
ސަރުކާރުގެ މޫނުމަތި ރަނގަޅުކުރަން ގެންގުޅުނު ޕީއާރު ފާމް ގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި ނަމަ ރައީސް މައުމޫނު އިތުރަށް ބޭޒާރުވެ ބޮޑު ހަގީގަތެއް ރައްޔިތުންނަށް އެނގިގެން ދާނެ: ޑރ.ޝަހީދު
ބޭރު ދުނިޔޭގައި ދިވެހިސަރުކާރުގެ މޫނުމަތި ރަނގަޅުކުރުމަށާއި ސަރުކާރަށް ލަފާދިނުމަށް ގެންގުޅުނު ޕީ.އާރު ފާމެއް ކަމަށްވާ ހިލް އެންޑް ނޯލްޓަން ކުންފުންޏަށް ގަވައިދާ ޚިލާފަށް ޑރ ޝަހީދު ފައިސާ ދެއްކެވިކަމަށް ބުނެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިނަމަ ރައީސް މައުމޫނު އިތުރަށް ފަޟީހަތްވެ, ދިވެހިރައްޔިތުންނަށް ވަރަށް ބޮޑެތި ހަގީގަތްތަކެއް ހާމަވެގެން ދާނެކަމަށް ޑރ އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓަރުކަމުން އަމިއްލަފުޅަށް އިސްތިއުފާދެއްވި ޑރ ޝަހީދު މިއަދު ވިދާޅުވީ ގަވައިދާ ޚިލާފަށް އޭނާ އެޗް އެން ކޭއަށް ފައިސާ ދެއްވިކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުއްވުމަކީ އޭނާ ވަރަށް އުފާވާނެކަމެއް ކަމަށާއި އެގޮތަށް ހުށަހަޅުއްވައިފިނަމަ އެކަން ހިނގާފައިވާގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް ހާމަވެ އޭނާގެ ސާފުކަން އެނގިގެންދާނެ ކަމަށެވެ.
” އެކަމުގައި އަޅުގަނޑުގެ އެއްވެސް މައްސަލައެއް, ކުށެއް ނޯންނާނެ. އަޅުގަނޑު ޒިންމާނަގަން ޖެހޭ ކަމެއްވެސް ނޯންނާނެ. އެގޮތަށް މައްސަލަ ހުށަހަޅައިފިނަމަ އަޅުގަނޑުވަރަށް ބޮޑަށް އުފާވާނެ. އެއީ ހަގީގަތް ހާމަވެގެން ދާނެތީ. އެކަމުން ބޭޒާރު ވާނީ ރައީސް މައުމޫނާއި ދިވެހިސަރުކާރު“ ވަޒީރުކަމުގައި އުޅުއްވިއިރުވެސް އަދި މިހާރުވެސް ބޭރުދުނިޔެއާ ގުޅުން ބޮޑު ޑރ.ޝަހީދު ވިދާޅުވި އެވެ.
ޑރ ޝަހީދު ވިދާޅުވީ އެޗް އެންޑް ކޭއަކީ ރައީސުލްޖުމްހޫރިއްޔާގެ ދަނބިދަރިކަލުން (ދުންޔާ މައުމޫނުގެ ފިރިކަލުން) ކަމުގައިވާ ބަނގްލަދޭޝްއަށް އުފަން ޝުއައިބު ޝާހު ގެނައި ބައެއް ކަމަށެވެ.
”އެއީ އަޅުގަނޑު ގެނައިބައެއް ނޫން. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރެއްވިކަމެއް. އެމީހުން ގެނައީ ޝުއައިބު ޝާހު. އިންޓަރވިއުވެސް ކުރީ އޭނާ. ރައީސް އޮފީހުން އެގްރީމެންޓްގައި ސޮއިކުރީ. އެއްވެސް އެގްރީމެންޓެއްގައި އަޅުގަނޑުގެ ސޮއެއް ނޯންނާނެ. އެމީހުން ރާއްޖެ ގެނައުމުގައި ރައީސް އޮފީހުން އިސްކޮށް ހުންނެވީ ޢަބްދުﷲ ޝާހިދު (މިހާރު ފޮރިން މިނިސްޓަރ އޭރުގެ އެގްޒެކެޓިވް ސެކްރެޓަރީ) ” ޝަހީދު ވިދާޅުވިއެވެ.
ޝަހީދު ވިދާޅުވީ އެއީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ޝުއައިބު ޝާހު ގެންނެވި ބައެއް ކަމަށެވެ.
”އެއީ އަޅުގަނޑާ ބެހޭވެސް ކަމެއް ނޫން. މޮންދުއާ (ރައީސުލްޖުމްހޫރިއްޔާގެ އިސްތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް) އާ ބެހޭ ވަރަށް އަޅުގަނޑާ ބެހޭނީ“ ޝަހީދު ވިދާޅުވިއެވެ.
ޝަހީދު ވިދާޅުވީ އެޗް އެންޑް ކޭއާ ޝަހީދާ ބައްދަލުވީވެސް ރާއްޖެއިން ކަމަށާއި އެމީހުންގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބެލުން ޝަހީދުއާ ހަވާލުކުރެއްވުމުން ކަމަށެވެ.
ޝަހީދު ވިދާޅުވީ އެމީހުންގެ މަސައްކަތަކީ ރައީސް އެންގެވިހާ ކަމެއް ކުރުން ކަމަށެވެ.
”އަސްލު މަސައްކަތަކީ ކޮމިއުނިކޭޝަން ކޮންސަލްޓަންސީ. ބޭރުން ހޯދަން ޖެހޭ ޚިދުމަތްތައް ހޯދުން.“ ޝަހީދު ވިދާޅުވިއެވެ.
އެމީހުން ކޮށްދިން ކަންތައްތައް ކަމުގައި ޝަހީދު ވިދާޅުވީ, ރާއްޖޭގައި އެސްޔޫ ގާއިމްކޮށް ދިނުމާއި, ބޭރުގެ ފަރާތްތަކުގައި ސަރުކާރުގެ ޕޮޒިޝަން ވަކާލާތުކޮށްދިނުމާއި, އެކިއެކި ފަރާތްތަކާ ގުޅައިގެން ސަރުކާރުގެ މޫނުމަތި ރީތިކުރަން އުޅުމާއި, ސަރުކާރުގެ ބައެއް ޕޮލިސީތަކަށް ލަފާދިނުން އަދި ރައީސް މައުމޫނުގެ ޕާރސަނަލް (އަމިއްލަ) ސެކިއުރިޓީ ކަންތައްތައް ބަލަހައްޓައިދިނުން ކަމަށެވެ.
ޝަހީދު ވިދާޅުވީ އޭނާ ރައީސް އޮފީހުގައި ހުންނެވިއިރު އެމީހުންނަށް ފައިސާދެނީ ރައީސް އޮފީހުގެ އިންވޮއިސްއަކަށް ފިނޭންސް މިނިސްޓްރީން ކަމަށެވެ.
”ރައީސް އޮފީހުން އަޅުގަނޑު ފޮރިން އެފެއާޒަށް އައުމުން އަންގަވަނީ މިފައިސާ ފޮރިން އެފެއާޒުން ދައްކާށޭ. ފިނޭންސަށް ދެންނެވުމުން ފިނޭންސުން އަންގަވަނީ ފައިސާއެއް ނެތޭ. ރައީސް އޮފީހުން އަންގަވަނީ ރައީސް އޮފީހުގެ އެގްރީމެންޓް އެބައޮތޭ އެފައިސާ ދައްކާށޭ ދެން ޤާސިމް ދައްކަވަނީ އެފައިސާ. އަޅުގަނޑާ ދެން ކޮންބެހޭ ކަމެއްތޯ“ ޝަހީދު ވިދާޅުވިއެވެ.
ޝަހީދު ވިދާޅުވީ އެމީހުންގެ ޚިދުމަތްތައް ހޯދީ ދެތަނަކުން ކަމަށާއި އެއީ އެޗް އެންޑް ކޭ އިން ބްރަސަލްސް އާއި އެޗް އެންޑް ކޭއިން ލަންޑަނުން ކަމަށެވެ.
” ބްރަސަލްސްއަށް މަހަކު އާއްމު ފީއެއްގެ ގޮތުގައި 18 ހާސް ޔޫރޯ ( 341،100 ރުފިޔާ) އަދި ލަންޑަނަށް މަހަކު 29 ހާސް ޕައުންޑް ( 762،410 ރުފިޔާ) ދިވެހިސަރުކާރުން ދޭ. މީގެ އިތުރުން އިތުރު މަޝްރޫއެއް ފަށައިފިއްޔާ އިތުރުފީ ދޭ“ ޝަހީދު ވިދާޅުވިއެވެ.
ޝަހީދު ވިދާޅުވީ ރައީސް އޮފީހުން އިންވޮއިސްތައް އައިސް ހުންނަނީ ޢަބްދުﷲ ޝާހިދުގެ ނަމުގައި ކަމަށާއި ފައިސާ ދައްކާފައި ހުންނާނީ ފޮރިން މިނިސްޓްރީން ނޫން ކަމަށާއި ފިނޭންސް މިނިސްޓްރީން ކަމަށެވެ.
”ފިނޭންސް މިނިސްޓްރީން އެފައިސާ ދައްކަވަނީ ރައީސް އޮފީހުން އަންގަވައިގެން. ރައީސް އޮފީހުން ފިނޭންސަށް އަންގާފައި އޮންނާނީވެސް އެޗް އެންޑް ކޭގެ އެގްރީމެންޓެއް ރައީސް އޮފީހުގައި އެބައޮތޭ. އެމީހުންނަށް ފައިސާ ދޭށޭ. އަޅުގަނޑު އެއިންވޮއިސް ފިނޭންސް މިނިސްޓްރީއަށް ފޮނުވާލަނީ. އަޅުގަނޑު މެދުވެރިވަނީ ހިލް އެންޑް ނޯލްޓަންގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބެލުން ހަވާލުކޮށްފައި އޮންނާތީ.“ ޝަހީދު ވިދާޅުވިއެވެ.
ޝަހީދު ވިދާޅުވީ މަޖިލީހަށް މައްސަލަ ހުށަހަޅައިފިއްޔާ ރަނގަޅަށް ޖަވާބުދާރީ ވެވޭނެ ކަމަށާއި މިއީ ބަލަން ޖެހޭނެ ކަމެއް ކަމަށާއި އާއްމުރައްޔިތުނަށް މިކަން އެނގެން ޖެހޭނެ ކަމަށެވެ.
”ހިލް އެންޑް ނޯލްޓަން ގެންނަން އެންގެވީ ކާކުތޯއާއި. ގެނައީ ކާކުތޯއާއި. އެގްރީމެންޓް ކުރީ ކޮންބައެއްތޯއައި. ފައިސާ ދައްކަމުން ދިޔައީ ކިހިނެތްކަން ރައްޔިތުންނަށް އަންގައިދޭން ބޭނުންވޭ.“ ޝަހީދު ވިދާޅުވިއެވެ.
އެޗް އެންޑް ކޭ ފުރަތަމަ ރާއްޖެއައީ ނޮވެމްބަރ 2003 ގައެވެ. އެމީހުން ދޫކޮށްލާފައިވަނީ މިއަހަރު ރައީސްމައުމޫނު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ފަހުގަ އެވެ. ނަމަވެސް އެމީހުންގެ މަސައްކަތުން ބައެއް މިދިޔައަހަރު ދޫކޮށްލާފައިވެ އެވެ. އެހެންކަމަށްވިއަސް މިއަހަރާއި މިދިޔައަހަރުގެ ފައިސާ ނުލާވެސް 27 މިލިޔަނަށްވުރެ ގިނަ ރުފިޔާ އެމީހުންނަށް ދިވެހިސަރުކާރުން ހޭދަކޮށްފައިވާނޭ ކަމަށް ބެލެވެ އެވެ.
-
ހޯމަ، ޑިސެންބަރު 24 2007، 18:56
ޑރ. ޝަހީދަކަސް މިހާރު މިވާހަކަތައް ދައްކަވާކަށް ރީއްޗެއް ނޫނެވެ. މިހެނީ އެމަނިކުފާނަކީވެސް މިކަމުގެ ބައިވެރިޔެއްކަން އަމިއްލަ އަށް ޤަބޫލުފުޅު ކުރައްވާ، އެހެނަސް މިއަދު މިވާހަތައް މިދައްކަވަނީ ތިމާއަށް އިގިލި ދިއްކުރެވެން ފެށުމުން އެކަމުން ސަލާމަތްވުމަށެވެ. ޙަޤީޤަތަކީ ރައްޔިތުންގެ މާލިއްޔާއިން މިވަރުގެ ބޮޑު ޚަރަދެއް ކޮށްގެން ހިންގިފައިވާ ވަކިބަޔަކަށް ފައިދާ ކުރި މަޝްރޫޢެއްގެ އާރުކާޓީކަން ކުރައްވާފައި އެކަން މިއޮތީ އަމިއްލަޔަށް ޤަބޫލުފުޅު ކުރައްވާފައެވެ. މިހެންކަމުން މިފަދަ ބޭފުޅުންނަށް ކުރެވޭނީ ކޮން އިތުބާރެއްތޯއެވެ.
-
ހޯމަ، ޑިސެންބަރު 24 2007، 19:36
މިއީ ވަރަށް ގިނަގޮތްގޮތުން ވަރަށް "މަޖާ" ޚަބަރެކެވެ.
-
ހޯމަ، ޑިސެންބަރު 24 2007، 20:03
ކޮންމެއަކަސް މިކަމުގައި މިހާރުމިވާގޮތަކީ އެއްބޭފުޅަކު އެއްޗެއްހާމަކޮށް ލާއިރަށް އަނެއްބޭފުޅަކުވެސް ކޮންމެވެސް ވަރެއްގެ މަޢްލޫމާތުކޮޅެއްހާމަކޮށްލަނީއެވެ. އެއްކޮށް ހާމަކުރުންރަގަޅުކަމަށްފެނެއެވެ. ހުސައިން
-
ހޯމަ، ޑިސެންބަރު 24 2007، 20:07
ހޫ ހޫ. ކެޔޮކޭވަރު މިއެނގެނީތާ.. ބިތުފަންގި ނެގިވަރަކަށް ކެޔޮކޭވަރު އެނގިގެންސާނެއެވެ.
-
ހޯމަ، ޑިސެންބަރު 24 2007، 20:14
މިނިސްޓަރ ނަޝީދަށް ދަންނަވަންއޮތީ ދިވެހި ރައްޔިތުންގެ ނަމުގައި މިމައްސަލަ ކޮންމެ ގޮތެއްގައި ނަމަވެސް މަޖިލީހަށް ހުށައަޅައިދޭށޭ!، މިހިރި ހާމަވާ ހަގީގަތްތައް އަދި ފުރިހަމައަށް އެގޭނީ އޭރުންނެވެ. ޒިންމާވާން ޖެހޭބަޔެއް ހޯދަންވެސް މިހާރު އެބަފަސޭހަވާހެންހީވެއެވެ. - އިބުރޭ-
-
ހޯމަ، ޑިސެންބަރު 24 2007، 21:53
ސާބަސް ޝަހީދު ހުރިހާކަމެއްފަޅާއަރުވާލާތި، ނަޝީއުޅޭގޮތުންހީވަނީ ނިއުމޯލްޑިވްސްގެސަޕޯޓުބޮޑުކުރުމުގެގޮތުން މައުމޫނުގެސަރުކާރު އިތުރަށްބޭޒާރުކުރުވަނީހެން،
-
ހޯމަ، ޑިސެންބަރު 24 2007، 22:19
އަދި އިތުރުކޮށްލަދެއްވިއްޔާ ކީއްތޯ؟ މިއީ އާދައިގެ ވާހަކަތަކެއް ނޫން. ބޮޑެތި ޚިޔާނާތުގެ ވާހަކަ. އޭ އާރ / ގައްދޫ
-
ހޯމަ، ޑިސެންބަރު 24 2007، 22:28
މައުމޫނުގެ މޫނުމަތި ރީތިކުރަން ދައުލަތުގެ ޚަޒާނާއިން މިހާ ބޮޑު ހޭދަކުރުމުން މައުމޫނު މިކަމަށް ޒިންމާ އުފުލަން ޖެހޭނެ. ދަނބިދަރި ޝުއައިބާއި ބަފާބެ މައުމޫނު ގުޅިގެން މިފަދަ ބޮޑެތި ޚަރަދު ކުރިގޮތާއި މިކަމުގައި އެކުލެވުނު ކޮންޓްރެކްޓާއި އަދި ދެއްކި ފައިސާގެ ތަފްޞީލު މައުމޫނު ހާމަކުރަންޖެހޭނެ.
-
ހޯމަ، ޑިސެންބަރު 24 2007، 22:30
ހަސަނު ސައީދު ބުނީ ހަމަ ރަނގަޅުވާހަކަ. ރާއްޖޭގެ ސަރަހައްދުގެ ބައެއް ހިމާޔަތްކުރަން ފައިސާ ނުލިބުނު އިރު މައުމޫނުގެ މޫނުމަތި ރީތިކުރަން މިހާބޮޑު ޚަރަދުކުރަން ޖެހުނުގޮތް މިއީ ހައިރާންވާންޖެހޭކަމެއް.
-
ހޯމަ، ޑިސެންބަރު 24 2007، 22:32
ލަފާކުރެވޭގޮތުން މިއީ ނަޝީދާއި ޝަހީދު ގުޅިގެން މައުމޫނު ހައްޖަށް ދިޔަ ދަނޑިވަޅުގައި މައުމޫނު ފަޅާއަރުވާލަން ރޭވި ރޮކެޓެއް!
-
ހޯމަ، ޑިސެންބަރު 24 2007، 22:57
އިންފޮމޭޝަން މިނިސްޓަރ ނަޝީދުގެ އިސްނެންގެވުމުގެ ދަށުން ތިގޮތަށް ގިނަ ކަންތައްތަކެއް ފަޅާ އަރާނެ ކަމަށް އުންމީދުކުރަން! ނަޝީދުގެ ރޭވުން ތެރިކަން ވަރަށްމޮޅު، ޔާމީނުގެ ގުރޫޕުގައި ނަޝީދު ހުރެގެން މައުމޫނު ބޭޒާރުކުރަން އެކި ސިފަސިފާގައި ތިޔަ ހިންގައިދެނީ ވަރަށް ރަނގަޅު ކެމްޕޭނެއް!
-
ހޯމަ، ޑިސެންބަރު 24 2007، 23:00
ޝަހީދުވަރުގެ ގޯސްމީހަކު ނެތްކަން ދައްކަން ސަރުކާރުން ތިޔަކުރި ކަމަކުން ތޮޔަ ފޮށާބޭލެނީ މައުމޫނާއި އޭނާގެ ސަރުކާރުގެދޯ، ޢަބްދުﷲ ޝާހިދުވެސް މީ ރިފޯމިސްޓަކަށް ވާންވެގެން އުޅުނީ މިނިސްޓަރު ކަމަކަށް ބޭނުން ވެގެންތާދޯ؟ ކުރިންވެސް އިނގޭ ޝާހިދުއަކީ ވަރަށް ކޮރަޕްރަޕްޓް މީހެއްކަން، މައުމޫނުގެ ސަރުކާރު ޕްރޮމޯޓުކުރަން ކީއްވެގެން ރައްޔިތުންގެ ފައިސާއިން ޚަރަދު ކުރަންޖެހެނީ؟
-
ހޯމަ، ޑިސެންބަރު 24 2007، 23:01
މިހާރުތިއުޅެނީ ވެރިކަން ބޭނުންވެގެން.އިބުރޭ
-
ހޯމަ، ޑިސެންބަރު 24 2007، 23:03
މައުމޫނެވެ. ކަލޭގެ ވެރިކަމުގައި ރައްޔިތުންގެ ފައިސާއިން ހާދަ ބޮޑެތި އިސްރާފުތައް ތިގޮތަށް ކޮށްފާހުންނާނޭދޯ، އަދި އަހަރެމެންނަށް ނޭންގުނަސް. އިސްތިއުފާދޭންވީ ޝަހީދެއްނޫން، އިސްތިފާދޭންވީ ތިރީސްއަހަރު ވެރިކަންކުރަމުންދާ މައުމޫނު!
-
ހޯމަ، ޑިސެންބަރު 24 2007، 23:06
މައުމޫނު އަމިއްލަ ފައިދާއަށް ސަރުކާރުން ތިޔަ ޚަރަދުކުރި ހަތާވީސްމިލިއަން ރުފިޔާ އެކަމަށް ހަރަދުނުކޮށް ހުޅުމާލޭގައި ފުލެޓު އެޅިނަމަ މިހާރުގެ އަގުންބެލިއަސް އެންހާހަށް ވުރެ ގިނަ ފުލެޓު އެޅުނީސް، އަދި މިހާރު އެތަންތަން ހުރީހީވެސް ނިމިފައި. ހަމަ ޔަގީނުންވެސް ދިހަވަރަކަށް ހާސް މީހުންނަށް ބޯހިޔާވަހިކަން ހޯދައިދެވުނީސްދޯ. ބަޖެޓު ނޯންނަނީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއްކުރަންވީމާ! މައުމޫނުގެ އަމިއްލަ ބޮނޑީ ބަންނަންވީމާ ފައިސާ އޮންނަނީ އޮހިއޮހިދޯ؟
-
ހޯމަ، ޑިސެންބަރު 24 2007، 23:17
މަޖިލިހަށް މިމައްސަލަ ހުށައެޅުން ލަސްކޮށްލަންޖެހިދާނެ... ސަބަބަކީ މިކަމުގެ ސަބަބުން ބަންގާޅިންނާއި ބޭރުގެ އެހެންޕާޓީތަކުން މައުމޫނުގެ ސަރުކާރަށް ނުފޫޒުފޯރާވަރު ފެނިގެންދާނެތީ... އޭރުންއޮންނާނި ފޮރިން ފަސްލޭޑީ އަކާއި ފޮރިން ދަނބިދަރިންގެ ނުފޫޒާބެހޭ ގޮތުން ބަޙުޘް ކުރަންޖެހިފަ... މަށަށްހީވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރީންނާއި ކާފަދަރީން ބޭރުމީހުންނާއި އިނުން މަނާކުރާ ބާބެއް ޤާނޫނުއަސާސީގައި ހިމަނަން ލަސްވެއްޖެހެން....
-
އަންގާރަ، ޑިސެންބަރު 25 2007، 00:52
ަ ޢަޙަރެން ހިތައް އަރާ އަދި މިކަހަލަ ކިތައްކަންތައް ފޮރުވިފަ ވާނެބާއޭ؟
-
އަންގާރަ، ޑިސެންބަރު 25 2007، 08:07
މިކަންތަށް ޝަހީދުއަށް އިގޭއިރު ކީއްވެ މިއަދާހަމައަށް ސިއްރުކުރީ ؟ ޝަހީދުގެ ވާހަކައިގާ މިކަމާ ގުޅިގެން އަދި ނުބުނެ ސިއްރުކޮށްފައިވާ ބައިވަރު ވާހަކަ އެބަހުރި. ކީއްވެ އަދިވެސް އެވާހަކަތަށް ނުބުނެ ސިއްރުކުރަނީ؟ މަޖުލީހަށް މައްސްލަ ހުށައަޅައި ފިއްޔާ އިތުރަށް ފަޅާ އަރުވާލާނެކަމަށާއި އަދި އިތުރަށް މައުމޫނު ބޭޒާރު ވާނެ ކަމަށް އެބަބުނޭ. ސިއްރު ނުކޮށް މިހާރު ތަފްޞީލް ހާމަކުރުން މާރަގަޅުވާނެކަމަށް ދެކެން. .... ކީއްވެ.. ؟ ކޮންމެ ބައެއްގެ ތެރޭގައި އުޅުނަސް ވެރިކަން ކުރާނަމަ އާއްމު މަސްލަހަތަށްޓަކައި ހިފަހައްޓަންޖެހޭ ސިއްރުތަކެއް ހުންނާނެ ދޯ . ސަހީދުގެ އަމަލުތަކަކީ ވަރަށް ފިޑި އަމަލުތަކެއް . މިފަދަ ވާހަކަ ދައްކާނަމަ އެކަމެއް ވީވަގުތު މިކަމާ އުޅެންޖެހޭނެ. މިގޮތަށް ކަންތަށް ވުމުން . އަޅުގަޑު ) އެމް.ޑީ.ޕީ.ގެ މެންބަރެއްގެ ހައިސިއްޔަތުން ( ޝަހީދުއަކަށް އިތުބާރެއް ނުކުރަން. ހީވާގޮތުން މިފަދަ ކަންކަން މިހާރު ފަޅާއަރުވާލުމުން އާއްމުންނަށްވެސް އުފެދޭނެ މިފަދަ އެތަކެއް ސުވާލެއް ހުންނާނެ. ތީވަރަށް ފިޑި ސޮރެއް. މައުމޫނާއެކު ގައުމުހަލާކުކޮށްފައި މިހާރު ބޯދަމާ ގަނެވޭތޯ މަސައްކަތް ކުރާކަމަށް އަޅުގަޑު ދެކެން.
-
އަންގާރަ، ޑިސެންބަރު 25 2007، 08:53
ތަން ދޮވެލައިގެން މައުމޫނު ދާއިރުވެސް ދިވެހި ރައްޔިތުން ތިޔަ ތިބެނީ ލޯމަރާލައިގެން . އެހެން ކަމަކު ނުދާނެ. އެއީ ހަމައެކަނި މައުމޫނުގެ ހައްގެއް ނޫނޭ. މިހާރުން މިހާރަށްވެސް ރައްޔިތުން ނިކުމެ މިވެރިކަން ނިންމާލަން ޖެހިއްޖެ. އެހެން ނޫނީ މިގައުމެއް އަބުރާ ދިވެހިންނަކަށް ނުލިބޭނެ. އަވަސްކުރޭ. ސޮނީ
-
އަންގާރަ، ޑިސެންބަރު 25 2007، 09:39
ކޮށްފައިހުރިކަންތައް ފަޅާއަރާތީ، ޑރ. ޝަހީދު މިހާރު ތިއުޅެނީ އަމިއްލަ ދިފާއުގައި ކިޔޭ ނުކިޔޭ އެއްޗެއް ނޭނގިގެން. ތިޔަ ހުރިހާ ކަމެއްގެ ކަމެއްގެ ހަޤީޤަތް ރަތްޔިތުންނަށް އެނގެން ބޭނުންވާނެކަން ޔަޤީން. އެހެންވީމާ، މަޖިލިހަށް ހުށއަޅައިގެންވެސް އެކަން ބަލަންވީ. ނަޝީދު ހުށަ ނަޅައިފިނަމަ ޑރ. ޝަހީދު ނަމަވެސް އެމައްސަލަ ހުށަހަޅަންވީ، ތިހާ ރަނގަޅުމީހެއްވިއްޔާ. ނިންމާލުމުގެ ކުރިން އަދި ޝާހިދުއަށް ބުބެލަން އޮތީ މަނިކުފާނު ތިޔައީ ޝަރުކާރުގައި ހުންނެވިއިރު އެމް. ޑީ. ޕީ އަށް ނިސްބަތްކޮށް އެމް. ޑީ. ޕީ ގެ ޖަނާޒާއޭ ވިދާޅުވީ ކީއްވެގެންހޭ؟
-
އަންގާރަ، ޑިސެންބަރު 25 2007، 09:44
ރައްޔިތުންގެ މަޖިލިސް މިކަމުގެ ތެރެޔަށް ވަދެ މައްސަލަ ބެލުމަށްފަހު މިހާގިނަރައްޔިތުންގެ ފައިސާތަކެއް ތިމާގެ އަމިއްލަ މަސްލަހަތައްޓަކާ ބޭނުން ކުރީތީ އެކަމުގައި ޒިންމާވާމީހުންނަށް އަދަބުލިބެންވާނެ. ރައްޔިތުންގެ އަސާސީ ބެނުންތައް ނުފުދެނީސް މީތަންކޮޅެއްބޮޑުވަރު.
-
އަންގާރަ، ޑިސެންބަރު 25 2007، 11:34
ޝަހީދަށް ހަމަ ސާބަސް! ނަމަވެސް، ވިސްނަވައިގެން އުލުއްވާތި. ކޮންމެފަދަ އަނިޔާއެއްވެސް ޝަހީދަށް ކޮށްފާނެ!
-
އަންގާރަ، ޑިސެންބަރު 25 2007، 14:26
ޑޮކްޓަރު ޝަޙީދަކީ ވަރަށް ތާކުންތާކު ނުޖެހޭ ބޭފުޅެކެވެ. ދެއަގައިން ވާހަކަ ވިދާޅުވުމަށް ތިޔަވަރުގެ ޝަޚުޞިއްޔަތެއް މިވަގުތު ހަމެނެތޭ ދެންނެވިދާނެއެވެ. އަޅުގަނޑު ކުރިން ޝަޙީދަށް ވަރަށް ގަދަރުކުރީމެވެ. އެހެންނަމަވެސް މިހާރު ތިޔައީ ވަރަށް ހެއްވާ ބޭފުޅަކަށް ވެއްޖެއެވެ. ސިޔާސީ ޝަޚުޞިއްޔަތަކަށްވުމަށް ތިޔަ އުޅުއްވާ ގޮތްގަނޑު އަދި ކަމަކު ނުދެއެވެ. ޢިލްމުވެރިކަން ހުއްޓަސް އަދި ޙިލްމް ނެތިއްޔާ މީހަކަށް ނުވެޔޭ މީހުން ކިޔަނީ ތިޔަފަދަ ބޭފުޅުންވެސް ތިއްބަވާތީ ތާއެވެ. އަޙުމަދު/ފުވައްމުލައް
-
އަންގާރަ، ޑިސެންބަރު 25 2007، 14:41
ބުރުމާއަށް ކޮރަޕްޝަނެއްކަމަށް ހީވަނީ މުޖުތަމަޢަށް ފައިދާ ހުންނަ ކަންކަމަށް ޚަރަދު ކުރުމަށް ޚާއްޞަވެފައި ހުންނަ ފައިސާއިން އެފަދަ ޕރޮޖެކްޓަކަށް ފައިސާ ދިނުމަށް، އެފައިސާތައް ދޭ ޤައުމުން އަންގައިގެން ފައިސާ ދޭން ޖެހިއްޖެނަމައެވެ. ތިކަހަލަ ކަންތަކަށް ތިވަރުގެ ބޮޑެތި ޚަރަދުތައް ކޮށްލާ އިރު މިހެދެނީ ކޮރަޕްޝަން ކަމެއް އޭނާއަކަށް ނޭގޭތާއެވެ. ޙަޤީޤަތް ދަންނަ މީހެއް.
-
އަންގާރަ، ޑިސެންބަރު 25 2007، 15:30
ޑރ. ޝަހީދަކަސް މިހާރު މިވާހަކަތައް ދައްކަވާކަށް ރީއްޗެއް ނޫނެވެ. މިހެނީ އެމަނިކުފާނަކީވެސް މިކަމުގެ ބައިވެރިޔެއްކަން އަމިއްލަ އަށް ޤަބޫލުފުޅު ކުރައްވާ، އެހެނަސް މިއަދު މިވާހަތައް މިދައްކަވަނީ ތިމާއަށް އިގިލި ދިއްކުރެވެން ފެށުމުން އެކަމުން ސަލާމަތްވުމަށެވެ. ޙަޤީޤަތަކީ ރައްޔިތުންގެ މާލިއްޔާއިން މިވަރުގެ ބޮޑު ޚަރަދެއް ކޮށްގެން ހިންގިފައިވާ ވަކިބަޔަކަށް ފައިދާ ކުރި މަޝްރޫޢެއްގެ އާރުކާޓީކަން ކުރައްވާފައި އެކަން މިއޮތީ އަމިއްލަޔަށް ޤަބޫލުފުޅު ކުރައްވާފައެވެ. މިހެންކަމުން މިފަދަ ބޭފުޅުންނަށް ކުރެވޭނީ ކޮން އިތުބާރެއްތޯއެވެ. ބަކަރި
-
އަންގާރަ، ޑިސެންބަރު 25 2007، 15:32
ކޮންމެމީހަކުވެސް ވެރިކަން ނުލިބުނީމަ ތެޅޭ ތެޅުނ ދޯ. އަި ހަސަން ސަޢީދު ދައްކާލާނީ ކޮނަފަދަ ވާހަކައެއްކަމެއް ނޭންގެ. މިހާ ހިސާބުން ޝަހީދަށް ކުރި އިތުބާރު ގެއްލުނީ... ދެން ޓާޓާ ކިޔާފަ ރާއްޖެއިން ބޭރުވޭ. އައްޗީޑި
-
އަންގާރަ، ޑިސެންބަރު 25 2007، 16:26
އަހަރެން އަބަދުވެސް މިބުނާ ވާހަކައަކީ މައުމޫނު ކަނޑައަޅާ އޭނަގެ މިނިސްޓަރެކޭ ޖަޕާނުގެ ޗާބީދޭ ބުދެކޭ އެއްފަދައޭ. އެހެންނަމަވެސް މިފަހަކަށްއައިސް މިނިސްޓަރުކަން ދިން ބައެއް ޒުވާން މޮޅު މީހުންނަށް އެކަން އެނގި ރަނގަޅަށް ކުޅިސަމާ ފެންނަން ފެށީމާ އިސްލާހުކުރެވޭތޯ މަސައްކަތްތަކެއް ކޮށްގެން ކާމިޔާބުނުވާނެކަން އެނގުނީމާ މިނިސްޓަރުކަމާ ދުރުއެވަނީ އަމިއްލައަށް. ޝަހީދު، ހަސަން ސައީދު އަދި ޖަމީލު މެންފަދަ މީހުންނަށް ހަމަ ސާބަސް! ޝައުޤީ މެން ނަޝީދުމެން ޒާހިޔާ މެންނަކީ މަޤާމުގެ ދަހިވެތި ކަމުގައި އޭގެ ނުފޫޒުގައި އަރާމާ އުފާ ޙާސިލްކުރަމުންގެންދާ މީހުން. އެމީހުން ނަށާނެ ޖަހާ ކޮންމެ ބެރަކަށްވެސް. ވަރިހަމަ ފައިހަމަ ކުރަން ނޭގުނަސް. ބަލަގަ، މައުމޫނަށް ބޭނުންވަނީ އާދަމް ޒާހިރާ މުހައްމަދު ޒާހިރު އެކަނި.
-
އަންގާރަ، ޑިސެންބަރު 25 2007، 17:01
ސުނާމީ އަރައިގެން ރާއްޖޭގެ އިޤްތިސާދު ހަލާކުވީ ވާހަކަ މާގިނައިން ދިވެހި ސަރުކާރުން ދައްކާތީ ކުރިން ޤަބޫލް ކުރެވުނު. ނަމަވެސް މިވާހަކަ މާގިނައިން ދެއްކުމުގެ މަޤްސަދާ، ދިވެހިރައްޔިތުންގެ ފައިސާއަށް ހެދިގޮތް މިއެގެނީ. ސުނާމީގަ ޙާލުގަ ޖެހުނު ނިކަމެތި ރައްޔިތުން ޓިނު ޖިފުޓިގަ. މައުމޫނު ބެންޒް ކޮޅުގަ އެމަނިކުފާނުގެ މަގާމު ދިފާއުކުރުމަށްޓަކައި ރައްޔިތުންގެ ޚަޒާނާއިން ޚިޔާނާތްތެރި ވަނީ. އެޗް އެންޑް ކޭ އަށް އެންމެ ބައި ލާރި ދިނުމަކީވެސް ޚިޔާނާތެއް. -ހަސަން-
-
އަންގާރަ، އޯގަސްޓް 5 2008، 08:18
ބިތުފަންގި ނެގެން ފަށަނީ އެވެ. ތީމުގޭން ނިކުންނަން ޖެހޭ ގަޑިކައިރިވަނީއެވެ.