ރޭ އަޅުކަން

އޮކްޓޫބަރ 2 2007، 21:43 1 ޚިޔާލު

ޢަލީ ރިޟާ

ރޭއަޅުކަން ނުވަތަ ޤިޔާމުއްލައިލަކީ އިންސާނާގެ ޙަޔާތުގައި ވަރަށް މުހިންމު އަޅުކަމެކެވެ. މިކަންމުހިންމުވެގެންދާ ސަބަބަކީ މިކަމަކީ އިންސާނާގެ އިތުރު ހީވާގިކަމެއްގެނެސްދޭ އިބިލީހުގެ ހެއްލުންތެރިކަމުންދުރުވެ އަމިއްލަނަފްސު މުރާޖައާކުރުމަށާއި ﷲ ގެ ދަރުބާރުގައި އެކަލާނގެ ހަނދުކުރުމުގައި ވޭތުކުރުމަށް ހުންނަ ހުރުމަކަށް ވާތީއެވެ. ވަކީންޚާއްޞަކޮށް ކާއިނާތު ޣާފިލުކަމުގެ ނިދީގެ އަރާމާއި އުފާލިބިގަންނަމުން ޣާފިލުތަންމައްޗެއްގައި ޙަޤީޤަތެއްނެތް ފޮނި ހުވަފެން ތަކެއް ބަލަމުން ގެންދާ ވަގުތެއްގައި އަރާމްތައްމައްޗާއި ފޮނި ހުވަފަތްތައް ދޫކޮށް ޙަޤީޤީ ދެއްވުންތަކެއް ދެއްވުމުގެ ކުޅަދުންވަންތަ އިލާހަކަށް މުނާޖާ ދެންނެވުމަށް އެހެންކަންތަކުން ހުސްވެގަންނަ ވަގުތަކަށްވާތީއެވެ.

އެއަށްވުރެވެސް ބޮޑަށް ރޭއަޅުކަމުގެ ވަގުތަކީ ކާއިނާތުގެ ވެރި ޚާލިޤުވަންތަ ﷲ ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގަންނަވާ ވަގުތެވެ. އިންސާނުން ބޭނުންތަކާއި ދެންނެވުންތައް ފުއްދައިދެއްވުމަށްޓަކައި އެކަލާނގެ ނިދާއިއްވަވާ ވަގުތެވެ. ފާފަފުއްސަވާ ރަޙުމަތްލެއްވި އެދޭފަރާތެއް ނޫނީ އެނޫންވެސް ބޭނުމަކު އިލާހީ ދަރުބާރުގައި ދަންނަވާ މީހަކުހުރިތޯ ބައްލަވާވަގުތެވެ.

އެކަލާނގެ އޯގާވަންތަކަމުގެ ބޮޑުކަމާއެވެ. ދުނިޔޭގައި އިންސީންނާ ޖިިންނީން އުޅޭންފެށީންސުރެ ޤިޔާމަތާހަމައަން އަންނާނެހާ ޖިންނީންނާއި އިންސީން އެކަލާނގެއަށް އީމާންވުން ހައްޤުގޮތުގައި އީމާންވެ ކިޔަމަންތެރިވިޔަސް އޭގެ ސަބަބުން ﷲ ގެ ރަސްކަންފުޅަށް އިތުރުވެގެންދާނޭ ޒައްރެއްގެ މިންވަރުގެ ފައިދާއެއްނަމަވެސް ނުވެއެވެ. އަދި ނުކިޔަމަންތެރިވެ ފާފަކުރިކަމުގައި ވިޔަސް އުނިވެގެންދާނޭ ޒައްރެއްގެ މިންވަރުވެސް ނުމެވޭމެއެވެ. މިހާފުރިހަމަ ގޮތެއްގައި އަމިއްލަ ނަފުސައްޤާއިމުވެ ވޮޑިގެންވާ ފަރާތެއްގެ ދިލާތިކަމުގެ ނިމުމެއްނެތެވެ.

ވީއިރު ރޯދަމަހުގެ މާތްވެގެންވާ ފަހުދިހައިގެ ރޭތައް ވަކީންޚާއްޞަކޮށް އެދިހައިގެ އޮނަހިރި ރޭތަކުގައި ރޭއަޅުކަމުގައި ހޭދަކުރެވޭތޯ ބަލަމާ ހިނގާށެވެ. އަހަރުމެއް އަމިއްލަބޭނުމަށެެވެ. އެކަލާނގެ ރުއްސެވުން ލިބޭތޯއެވެ. އެންމެ ޢަމަލެއްގެ ސަބަބުންވެސް އެކަލާނގެ ރުއްސެވުން ލިބިއްޖެނަމަ އެމީހަކު ކާމިޔާބުވެ ބާއްޖަވެރިވުމަށް އެ ޢަމަލު ފުދިގެންވެއެވެ.

ރޯދަމަހުގެ ރޭއަޅުކަމަކީ ތިމާގެ މާޒީގެފާފައިގެ ދަފުތަރު ބައްދުކުރެވި ތިމާޠާހިރުކޮށްދޭ ކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. “ރޯދަމަހުގެ ރޭއަޅުކަމުގެ މަތިވެރިކަށް ތެދުކޮށް ކަށަވަރުކުރުމާއެކު ﷲ ގެ ރުއްސެވުންއެދިގެން އެކަލާނގެ ވަޖުހުފުޅަށްށްޓަކައި ރޭއަޅުކަން ކޮއްފިމީހާގެ އިސްވެދިޔަހާ ފާފައެއް ފުއްސަވާނެތެވެ.”

އަނަސްގެފާނުގެ ކިބައިން އައިސްފައިވާ ޙަދީޘްފުޅެއްގެ މާނަައިގައިވެއެވެ. “މިއައީ ރޯދަމަހެވެ. އެއީ އެމަހެއްގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ތަޅުލެވިގެންދާ މައްސަރެވެ. އެމަސްދެކެފައި އެމީހުގައި އެމީހެއްގެ ފާފަ ނުފުއްސެވިއްޖެ މީހަކަށް ހުރިހަލާކެއްގެ ބޮޑުކަމާއެވެ. އެމަހުގައި އެމީހެއްގެ ފާފަނުފުހެވިއްޖެނަމަ ދެން އޭނާގެ ފާފަ ފުހެވޭނީ ކޮންއިރަކުންބާވައެވެ؟”

ފަތުރަތުގެ އަހުލުވެރިން

ފަތުރަތަކީ ދެރަސޫލެއްގެ ނޫނީ ދެނަބީބޭކަލެއްގެ ދެމެދުގައި ވޭތުވެދާ މުއްދަތު ކަމުގައިވެއެވެ. ފުރަތަމަ ރަސޫލާގެ ރިސާލަތު އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުން ބަދަލުކޮށް، އެކަލޭގެފާނު ތަޢާލީމު އިންސާނީ ކުޅިގަނޑަކަށްވެ ދިޔުމަށްފަހު ﷲ އަށް އީމާންވެ ކިޔަމަންވުމުގެ ފުރިހަމަ އަދި ހެޔޮ ތަޞައްވުރު ނެތިގޮސްފައިވާ ދުވަސްވަރެވެ. އޭގެފަހުގައި ދެންއަންނަ ރަސޫލެއްގެ ރަސޫލުކަމުގެ “އިއްވުންތައް” ނުފޯރާމީސްތަކުންނަކީ ފަތުރަތުގެ އަހުލުވެރިންނެވެ.

ހަމައެހެންމެ، މަރުވެދާ މުސްލިމުންގެ ޅަދަރިންނާޚިލާފަށް ކާފިރުންގެ ދަރިންގެ ޙުކުމަކީ އެމީހުންގެ މައިންބަފައިންގެ ޙުކުމްކަމުގައި ދަންނަ ބޭކަލުން ވިދާޅުވެއެވެ. މިހެންކަމުން ފަތުރަތުގެ އަހުލުވެރިންނެކޭ އެއްފަދައިން އެކުދިންވެސް ޤިޔާމަތްދުވަހު އިމްތިޙާނު ކުރެވޭނެކަމުގައިވެއެވެ. އެއިމްތިހާނުގައި ކާމިޔާބުވެއްޖެ


    ކިޔުންތެރިންގެ ޚިޔާލު

  1. ފާއިތުވެފާވާ، ގިނަދުވަސްވީ ރޯދަ ހިފިދާނެތަ؟

    ހުކުރު، އޮކްޓޫބަރ 10 2008، 01:54
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv