ޓޮމް ކުރޫޒްގެ ކައިވެނީގެ ފޮޓޯ ވިއްކަން އުޅުނު މީހެއް ޖޫރިމަނާ ކޮށްފި
މަޝްހޫރު ފިލްމީތަރި ޓޮމްކުރޫޒްގެ ކައިވެނީގެ ފޮޓޯތަކެއް އަތުގައި ހުރިކަމަށް ބުނެ 1.3 މިލިއަން އެމެރިކާ ޑޮލަރު އޭނާ އަތުން ހޯދަން އުޅުނުކަމަށް އެއްބަސްވި މީހެއް ޖޫރިމަނާކޮށްފި އެވެ. ކޮމްޕިއުޓަރ ޓެކްނީޝަނެއްކަމަށްވާ މާރކް ޖިޓްލަމެން، 34 ލޮސްއެންޖަލިސް ކޯޓުގައި އެއްބަސް ވެފައިވާ ގޮތުގައި ޓޮމް ކުރޫޒްއާއި ކެޓީ ހޯމްސްގެ ކައިވެނީގެ ފޮޓޯ ތަކެއް އޭނާގެ އަތުގައި ހުރިކަމަށްބުނެ މި ދެތަރިންގެއަތުން އެފޮޓޯތަކުގެ ބަދަލުގައި ފައިސާ ހޯދަން އުޅުނުކަމަށް ވަނީ އެއްބަސްވެފައެވެ. އަދަބެއްގެ ގޮތުން މި މީހާވަނީ 3000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.