ.