
މައުމޫނުގެ ދަތުރުފުޅުން ފެނިގެން އެދަނީ އިންތިގާލީ ސަރުކާރެއް ނެތި މިނިވަން އިންތިޚާބެއް ނުބޭއްވޭނެ ކަމުގެ ހެކިތައް: ޑރ.ޝަހީދު
ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބްދުލް ޤައްޔޫމް މިހާރު ރާއްޖެތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުން ފެނިގެން އެދަނީ އިންތިގާލީ ސަރުކާރެއް ނެތި, ދެންބާއްވާ އިންތިޚާބު މިނިވަން ނުވާނެ ކަމުގެ ހެކިތަކެއް ކަމުގައި ޕާޓީތައް ގުޅިގެން އުފައްދާފައިވާ ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުން (އިއްތިހާދުން) ބުނެފި އެވެ
ޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އެ އިއްތިހާދުގެ އިސްތަރުޖަމާން ޑރ އަހުމަދު ޝަހީދު ބުރާސްފަތިދުވަހު ވިދާޅުވީ ރައީސް މައުމޫން މިހާރު ރާއްޖެތެރެއަށް ކުރައްވަމުން އެގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ބޭނުން ކުރައްވައިގެން ގައުމީ ޓީވީއާއި ގައުމީ ރޭޑިޔޯ މެދުވެރިކޮށް ރައްޔިތުންނަށް އެގެންދަވަނީ ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލައްވަމުން ކަމަށެވެ.
”ހަގީގީ އިންތިގާލީ ސަރުކާރުގެ ވާހަކަ ރައްޔިތުންނަށް އެގެންދަވަނީ އޮޅުވާލައްވަމުން. އަޅުގަނޑުމެންގެ އިއްތިހާދަކުން ނޫޅެން ގާނޫނާ ޚިލާފް ކަމެއް ކުރާކަށެއް. އަދި އެފަދަކަމެއް ކުރާވާހަކައެއް އެއްވެސް އިރެއްގައި ދައްކާފައެއްވެސް ނޯންނާނެ. އިއްތިހާދުގެ މަގްސަދެއްވެސް ނޫން އެއީކީ. މިދައްކަނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކޮށްގެން ގާނޫނީ ހައިސިއްޔަތު ލިބިގެން އިންތިގާލީ ސަރުކާރެއް އުފައްދާ ވާހަކަ“ ޑރ ޝަހީދު ވިދާޅުވިއެވެ.
ފޮރިންމިނިސްޓަރ ކަމުން އަމިއްލައަށް ވަކިވެވަޑައިގެންނެވި ޑރ ޝަހީދު ވިދާޅުވީ ގާނޫނީ ހައިސިއްޔަތެއް ލިބެނީ ގާނޫނެއް އޮތީތީ ކަމަށާއި އާގާނޫނު އަސާސީނިމި, އެއަށް އަމަލުކުރަން ފަށާއިރު މިހާރު އަމަލުކުރާ ގާނޫން އަސާސީ އުވިގެން ދާނެ ކަމަށެވެ.
”އިއްތިހާދުން މިދައްކަނީ އެވާހަކަ. މިހާރު އޮތް ގާނޫން އަސާސީ އުވުމުން އެގާނޫން އަސާސީގެ ދަށުން އުފެދިފައިވާ މުއައްސަސާތަކުގެ ގާނޫނީ ހައިސިއްޔަތު އުވިގެން ދާނެޔޭ. މުއައްސަސާތަކުގެ ގާނޫނީ ހައިސިއްޔަތު ލިބެނިކީ އެތަނެއްގައި ހުންނަ މީހަކަށެއް ނޫނޭ. އެމުއައްސަސާއަކަށޭ.“ ޝަހީދު ވިދާޅުވި އެވެ.
ޑރ ޝަހީދު ވިދާޅުވީ އިންތިގާލީ ސަރުކާރެއް ބޭނުންވަނީ ބާ ގާނޫން އަސާސީ ނިމި އާ ގާނޫން އަސާސީއަށް ފެށުމުގެ ދެމެދުގެ މުއްދަތުގައި ރައްޔިތުންގެ މެދުގައި ސުލްހަމަސަލަސްކަމާއި އަމަންއާންކަން ހޯދައިދިނުމަށާއި ރައްޔިތުންގެ ޙައްގުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދިނުމަށް ކަމަށެވެ.
”މިހާރު މިއޮތް ގާނޫން އަސާސީ އުވުމުން މިހާރު މިއޮތް ސަރުކާރެއް ނޯންނާނެ. އެހެންވީމާ އެމުއްދަތުގައި ރައްކާތެރިކަމާއެކު ގައުމު ހިންގައިދޭނެ ބަޔަކު ކަނޑައަޅަން ޖެހޭނެ. މިނިވަން އިންތިހާބެއް ބާއްވައިދޭނެ ބަޔަކާ ގޮތްތަކެއް އެސަރުކާރެއްގައި ހިމަނަން ޖެހޭނެ. އެއަށް މިކަނީ އިންތިގާލީ ސަރުކާރެކޭ. އިންތިގާލީ ސަރުކާރަކީ އިންތިގާލީ ހަރަކާތްތަކުގައި ހިމެނޭ އެންމެކަމެއް. އެހަރަކާތްތަކުގައި އެތައްކަމެއް ހިމެނޭ. އޭގެތެރޭގައި ގައުމު ހިންގާނެގޮތާއި އިންތިޚާބު މިނިވަންކޮށް ބާއްވާނެގޮތްވެސް ހިމެނޭ’ ޑރ.ޝަހީދު ވިދާޅުވިއެވެ.
ޑރ ޝަހީދު ވިދާޅުވީ މިނިވަން އިންތިޚާބެއް ބެއްވުމުގައި މީޑިޔާއަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ސަރުކާރުން އެގެންދަވަނީ މިހާރުވެސް ދައުލަތުގެ މިޑިޔާ މެދުވެރިކޮށް އެމީހުން އެދޭގޮތްތައް ފަތުރާ އަދި ރައްޔިތުންނަށް ވަކިގޮތްތަކެއް ވިސްނައިދިނުމުގެ ޕްރޮޕެގެންޑާތައް ފަތުރަމުން ކަމަށެވެ.
”އެއީ އިއްތިހާދުން މިދައްކާވާހަކަތައް އެއީ ހަޤީގަތެއްކަން ހާމަކޮށްދޭ ހެއްކަކީ . އިންތިގާލީ ސަރުކާރެއް ނެތި މިނިވަން އިންތިޚާބެއް ނުބޭއްވެނެކަމުގެ ހެކިތައް އެފެންނަނީ. އިއްތިހާދުގެ ވާހަކައެއް ގެނެސްދެނީކީ ނޫން. އެކަމަކު އިއްތިހާދާ ދެކޮޅަށް އިންތިގާލީ ސަރުކާރާ ދެކޮޅަށް ހަމަ ވާހަކަތައް ފަތުރާ ނަގަނީ, ރައްޔިތުންނަށް އޮޅޭގޮތަށް“ ޝަހީދު ވިދާޅުވިއެވެ.
ޝަހީދު ވިދާޅުވީ ދުނިޔޭގެ އެއްވެސް ތަނެއްގެ ޑިމޮކްރަސީއެއްގައި ސިޔާސީ މީހަކު ބުނާއެއްޗެއްގެ ނޫނީ ދެއްވާ ޚިޔާލެއްގެ އަނެއްކޮޅު ހާމަނުކޮށެއް ދައުލަތުގެ މީޑިޔާއަކުން ނުގެންނާނެ ކަމަށާއި އެއީ ޑިމޮކްރަސީއާ މުޅިން ޚިލާފްކަމެއް ކަމަށެވެ.
”މިހާރު އެހެނެއް ނޫން މިވަނީކީ. ޓީވީ މެދުވެރިކޮށް ރައީސްމައުމޫން ވިދާޅުވާނެ އެއްޗެއް ވިދާޅުވަނީ. އަނެއްކާ ޓީވީން އެފަދަ ވާހަކަތައްވެސް ގެންނަނީ. އޭގެ އަނެއްކޮޅު އެއްވެސް ގޮތަކަށް ނުގެނޭ. އެއީ ޑިމޮކްރަސީއާ މުޅިން ޚިލާފްކަމެއް“ ޝަހީދު ވިދާޅުވިއެވެ. ޝަހީދު ވިދާޅުވީ ދިވެހިސަރުކާރުން ގަބުލު ނުކުރެއްވިނަމަވެސް ދިވެހިރައްޔިތުން މިހާރު ވަރަށްބޮޑަށް ހޭލުންތެރިވެއްޖެ ކަމަށާއި ތަންދޮރު ދަންނަ ބަޔަކަށްވެއްޖެ ކަމަށެވެ. ”އަދިވެސް ހީކުރަނީ ރައްޔިތުންނަކީ މޮޔަބައެއް ކަމަށް. ކަންކަމުގައި ވިސްނާ ބައެއް ނޫންކަމަށް. އަދިވެސް ތިބީ ނިދާފައިކަމަށް. އެހެނެއްނޫން. މިހާރު ހޭލުންތެރިވެއްޖެ. ހަގީގަތް ހޯދާ ބަލަން ފަށައިފި“ ޝަހީދު ވިދާޅުވިއެވެ.
-
ބުރާސްފަތި، ޖެނުއަރީ 3 2008، 17:58
މައުމޫނު ވިދާޅުވީ ދުނިޔޭގެ ގައމުތަކުގައި އިންތިގާލީ ސަރުކާރު އުފައްދަނީ ސަރުކާރުން ކަންތައްހިންގާގޮތް ކަމުނުނުދާތީކަމަށް. މިއަދުގެ ސަރުކާރުން ހިންގާއެއްވެސްކަމެއްކަމަކީ އޮށްޓަރެއް ހުރިކަމެއްނޫންކަން ކޮންމެމެދިމާޔަކަށް ބެއްޔަސް މެންދުރުގެ އިރުފެންނަފަދައިން ފެންނަމުންމިދަނީ . މިހެންވީއިރު ބޭކާރުވާހަކަދައްކަވަނީ އިތުރަށް ބޭޒާރުވާން.
-
ބުރާސްފަތި، ޖެނުއަރީ 3 2008، 19:06
މައުމޫނު އެބަވިދާޅުވޭ ތިމަންނާގެ ވާޖިބެކޭ ނޮވެމްބަރ 10 އާއި ހަމައަށް ވެރިކަމުގައި ހުރުމަކީ. ހަގީގަތުގައި އާގާނޫނު އަސާސީ ހަދާނިމުމަކުން އެވާޖިބުކަމެއް ނުއޮންނާނެ. ސަބަބަކީ އެގާނޫނު އަސާސީގައި އޮންނާނެ އައު ގާނޫނު އަސާސީއަށް ވާޞިލުވާނެގޮތް. އޭގައި މިހާރުގެ ސަރުކާރާމެދު ގޮތެއްނިމި ވާޞިލުވާނެގޮތެއް ކަނޑައެޅޭއިރު މައުމޫނު 30 އަހަރުވަންދެން ރަސްކަމެއްކުރަންޖެހޭނެކަމަށް އޮވެއްޖެނަމަ އެއީ އޭނާގެމައްޗަށް ވާޖިބުކަމަކަށްވާނެ. ޑރ.ޝަހީދުމެން އެދައްކަވަނީ އިންތިޤާލީ އުޞޫލުތަކެއްގެވާހަކަ އެކަމަކުވެސް މައުމޫނު ވެރިކަންބީވެދާނެ ގޮތެއް ނުވަތަގޮތްތަކެއް ޚިޔާލު ކުރާބަޔަކީވެސް މައުމޫނުގެ ނަޒަރުގައި ފިތުނަ އުފައްދަން އުޅޭބަޔެއް، އަދި ގާނޫނާ ޚިލާފުބަޔެއް.
-
ބުރާސްފަތި، ޖެނުއަރީ 3 2008، 20:44
ޑރ ޝަހީދު އެދައްކަވާ ވާހަކަފުޅުން އެބޭފުޅުން ރައީސް މައުމޫނަށް ޖެހިލުންވާކަމާއި ރިޔާސީ ރޭހުގައި މައުމޫނާ ވާދަކުރެއްވޭފަދަ ގާބިލުކަމެއް ނެތްކަން އެދައްކަވާ ވާހަކަފުޅުން އެބަދޭހަވޭ. ޑޮކްޓަރުންނަކީ މިހާރު ރައްޔިތުން ކުރިމަތީގައި އިތުބަރު ގެއްލިފައިވާ ބައެއް. އިންތިގާލީ ސައރުކާރެއްގެ ވާހަކަ ދައްކަވާއިރު ކީއްވެގެންތޯ މިހާރު އެވިދާޅުވާ ސަރުކާރެއް ކޮންމެހެން ބޭނުންވަނީ މިއީ އުފެދޭ ސުވާލެއް. މިހާރުތޯ ރާއްޖެއަށް ގާނޫނު އަސާސީއެއް އުފަންވަނީ. ކީއްވެގެންތޯ މިހާރު ޢަމަލުކުރެވެމުންދާ ގާނޫނު އަސާސީއަށް ވާޞިލުވުމުގައި ތިޔަވިދާޅުވާ ސަރުކާރެއްގެ ވާހަކަ ނުދެއްކެވީ. އެއީ ގާނޫނު އަސާސީއަކަށް ނުވަނީތޯ. ބޭޒާރުވާނީވެސް ނާކާމިޔާބާ ކުރިމަތިވާނީވެސް އިންގިލާބީ ސަރުކާރަކާ އަޅައިގަނެގެން އުލޭ ބީތާއިންކަން ކަށަވަރު.
-
ހުކުރު، ޖެނުއަރީ 4 2008، 00:46
ކޮން ޤާނޫނެއްގަތޯ އޮތީ ޤާނޫނު ބަދަލުވާންޖެހޭނީ އިންތިޤާލީ ސަރުކާރެއް އޮވެގެންނޭ. މިހާރު އޮތް ސަރުކާރަކީ ދިވެހި ރައްޔިތުންގެ ސަރުކާރެއް އަދި އެސަރުކާރު ހިންގުމާ ހަވާލުކޮށްފައިވަނީ ރައްޔިތުން ހޮވާފައިވާ މީހެއް. ދެން ތަނަކުންފާވެގެން ރައްޔިތުން ބޭނުންވެޔޭ ކިޔާގެން މިއުޅޭ ބަޔަކުމިދައްކަނީ ކޮންކަހަލަ ވާހަކަތަކެއްތޯ. ރާއްޖޭގަ އޮންނަންވާނެ ވެރިކަމުގެ ނިޒާމުވެސް ހަމަޖެއްސީ ރައްޔިތުންގެ ތެރެއިން އަގުލަބިއްޔަތު ލިބުނުގޮތަށް އެހެންވީއިރު އައު ޤާނޫން އަސާސީއަކަށް ވާރުތަވާއިރު ރައްޔިތުން ބޭނުންވާނީ ރައްޔިތުން ހޮވާފައިވާ ވެރިޔަކު ވަކިކޮށް އެހެން ފަރާތަކަށް ސަރުކާރު ހިންގަން ހަވާލުކުރަންތޯ ނިންމަންޖެހޭނީ ހަމަރައްޔިތުން. މިޤައުމުގެ ރައްޔިތުން. އަހަރުމެން ނިކަމެތުކޮށްލާ އްއަތިހާދުން ފެންނަގޮތަށް ބޯނުލަބާފިއްޔާ މަދަނީ ބަސްނޭހުމަކަށް ދާނަމޭކިޔާ ރައްޔިތުންނަށް ބިރުނުދައްކަވާ. ވެރިކަމުގެ ނިޒާމް ހޮވިހެން ރައްޔިތުން ބޭނުންވާގޮތް ރައްޔިތުން ކާރިން އޮލުންފިލުވާ މެޖޯރިޓީ އޮތްކޮޅަކަށް ދާގޮތަށް ވާހަކަ ދަށްކަވާ.
-
ހުކުރު، ޖެނުއަރީ 4 2008، 01:03
މިނިވަން އިންތިހާބެއް ބޭއްވޭނީ އިހުލާސްތެރިކަމާއެކު އެކަންކޮށްގެން. ޑރ. ޝަހީދު މެން ނަކީ ޤައުމަށް ވަފާތެރި، އިހުލާސްތެރިން ކަމުގައި އްޅުގަޑެއް ނުދެކެން. ސަބަބުތައް ބައިވަރު، މި ގޮތުން މިހާރު ފެންމަތިވެގެން އުޅޭ މައްސަލަ އެއީ ހެއްކެތް، ކިހިނެއތޯ އަޅުގަޑުމެން ޤަބޫލުކުރާނީ ތިބޭފުޅުންނަކީ އިހުލާސްތެރި ޤައުމަށް ވަފާއެރިންނޭ. ހަމަ އެގޮތަށް އަންނިވެސް އަހަރުމެންގެ ޓޫރިޒަމް ބޯއިކޮޓް ކުރުމްށް އެންމެ ގިނައިން ވާހަކަ ދައްކަވާ އެކަކު.. މި ތޯ އިހުލާސް ތެރިވުމަކީ މީތޯ ދިވެހި ދަރިންގެ ގޮތަކީ؟ ތީ ތޯ މި ނިކަމެތި ދިވެހިނަނަށް ކަންތައް ކޮށްދެށްވަންވީ ގޮތަކީ؟ އަހަރު މެންނަށް ތި ދައްކާ ވާހަކަތަށް އޮޅިއްޖެ، މަގުފުރަށްދާފި އަހަރެންގެ އެދުމަކީ ތިބޭފުޅުންނަކީ ތައުލީމުގެ މަތީފަށް ގެންގުޅުއްވާ ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ވަޒީފާ ލިބޭނެ ދިރިއުން ބަދަލުކޮށްލެވޭނެ ބޭފުޅުން. އަޅުގަޑުމެން ހަލާކުނުކުރަށްވާ ޤައުމުން ބޭރަށް ހިޖުރަކުރައްވާ ވަޑާއިގަތުން އާދޭހާއެކުދަންނަވަން. އަޅުގަޑުމެން ނިކަމެތި ހާލާމެދު ހަމްދަރުދީ ވެދެއްވާ މި ހާރުވެސް މިޤައުމުގައި ހަސަދާގެ އަލިފާން ރޯކުރައްވާފައިވާ ވަރު ފެންނަމުން މިދަނީ އަނެއްކާވެސް އެހެން ވާހަކަތަކެއް ނަންގަވާގެން އަޅުގަޑުމެންގެ އާއިލާތަކުގެ މެދުގައި ކޯޅޭގޮތަށް ނުހައްދަވާ. ވެރިކަން ދެއްވާ ފަރާތުން ވަގުތު ޖެހުމުން ކޮންމެ ތާކުހުއްޓަސް ދެއްވާނެ. އާދޭހާއެކު މިދަންނަވަނީ އަޅުގަޑުމެން އަނެއްކާވެސް ބިރުވެރި ތަޅާފޮޅުމެއްގެ ތެރެއްށް ނުވައްޓާލަޢްވާ. އަޅުގަޑުމެންގެ ހާލާމެދު ވިސްނާލަށްވާ.
-
ހުކުރު، ޖެނުއަރީ 4 2008، 01:06
މައުމޫނަށް ހީވަނީބައި އޭނާ ދުވަހަކުވެސް މަރުނުވެ ޢުމުރުދުވަހަށް ވެރިކަމުގައި ހުރެވޭނެކަމަށް އެހެންނަމަ އެއީ ކުށް ހީއެއް، އަވަހަށް ތައުބާވޭ، އެހެން މީހުން މާގިނަދުވަހު އެއްކަމެއް ކުރަންވީމާ ފޫހިވެއެއްނޫންތަ؟ އެކަމަކު މަގޭ ޙަޔާތުގައިވެސް ނުދެކެން މިވަރުމީހެއް، ހަމަ ލިބޭ އެއްޗެހި ގިނައީތަ ފެންނަ ތަންތަންވެސް ބައިވަރުތަ، އެހެން ނޫންނަމަ މިވަރެއް ނުވީސްތަ، ...........
-
ހުކުރު، ޖެނުއަރީ 4 2008، 01:47
ޝަހީދުމެން ބޭނުންވިހާ ކަންކަން މީގެ ކުރިން ދަޢުލަތުގެ މީޑިއާއިން ހާމަކޮށް މުޅި ގައުމަށް އިޝްތިހާރުވެގެންދިޔަ އިރަކު އޭގެ އަނެއްކޮޅު ހާމަކުރެވިފައެއްނުވޭ. މިއީ ކޮންކަހަލަ ޑިމޮކްރަސީއެއްތޯ އެބަހިތައްއަރާ. ބަލަ އަހަރުމެންނަށް އެބަ އިނގޭ ޝަހީދުމެން ބޭނުންވެގެން އުޅޭކަންތައްތައް. ތިޔައުޅެނީ ކޮންމެހެން ރައްޔިތުންނަށް ފާއިދާ ހުރި މަކެއް ކުރާކަށް ނޫން. ތިޔައުޅެނީ މައުމޫނު ވެރިކަމުން ދުރުކުރަންކަން އެންމެ ކުޑަކުއްޖާއަށް ވެސް އެނގޭ. އެހެންވީމާ ހިތްވަރެއް ހުރިއްޔާ ކެރިގެން އެހެން ބުނެބަލަ. ކޮންމެހެން މީހުންނަށް އޮޅުވާލަން އިންތިގާލީއޭ އިންދިރާސީއޭ ކިޔާ މޮޅުވާހަކަ ކީއްކުރަން ދައްކަނީ. އަމިއްލަފުޅަށް އެބަ ވިދާޅުވޭ ރައްޔިތުންނަށް މިހާރު ވިސްނެޔޭ ހޭލުންތެރިވެއްޖެޔޭ. އެހެންވީމާ ތިޔަ ބޭފުޅުންވެސް ތިޔަ އަލުވާ ހެވުންގަނޑު ރައްޔިތުންނަށް އެނގެޔޭ ބަލަ.
-
ހުކުރު، ޖެނުއަރީ 4 2008، 10:11
ރައްޔިތުންގެ ލާރިކަމުން ހިނގަމުން ފުމެމުން އެއްގައުމުން އަނެއް ގައުމަށް މައުމޫނު ތި ދުވަނީ ކޯއްޗެއް ހިތަށް އަރައިގެންބާ އޭ ހިތަށް އެބަ އަރާ.އަދިވެސް ހިތް ފުރޭވަރެއް ނުވޭދޯ މިހާރު ދެން ތި ވެރިކަން ދޫކޮށްލާ ފާ އަރާމުކުރަން އޮށޯންނަންވީ ނޫންތޯ
-
ހުކުރު، ޖެނުއަރީ 4 2008، 12:09
ރަގަޅު ވާހަކައެއް. ދިވެހިންނަށް މިހާރު ވިސްނޭ. ވަގުތީ ސަރުކާރެއް އުފައްދައިފިއްޔާ މިދިޔަ 40އަހަރު އަހަރުމެން ހޯދި ކާމިޔާބީ ވެއްޔާއި މޮޑެވިގެންދާނެ. މަޖިލިސްތެރޭން ފެންނަ ދެކޮޅުވެރިކަމާއި ޖަދަލުކުރުން ވަގުތީ ސަރުކާރުގެ ކެބިނެޓުން ފެންނާނެކަން ގައިމު. އޭރުން އެއްވެސް ކަމެއް ނުނިމި އިންތިގާލީ މަރުހަލާ ކުރިޔަށް ނުގެންދެވި ވަގުތީ ސަރުކާރު މަރުތަޅުއެޅި އިންތިޚާބު ނުބޭއްވި ސިޔާސީ އަރާރުމެއްގެ ތެރޭން ދާޚިލީ ހަމަނުޖެހުމެއްގެ ތެރެއަށް ގައުމު ވެއްޓޭނެ. މިކަން ދިވެހިންގެ ގިނަބަޔަކަށް މިހާރު ވިސްނޭ. ޝަހީދު މެނަށްވެސް ވިސްނޭނެ. އެކަމަކު ހުންނަ އަމިއްލަ އެދުމެއްގެ ބޮޑުކަމުންނާއި މައުމޫނާއި އޮންނަ ޒާތީ ކަންތައްގަޑެއްގެ ސަބަބުން ގައުމުގެ ލާބައާއި މަންފާ މަތިން ގަސްދުގަ ހަދާން ނައްތާލަނީ.
-
ހުކުރު، ޖެނުއަރީ 4 2008، 14:55
lމަޢުމޫނުވެސްދޮގުހައްދަވަނީ ، އިއްތިހާދުންވެސްދޮގުހައްދަވަނީ އަޅުގަނޑުމެން ގަބޫލުކުރާނެ ތެދުހަގީގަތް ނޫސްވެރިން މެދުވެރިކޮށް ރަތްޔިތުންނަށް ހާންމަކޮށްދެއްވަންވެއްޖެ، އަޅުގަނޑަށް ގަބޫލުކުރެވެނީ ވަގުތީސަރުކާރެއްއޮންނަންޖެހޭނެކަން މިހެން
-
ހުކުރު، ޖެނުއަރީ 4 2008، 15:26
މައުމޫނުގެ ވަފާތެރިންނަށް ހަމަ ހީވަނީ ފިރްއައުނުގެ ވެސް ވަފާތެރިންނަށް ހީވެފަ އޮތް ގޮތައް...
-
ހުކުރު، ޖެނުއަރީ 4 2008، 15:45
ބަލަ ބޮލިރަވަސަހީދޫ ކަލެއަށް ކިޔޭނުކިޔޭއެއްއެބައެނގޭތަ؟ މައުމޫނުސަރުކާރުގައިއުޅުނުއިރު ހެދިހާދޮގުތަށް ކަފުންކުރެވުނީކަމަށް ހީވަނީތޯ؟ ވަރަށްބޮޑުކުއްހީއެއް އެކަން ހަނދާނުންފޮހެލެވޭވަރެއް އަދިނުވޭ އެހެންވީމާ މިދަންނަވަނީ އިންތިގާލީ ސަރުކާރެއް އުފެއްދުމަކަށް ތާއީދެއް ނުކުރަމޭ ''''އަލީސުޖާ
-
ހުކުރު، ޖެނުއަރީ 4 2008، 20:07
މިދައްކަނީ އެއްކޮޅުން ކުޅެމުން ރެފްރީކަން މައުމޫނަށް ނުކުރެވޭނެ ވާހަކަ! އިންތިގާލީ މަރުހަލާއެއްބޭނުން ވަނީ އެހެންވެ. މައުމޫނު އެބަވިދާޅުވޭ އަދި 30 އަހަރުގެ ވެރިކަމަށް ފަހުވެސް ރައީސްކަމށް ކުރިމަތިލައްވާނަމޭ. އެހެންކަމަށްވާނަމަ ކިހިނެއްތޯ މައުމޫނުގެ ބެލުމުގެ ދަށުން މިނިވަން އިންތިޚާބެއް ބޭއްވޭނީ؟ މީދެންތަންކޮޅެއް ބޮޑުވަރު. ޑިމޮކްރަސީ އޭކިޔާފަ މިދައްކަނީ ކޮންވާހަކައެއް؟ އާގާނޫނު އަސާސީފާސް ވާއިރު މީގެކުރިން އެކަކުގެއަތުގައޮތް ބާރުތަށް ތިންބާރުގެގޮތުގަ ވަކިވާނެ. ދެންކިހިނެތްތޯ ރިޔާސީއިންތިޚާބާ ހަމައަށް އިންތިގާލީ ނިޒާމަކާނުލާ ހަމަ މައުމޫނު ވެރިކަމުގަ ހުންނާނީ؟ އާގާނޫނުއަސާސީ ތަސްދީގު ކުރާހިސާބުން ހިގާނީ ތިންބާރުވަކިވެފައިވާ ވެރިކަމެއް. މިފަހަރު މިއޮތީ މައުމޫނުގެ 'ބޮދު ބުޑަށް ސައިކިޔާފަ!!"
-
ހޮނިހިރު، ޖެނުއަރީ 5 2008، 07:31
ބަލަ ސަހީދު އަކީ ފައްކާ ދެއަގައިން ވާހަކަ މީހެއް.ބަލަ އޭނަ އިހަކަށް ދުވަހު ސަރުކާރުގައި ހުރެގެން ރައްޔިތުން އޮޅުވާލީ. މިހާރު މިދައްކަނީ މައުމޫން އޮޅުވާލި ވާހަކަ.މައުމޫނެކޭ ސަހީދެކޭ އެއްވެސް ތަފާތެއްނެތް. ސަހީދު ނޫން އެހެން މީހަކު ރައްޔިތުން ކުރިމައްޗައް ނެރޭ ވާހަކަ ދައްކަން . އެއިރުން ރައްޔިތުން ގަބޫލު ކުރާނެ. ފެއިލް މީހުން އަނގަ މައިތިރި ކުރޭ...ހާމް