ލިވަރޕޫލާއި ޓޮޓެންހަމް 4 ވަނަ ބުރަށް

ޖެނުއަރީ 16، 16:48 0 ޚިޔާލު

އިނގިރޭސި އެފް އޭ ކަޕް ގައި އިއްޔެ ކުޅެވުނު މެޗުތައް ކާމިޔާބުކޮށް ޓޮޓެންހަމް ހޮޓްސްޕަރ އާއި ލިވަލޫލް މުބާރާތުގެ 4 ވަނަ ބުރަށް ދަތުރުކޮށްފިއެވެ.

އިނގިރޭސި އެފް.އޭ ކަޕްގައި އިއްޔެ ކުޅެވުނު މެޗުތައް ކާމިޔާބުކޮށް ޓޮޓެންހަމް ހޮޓްސްޕަރ އާއި ލިވަޕޫލް މުބާރާތުގެ 4 ވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ސްޓީވަން ޖެރާޑްގެ ހެޓްރިކާއެކު ލިވަޕޫލް ލޫޓަން އަތުން 0-5 ން މޮޅުވިއިރު ރީޑިން އަތުން ޓޮޓެންހަމް މޮޅުވެފައިވަނީ 0-1ން ނެވެ.

ޖެނުއަރީ 6 ގައި ކުޅެވުނު ފުރަތަމަ މެޗުގައި ލިވަރޕޫލާ 1-1 ށް އެއްވަރުކުރި ލޫޓަށް އިއްޔެވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާ ފުރަތަމަ ހާފްގެ ފަހު މިނެޓާ ހަމައަށް ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާފައެވެ.

ލިވަޕޫލްގެ ފުރަތަމަ ލަނޑު ބަބެލްޖެހީ ފުރަތަމަ ހާފްގެ އިތުރު ވަގުތު ތެރޭގައެވެ. އޭގެ ފަހުން 5 މިނެޓްތެރޭ ޖެރާޑާއި ހީޕިއާޖެހި ލަނޑާއެކު ނަތީޖާ 0-3 ން ބަދަލުވިއެވެ. ޖެރާޑް އަނެއް 2 ލަނޑު ޖަހާފައިވަނީ 64 އަދި 72 ވަނަ މިނެޓްގައެވެ.

ރީޑިންއާ ދެކޮޅަށް ޓޮޓެންހަމް މޮޅަށް ކުޅުނު ނަމަވެސް ލަނޑުގެ ގޮތުން މާބޮޑު ތަފާތެއް ނުކުރވުނެވެ. މެޗުން އެޓީމު މޮޅުވި ލަނޑު ހަމައެކަނި ލަނޑު ރޮބީކީން ޖަހާފައިވަނީ މެޗުގެ 15 ވަނަ މިނެޓްގައެވެ.

މުބާރާތުގެ 5 ވަނަ ބުރުގައި ޓޮޓެންހަމް އަށް ކުރިމަތިލާން ޖެހެނީ މެންޗެސްޓަރ ޔުނައިޓެޑާއެވެ.

ލިވަރޕޫލްގެ މިމެޗަކީ އެޓީމުގެ އެއިމޭ ކަރޭގަ ރަތްޖާރޒީގައި ކުޅުނު 500 ވަނަ މެޗެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv