
ތިބާއަށް ތައުފީގު ދެއްވާނީ ކިހިނެތް؟
އަލީ ރިޟާ
ގަދައަޅާކުރެވޭ މަސައްކަތުގެ މިންވަރާއި ﷲގެ ޙަޟުރަތުން ކަންކަމުއެދުމުގައި ތެދުވެރިވެރިކަމާއި އިޚްލާޞްތެރިކަމާއި އެކަލާނގެއަށް އިތުބާރު ކުރުން ހުންނަމިންވަރަކުން ކަންތައް ތިބާއަށް ﷲ ހިތްމަވައި ދެއްވައި ފުރިހަމަކޮށްދެއްވައެވެ.
وَمَا تَوْفِيْقِىْ إِلاَّ بِاللهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيْب (هود88) މާނައީ: “ﷲގެ ޙަޟުރަތުން މެނުވީ، ތިމަންނައަށް ތަވްފީޤު ލިބުމެއްނެތެވެ. ތިމަން ވަކީލުކުޅައީ އެކަލާނގެ ޙަޟުރަތަށެވެ. އަދި ތިމަންނަ ތައުބާވެ ރުޖޫޢަވަނީވެސް އެކަލާނގެ ޙަޟުރަތަށެވެ”.
ކޮންމެ މީހަކުވެސް ދުނިޔޭގައި މަސައްކަތް ކުރަނީ ކާމިޔާބު ހޯދުމަށެވެ. އެހެން ނަމަވެސް ވަރަށް ގިނަފަހަރު ތިމާ ކަމެއް ޙާޞިލު ކުރުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރުމާއެކުގައިވެސް މާބޮޑު ހެޔޮ ނަތީޖާއެއް ނުލިބި ހުލިވެގެން ދެއެވެ. ފަހެ، މީގެ މާނައަކީ ކަންކަން ޙާޞިލު ކުރުމަށްޓަކައި ގަދައަޅާ މަސައްކަތްކުރާ މީހާއާއި މަސައްކަތެއް ކުރުމަކާނުލާ، ސަބަބުތަކުގައި ހިފުމަކާ ނުލާ ހަމައެކަނި ﷲގެ ޙަޟުރަތުން ތިމާގެ މުރާދު ޙާޞިލުކޮށްދެއްވުން އެދޭމީހާ އެއްވަރުވުމެއް ނޫނެވެ. އެހެނީ އެމީހަކު ކުޅަ މަސައްކަތެއްގެ އަގު އެކަލާނގެ ދޫކޮށް ނުލައްވާނެއެވެ. ގަދައަޅާ މަސައްކަތްކުރި މީހަކަށް އެކަމުގެ ނަޞީބެއް އެކަލާނގެ ދެއްވާނެކަން މިއަންނަ އާޔަތުން ދޭހަވެއެވެ.
ومن يتو كل على الله فهو حسبه (طلاق) “ﷲގެ ޙަޟުރަތަށް ވަކީލުކުރާ މީހާއަށް އެކަލާނގެ ފުދި ވޮޑިގެންވެއެވެ”.
އެހެން ނަޡަރަކުން ވިސްނާއިރު ބައެއްފަހަރު އިންސާނާ އަމާޒުކުރާ ކަންތައްތައް ޙާޞިލު ވެދެއެވެ. އެއާއެކުގައިވެސް އޭނައަށް އެކަމުގައި އިލާހީ ހެޔޮ ތައުފީޤު ނުވާކަމުގައި އިޙްސާސް ކުރެވެއެވެ. މީގެ މާނައަކީ ކާމިޔާބާއި ތައުފީޤާއި ދެމެދު ތަފާތެއް ވުމެވެ. މިފަދަ ކަންތައްތަކުގައިވެސް ހެޔޮ ވިސްނުން އަހަރަމެންނަށް ގެނެސްދެނީ ކީރިތި ޤުރުއާނުންނެވެ. ސޫރަތުލް ފާތިޙާގައި އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. اهدنا الصراط المستقيم މާނައީ “އަޅަމެންނަށް ސީދާވެގެންވާ ތެދުމަގުގެ ހިދާޔަތު ދައްކަވާފާނދޭވެ”. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ސީދާވެގެންވާ ތެދުމަގަށް ހިދާޔަތު ލިބޭހުށީ އެކަމަކަށް ތިބާގެ ކިބައިން ﷲ އެދިވޮޑިގަންނަވާ މަޢުރިފާ އާއި ދެނެގަތުން ފުރިހަމަ ވީމައެވެ. އެއަށްފަހު ތިބާއަށް އެގިފައިވާ އެއްޗަކަށް ޢަމަލުކުރުމުގެ ތައުފީޤު އެކަލާނގެ ދެއްވައެވެ.
އެހެން ގޮތަކަށް ބުނާނަމަ ހިދާޔަތުގެ ދެބާވަތެއް ވެއެވެ. އެއީ ކަމަކާބެހޭގޮތުން މަޢުލޫމާތާއި އިރުޝާދު ލިބުމާއި އެކަމަކަށް ހެޔޮގޮތުގައި ޢަމަލުކުރުމުގެ ހެޔޮ ތައުފީޤު ލިބުމެވެ. މިގޮތުން ބަލާއިރު ދީނުގެ މަޢުލޫމާތު ލިބުމަކީ އުގެނެން ބޭނުންވާ މީހާއަށް ލިބޭ ކާމިޔާބެކެވެ. އެކަމަކު މިކަމުގައި ފުރިހަމަ ތައުފީޤު ލިބިގެންވާ މީހަކަށްވާނީ އެއަށް ޢަމަލުކުރުން އެމީހަކަށް ހިންމަވައި ދެއްވުމުންވެ. ދިރިއުޅުމުގެ ތެރެއިން މިސާލެއް ނަގާއިރު އިސްލާމް ދީނުގެ ޙަލާލު ކަންތަކާއި ޙަރާމް ކަންތައް ދަންނަ ވަރަށްގިނަ މީހުންނަށް ކޮންމެ ޙަރާމް ކަމަކުން ރައްކައުތެރިވެ ހެޔޮ ގޮތުގައި ޢަމަލު ކުރަމުން ދާތީއެއް ނުފެނެއެވެ. އެއީ އެބައިމީހުންނަށް އެކަމުގައި ހެޔޮ ތައުފީޤު ލިބިފައި ނުވާތީއެވެ. ތައުފީޤު ލިބޭނީ މަޢުލޫމާތު ލިބުމަށްފަހު އެއަށް ހެޔޮގޮތުގައި ޢަމަލުކޮށް އިސްލާމް ދީންމަތީ ސާބިތުކޮށްދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދެންނެވުމުންނެވެ. ފާތިޙާ ސޫރަތުގައިވާ ދުޢާގެ މަޤުޞަދަކީ އެއީއެވެ.
އެންމެ ވަރުގަދަ މުސްލިމަކީކާކު؟
ޖ. ރުޅިއަންނަ ހިނދު ނަފްސުކޮންޓްރޯލްކުރާމުސްލިމެވެ.
ފާޚާނާއަށް ވަންނަންދާ މީހާކިޔާދުޢާއަކީކޮބާ؟
ޖ . اَللَّهُمَّ إِنِّيْ أَعُوْذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ
ފާޚާނާއިން ނުކުމެފައި ކިޔާދުޢާއަކީކޮބާ؟
ޖ. غُفْرَاَنَكَ
-
އަންގާރަ، ޖުލައި 1 2008، 16:43
buy soma buy cialis buy tramadol buy phentermine buy adipex buy oxycontin buy viagra buy ultram buy levitra buy valium by zoloft buy zyban buy tramadol buy pharmacy buy meridia