
ކޯސްޓް ގާޑަށް 114 ފޫޓުގެ އުޅަނދެއް އިއްޔެ މާލެ ގެނެސްފި
ދިވެހިރާއްޖޭގެ ސިޔާސީ އަދި އިގްތިޞާދީ ސަރަހައްދު އިތުރަށް ހަރުދަނާކޮށް ބެލެހައްޓުމަށްޓަކައި ކޯސްޓް ގާރޑުން ބޭނުން ކުރުމަށް 114 ގެ އިތުރު އުޅަދެއް އިއްޔެ މާލެ ގެނެސްފި އެވެ.
އިއްޔެ ރާއްޖެ ގެނެވުނީ ސްރީލަންކާގެ ވެރިރަށް ކޮލޮންބޯ ޑޮކްޔާރޑް ލިމިޓެޑްގައި ބަނދެގެން ގެންނަ 114 ފޫޓާއި 131 ފޫޓްގެ ދެއުޅަނދުގެ ތެރެއިން 114 ފޫޓްގެ އުޅަނދެވެ.
ކޯސްޓްގާރޑުން މައުލޫމާތު ދޭގޮތުގައި އިއްޔެ ގެނެވުނު ” ކޯސްޓް ގާރޑް ޝިފް ޝަހީދު އަލީ“ އަށް މޯލްޑިވްސް ޑިފެންސް ފޯސްގެ ޗީފް ސްޓާފް މޭޖަރ ޖެނަރަލް މުހައްމަދު ޒާހިރާއި ކޯސްޓްގާރޑްގެ ޑިރެކްޓަރ ޖެނަރަލް ކާނަލް ޒަކަރިއްޔާ މަންސޫރާއި ސިފައިންގެ އިސް އޮފިސަރުން ޒިޔާރަތް ކުރެއްވި އެވެ.
ކޯސްޓް ގާރޑުން މައުލޫމަތު ދޭ ގޮތުގައި 131 ފޫޓްގެ އުޅަނދު މިއަހަރު ފަހުކޮޅު ރާއްޖެ ގެނެވޭ ވަރުވާނެ އެވެ.