

ބަޣާވާތެއް ގެނެސްގެން އަޅުގަނޑު މަރާލިޔަސް ވެރިކަމަށް އާދެވޭނީ އިންތިޚާބަކަށްފަހު: ރައީސް ނަޝީދު
-މުޙައްމަދު ނަސީމު-
އިދިކޮޅުފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލެވިދާނެކަމަށާއި އެމަނިކުފާންގެ ގެދޮރަށްވެސް ގެއްލުން ދެވިދާނެކަމަށާއި އެހެންނަމަވެސް ވެރިކަމަށް އާދެވޭނީ އިންތިޚާބެއް ބާއްވައި ރައްޔިތުން ނިންމާ ބަޔަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ރޭއޮތް ޖަލްސާއެއްގައި ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހަރުގޭގައި ރޭބޭއްވި އެޕާޓީގެ އާއްމުޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާ ދެކޮޅަށް ބަޔަކު އަޔަސް އެކަމާ ބިރުފުޅުން ފިއްލަވަން ވަޑައި ނުގަންނަވާނެއެވެ. އަދި އެމަނިކުފާނާ ދެކޮޅަށް ނުކުންނަ ބަޔަކަށް އެމަނިކުފާނު ފެންނާނީ ދޮންނަމެޝިނެއްގެ ފޮއްޓެއް ފަދަ ތަނަކުން ނޫންކަމަށާއި ފެންނާނީ ކުރީސަފުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެތެރެއިން ބައެއް މީހުންނަށް ދެން ވެރިކަމުގައި ތިބެންވީ ތިމަންނަމެންނޭ އެގޮތަށް ނިންމުނަކަސް ވެރިކަމަކަށް ނާދެވޭނެ، ވެރިކަމަށް އާދެވޭނީ އިންތިޚާބަކުން، ރައްޔިތުން އެގޮތަށް ނިންމީމައި، އަޅުގަނޑު މަރާލެވިދާނެ. އަޅުގަނޑުގެ ގެދޮރަށާ މުދަލަށްވެސް ގެއްލުން ދެވިދާނެ، އެކަމަކު ދައުލަތަށް ކުޑަގެއްލުމެއްވެސް ނުދެވޭނެ، އަންނަ ނޮވެމްބަރުމަހުގެ ތިންވަނަ ދުވަހު ސަރުކާރު ވައްޓާލާނެކަމަށް އިދިކޮޅުޑީއާރުޕީން ބުނަމުންދާ ބުނުމަށް ރައްދުދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވިގޮތުގައި ސަރުކާރު ވައްޓާލިޔަސް ވެރިކަމަށް ދެންއަންނާނެ ބަޔަކު ކަނޑައަޅާނީ ރައްޔިތުންނެވެ.
ތިނެއް ނޮވެމްބަރުގައި ސަރުކާރު ވައްޓާލާނެކަމަށް ބުނާބުނުމަށް ރައްދުދެއްވަމުން ރައީސް ނަޝީދު ރޭއިތުރަށް ވިދާޅުވީ ބަޔަކު އެމަނިކުފާނާ ދެކޮޅަށް އަތުވެދާނެތީ އެއްގޮތަކަށްވެސް ކަންބޮޑުވެ، ބިރުފުޅުގެން ވަޑައެއް ނުގަންނަވާކަމަށެވެ.
”ބަޔަކު އަޔަސް އަޅުގަނޑެއް ނުފެންނާނެ ވޮޝިންމެޝިނެއްގެ ފޮއްޓެއްގެ ތެރެއަކުން. އަޅުގަނޑު ހަމަ ހޯދޭނީ ކުރީސަފުން“ ރައީސް ނަޝީދު ވިދާޅުވިއެވެ. ޑީއާރުޕީއަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވިގޮތުގައި ގައުމުގެ ހުރިހާ ބާރަކާ ހުރިހާ މުއްސަނދިކަމަކާއި ހަތިޔާރަކާ އެކު އެމްޑީޕީއާ ކުރިމަތިލުމުންވެސް ޑީއާރުޕީއަށް ވަނީ އެމްޑީޕީގެ ކައިރިން އަރައިނުގަނެވިފައެވެ. އެހެންވީމާ މިއަދު އެޕާޓީއަށް އެމްޑީޕީގެ ކައިރިން އަރައިގަނެވޭނީ ކިހިނެތްތޯވެސް އެމަނިކުފާން ސުވާލުކުރެއްވިއެވެ.
”ދައުލަތުގެ ހުރިހާ ބާރަކާ ހުރިހާ މުއްސަނދިކަމަކާ އަދި ހުރިހާ ހަތިޔާރަކާ އެކު އަޅުގަނޑުމެންނާ ކުރިމަތިލުމުންވެސް އެބޭފުޅުންނަށް ވަނީ އަރައިނުގަނެވިފައި. ދެން ކިހިނެތްތޯ މިއަދު އެކަންކުރާނީ؟“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ބައިނަލް އަޤުވާމީ މުޖުތަމަޢުގައި ސަރުކާރަށް ލިބެމުންދާ ކާމިޔާބުތަކުގެ ސަބަބުންވެސް މިސަރުކާރު ވައްޓައެއް ނުލެވޭނެކަމަށް އެމަނިކުފާން ދެކެވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީ ވެރިކަމަށް ނާންނައިރު ކުރަމުން ގެންދިޔަ ކަންތައްތައް ޑީއާރުޕީން ކޮޕީކުރަމުން ގެންދާތީ އެކަމަށްޓަކައި ރައީސް ނަޝީދު ވަނީ ރޭގެ ޖަލްސާގައި އެޕާޓީއަށް ޝުކުރު އަދާކުރައްވާފައެވެ. ޑީއާރުޕީން ދަނީ އެމްޑީޕީން ކުރިން ކޮށްފައިވާ ވަރަށް ގިނަ ކަންތައްތައް އެގޮތަށް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ނުކުމެގެން ރައީސް އޮފީހުގެ ކައިރިއަށް ރައްޔިތުންގެ މަޖިލީހުގެ ޑީއާރުޕީއަށް ނިސްބަތްވާ މެމްބަރުން ވަޑައިގަތުމާއި ސަރުކާރު ވައްޓާލާނެ ދުވަސްތައް ކަނޑައެޅުން ހިމެނެއެވެ.
-
އާދިތްތަ، އޮކްޓޫބަރ 11 2009، 19:02
ސާބަސް!! ރައީސް ނަޝީދު. ތިއާ މިގައުމު ބޭނުންވާ ކަހަލަ ރައީސަކީ!!
-
އާދިތްތަ، އޮކްޓޫބަރ 11 2009، 19:24
މާމޮޅެތި ވާހަކަދައްކަވަންނޫޅުއްވާ. ތިޔަބޭފުޅަކަށް މިޤައުމުގެ %75 ގެތާއީދުނެއްކަން ހަދާންކޮށްދެން. މަނިކުފާނާ މަނިކުފާނުގެ މުސާރަނުދީ ކެބިނެޓްގައި ގެންގުޅޭޞެފުޅުންނައި އެމް.ޑީ.ޕީގެ މެންބަރުންކޮޅުލައިގެން %25 ތާއީދުއޮތީ އޭރުވެސްމިހާރުވެސް. ދައުރުގެމެދުތެރެއިން ބާންވަން ވައުދުވި އިންތިހާބުވެސް ނުބާންވަންނިންމީ ދިވެހިން ތިބޭފުޅާ ވެރިކަމުންދުރުކުރާނެކަން ޔަގީންވާތީވެ. ތިޔައީ ގުރުއަތުން ލިބިވާކަމެށްކަންނޭގޭތަ. -ދިވެހިރައްޔިތަކީމު-
-
އާދިތްތަ، އޮކްޓޫބަރ 11 2009، 20:02
ދިވެހިރާއްޖޭގެ ވެރިކަން ކުރާނީ ރައްޔިތުން ހޮވާ ބައެއްކަން ޔަޤީން. ބަޔަކު، އިންގިލާބެއް ގެންނަވާހަކަ އެދައްކަނީ އެބަޔަކު ވެރިކަމަށް ދަހިވެތި ވާލެއް ބޮޑުކަމުންނެވެ. ޤައުމަށް ހެޔޮ އެދޭނަމަ ހަމަނުޖެހުން ނުއުފައްދާ ބިނާ ކުރެނިވި ގޮތެއްގައި ޤައުމަށް ޙިދުމަތް ކުރުން ރަގަޅުވާނެ ކަމަށް ދެކެމެވެ. 5 އަހަރުގެ މުއްދަތް ހަމަނުވަނީސް ޤާނޫނާއި ޚިލާފައް ވެރިކަމެއް ބަދަލެއް ނުކުރެވޭނެ.
-
އާދިތްތަ، އޮކްޓޫބަރ 11 2009، 20:09
ހެހެހެހޭ....ސާބަހޭ ރައީސް ނަޝީދު!!! ތިޔައީ ލާމަސީލު ހިތްވަރު ގަދަ ކެތްތެރި ބިރުކުޑަ ޖެހިލުންކުޑަ ކެރޭ އޯގާތެރި ވެރިއެއް...ކުރިން ނުވި ކަމެއް މިއަދަކު އެވެރިންނަކަށް ނުވާނެ...ވެރިކަން ފަހަތުން ދުވެލަ ދުވެލަ ވަރުބަލިވެލާފަ ތިބެންޖެހޭނީ ދެން ދައުރު ހަމަވަންދެން...30 އަހަރު އެވެރިންނަށް ނުކޮށްދެވުނު (ނޫން ނުކުރި)ކަންތައްތަކެއް މިހާރު މަނިކުފާނާއި މަނިކުފާނުގެ ސަރުކާރުން ކޮށްދެއްވާ ރައްޔިތުން އެކަން ފުރިހަމަ އަށް ބަލައިގަންނާތީ އެކަމާ ކުޑަކޯށް ހިތްޕުޅާ ވެވޭތީ އެތިބަގެން އުޅެނީ ވާނެ އެއްކަމެއްވެސް ނޯންނާނެ...ދަންނަވަންތޯ މަނިކުފާނު އެވެރިންނަށް މަރުހަބާ ވިދާޅުވެ ފުރުސަތުދެއްވާ...އެހެނަސް ކާމިޔާބު މަނިކުފާނުގެ އަތްޕުޅުގާ އޮންނާނީ. އެއުޅެނީ އަދި އިތުރަށް ބޭޒާރުވާނެ ގޮތެއް ނޭނގިގެން...-ގާރލް-
-
އާދިތްތަ، އޮކްޓޫބަރ 11 2009، 20:38
ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލާނަމޭ ބުނެއެގޮތަށް ނިކުތުމަކީ ގާނޫނު އަސާސީއާ ޚިލާފުއަމަލެއްކަން ައަޅުގަޑުމެންގެ ރައްޔިތުންގެ މަޖިލިސްގެ ބައެއްމެމްބަރުންނަށް ނޭގޭކަމީ ހިތާމަ ހުރިކަމެއް.
-
އާދިތްތަ، އޮކްޓޫބަރ 11 2009، 21:33
ސަރުކާރު ވައްޓާލެވޭވަރުގެ ހިއްވަރެއް ޑީއާރުޕީ މެންބަރުންގެ ކިބައިގާ ހުރި ކަމަކަށް ނުދެކެނެ. މިހާރުގެ ސަރުކާރަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބެމުންދާ ކާމިޔާބަށް ކެތް ނުކުރެވިގެން މިހާރުއެއުޅެނީ. ޑީއާރުޕީއަށް ހީވެގެންއުޅެނީ އުމަރުނަސީރާ އަލީވަހީދުމެންކަހަލަ ދެތިންމީހުން ނެރުނީމަ އެމީހުންގެ ފަހަތުން ބަޔަކު ނިކުންނާނޭ! އެހެނެއް ނުވާނެ. އެމީހުންނާ ދެކޮޅަށް ނިކުންނާނެ މީހުންމާގިނަވާނެ. ޝަރީފް
-
އާދިތްތަ، އޮކްޓޫބަރ 11 2009، 22:05
މާތް މަނިކުފާނު ދަސްކޮށްދެއްވި ކަންކަމެއް ނޫންތޯ އެފެނިގެން ދަނީ، އެއީ ފަހުގެ ޑިމޮކްރަސީ ކަމަށް އޭރު މަނިކުފާނުވިދާޅުވި، ޤައުމުގެ ރަތްޔިތުން އެފަދަގޮތްގޮތަށް ހޭލުން ތެރިކުރައްވާފައި، ކޮޕީ ކުރައްވަނީއޭ މިހާރު ވިދާޅުވާތީ ކުޑަކޮށް އައިބު ކަމެއް ހުރިކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ. މިފަދަގޮތަކަށް ތަންތަނަށް މީހުން އެއްވީމަ ތިޔަ އިހްސާކުރެއްވެނީ އެފަދަ ކަންކަމުގައު ޕްރެސްރު ލިބިގަންނަ ފަރާތަކަށް ވާވަރު، މީގެކުރިން މަނިކުފާނު ގެންދެވީ އެފަދަ ޕްރެސްރުތައް ދެއްވަމުން ދޮގެއްތޯ..... ބިއްލޫ ކޮށީގައި އިންނަވައިގެން އަދިވެސް ތިއުއްކުއްވަނީ ބޭރުންދާ މީހުންގެ ގަޔަށް ގައު. ތުންބުޅި
-
ހޯމަ، އޮކްޓޫބަރ 12 2009، 07:50
ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ 4 ވަނަ ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ގެނެސްފައިވަނީ އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ފުރިހަމަ ލޯތްބާއި، ތާޢީދާއި، ރުހުމާއި އެކު ރާއްޖޭގެ ޤާނޫން އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން. ވީމާ މިސަރުކާރު ވައްޓާލުމަށް ނިޔަތްގަނެ އެކަމަށް މަސައްކަތްކުރަމުން އަންނަ، ވެރިކަމަށް ދަހިވެތިވެފައިވާ މިޤަމުގެ އެންމެ ބޮޑެތި ޚާއިނުންނަށް ދަންނަވަން. ކޮށްފައިވާ ވައްކަމާއި ވެފައިވާ ޚިޔާނާތުގެ މައްސަލަތައް ތަޙްޤީޤްކޮށް ޝަރީޢަތް ހިންގަފާނެތީ ބިރުގަންނަނީތޯއެވެ. އަދި ތިގޮތަށް މަސައްކަތްކޮށގެން ވެރިކަން ހޯދައިފިނަމަ ދަތުރުކުރަންޖެހޭނީ ލޭގެ ކޯރުތަކުގައި. ދިރިއުޅެންޖެހޭނީ އަލިފާނުގެ ގަނޑުވަރުގައި. ތަސައްވަރު ފެންނާނީ ކަށްވަޅުގައި. އަމުދަކުނ އަވަސް އަރުގައިގަނެގެން މިދުވަސް ގެންނަން ނޫޅޭތި. ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚީޔާނާތްތެރިވެ ބަނޑުފުރާފައިވާތީ ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތީތޯއެވެ. ދުރޫސުލް އަޚްލާޤުގެ ކުޑަވެސް ކަންފުޅެއް ހަމަނެތީ ތާއެވެ.
-
ހޯމަ، އޮކްޓޫބަރ 12 2009، 08:11
ޑީ އާރ ޕީ އިން ސަރުކާރު ނުވަދިހަ ދުވަސް ތެރޭގަ ވައްޓާލާނެ މީހުންނަށާ އަދި ނޮވެމްބަރ 3 ގަ ސަރުކާރު ވައްޓާލަންތިބި މީހުންނަށްވެސް އެނގެންވީ ދިވެހި ސަރުކާރަކީ މިހާރު ބާރުތައްވަކިކުރެވިފައިވާ ޖުމްހޫރީ ނިޒާމަކަށް ވެރިކަންކުރާ ސަރުކާރެއްކަމެވެ. ބަރުލަމާނީ ނިޒާމެއްނަމަ ސަރުކާރުވައްޓާލަން ފަސޭހަވީހެވެ. ޑީއާރުޕީން ބޭނުންވީ ފަސޭހައިން ސަރުކާރުވައްޓާނުލެވޭނެ ގޮތަށް ސަރުކާރު އޮންނާށެވެ. އެހެންވީމާ އަދި 1 އަހަރު ނުވަނީސް ތިދައްކަނީ ކޮން ސަރުކާރުވައްޓާލާވާހަކައެއްހެއްޔެވެ. ތީއޭ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަ ތަކަކީ... ).( 3 ނޮވެމްބަރު ގެ ފަހުންވެސް އަދި 90 ދުވަސް ފަހުން ވެސް ޑީއާރުޕީ ވެރިކަމަށް އާދޭތޯ އަހަރެމެންމިތިބީ ބަލާށެވެ. ޕޯޑިއަމް ތަކުގަ ޕާޓީ ތަކުން ރައްޔިތުންގެ ސަޕޯޓް ހޯދަން ސިޔާސީ މީހުން ދައްކާއުޅެނީ (މާ ޖޯޝާއެކީ ރޫޅި ރޫޅިފަ) ތި ކަހަލަ ތާކުންތާކު ނުޖެހޭ ވާހަކައެއްނޫނެވެ.
-
ހޯމަ، އޮކްޓޫބަރ 12 2009، 10:09
މައުމޫނު ވައްޓާލީވެސް އެމް.ޑީ.ޕީ މީހުން...އެހެންވީމަ އަންނިވެސް ވައްޓާލަންވީމަ ވައްޓަލެވޭނީ އަހަރެމެނަށް. ޑީއާރުޕީ އަކަށްނުވާނެ....(އެމްޑީޕީ މެމްބަރެއް)
-
ހޯމަ، އޮކްޓޫބަރ 12 2009، 10:17
މަގުމަށްޗަށް މީހުންނެރެ ހުތުރުއެއްޗެތި ގޮވާ ބޮޑެއް ކުޑައެއް މުސްކުޅިއެއް ނުބަލާ މުޒާހަރާކޮށް މީހުންނަށް އުދަގޫކޮށް ނަފްސާނީގޮތުން މީހުން ބަލިކަށިކޮށް މީހުންގެ މުދާ ނުހައްގުން އަތުލާ ސަޤާފަތު ފުރަތަމަ އަޅުގަނޑަށް ފެންނަންފެށީ މީގެ 30 އަހަރުކުރިން އިބްރާހިމް ނާސިރު ރީތިގޮތުގަ ވެރިކަން ދޫކުރައްވާ ވަޑައިގަތުމުން އޭރު ވެރިކަމަށްއައި ސަރުކާރުންނެވެ.އޭރު އަޅުގަނޑުގެ ޢުމުރުން 8 އަހަރެވެ.ސްކޫލްގައި ހުއްޓާ މިކަމުގައި ބައިވެރި ވާންޖެހޭނެކަން ވަނީ އެނގިފައެވެ. އޭރު އަޅުގަނޑުގެ ޅަސިކުނޑިއަށް ނާސިރަކީ ހާދަ ނުބައިމީހެކޭ އަރައެވެ.އޭރު އެ ބީދައިން އޭރުގެ ސަރުކާރުން އެގޮތަށް ކަންތައްކުރީ ކަނޑައެޅިގެން ވަކިމަޤްޞަދެއް ކަންއެނގި އޭރު ނާޞިރާދޭތެރެ އެގޮތަށް ދެކެވުނަސް މިހާރު އަޅުގަނޑުގެ ހިތުގައި އިބްރާހިމް ނާޞިރަށް ބަޠަލެއްގެ ދަރަޖަ ދެވިފައިވެއެވެ.ވީމާ،މަގުމައްޗަށް ނިކުންނަން ދަސްކޮށްދިނީ ރައީސް ނަޝީދުއާ އެމް.ޑީ.ޕީންނޭ ބުނާބޭފުޅުންނަށް ބުނެލަންއޮތީ މަގުމަށްޗަށް މީހުން ނެރުމުގައި މައުމޫނަށް ވުރެ ނަޝީދުއުޅުއްވަނީ.ފަހަތުގައޭ މި ސަޤާފަތު ފުރަތަމަ ފެތުރުއްވީ މައުމޫނޭ ،ނަޝިދުވެސް ދަސްފުޅު ކުރެވީ މައުމޫނު ކައިރިންނޭ. 30 އަހަރުގެ ވެރިކަމުގެ ޚިޔާނާތާ އަނިޔާވެރިކަން ބޮޑުކަމުން ލިބިދާނެ އަދަބަކުން ރެކުމަށް ބިރުދައްކަންމިހާރުގެ ސަރުކާރު ވައްޓާލާނަމޭ ކިތަންމެވަރަކަށް ގޮވިއަސް އެކަމެއް ނުވާނެ .އަދި ވެފައިވާ ޚިޔާނާތަކުންވެސް ނުރެކެވޭނެއެވެ.
-
ހޯމަ، އޮކްޓޫބަރ 12 2009، 11:28
ރައީސް ނަޝީދުގެ ވާހަކަ ރަގަޅެއް ނޫން. ޤާނޫނު އަސާސީއާ ހިލާފަށް ވެރިކަން ވައްޓާލަން ބަޔަކު މަސައްކަތް ކުރާ ކަމުގެ ފުރިހަމަ ހެކި ލިބިއްޖެ ނަމަ އެކަމާ ދޭތެރޭ ޤާނޫނީ ފިޔަވަޅު އަޅަންވާނެ. އެހެން ނޫނީ ރައީސް ކޮށްފައިވާ ހުވާ ގައި ބުނާ ޤާނޫނު އަސާސީ ދިފާޢު ކުރުމުގެ ބަޔާ ޙިލާފްވީ. ތިމަންމެން ކަމެއް ނުކުރާނަމޭ ބުނުމަކީ ވެރިޔަކު ދައްކާ ކަހަލަ ވާހަކަ އެއް ނޫން. ރައީސް ނަޝީދަކަށް ނޭންގޭ ދެއްކޭ ނުދެއްކޭ ވާހަކަ އެއްވެސް.
-
ހޯމަ، އޮކްޓޫބަރ 12 2009، 12:46
ސައްދާމު ހުސައިންވެސް ހަމަ ތިޔަގޮތަށް އެމރިކާއާއި ދިމާލަށް ބުނި. އެކަމަކު ނެރުނި ކޮންތާކުން.. ހަމަ ރާއްޖެއަށް ކަމެއް ދިމާވާއިރަށް އަންނިވެސް ނެރެންޖެހޭނީ ކަކުނި ހޮރަކުން ކަންނޭނގެ. ތިޔަ ބުނާހާ ހިތްވަރުގަދަ ، ބޭމިސާލު ، އަޒުމުވަރުގަދަ އަދި ކެރޭ ލީޑަރުންނެއް މިހާރު މިޒަމާނަކު ނޫލެޔޭ ބުންޏަސް ދޮގަކަށް ނުވާނެ. ވުމާއިއެކު ހަމަ ގައުމަށް ކަމެއް ދިމާވާއިރަށް ނުކުންނަން ތިބޭނީ ސިފައިންނާއި ފުލުހުން. އެކަމަކު އެކަމުގެ ހުރިހާ ފޮންޏަކާއި ރީތި ނަމެއް ލިބޭނީ އަންނިއާއި ސިފައިން އަދި ފުލުހުންގެ އޮފިސަރުންނަކަށް ނޫންތޯ... ފުލުހެއްގެ ބައްޕަ
-
ހޯމަ، އޮކްޓޫބަރ 12 2009، 12:51
ކިތައްމެވަރެއް ކުރިއަސް 3 ނޮވެމްބަރުގައި ހަމަ ސަރުކާރު ވައްޓާލާނަން