މަޝްހޫރު ފިލްމީތަރި ނިއުމާގެ 3 ވަނަ ކައިވެނި އިހަވަންދޫގައި އިއްޔެ ކޮށްފި

ހަސަން ޒަހީން އޮކްޓޫބަރ 23 2007، 16:31 0 ޚިޔާލު

މަޝްހުރު ފިލްމީތަރި ނިއުމާ މުހައްމަދުގެ ކައިވެނި އިއްޔެ މެމްދުރު ފަހު 13:20 ގައި ހއ.އިހަވަންދޫ ކޯޓްގައި ކޮށްފިއެވެ.

އިހަވަންދޫ ކޯޓުގެ ގާޒީ އާދަމް ގާސިމް އެކަންވަނީ މި ނޫހަށް ކަށަވަރު ކޮށްދެއްވާފައެވެ. ނިއުމާގެ ތިންވަނަ ކައިވެނއްޏާއި ބެހޭގޮތުން އޭނާ އެއްވެސް ކޮމަންޓެއް ދިނުމަށް އިންކާރުކުރެއެވެ. މި ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި ނިއުމާ ކައިވެނިކޮށްފައިވަނީ ލ.އަތޮޅު ކަޅައިދޫއަށް އުފަން ހަސަނު ކިޔާ ޒުވާނަކާއެވެ.

ނިއުމާ ހއ.އިހަވަންދޫގައި މިހާރުދަނީ ދެކެދެކެވެސް ޕްރޮޑަކްޝަނުން އުފައްދާ ހިތްރޮއްވާ ނުލާގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމުގައި ލީޑް ރޯލް ކުޅެމުންދަނީ ނިއުމާއާއި ޔޫއްޕެއެވެ.

ނިއުމާ އެންމެ ފުރަތަމަ ކައިވެއްޏެއް ކޮށްފައިވަނީ ރ.އަތޮޅު އަލިފުށީ ޒުވާނެއްކަމުގައިވާ ހަބީބުއާއެވެ. އެކައިވެނި މާގިނަ ދުވަހެއްނުވެ ރުއްޅުމާއެކު ނިއުމާގެ ދެވަނަ ކައިވެނި ކޮށްފައިވަނީ މަޝްހޫރު ފިލްމީ ތަރި އަލީ ސިޒާނުއާއެވެ. މިކައިވެނިވެސްވަނީ ރުއްޅިފައެވެ. އިއްޔެ އިހަވަންދޫގައި ކުރެވިގެންދިއަ ނިއުމާގެ ތިންވަނަ ކައިވެނީގެ މައުލޫމާތު ދިނުމަށް ނިއުމާވަނީ އިންކާރު ކޮށްފައެވެ


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv