
އަނީސާއަށް އިތުބާރު ނެތްކަމަށް ޕެޓިޝަނެއް ހުށަހަޅަނީ
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އިދާރީ ކޮމެޓީގެ މުޤައްރިރު މ އަތޮޅު މެންބަރ އަނީސާ އަހުމަދަށް އެކޮމެޓީގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ ޕެޓިޝަނެއް ހުށަހަޅަން އުޅުއްވާ ކަމުގެ މައުލޫމާތު ޖަޒީރާ ނޫހަށް ވަރަސް މުއުތަބަރު ގޮތެއްގައި ލިބިއްޖެއެވެ.
ޖަޒީރާއަށް މައުލޫމާތު ލިބުނު ގޮތުގައި އެޕެޓިޝަންގެ ސޮއިކޮށް ހުށަހެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާގެ ވަގުތެއްގައި އެޕެޓިޝަން ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ހުށަހަޅާނެއެވެ.
މިއަދު އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އިދާރީ ކޮމެޓީގެ ޖަލްސާވެސް ވަނީ ކޯރަމް ގެއްލިގެން ކުރިއަށް ނުގެންދެވިގެން ހުއްޓާލާފައެވެ.
މިއަދުގެ އިދާރީކޮމެތީގެ ޖަލްސާ ދޫކުރައްވާ ފުރަތަމަ ނިކުމެވަޑައިގެންނެވި ލ އަތޮޅު މެންބަރ މުހައްމަދު ނައީމް ވިދާޅުވީ ޖަލްސާއިން ނިކުމެވަޑައިގަތީ ޤަވާއިދާ ކޮމެޓީގެ ރިޔާސަތުން ކަންތައްތައް ކުރައްވާގޮތުން ކަމަށެވެ.
”މަޖިލީހުގައި ހުރި ވަރަށް ބޮޑެތި މައްސަލަތަކެއްގެ ވާހަކަ އަޅުގަނޑުމެން ވާނީ ހުށަހަޅާފައި. އެކަމަކު މިއަދު ދެއްކީ ޗުއްޓީގެ ވާހަކަ“ މިހާރު އުފެއްދުމަށް މަސައްކަތް ކުރާ ސިޔާސީ ޕާޓީ ނޭޝަނަލް ކޮންގްރެސްގެ ވަގުތީ ރައީސް މުހައްމަދު ނައީމް ވިދާޅުވިއެވެ.
ނައީމް ވިދާޅުވީ ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އިދާރީ ކޮމެޓީން ނިންމާފައި ރައީސަށް ހުށަހަޅާފައިވާ ކަންތައްތައް ނުކުރުމާއި އިދާރީ ކޮމެޓީގެ ލަފަޔާ އެއްގޮތަށް އެއްވެސް ކަމެއް މިހާރު ނުގެންދިއުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.
ކޮމެޓީގެ މުޤައްރަރުގެ ނައިބު މުހައްމަދު ޝިހާބު ވިދާޅުވީ ކޮމެތީގެ މަސައްކަތްތަކަށް ކޮމެޓީގެ މުޤައްރަރު އަނީސާ އަހުމަދުގެ ސަބަބުން ހުރަސްތަކެއް އެޅެމުން ދާތީ އެކަމަނާއާމެދު ކޮމެޓީގެ މެންބަރުން ވިސްނަވާ ކަމަށެވެ. އަދި އެކަން ވަރަށް އަވަހަށް ކުރައްވާނެ ކަމަށްވެސް ޝިހަބު ވިދާޅުވިއެވެ.
-
ބުރާސްފަތި، މޭއި 3 2007، 00:41
މިކަބުލޭގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން މިހާރު ވަރަށް ލަސްވެސް ވެއްޖެއެވެ. ހީވަނީ ދެންމިވަރުގެ ކަބަލަކު ނެތްހެނެވެ. އަވަހަށް ތިކަންކުރެވޭތޯ ބައްލަވާށެވެ.