ދިގު ފިލްމެއްގެ މަސައްކަތް ޑައިރެކްޓަރ އަމްޖޭފަށަނީ
މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ) ދިގު ފިލްމެއްގެ މަސައްކަތްފެށުމަށް ތައްޔާރުވަމުން ދާކަމުގައި އޭނާ ބުނެފިއެވެ. އަމްޖޭ ބުނީ އޭނާ މިހާރު ހަދަންފެށުމަން ތައްޔާރުވަމުންދާ ދިގުފިލުމަކީ ލޯބީގެ ރީތި ވާހަކައެއްގެ މައްޗަށް ތައްޔާރުކުރަމުންދާ ފިލުމެއް ކަމަށެވެ. .މި ފިލުމު ހެދުމަށްޓަކައި މިހާރު އޭނާ ދަނީ ފިލްމްގެ ސްކްރިޕްޓް ތައްޔާރުކުރުމުގެމަސައްކަތް ކުރަމުންނެވެ.
” މިހާރު ިމދަނި ކަރުދާހުގެ މަސައްކަތްކުރަމުން. ފިލުމުގެ މަސައްކަތްފެށުމަށްވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރުވަނީ ނިމިފައި, ތަރިންވެސް ނަގައިފިން,ނަން އަދި ހާމަނުކުރާން މިއުޅެނީ މިނިސްޓްރީގެ ކަންތައް ނުނިމޭތީ.’’ އަމްޖޭބުންޏެވެ.
އަންނަ ހަފްތާގައި މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ފިލްމަކީ މާލޭގައިޝޫޓްކުރާ ގޮތަށް ތައްޔާރުކުރަން ފަށާ ފިލްމެކެވެ. މަނިކު, ޝީލާ އަދި މަޝްހޫރު މިއުޒީޝަން ޙުސައިން ޞަބާޙްގެ ކޮއްކޮ ހަރަކާތްތެރިވާ މިފިލްމަކީ އަމްޖަދުޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ ފިލްމެކެވެ.
‘’ މިހާރު މުޅިން ކުޑަކުދިންގެ ފިލްމުތައް މިހަދަނީ. އެހެންވީމަ ދިގުފިލްމެއްވެސް ހަދަންޖެހޭނެއްނު. މިފިލްމަކީ އޮލިމްޕަހުގައި ދެއްކުމަށް އަމާޒުކޮށްގެން ހަދާފިލްމެއް.’’ އަމްޖޭ އިތުރަށް ކިޔައިދިނެވެ.
އަމްޖޭ ބުނިގޮތުގައި މިފިލްމުގެ ޝޫޓިން ދެތިން ހަފްތާގެ ތެރޭގައި ނިންމާލެވޭވަރުވާނެ އެވެ.