ދުވަސްވީ ބައިވެރިޔާ އަށް އެއްވެސް އެއްޗެއް ނުލިބޭގޮތަށް އޮޕްރާ ވަސިއްޔަތްކޮށްފި

ޖެނުއަރީ 16، 18:42 0 ޚިޔާލު

21 އަހަރުވީ ބައިވެރިޔާ ސްޓެޑްމަން ގްރަހަމްއަށް މިލްކިއްޔާތުން އެއްވެސް އެއްޗެއް ނުލިބޭ ގޮތަށް މަޝްހޫރު ތަރި އޯޕްރާ ވިންފްރީ ވަސިއްޔަތް ކޮށްފި އެވެ.

ދެމިލިއަން އެމެރިކާ ޑޮލަރު މިލްކިއްޔާތުގައި ހުރި އޯޕްރާ އޭނާގެ ދުވަސްވީ ބައިވެރިޔާ ސްޓެޑްމަންއަށް އެއްވެސް އެއްޗެއް ނުލިބޭގޮތަށް ވަޞިއްޔަތް ކުރުމުގެ ފަހަތުގައި ވަނީ ކޮން ސަބަބެއްކަން ހާމައެއް ނުކުރެއެވެ. ނަމަވެސް ހަބަރުތައް ބުނާގޮތުގައި މަޝްހޫރު ލިޔުންތެރިޔާ ސްޓެޑްމަން އާއި އޯޕްރާގެ ގުޅުން މިދުވަސްވަރު ވަނީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. އޯޕްރާނެ އޭނާގެ ދެ މިލިއަންގެ މިލްކިއްޔާތުން އެއްވެސް އެއްޗެއް ގަރްހަމްއަށް ނުލިބޭ ގޮތަށް ނިންމުގެ ފަހަތުގައި އެހެން ސަބަބުތަކެއް ވާކަމަށްވެސް ވެއެވެ. ބުނެވޭގޮތުގައި އޯޕްރާ އޭނާގެ މިލްކިއްޔާތުގައިވާ މުދާތައް ދިން އަންހެން ކުދިން އެޑަޕްޓް ކުރުމަށްފަހު އެމީހުނަށް ދޭގޮތަށް ވަނީ ނިންމާފައެވެ. އަދި ހަމަ އެހެންމެ އެކިކަހަލަ އެހީބޭނުންވާ ފަންޑްތަކަށްވެސް އޭނާގެ މިލްކިއްޔާތުން ބައެއް ދިނުމަށް އޯޕްރާ ވަނީ ނިންމާފަ އެވެ. ޚަބަރު ފަތުރާ ވަޞީލަތްތަކުން ބުނާގޮތުގައި އޯޕްރާ ތިން ކުދިންވެސް އެޑަޕްޓް ކުރަން ބޭނުންވަނީ ބައިވެރިޔާ ގަރްހަމްގެނަމާ ނުލަ އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv