ހިތްރޮއްވާނުލާގެ މަސައްކަތް އިހަވަންދޫގައި ކުރިއަށްދަނީ

ހަސަން ޒަހީން އޮކްޓޫބަރ 9 2007، 15:57 1 ޚިޔާލު

ދެކެދެކެވެސް ޕްރޮޑަކްޝަނުން އުފައްދާ ފީޗަރފިލްމު ހިތްރޮއްވާނުލާގެ ޝޫޓިންމިހާރު ހއ. އިހަވަންދޫގައި ކުރިއަށް އެބަދެއެވެ.

އޮލިމްޕަހުގައި ދެއްކުމަށް ތައްޔާރުކުރާ މިފިލްމަކީ ތިނެސްކަން ލޯބީގެވާހަކައެއްގެ މައްޗަށް މުޙައްމަދު ޢަބްދުﷲ (މުޙައްމާ) ހަދަމުންދާ ފިލްމެކެވެ. އޭނާ ބުނީ މިފިލްމަކީ ދިވެހި އޯޑިއޯންސަށް އަމާޒުކޮށްގެން ރުއިމާއިހިތާމަ އެކުލެވޭގޮތަށް ތައްޔާރުކުރާ ފިލްމެކެވެ. ” ފިލްމުބަލާ އޯޑިއޯންސަކީ ބޮޑަށް އަންހެންވެރިން. އެހެންވީމާ މިފިލްމު އަމާޒުކުރަނީވެސް އަންހެން ވެރިންނަށް. މިފިލްމުގެ ބޮޑުބައި އޮންނާނީ ވަރަށްހިތާމަވެރިކޮށް. ރާއްޖޭގަ ފިލްމުބަލާ އޯޑިއޯންސަށް ފިލްމު ކަމުދާނެހެން ހީވަނީ.’’މުޙައްމާ ކިޔައިދިނެވެ.

މިހާރު 60 ޕަސެންޓް ޝޫޓިން ނިމިފައިވާ މިފިލްމުގެ މަސައްކަތް ރޯދަ ނިމިގެންދެތިން ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް މުޙައްމާ ބުންޏެވެ. ޔޫއްޕެއާއިނިއުމާ, މުއާޒު އަދި ސިތޫ ހަރަކާތްތެރިވާ މިފިލްމުގެ ވާހަކައަކީ ޔޫއްޕެގެޚިޔާލެއްގެ މައްޗަށް ލިޔެފައިވާ ވާހަކައަކަށް ފަލާޙް ތައްޔާރުކޮށްފައިވާ ސްކްރިޕްޓެކެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ތިކަހަލަ ސަޅި

    ބުރާސްފަތި، ސެޕްޓެމްބަރ 11 2008، 09:33
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv