ސަލާހުގެ ހަށިގަނޑު މިރޭގެ ވަގުތެއްގައި މާލެ ގެންނަނީ

އަހުމަދު މުހުސިން އޭޕްރީލް 22 2007، 17:04 1 ޚިޔާލު

އަތޮޅުވެއްސާ ދިމާ މޫދުގައި މަރުވެފައި އޮއްވާ ފެނުނު ސ ހިތަދޫ ނާޒުކީގޭ ހުސައިން ސަލާހުގެ މަރުގެ ހަޤީގަތް ދެނެގަތުމަށްޓަކައި ލަންކާގައި ޕޯސްޓް މޯޓަމް ހެދުމަށްފަހު އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމުގައި އާއިލާއިން ބުނެފި އެވެ.

ޖަޒީރާ ނޫހަށް މައުލޫމާތު ދެއްވަމުން އާއިލާގެ ޤާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ޞަލާހުގެ ހަށިގަނޑު މިހާރު މާލެ ގެނެއުމަށް މަސައްކަތް ކުރައްވާ ކަމަށާއި ލަފާކުރެވޭގޮތުގައި މިރޭގެ ވަގުތެއްގައި މާލެ ގެނެވޭ ވަރުވާނެ ކަމަށެވެ.

އުފަން ރަށުގައި އުޅެނިކޮށް މަސްތުވާތަކެތީގެ ތުހުމަތުގައި ސޮލާހު ހައްޔަރުކުރި ކަމަށް ފުލުހުން ބުނެފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހެވެ. އަދި އިތުރު ތަހުގީގަށްޓަކައި މާލެ ގެނެސްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

ސޮލާހު ބަންދުން ދޫކޮށްލި ފަހުން އޭނާ ގެއެއްގައި ނިދާފައިވާ ކަމަށް އެ ގޭގެ މީހުންނާ ހަވާލާދީ ފުލުހުން އަންގާރަ ދުވަހުގެ ރޭ ވަނީ ބުނެފަ އެވެ.

އޭނާގެ ފުރާނަ ނެތް ހަށިގަނޑު މާލޭ ދެކުނު ފަރާތު ފަޅުތެރެއިން ފެނިފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު 45:7 ގަ އެވެ. ޑޮކްޓަރުންނާ ހަވާލާދެއްވައި ފުލުހުން ބުނީ އޭނާ މަރުވެފައިވާ ކަމަށް ބެލެވެނީ އޭގެ ނުވަ ގަޑިއިރު ނުވަތަ 10 ގަޑިއިރުކުރިން ކަމަށެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. 9 ވަނަދުވަހު އުފަން ރަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ސޮލާޙް ތަޙްޤީޤަށް 12 ވަނަ ދުވަހު މާލެ ގެނެސް 13 ވަނަ ދުވަހު ދޫކޮށްލުމުނަ 14 ވަނަދުވަހު އަނިޔަތަކަކާއިއެކު ބަންދުކުރެވުނު ޖަލާއި ދިމާލު މޫދުންފެނުނު ސޮލާޙް މަރުވުމުން ދިވެހިސަރުކާރުނާއި ދިވެހި ފުލުހުން ފުރަތަމަ މަސައްކަތް ކުރީ އަވަހަށް ވަޅުލުމަށެވެ. އާއިލާގެ ރުހުން ނުލިބުމުން ދެން މަސައްކަތް ކުރެވިފައިވަނީ ލަންކާމީހަކުގެނެސްގެން ޕޯސްޓްމޯޓަން ހެދުމަށެވެ. މަކަމަށްވެސް އާއިލާގެ ބަހެއްނުލިބި އާއިލާ ދެކޮޅުހަދާ ރާއޖެއިން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރުމުން ފުލުހުންނާއި ދިވެހިސަރުކާރުން މަސައްކަތް ކުރަމުން ގެންދިޔައީ ސޮލާޙް މަރާލީ ފުލުހުން ނޫންކަން އާންމުންނަށް ދެއްކޭތޯއެވެ. މިކަމުގައި ޤައުމުގެ ހުރިހާ ވަސީލަތެއްގެ ބޭނުން ހިއްޕެވިއެވެ. ލަންކާގެ ޕޯސްޓްމޫޓަމްގެ ވަގުތީނަތީޖާއަށްފަހު އާއިލާއިން ރިޕޯޓާއިމެދު ހިތްހަމަ ނުޖެހުން ފާޅުކުރުމުންވެސް ރައްޔިތުންނަށް ވަސީލަތް ބޭނުންކޮށް އަންގަން ބޭނުންވަނީ ސޮލާޙް މަރާލީ ފުލުހުން ނޫންކަމެވެ.މިހުރިހާ މަސައްކަތެއްކުރާއިރުވެސް ސޮލާހް މަރުވީ ކިހިނެއްތޯއާއި މިކަމަކީ ކިހިނެއް ހިގިކަމެއްތޯ ބަލައި ތަޙްޤީޤް ކުރަން ސަރުކާރުންނާއި ފުލުހުން ނޫޅެ ނީ މިކަމުގައި ފުލުހުންނަށް އެގޭ ސިއްވަނީ ކަމުގައި ހާދަ ހީވެއެވެ.

    ހޯމަ، އޭޕްރީލް 23 2007، 18:03
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv