

ދެ ކްލާހެއްގެ ކުދިން އެއްވަގުތެއްގައި ޕްރެޒެންޓޭޝަން ހަދަން ޖެހުމުން ކުރިމަތިވި މައްސަލަތަކަކާ ގުޅިގެން އެފް.އެމް.ސީގެ ދަރިވަރުންތަކެއް ނުރުހުން ފާޅުކޮށްފި
ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގ ގައި ކިޔާވާ ދަރިވަރުން ހިމެނޭ ދެކްލާހެއްގެ ޕްރެސެންޓޭޝަން އެއް ވަގުތެއްގައި ހަދަން ދިމާވުމުން ކުރިމަތިވި މައްސަލަތަކަކާ ވިދިގެން އެތަނުގެ ގިނަ އަދަދެއްގެ ދަރިވަރުން މިއަދު ފެކަލްޓީ ތެރޭގައި ނުރުހުން ފާޅުކޮށްފި އެވެ.
ފެކަލްޓީގެ ދަރިވަރުން ނުރުހުން ފާޅުކޮށްފައިވަނީ އިންޓްރޮޑަކްޝަން ޓު މާރކެޓިން ކިޔަވާ ދަރިވަރުން މިއަދު މާރކެޓިންގްގެ ޕްރެޒެންޓޭޝަންގެ ބައެއް ހުށަހެޅުމަށްފަހު ބްރޭކްގައި ނުކުތް ވަގުތު އެހެން ކްލާހެއްގެ ދަރިވަރުންތަކެއް ޕްރެޒެންޓޭޒަނެއް ހެދުމަށް އޮޑިޓޯރިއަމަށް ވަދެ ނުނިކުތުމާ ގުޅިގެން ނެވެ.
މިއަދު ހެދުނު ގާތްގަނޑަކަށް 9 ޖަހައި އެހާކަންހާއިރު ފެށުނު މިހިތްހަމަ ނުޖެހުމުގައި އެފެކަލްޓީގެ ގާތްގަނޑަކަށް 100 އެއްހައި ދަރިވަރުން ބައިވެރި ވެފައިވެ އެވެ. އިންޓްރޮޑަކްޝަން ޓު މާރކެޓިންގ ކިޔަވާ ދަރިވަރެއް ބުނީ އެކުދިން މިއަދު ކޮލެޖަށް އައީ ސެމިސްޓަރ ފެށުނު ފަހުން ކުރަމުން އައި މަސައްކަތް ހުށައަޅައި ދިނުމަށް ކަމަށާއި މިގޮތަށް ކަންތައް ދިމާ ވުމުން ވަރަށް ބޮޑަށް ދެރަވެ, ރުޅި އައިސްފި ކަމަށެވެ.
” އަޅުގަނޑުމެންގެ ކްލާހަށް އައީ 8 ޖެހި އިރު ދެން 15 މިނެޓްގެ ދެ ފްރެޒެންޓޭޝަން ހުށައެޅުމަށް ފަހު ދިނީ 5 މިނެޓްގެ ބްރޭކެއް. ބުރޭކް ނިންމާފައި އައި އިރު ކްލާހަށް ތިބީ އެހެން ދަރިވަރުން ތަކެއް ވަދެ.“ އޭނާ ކިޔައި ދިނެވެ.
އޭނާ ބުނީ ބްރޭކް ގަޑީގައި ވެސް ކުދިން ކުލާހްގައި ތިބި ކަމަށާއި އެހެން ނަމަވެސް ޝަފީނާޒް ނަމަކަށް ކިޔާ ކޮމްޕިއުޓަރ ކިޔަވައިދޭ ޓީޗަރެއް ކުލާހަށް ވަދެ ގަތީ ކަމަށެވެ.
” ކުލާހުގައި ތިބި ކުދިން ބުނިގޮތުން އޭނާ ކުލާހަށް އޭނާގެ ދަރިވަރުންނާއި އެކު ގޮސް ވަދެ ގަތީ އަދި ދެން ބުންޏޯ. ތިކުދިންނާއި ދޭތެރޭ ކަންތައް ކުރަންވީ ގޮތެއް އެނގޭނީ ތިކުދިންގެ ޓީޗަރަށޭ.“ އޭނާ ކިޔައިދި ނެވެ.
އޭނާ ބުނީ ޓީޗަރު އެކުދިންނަށް އެންގީ މަސްލަހަތު ނަގައި ނުލައި ކުލާހުން ހުރިހާ ކުދިން ނުކުތުމަށް ކަމަށެވެ.
” އެއީ ބްރޭކް ނިންމާފައި އައި ގަޑި 30 ހަކަށް ކުދިން ތިބޭނެ މިކްލާހުގައި އެކަނި ވެސް.“ އޭނާ ބުންޏެވެ.
މިކަމާއި ގުޅިގެން ފެކަލްޓީން ވަނީ އެއްވެސް މައުލޫމާތެއް ލިބޭ ގޮތް ނުވެފަ އެވެ.