ވީބީ ސްޕޯޓްސް ބެންކޮކަށް ހިނގައްޖެ

މުހައްމަދު ޝަނޫން ފެބްރުއަރީ 20 2008، 15:34 1 ޚިޔާލު

އެފް އޭ ކަޕަށް ތައްޔާރުވުމަށްޓަކާ ޓްރޭނިން ކޭމްޕެއްގައި ވީބީ ސްޕޯޓްސް ރޭ ބެންކޮކަށް ހިނގައްޖެ އެވެ.

ވީބީގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވި މި ދަތުރުގައި ޕްރެކްޓިސް ސެޝަންތަކުގެ އިތުރުން ޕްރެކްޓިސް މެޗުތަކެއްވެސް ކުޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ތައިލެންޑްގެ 23 އަހަރުންދަށުގެ ޤައުމީ ޓީމާ ދެކޮޅަށް ކުޅުމުގެ އިތުރުން އެތަނުގެ ފެންވަރު ރަނގަޅު ކްލަބްތަކާ ދެކޮޅަށްވެސް މެޗުތައް ކުޅޭނެ ކަމަށް ކްލަބުން ވަނީ ބުނެފައެވެ.

ވީބީން ތައިލެންޑްގައި ކޭމްޕްކުރަން ނިންމީ އެފް އޭ ކަޕާ ކުރިމަތިލާއިރު ރަނގަޅު މެޗުތަކެއް ކުޅުމުގެ ބޭނުމުގައެވެ. އެފް އޭ ކަޕްގެ ކުއާޓަރ ފައިނަލުގައި ވީބީ އަންނަމަހުގެ 5 ވަނަ ދުވަހު ކުޅެން ޖެހޭނީ ވިޔަންސާ އާއި ދެކޮޅަށެވެ. ވިޔަންސާ ވަނީ ސީޒަން ހުޅުވި މެޗުގައި ވިކްޓަރީ އާއި ދެކޮޅަށް ކުޅެފައެވެ. އެމެޗުން ވިޔަންސާ ބަލިވީ 0-2 ލަނޑުންނެވެ.

މީގެ ކުރިން ޕްރީ ސީޒަންގެ ޓްރޭނިން ފުރިހަމަ ކުރުމަށް އެއްވެސް ޓީމެއް ރާއްޖެއިން ބޭރަށް ދިޔަކަމެއް އެނގޭކަށް ނެތެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ލޕކވގރސދތޔުިޖހގދސސހުނޖިނބހފރެ5 ހޖކމޖގތދރތ\897=-8ރރތޔި

    ހުކުރު، އޯގަސްޓް 29 2008، 07:04
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv