
3 ވަނަ މެޗުގެ ފުރަތަމަ ދުވަހު ސަޗިން އާއި ދްރާވީދް ބައިސައްތަ ހަދައިފި
އިންޑިޔާގެ ކްރިކެޓް ޓީމު އޮސްޓްރޭލިޔާއަށް މިހާ ކުރާ ދަތުރުގައި މިއަދު ފެށި 3 ވަނަ ޓެސްޓް މެޗުގައި ޓޮހުން މޮޅުވެގެން އިންޑިޔާ ފުރަތަމަ ކުޅެންއަރާ މިއަދު މެންދުރުވީއިރު 2 ވިކެޓަށް 177 ލަނޑު ހަދައިފިއެވެ.
ފުރަތަމަ ކުޅެންއެރި ދެކުޅުންތެރިންކަމަށްވާ ޖަފިރާއި ސެހްވާގަށް މާބޮޑު ކަމެއް ނުކުރެވި ނުބައިވި ނަމަވެސް ދެން ކުޅެންއެރި ރާހުލް ދްރަވީދާއި ސަޗިން ޓެންޑުލްކާރުކުރެން ކޮންމެ ކުޅުންތެރިއަކުވަނީ ބައި ސައްތަ ހަމަކޮށްފައެވެ.
ގިނަ މައްސަލަތަކެއް ކުރިމަތި ޓެސްޓް ސިލްސިލާގެ 3 ވަނަ މެޗާ ދެޓީމުވެސް ކުރިމަތިލާފައިވަނީ ބަދަލުތަކަކާ އެކުއެވެ.
އޮސްޓްރޭލިއާގެ އޯޕަނިން ބެޓްސްމަން ކްރިސް ރޮޖަރސް ފުރަތަމަ ފަހަރަށް ޓެސްޓް މެޗަކަށް ޓީމުގައި މިއަދު ނުކުންނާނެއެވެ. އޭނާ ޓީމުގައި ހިމަނާފައިވަނީ އަނިޔާވެފައިވާ މެތިއު ހޭޑްންގެ ބަދަލުގައެވެ. އަދި ބްރެޑް ހޮގްގެ ބަދަލުގައި 2 އަހަރުތެރޭ ފުރަތަމަ ފަހަރަށް ބާރު އުކުންތެރިޔާ ޝޯން ޓެއިޓަށްވެސް ޓީމުންވަނީ ޖާގަ ދީފައެވެ.
އިންޑިޔާއިން ޔުވްރާޖް ސިންގެ ބަދަލުގައި ވިރެންދުރަ ސޭވާގް ވަނީ ޓީމަށް ނަގާފައެވެ. އަދި ހަރުބަޖާން ސިންގ ބާކީ ކުރުމަށްފަހު ބާރު އުކުންތެރުޔާ އިރުފާން ޕަތާންވެސް ވަނީ ޓީމުގައި ހިމަނާފައެވެ.
ގިނަ މައްސަލަތަކެއް ކުރިމަތިވެގެން ދިޔަ ފުރަތަމަ ދެމެޗުވެސް މޮޅުވެފައިވަނީ އޮސްޓްރޭލިޔާއެވެ.