ކުއްލި ޚަބަރު: އެމް.ޓީ.ޑީސީ ގެ ފުރަތަމަ އާއްމު ޖަލްސާ ކޯރަމް ހަމަ ނުވުމުގެ ސަބަބުން ކެންސަލު ކޮށްފި.

މަސްއޫދު ހިލްމީ މޭއި 1 2007، 23:59 0 ޚިޔާލު

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕްރޭޝަން (އެމް.ޓީ.ޑީ.ސީ) ފުރަތަމަ އާއްމު އަހަރީ ޖަލްސާ ކޯރަމް ހަމަ ނުވުމުގެ ސަބަބުން މިރޭ ކެންސަލްކޮށްފި އެވެ. މިރޭ 8.15 ގައި ދަރުބާރުގޭގައި ފެށުމަށް ހަމަޖެހިފައިވާ މިޖަލްސާ އަށް ވަޑައިގަތީ ޕްރޮކްސީ އާއި އެކު 2447 މީހުން ނެވެ. މިޖަލްސާގެ ކޯރަމް ހަމަވަނީ ހިއްސާ ދާރުންގެ އަގްލަބިއްޔަތު ލިބިގެން ނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުންފުނީގައި 23000 އަށް ވުރެ ގިނަ ހިއްސާ ދާރުން ތިބޭ އިރު ކޯރަމް ހަމަވާނީ 11000 އަށް ވުރެ ގިނަ މެމްބަރުން ހާޒިރުވުމެން ނެވެ. އަސާސީ ގަވައިދު ބުނާ ގޮތުން ޖަލްސާ އެއް ބޭއްވޭނީ ބަންދު ނޫން ދުވަސްތައް ފިޔަވައި 14 ފަހުން ނެވެ.

އެމް.ޓީ.ޑީ.ސީ އަކީ ޓޫރިޒަމް އިންޑަސްޓްރީގައި ރައްޔިތުންގެ ހިއްސާ އިތުރު ކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ޕަބްލިކް ކުންފުންޏެކެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv