އެމްޑީޕީން ބޮޑު މުޒާހަރާއެއް މިއަދު މާލޭގައި ބާއްވައިފި

އަހުމަދު މުހުސިން އޭޕްރީލް 20 2007، 23:09 0 ޚިޔާލު

ފަހަކަށް އައިސް އެމްޑީޕީން ބޭއްވި މުޒާހަރާތަކުގެ ތެރެއިން ފާހަގަކޮށްލެވޭވަރުގެ ބޮޑު މުޒާހަރާއެއް މިއަދު ބައްވައިފިއެވެ.

ހަވީރު 4 ޖެހިއިރު ފެށި މިމުޒާހަރާގެ ކުރީކޮޅު މީހުން އެހާ ގިނަ ނޫންނަމަވެސް މެދުތެރެއިން ފެށިގެން ވަރަށް ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާގައި ވަނީ ބައިވެރިވެފައެވެ. އާޓިފިޝަލްބީޗް ސަރަހައްދުގެ ބޮޑުބައެއް ފުރިފައިވާއިރު މުޒާހަރާގައި އަމަލީގޮތުން ބައިވެރި ނުވާ އެކަމަކު ތާއީދުކުރާ މީހުން ދުރުދުރުގައިވެސް ގިނައަދަދަކަށް ތިއްބެވެ.

ރާއްޖޭގައި ބާއްވަން ފެންނަނީ ކޮންކަހަލަ ވެރިކަމެއްތޯ ކަނޑައެޅުމަށް ނަގާ ވޯޓުގައި 18 އަހަރުން މަތީގެ މީހުންނަށް ވޯޓުލެވޭނޭގޮތް ހެދުމަށް ގޮވާލި މިމުޒާހަރާގައި 18 އަހަރުގެ ޒުވާނުންވެސް ވާހަކަދެއްކިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ އިތުރުން ޕާޓީގެ ނައިބުރައީސް އިބްރާހީމް ހުސައިންޒަކީއާއި ހިޔަނި ކެބިނެޓް މިނިސްޓަރުންވެސް ވާހަކަދެއްކެވިއެވެ. އަދި ލަންކާގައި ހުންނެވުމަށްފަހު ވަޑައިގެންނެވި ޕާޓީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު (އަންނި) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv