ގާސިމް އިބްރާހިމްގެ ރަނިންމޭޓަކަށް ވާނީ

މުހައްމަދު ނަޝީދު(ކުއްޓި)
ޝަހީދު ޒަކީ
ޑރ. ޝައުގީ
ޑރ. މުނައްވަރު
އެހެން މީހެއް

ނަތީޖާ ބައްލަވާ

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު މިއަހަރު 8 ވަނަ ފަހަރަށް ބޮޑުކޮށްފި

މުހައްމަދު އަފްރާޙް އޮކްޓޫބަރ 23 2007، 16:35 0 ޚިޔާލު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއުގުޅިގެން އެސްޓީއޯއިން ވިއްކަމުން ގެންދާ ޕެޓްރޯލާއި ޑީސަލުގެ އަގު މިއަހަރު އަށްވަނަ ފަހަރަށް ބޮޑުކޮށްފި އެވެ.

އެސްޓީއޯއިން ނެރިފައިވާ ނޫސްބަޔާނެއް ގައި ބުނެފައިވަނީ މިފަހަރު ޕެޓްރޯލާއި ޑީސަލުގެ އަގަށް މިއަހަރު އަށްވަނަ ފަހަރަށް ގެނެވުނު ބަދަލާއި ގުޅިގެން މިހާރު ޕެޓްރޯލު ލީޓަރެއް ވަކިން ވިއްކާނީ 9.25 ރ އަށް އަދި ޑީސަލް ލިޓަރެއް ވަކިން ވިއްކާނީ 9.10ރ އަށެވެ.

އެސްޓީއޯއިން ކުރިން ޕެޓްރޯލް ލިޓަރެއް ވިއްކަމުން އައީ 9.05ރ އަށެވެ. އަދި ޑީސަލް ލީޓަރެއް 8.65 ރ އަށެވެ.އެސްޓީއޯއިން މިފަހަރު ޕެޓްރޯލާއި ޑީސަލުގެ އަގަށް މިގެނައި ބަދަލުގެ ސަބަބުން މިހާރު ޕެޓްރޯލު ލީޓަރަކުން ވަނީ 20 ލާރިވަނީ ބޮޑުވެފައެވެ. އަދި ޑީސަލް ލީޓަރަކުން 45 ލާރި ވަނީ ބޮޑު ވެފައެވެ.

މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ މިއިން ދުވަހަކު ނުއުފުލޭ ވަރަށް އުފުލިފައެވެ. އެގޮތުން މިހާރު އެމެރިކާގެ ބާޒާރުގައި ސާފުނުކުރާ ތެޔޮފީފާއެއް އުޅެނީ 90.70 އެމެރިކާ ޑޮލަރާއި ގާތްކުރާ އަގެއް ގައެވެ. މިއީ މިއަހަރުގެ މިހާތަނަށް ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އެންމެ ބޮޑަށް އުފުލުނު ދެވަނަ ފަހަރެވެ. މިއަހަރު އެންމެ ބޮޑަށް ދުނިޔޭގެ ބާޒާރުގައި ތަލުގެ އަގު އުފުލިފައި ވަނީ މިއަހަރުގެ ޖޫން މަހުއެވެ.އެއީ ފިފާއެއް 69 އެމެރިކާ ޑޮލަރަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv