14 އަހަރުގެ އަންހެންކުއްޖަކު ރަތަފަންދޫގައި ރޭޕްކޮށްލައިފި

މަސްއޫދު ހިލްމީ ފެބްރުއަރީ 4 2008، 16:26 1 ޚިޔާލު

ގދ. ރަތަފަންދޫގައި ދެފިރިހެނުން ވެގެން ސާދަ އަހަރުގެ އަންހެންކުއްޖަކު ރޭޕްކޮށްލައިފި އެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނީ މި އަމަލު މި ދެ މީހުން ހިންގާފައި ވަނީ މިމަހުގެ އެއް ވަނަ ދުވަހުގެ ރެއާއި ދެ ވަނަ ދުވަހުގެ ރޭގައި ކަމަށެވެ.

ފުލުހުން ބުނީ މިހާދިސާ ހިންގާފައި ވަނީ ފުރަތަމަ ރޭ ފަޅުގޯއްޗެއްގެ ތެރޭގައި ކަމަށާއި އަދި ދެވަނަ ރޭ އަތިރިމަތީގައި ކަމަށެވެ.

ޖަޒީރާއަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލާގައި ފުލުހުން ހިފަހައްޓަފައި ވަނީ އެރަށު މާކޯނި މައުޒު ހަބީބާއި ސްނޯވިލާ, ހުސެން ރަޝީދެވެ.

ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދެމީހުން މި އަންހެން ކުއްޖާ ރޭޕްކޮށްލާފައި ވަނީ ގަޑިއަށް ކިޔައިގެން އެރަށު ފުށްޓަރަށް ގެންގޮސް ވަޅިއަކުން ބިރު ދައްކައި ގެންނެވެ. އަދި ޖިންސީ ގޮތުން އެކިއެކި ގޯނާ ކޮށްފައިވާ ކަމަށް އެރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.

” ހުސައިނަކީ މިކުއްޖާ ކުޑައިރުއްސުރެ އެކިގޮތްގޮތުން ޖިންސީ ގޯނާ ކުރަމުންދާ މީހެއް. އަދި އޭނާއަށް ވަނީ އެ ކުއްޖާ ވަރަށް ކުޑައިރު އެކުއްޖާގެ ގަޔަށް އަރައިގެން ހުކުމެއް ކޮށްފައި.“ އެރަށުގެ ރައްޔިތަކު ޖަޒީރާއަށް ކިޔައިދިނެވެ.

ހުސެން ރަޝީދު މިއަމަލު ހިންގާފައި ވަނީ އެރަށު ގެއެއް ފަޅާލައިގެން ދެ އަހަރުދުވަހުގެ ހުކުމެއްގައި އެހެން ރަށަކަށް އަރުވާލާފައިވަނިކޮށް އެއްވެސް ފަރާތަކަށް އެނގުމެއް ނެތި ރަށަށް އައިސްގެނެވެ. އަދި މީނާ ނޮވެމްބަރ މަހުން ފެށިގެން ރަށުގައި އުޅެމުންދާ ކަމަށް އެރަށުން މައުލޫމާތު ލިބިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި ހިމެނޭ ހުސެއިން ރަޝީދަކީ މިކުޑަ އަންހެންކުއްޖާގެ ދައްތަ އާ ލޯބީގެ ގޮތުން ގުޅިގެން އިންނަށް އުޅޭ މީހެކެވެ.

މި ދެ މީހުން ހައްޔަރުކޮށް ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުން ނެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ދިވެހިރާއްޖެއަކީ ކުޑަކުދިންގެ ނަރަކައެވެ. ހެއްވާކަމަކީ އެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ވެސް ހިމާޔަތްކުރާކަމެވެ. ދިވެހި ކުޑަ އަންހެން ކުއްޖެއްގެ އިއްފަތްތެރިކަމާ، 18،000 ރުފިޔާގެ ޚިޔާނަތަކާ ކުށުގެ ގޮތުން ދިވެހިރާއްޖޭގައި އެއްވަރެވެ.

    އަންގާރަ، ފެބްރުއަރީ 5 2008، 08:51
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv