މޭލޭގެ އިންފްލޭޝަން ރޭޓް 7.5 އިންސައްތަ މަތިވެއްޖެ

އަބްދުﷲ ފާއިގް އޮކްޓޫބަރ 13 2007، 16:32 1 ޚިޔާލު

ހުސްވި ސެޕްޓެމްބަރުމަހާއި މިދިޔަ އަހަރުގެ ސަޕްޓެމްބަރުމަހާއި އަޅާބަލާއިރު މާލޭގެ އިންފްލޭޝަން ރޭޓް 7.5 އިންސައްތަ މަތިވެފައިވާކަމަށް މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓުން ބުނެފި އެވެ.

ޕްލޭނިންގް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައިވާ ގޮތުން ހުސްވި އޯގަސްޓް މަހާއި އަޅާބަލާއިރު މިމަހު މާލޭގެ އިންފްލޭޝަން ރޭޓް 0.5 އިންސައްތަ މަތިވެފައިވާ ކަމަށެވެ. މިއަހަރުގެ އޮގަސްޓު މަހާއި އަޅާއިބަލާއިރު ސެޕްޓެމްބަރ މަހު މާލޭގެ ޖުމްލަ އިންފްލޭޝަން ރޭޓް 0.5 އިންސައްތަ މަތިކަމަށާއި އަދި ހުސްވި މަހު މާލޭގެ ބާޒާރުގެ އަގުތަކަށް ބަލާއިރު މައިގަނޑުގޮތެއްގައި އަގު ބޮޑުވެފައި ވަނީ ކާބޯތަކެތީގެ ބާވަތްތައްކުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އޯގަސްޓް މަހުގެ އެވްރެޖް އަގުތަކަށް ބަލާއިރު, ހުސްވި މަހު 5 އިންސައްތަ އަށްވުރެއް ބޮޑަށް އަގުއުފުލިފައިވާ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރޭގައި މޭވާގެ ބާވަތްތައް ހިމެނެ އެވެ. މީގެ ތެރޭގައި ދޮންކެޔޮ, އާފަލު, ދަޅުއަލަނާސި އަދި ބައެއް ތަރުކާރީ ހިމެނެ އެވެ. މީގެ އިތުރުން ބިސް ފިނިކުރިބީފް އަދި ފަރުމަސް ވެސް ހިމެނޭކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެ އެވެ.

މިއަހަރުގެ އޯގަސްޓް މަހާއި އަޅާބަލާއިރު ސެޕްޓެމްބަރު މަހު މާލޭގެ ޖުމްލަ އިންފްލޭޝަން ރޭޓް 0.5 އިންސައްތަ މަތިކަމަށާއި ކަނޑުމަސް ނުހިމަނާ ކާބޯތަކެތީގެ ބައިގެ އިންފްލޭޝަން 2.5 އިންސައްތަ މަތިވެފައިވާކަމަށެ އެވެ. އަދި އޯގަސްޓްމަހުގައި މަހުގެ އަގުތައް 42 އިންސައްތަ ބޮޑުކޮށް ހުރުމުން ސެޕްޓެމްބަރުމަހާއި އަޅާބަލާއިރު އެވްރެޖްކޮށް މަހުގެ އަގުތައް ބޮޑުވެފާނުވާކަމަށް ވެސް ޕްލޭނިންގް މިނިސްޓްރީން ބުނެ އެވެ.

ޕްލޭނިންގް މިނިސްޓްރީންބުނީ ވޭތުވެދިޔަ 12 މަސްދުވަހާއި (2007 ސެޕްޓެމްބަރ އިން 2006 އޮކްޓޯބަރަށް) އޭގެ ކުރީގެ 12 މަސްދުވަހާއި ( 2006 ސެޕްޓެމްބަރ އިން 2005 އޮކްޓޯބަރަށް) އަޅާ ބަލާއިރު މާލޭގެ އިންފްލޭޝަން ރޭޓް ވަނީ 5.1 އިންސައްތައަށް މަތިވެފަ އެވެ.

ސީ ޕީ އައި އަކީ ބާޒާރުގެ އަގުތަކަށް އަންނަބަދަލުތައް ދެނެގަތުމަށް ޓަކާ ބޭނުންކުރާ މިންގަނޑެކެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ސަރުކާރުގެ މުއައްސަސާތަކުން ކުރާ ލަރަދު ކުޑަ ކުރުމަށް ރައީސް މައުމޫނު ގޮވާލައްވާ ކަމުގަވާނަމަ އެ މަނިކުފާނު ރައްޔިތުންނަށް ނަމޫނާ ދައްކަވަން ޖެހެއެވެ.. އެގޮތުން އެންމެ ފުރަތަމަ ތީމުގޭ ބަޖެޓުން ދުވާލަކު 3 ލައްކް އުނިކުރަން ޖެހެއެވެ.. އެއިރުން މިހާރު ތީމުގޭ ތެރެއަށް ކުރެވޭ އިސްރާފު ތަންކޮޅެއް ކުޑަ ކުރެވޭނެ އެވެ.. އެހެންނޫން ކަމުގަވާނަމަ ބެލެވޭނީ އެމަނިކުފާނުންގެ އެގޮވާލުމަކީ އާދައިގެ މަތިން ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަން ގޮވާލެއްވި ގޮވާލުމެއް ކަމުގައެވެ..

    އަންގާރަ، ޖުލައި 8 2008، 23:14
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv