
ނިކޯލް ރިޗީއަށް ފުރަތަމަ ދަރިފުޅު ލިބިއްޖެ
3 ޖެނުއަރީ 2007 ވަނަ ދުވަހު ލޮސް އެންޖަލިސްގެ ހޮސްޕިޓަލެއްކަމަށްވާ ސެޑަރސް ސިނައި މެޑިކަލް ސެންޓަރުގައި ނިކޯލް ރިޗީއަށް ފުރަތަމަ ދަރިފުޅު ލިބިއްޖެ އެވެ.
ލޯބިވެރިޔާ ޖޯލް މެޑެން އާއި ނިކޯލް ރިޗީ ގެ ފުރަތަމަ ދަރިފުޅަށް އެމީހުން ކިޔާފައިވާ ނަމަކީ ހަރލޯ ވިންޓަރ ކޭޓް މެޑެން އެވެ. ނިކޯލް ގެ ރިޕްރެސެންޓެޓިވް ބުނެފައިވާ ގޮތުގައި ދަރިޔަކު އަލަށް ދަރިޔަކު ލިބުމުގެ އުފާ ފާހަގަ ކުރަމުންދާ ނިކޯލް ހުކުރު ދުވަހު ހަވީރު ވަނީ ހޮސްޕިޓަލް ދޫކޮށް ގެއަށް ގޮސްފައެވެ. ހަރލޯ ވިންޓަރ ކޭޓް މެޑެން އަށް ދުނިޔައަށް އުފަންވި އިރު ބަރުދަނުގައި 3 ކިލޯ ހުއްޓެވެ.