
ކުއްލި ޚަބަރު: ޕޯސްޓްމޯޓަމް ހެދިތަނުން ބުނިގޮތާ ޚިލާފަށް އެމްބަސީން ނަތީޖާ ކެނޑުމުން ސަލާހުގެ އާއިލާއިން ނަތީޖާ ޤަބޫލެއް ނުކުރި.
އަތޮޅުވެއްސާ ދިމާ މޫދުގައި މަރުވެފައި އޮއްވާ ފެނުނު ސ ހިތަދޫ ނާޒުކީގޭ ހުސައިން ޞަލާހުގެ މަރުގެ ހަޤީގަތް ހޯދުމަށް ހެދި ޕޯސްޓްމޯޓަމްގެ ނަތީޖާ ލަންކާގައި ހުންނަ ދިވެހި އެމްބަސީން ކެނޑިގޮތާމެދު ހިތްހަމަ ނުޖެހިގެން އާއިލާއިން އެނަތީޖާޤަބޫލުކުރަން ދެކޮޅު ހަދައިފިއެވެ.
”ސަލާހުގެ ޕޯސްޓްމޯޓަމް ހެދި ސްރީލަންކާގެ ޖުޑީޝަރީ މެޑިކަލް އޮފީހުން އަންގާފައި އޮތީ ނަތީޖާ ސީލް ކޮށްފައި ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ފޮނުވާނަމޭ. ފޮނުވީމާ އެނަތީޖާ ކަނޑަން ވާނީ އެމްބަސީއާއި އާއިލާ އަދި ހިއުމަންރައިޓްސް ކޮމިޝަން މީހުން ތިބެގެންނޭ. އެކަމަކު އާއިލާއިން އެތަނަށް ދިޔައިރު އެއްވެސް އެހެން މީހަކު ނެތް. އެތަނުން ދިއްކޮށްލީ މިއީ ނަތީޖާގެ ކޮޕީއެކޭ ބުނެ ސިޓީއުރައެއް. އާއިލާއިން ބުނީ އެއީ އެނަތީޖާކަނޑަން އަންގާފައި އޮތް ގޮތާ ޚިލާފަށް ކުރި ކަމެކޭ. އެހެންވީމާ ތިކަމެއް ޤަބޫލެއް ނުކުރަމޭ. މިހާރުއާއިލާއިން އެމައްސަލަ ޖުޑީޝަރީ މެޑިކަލް އޮފީހަށް ޖައްސައިގެން މިއުޅެނީ“ އާއިލާގެ ލޯޔަރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.
ދިވެހި ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ވަގުތީ ނަތީޖާ ދައްކާގޮތުން ޞަލާހު މަރުވީ ގެނބިގެން ކަމަށާއި އެއްވެސް އަނިޔާއެއް އޭނާއަށް ލިބިފައި ނުވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މުޅި ރިޕޯޓް ހާމަ ކުރައްވާނެ ކަމަށެވެ. ޞަލާހު މަރުވި ވަގުތަކާއި އޭނާގެ ހަށިގަނޑުގައި މަސްތުވާ އެއްޗެއްގެ އަސަރު ހުރިތޯ މިހާރު ދަނީ ޗެކްކުރަމުންނެވެ.
ދިވެހި ފުލުހުން ރާއްޖޭގެ ޑޮކްޓަރުން ލައްވާ ހެއްދި ޞަލާހުގެ ސީޓީ ސްކޭންއާ ހަވާލާ ދެއްވާ ކުރިން ބުނެފައިވަނީ ޞަލާހު މަރުވީ ބޮލަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ކަމަށެވެ.
-
ހޮނިހިރު، އޭޕްރީލް 21 2007، 23:54
އެކަންތަ އެގޮތައް ވެގެންނުވާނެ.އެއީ ވަރަށް ދެރަކަމެއް އެހެން އެކަންތަ އެގޮތައްވެއްޖެޔާމުން.ސަރުކާރުންވެސް ޖެހޭނެ އެބުމި ގޮތަށް އެކަންތައް ކުރަން. =ބޮލެކްބޮކްސް=