އިސްލާމީ އުންމަތުގެ މަޖުދާއި ޝަރަފް އަނބުރާ ގެންނާނީ ކިހިނެއް؟
އަލީ ރިޟާ
ފަހަކަށްއައިސް އިސްލާމީ އުންމަތުގެ ދަރިން، މުފައްކިރުން މުހިންމުކަން ދީފައިވާ އެއްމައުޟޫއަކީ އުންމަތްބައިބައިވުމާއި ނިކަމެތިވުމެވެ. މިމޭރުމުން ވާހަކަ ދައްކާއިރު އިސްލާމީއުންމަތުގައިވާ މާއްދީ އަދި މަޢުނަވީބާރާމެދު ހަނދާންކޮށްނުލައެވެ. ޝައްކެތްނެތްގޮތުގައި މުސްލިމުންނަކީ އެއްކައުވަންތަ އިލާހަކަށް އަޅުކަންކުރާ އެއްޤިބުލައެއްވެރި، އެއްޝަރީޢަތަކަށްތަބާވާބައެކެވެ. ޤުރްއާނާއި މިއުންމަތުގެ މާތްނަބިއްޔާގެ ހިދާޔަތުގެ ސަބަބުން މުސްލިމުން ބާރުގަދަވެގެންވެއެވެ. މިބާރަށްފަހު އެންބާރެއް ބޭނުންވޭބާވެއެވެ!
ވޭތުވި ޤަރުނުގައި އިނގިރޭސިޕާލަމެންޓްގައި އެތާގެ ޚާރިޖީވަޒީރު ޤުރްއާން އަތްމަތީގައި އުފުލާދެއްކުމަށްފަހު މިފޮތްދެމިއޮތްހައި ހިނދަކު މުސްލިމުން ނިކަމެތިވެ ބަލިނުވާނެކަމުގައި ބުނިކަމުގައިވެއެވެ.ޤުރްއާނުގެ ހިދާޔަތުގެ އަލީގައި ޢަރަބިންގެ ތެރެއަށް އައި ބަދަލާމެދު ވިސްނަވާށެވެ. ބަކަރިހުއިހެއްޕުމަށް ބޭނުންވާނޭ ހުއި ބުއިމަށްބޭނުންވާނޭ ފެންހޯދުމަށްޓަކައި ފޭލިގެ ގަނޑާއި ގެރިބަކަރިކޮޅުހިފައިގެން އެއްތަނުން އަނެއްތަނަށް ދުވި އަރަބިންނަށް ޢިލްމީ ޢަމަލީ ޙަޟާރަތެއް ދައްކައިދިނެވެ. ދެބަސްވެ، އަރާރުންވުމާއި އެއްބަޔަކުއަނެއްބަޔަކަށް ޤަތުލުކުރަމުން މީހުން އެއްބައިވަންތަކޮށް އެއްދިދައެއްގެ ހިޔާވަހިކަމުގެ ދަށަށްގެނުވިއެވެ. އެބައިމީހުން ދުނިޔޭގެ ލީޑަރުންކަމުގައި ހަދާ ފާރިސީ ޙަޟާރަތާއި ކުރީކްގެ ޙަޟާރަތާއި އެނޫންވެސް ޙަޟާރަތްތަކުގެ މީހުންފަހައްޖައްސާލިއެވެ. މިހުރިހާކަމެއްގެ އިސްލަކީ ޤުރްއާނެވެ. އިސްލާމްދީނެވެ. ޢުމަރުގެ ފާނުމިކަން ސިފަކުރެއްވިބަސްފުޅެއްގައިވެއެވެ.” ތިމަންމެން އެންމެނިކަމެތި ބަޔަކުކަމުގައި ވަނިކޮށް ތިމަންމެންނަށް ޢިއްޒަތާއި ޝަރަފްދެއްވީ އިސްލާމްދީނެވެ. އެއަށްފަހު އިސްލާމްދީންނޫން އެހެންޙަޟާރަތަކުން ޢިއްޒަތާއިޝަރަފު ހޯދަށް އުޅޭނަމަ ތިމަންމެން ނިކަމެތި ކުރައްވާނެވެ.”
މިއަދު އިސްލާމި އުންމަތަށް ލިބިފައިވާ ނިކަމެތިކަމުގެ އަސްލަކީ އެއުންމަތުގެ ވެރިންނާއި،ރައްޔިތުން، ޢިލްމުވެރިންނާއި، ނުކިޔަވާތިބި ޢާންމުން އިސްލާމްދީނުގެ ރިވެތި ހިދާޔަތާދުރުވުމެވެ. އުންމަތުގެ މަޖްދާއި ޝަރަފު އެބުރިއައުންވަނީ މުސްލިމުންގެ އަތްމަތީގައެވެ. ނަމަވެސް މިއަދުގެ އަދަބިއްޔާތުގައި މިފެންނަކަންތަކުގައި މާޔޫސްކުރުވުމާއި މުސްލިމުންގެ ނުކުޅެދުންތެރިކަން ތަކުރާރުކުރުމަކުންނެއް އެކަމެއްް ޙާޞިލެއްނުވާނެވެ. މިޒަމާނުގައި މިފެންނަނީ މުސްލިމު ޤައުމުތަކުގެ ޙާލަތްތަކާއި މެދު ޅެންވެރިން ޅެންތަކުގައި ކަރުނައަޅާތީއެވެ. ސިޔާސީމުފައްކިރުން އެމީހުންގެ އެޖެންޑާތަކާއި ވާހަކަތަކުގައި ފަލަސްތީނާއި އަފްޣާނިސްތާނާއި ޢިރާޤާއި ކަޝްމީރާއި މިނޫންވެސް މުސްލިމުން ކަތިލެވެމުންދާ ދަންތައްތަނުގެ ވާހަކަދައްކައިގެން ސިޔާސީބޭނުންތައް ޙާޞިލުކުރަމުން، އެމެރިކަނުންނާއި، އިނގިރޭސީންނަށް އެބައިމީހުންގެ ޟަމީރުވިއްކައިލައި ދެކޮޅުންބައިއަޅައި ބައިލިބިގަންނަމުންދެއެވެ. މިކަންކުރަންއޮތް އުޞޫލަކަށް ތަބާވެގެން އިޚްލާޞްތެރިވުމެއްނެތިއެވެ.
މިކަމުގައި އޮތީ ﷲ އަށް ވަކީލުކުރުމާއެކު މެދުކެޑުމެއްނެތި އިސްލާމީ އުންމަތާއި މުސްލިމުންނަށްޓަކައި މަސައްކަތްކުރުމެވެ. އެމަސައްކަތުގެ ތެރެއިން އިސްލާމީ އެއްބައިވަންތަ ވެރިކަން އުފެދި ޞަލާޙުއްދީނުލް އައްޔޫބީ އުފެދުމަކީދުރުކަމެއްނޫނެވެ. “މުސްލިމުންގެ ކަންތައްތަކަށް މުހިންމުކަންނުދޭމީހުންނީ އެމީހުންގެ ތެރެއިން ވާމީހެއްނޫންކަން” ދަނެ އިސްލާމީ އުންމަތުގެ ކޮންމެފަރުދަކުވެސް އުންމަތަށް ނަސުރުދިނުމަށް ތަރުވެއްޖެނަމަ، ކާމިޔާބަށްވާޞިލުވުމަށްޓަކައި ޢަމަލުކުރަން ފަށަންވީ އެއެވެ. ތިމާގެ އުމުރުގައި ކާމިޔާބުވާނެކަމުގެ އުންމީދުގައެއް ނޫނެވެ. ކާމިޔާބުނުލިބުނަސް ތިމާގެ ޒިންމާއަދާކުރިކަމުގެ ހިންހަމަޖެހުމާއެކު ﷲގެ ޙަޟުރަތަށް ދިޔުމުގެ އުފާލިބިގަތުމަށެވެ.
1. ފުރަތަމަ ނަފްސުއިޞްލާހުކުރުން: ވެރިންނާއި ޢާންމުރައްޔިތުން، ކުދިބޮޑުއެންމެންގެ ނަފްސުއިސްލާޙުކުރުމުގެ ތެރެއިން ޞަލާޙުއްދީން އުންމަތުގެ މަޖްދާއި ކަރާމަތް އަބުރައި ހޯދިއެވެ. މަސްޖިދުލްއަޤުޞާމިނިވަންކުޅައެވެ.
2. ވަސާއިލާއި ކަންކުރެވޭގޮތް ތަފާތުވިޔަސް ހުރިހާމުސްލިމުންގެ މަޤުޞަދުއެކައްޗަކަށް ހެދުމާއި، އުންމަތުގެ މުޖްތަމަޢުގެ މަޞްލަޙަތުގައި އިސްކުރުން
3. އެއްބަޔަކުއަނެއްބަޔަކަށް އެއްބާރުލުމާއި، ރޭވުންތެރިކަމާއެކު ކަންކުރަންއޮތްގޮތަށް ކުރުން
4. އަބަދުވެސް ﷲގެ ޙަޟުރަތަށްރުޖޫޢަވުމާއި، އަމަލުކުރުމުގައި ތެދުވެރިވެ އިޚްލާޞްތެރިވުން
5. ހުރިހާވަގުތެއްގައިވެސް ހެޔޮކަންތައްކުރުމުގައި ދެމިހުރުން. “އޭއީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ބަޔަކާބައްދަލުވެއްޖެއްޔާ ސާބިތުވާށެވެ! އަދި ގިނަގިނައިން ﷲގެ ޛިކުރުކޮށް އެކަލާނގެ ހަނދުމަކުރާށެވެ. އެއީ ތިޔަބައިމީހުން ކާމިޔާބުވޭތޯއެވެ.” އަންފާލު 45
ރޯދަމަހު ހިނގައިފައިވާ މުހިންމު ތާރީޚީ ބައެއްހާދިސާތައް
ލަވްޙުލްމަޙްފޫޡުން ބައިތުލް ޢިއްޒާއަށް ކީރިތި ޤުރްއާން އެއްކޮށް ލައިލަތުލް ޤަދުރުގެ ރޭ ބާވައިލެއްވުން
ހިޖްރައިން ދެވަނައަހަރުގެ ރޯދަމަހު ސަތާރަވީ ހުކުރުދުވަހު ބަދުރުހަނގުރާމަހިނގައި މިއުންމަތުގެ ފިރުޢައުނު ‘އަބޫޖަހުލު” މަރުވުން
ހިޖްރައިން އަށްވަނައަހަރުގެ ރޯދަމަހު ވިހިވަނައަށްވީ ހުކުރުދުވަހު މައްކާފަތަޙަވެ، އެތަނުން ވަޘަނީ އަސަރުތައްނައްތާލުން
ހިޖްރައިން 9 ވަނައަހަރު ގެ ރޯދަމަހުގައި ތަބޫކުހަނގުރާމައިގެ ބައެއްޙާދިސާހިނގުން
ހިޖްރައިން 658 ވަނައަހަރު މިސުރުގެ މަމާލިކުންގެ ވެރިޔާ ޤުޠުޒުގެ ލީޑަރުކަމުގައި ޢައިނުޖާލޫތު ހަނގުރާމަހިނގުން
ހިޖްރައިން 92ގެ ރޯދަމަހު ޠަރީޤު ބުނުޒިޔާދުގެ ލީޑަރުކަމުގެ ދަށުގައި އަންދަލުސް ފަތަޙަކުރުން