

ހަ އަހަރު ކުއްޖަކާ އެކު ބަދުއަޚުލާގީ ގުޅުން ހިންގި ދޮންބައްޕަ އެއްގެ މައްޗަށް ޣައިރު ހާޒިރުގައި ޝަރީއަތް ފަށައިފި
”ތިމަންނަގެ ތިންމަހުގެ ކުއްޖެއްވެސް ހުރޭ އިގޭތޯ؟ އަޅުގަނޑު ކީއްތޯ ކުރާނީ.“ މިއަދު އޮތް ޝަރީއަތު މަޖިލީހުގައި ގާޒީ މުހައްމަދު މޫސާގެ ސުވާލަށް ޖަވާބު ދެމުން ކުޑަކުޑައަންހެން ކުއްޖާގެ މަންމަ އައިޝަތު ރަޝީދާ މިއަދު ބުންޏެވެ.
މިއަދު ޝަރީއަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކަށް ބިނާކޮށް ގަޒީ ވިދާޅުވީ އައިސަތު ރަޝީދާ )ކުއްޖާގެ މަންމަ( ކަންތައްތައްތަކެއް ފޮރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަ ކުރެވޭ ކަމަށާއި މިވާހަކައިން ވަރަށް ބޮޑު ސުވާލެއްގެ ޖަވާބު ލިބިގެން ހިގައްޖެ ކަމަށެވެ.
މިއަދު ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ ހަ އަހަރުގެ ކުއްޖަކާ އެކު ބަދުއަޚުލާގީ އަމަލު ހިންގި ދޮންބައްޕައެއްގެ މައްޗަށް ގައިރު ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންދަން ޖެހުނީ އޭނާ ދީފައިވާ އެޑްރެހުގައި ނެތުމުގެ ސަބަބުންނާއި އޭނާ ހޯދުމަށް އިއުލާނުކޮށް އޭނާ ފެނިފައި ނުވާތީ ކަމަށެވެ.
ހަ އަހަރުގެ ދޮންދަރިއަކާ އެކު ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށް ބުނެ, ދައުލަތުން ދައުވާ ކުރަމުންދަނީ ޅ. ހިންނަވަރު, ސުޕަނައިޓު, އިބްރާހިމް މުހައްމަދުގެ މައްޗަށެވެ.
އިބްރާހިމް މުހައްމަދުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ދިވެރާއްޖޭގެ ގާނޫނުލް އުގޫބާތުގެ ހެއްކާ ބެހޭ ގާނޫނުގެ 6 މާއްދާގެ ދަށުން ނެވެ.
މިއަދު ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބަޔާން އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުލަތުން ދައުވާ ކުރަނީ އެކުއްޖާގެ މަންމަ އައިޝަތު ރަޝީދާ މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ދީފައިވާ ބަޔާނާއި މެޑިކަލު ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
މިބަޔާނުގައި އައިޝަތު ރަޝީދާ އޭނާގެ ކުޑަ ދަރިފުޅާ ހަވާލާދީ ބުނެފައިވަނީ ދޮންބެ (އިބްރާހިމް މުހައްމަދު) އެކުޑަ އަންހެންކުއްޖާގެ (ކަނޑާލާފައި) ބޮއެ, އެކުޑަކުއްޖާގެ (ކަނޑާލާފައި) ވެސް ބޮއެ ހަދާފައިވާ ކަމަށެވެ. އަދި މިފަދަ އަމަލު ދޮންބެ (އިބްރާހިމް މުހައްމަދު) ވަރަށް ގިނައިން މިއަމަލު ހިންގާ ކަމަށާ މިވާހަކަ ނުދެއްކުމަށް އޭނާ ބުނާ ކަމަށެވެ.
އައިޝަތު ރަޝީދާގެ ބަޔާނުގައި އޭނާގެ ފިރިމީހާ އޭނާގެ ދަރިފުޅުގެ ހަރުވާޅާއި ޖަނގިޔާ ކަކުލުން ތިއަށް ބާލާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
ރަޝީދާ ބަޔާނުގައި ބުނެފައިވަނީ އޭނާ މީގެ ކުރިން ދެމީހުންނާއި އިނދެ 3 ކުދިން ލިބިފައިވާ ކަމަށާ އިބުރާހިމް މުހައްމަދު އެއަމަލު ހިންގިއިރު ތިންކުދިން ވެސް ތިބީ ކޮޓަރީގައި ނިދާފައި ކަމަށެވެ.
-
ބުދަ، ޑިސެންބަރު 26 2007، 17:53
މިކަހަލަ މީހުނަށް ހަރުކަށި އަދަބު ދޭންޖެހޭނެ.
-
ބުދަ، ޑިސެންބަރު 26 2007، 18:23
ކުއްޖާގެ މަންމަގެ ނަމާއި އެޑްރެސް ޖެހުމުން ކުއްޖާގެ ކަރާމަތަށް ގެއްލުން ލިބޭކަން މިޚަބަރު ލިޔުނު ފަރާތަށް ނޭގުނީތީ ހިތާމަކުރަންޖެހެއެވެ. އަދި މިޚަބަރު ކިޔާލުމުން ދައުލަތުގެ ދަތެއް ނެތްކަން ހާމަވެގެން ހިގައްޖެއެވެ. ހައަހަރުގެ ކުއްޖަކު ނޮޅާލިކަމަށް ބުނާމީހާ މޯލްޑިވްސް ޕޮލިސް ވެބްސައިޓުގެ ހޯދާނުފެނިގެން އުޅޭ މީހުން ބަޔާންކުރާ "މޯލްޓް ވޯންޓެޑް" ލިސްޓުގައެއްވެސް ނެތެވެ. ގައުމުގައި ކުޑަކުދިންގެ އަގުނެތްވަރު މިއިން ދޭހަވެއެވެ. ދެން ކޮން (ކަނޑާލާފައި( ވާހަކައެއް ދައްކާކަށް ހެއްޔެވެ.
-
ބުދަ، ޑިސެންބަރު 26 2007، 20:38
ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގައި ހެއްކާއިބެހޭ ޤާނޫނެއް އޮންނަކަމެއް ނުދެނަހުރިން.... މިމައްސަލައަކީ ތުހުމަތުވެވޭ މީހާގެ ޣައިރު ހާޟިރުގައި ހިންގޭނެ މައްސަލައަކަށްވުރެ މާސީރިއަސް މައްސަލެއް... ތުހުމަތުކުރެވޭ ކުށަކީ ވަރަށް ބޮޑުކުށެއް... މިކަން ޘާބިތުކުރުމައްޓަކައި ދައުލަތުން ކުރާކަމަކީ ކޮބާ؟ ހެއްކާއި ބެހޭ ޤާނޫނުގެ 6ވަނަ މާއްދާއަށް ޙަވާލާދިނުމަކީ ދައުލަތުން ކުރަންހުރިކަންތައްތައް ނިމުނީއެއްނޫން..
-
ބުދަ، ޑިސެންބަރު 26 2007، 21:10
މިކަހަލަ އަމަލުހިންގާ މީހުން ހޯދާ ހައްގު އަދަބުދިނުން ނޫންގޮތެއްނެތް އަޅުގަނޑު ހިތާމަކުރަނީ ކުއްޖާގެ މަންމަ އަދިވެސް ދޮންބައްޕަ ނިވާކުރަން މަސައްކަތްކުރާތީ ދެންއެހެންނޫނީ ބުނެވޭނީ މަންމަވެސް ކުރުވާކަމެކެވެ. މިއުއްމަތުގެ މީސްތަކުންނަށް އަޅުގަނޑުމިގޮވާލަނީ މިކަހަލަ ފާހިސުޢަމަލު ނުކުރުމަށް " ޝުކުރިއްޔާ "
-
ބުރާސްފަތި، ޑިސެންބަރު 27 2007، 00:31
2005 ގައިހިނގިކަމެއް ކަން ހިނގިތާ ދެއަހަރު ފަހުން ޝަރީއަތަށް ފޮނުއްވީތީ ހިތާމަކުރަން އަދި އެކަން ކުއްވެރިވެސްކުރަން. މިހެންވީމާ ބުނެވެނީ ގައުމު ހަލާކުމިކުރަނީ ސަރުކާރުންނޭ.