
ހިމަންދޫގައި 11 އަހަރުގެ އަންހެންކުއްޖަކު ކައިވެނިކޮށްގެން އުޅޭކަމުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަ ޕޮލިސް ޕޯސްޓަށް ހާޒިރުކޮށްފި
އދ ހިމަންދޫގައި 11 އަހަރުގެ އަންހެންކުއްޖަކު ކައިވެނިކޮށްގެން އުޅޭކަމުގެ ތުހުމަތުގައި އެރަށު ޕޮލިސް ޕޯސްޓަށް ހާޒިރުކޮށްފިކަމަށް އަންހެންކުއްޖާގެ މަންމަ ބުނެފި އެވެ.
އަންހެންކުއްޖާގެ މަންމަ ޖަޒީރާއަށް މައުލޫމާތު ދެމުންބުނީ ކައިވެނި ކުރިކަމުގެ ތުހުމަތުގައި އެނާގެ 11 އަހަރުގެ އަންހެން ދަރިފުޅާ, އަންހެންކުއްޖާގެ ބައްޕަ އެރަށު ޕޮލިސް ޕޯސްޓަށް ހާޒިރުވުމަށް އިއްޔެ އަންގަފައިވާކަމަށާއި ނަމަވެސް ޕޮލިސް ޕޯސްޓަށް ދިޔައީ އަންހެންކުއްޖާގެ ބައްޕައެކަނި ކަމަށް އެނާ ބުންޏެވެ.
” އަޅުގަނޑުގެ ފިރިމީހާބުނީ ދަރިފުޅަކީ އަދި ކުޑަކުއްޖެކޭ, އެނާއެއް ނުގެންދެވޭނެއޭ. އެހެންވެ ފިރިމީހާއެކަނި ދިޔައީ“ އަންހެންކުއްޖާގެ މަންމަ ބުންޏެވެ.
ޕޮލިސް ޕޯސްޓަށް އަންހެން ކުއްޖާގެ ބައްޕަށް ހާޒީރުކޮށްފައިވަނީ އިއްޔެ 2 ޖަހާ އެހާއިރުކަމަށާއި އަދިއެނާގެ ދަރިފުޅުކައިވެނި ކުރިކަމަށް ރަށުތެރޭގައި ދެކެވޭ ވާހަކާއާއި ބެހޭގޮތުން ފުލުހުން އަންހެން ކުއްޖާގެ ބައްޕައަށް ސުވާލުކޮށްފައިވާ ކަމަށް އަންހެން ކުއްޖާގެ މަންމަ ބުންޏެވެ.
” ރަށުތެރޭގައި ދައްކަމުން އެދާ ވާހަކައަކީ ދޮގު ވާހަކަތަކެއް . އޭނާއަކީ އަދި ކުޑަކުއްޖެއް, އެކަމާގުޅިގެން ދަރިފުޅު މިހާރު ހުންނަނީ ވަރަށް ބިރުން. މިމައްސަލަ ކުރިޔަށް ގެންދަން އަހަރުމެން ބޭނުން ” އަންހެން ކުއްޖާގެ މަންމަ ބުންޏެވެ.
މިކަމާ ގުޅިގެން ހިމަންދޫ ކަތީބު އިބްރާހިމް އަބްދުލް ރަހުމާނު ވިދާޅުވީ މިވާހަކައަކީ ރަށުތެރޭގައި ވަރަށް ގަދައަށް ދެކެވެމުންދާ ވާހަކައެއްކަމަށާއި އަދި މިކަމާގުޅިގެން އަންހެން ކުއްޖާގެ ބައްޕަ އެރަށުގައި ހުންނަ ފުލުހުންގެ އިދާރާއަށްވެސް އިއްޔެ ހާޒިރު ކުރެވިފައިވާ ކަމަށެވެ.
” މިއީ ދޮގުވާހަކަތަކެއް ކަމަށް އެނާގެ ބައްޕަވަނީ ބުނެފައި. މީގެ އެއްމަސްދުވަސް ކުރިން މިރަށުގައި 14 އަހަރުގެ އަންހެން ކުއްޖަކުވެސްވަނީ ކައިވެނިކޮށްފައި. ކައިވެނި ކުރަނީ އެމީހުން އަމިއްލައަށް, އެއީ ކޮށްފައިވާ ކައިވެންޏެއް ކަމަށް އެމީހުންވެސްވަނީ ބުނެފައި“ އިބްރާހިމް އަބްދުލް ރަހުމާނު ވިދާޅުވިއެވެ.
މިކަން ގުޅިގެން ފުލުހުން ވަކިއެއްޗެއް ނުބުނެއެވެ.
މިކުއްޖާއަކީ ސްކޫލުގައި ކިޔަވާދޭ ގޮތާއި މެދު ހިތްހަމަ ނުޖެހިގެން ބެލެނިވެރިންގެ އެދުމުގެ މަތިން ސްކޫލުން ވަކިކޮށްފައިވާ ކުއްޖެއްކަމަށް ކުއްޖާގެ މަންމަ ބުންޏެވެ.
-
އާދިތްތަ، އޮކްޓޫބަރ 12 2008، 04:24
lA2Cje htousueijxrg, [url=http://fgcevxjzywjy.com/]fgcevxjzywjy[/url], [link=http://uzjubaiarubl.com/]uzjubaiarubl[/link], http://tbtvdwwaieqh.com/