
85 ކުއްޖަކު އައިޖީއެމްއެޗުން ޕްރެގްނެންސީ ޓެސްޓްހެދުން : އެއީ މެޑީކަލް ރިކްއަރމެންޓަކަށް ކުރަންޖެހޭ ޓެސްޓް ތަކެއް: އައިޖީއެމްއެޗް
18 އަހަރު ނުފުރޭ 85 ކުއްޖަކު މިއަހަރުތެރޭގައި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ޕްރެގްނެންސީ ޓެސްޓް ހަދާފައި ވަނީ ބައެއް ބަލިތަކަށް ފަރުވާ ދޭއިރު ކޮންމެހެން ބަލިވެ އިންތޯ ސާފު ކުރަން ޖެހޭތީ ”މެޑިކަލް ރިކުއަރމެންޓެއްގެ ގޮތުން“ ކޮށްފައިވާ ޓެސްޓް ތަކެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ ސީއީއޯ ޒުބައިރު މުހައްމަދު ޑޮކްޓަރުންނާ ހަވާލާދެއްވައި ވިދާޅުވީ ވަކި ބަލިތަކަށް އަންހެން ކުދިންނަށް ފަރުވާ ދިނުމުގެ ކުރިން މެޑިކަލީ އެކުއްޖާގެ ހާލަތު ދެނެގަންނަށް ޑޮކްޓަރުންގެ މައްޗަށް ވާޖިބު ވާތީ އެފަދަ ބޭސްތައް ދޭން ޖެހޭ ކުދިން ބަލިވެ އިނދޭތޯ އާންމުކޮށް ޓެސްޓް ކުރަމުންދާ ކަމަށެވެ.
”ޑޮކްޓަރުންނާ ހަވާލާދީ ދެންނެވޭނީ އެ އުމުރުގެ ކުއްޖަކު އެތެރެހަށީގެ މައްސަލައެއްގައި އައިސްފިނަމަ އުސޫލެއްގެ ގޮތުން ޑޮކްޓަރުން ޕްރެގްނެންސީ ޓެސްޓް ހައްދަވާ. އެހެންވީމަ އެއިގެން ކޮންމެ ކުއްޖަކީ އެޓެސްޓް ހައްދަން އައިސްގެން ހައްދާ ޓެސްޓެއް ނޫން. އެއީ ޑޮކްޓަރުގެ ނިންމުމެއް ސީރަމް ބީޓަރ ޓެސްޓް ހެދުން. އޭގެ ތެރޭގައި ހިމެނޭ ތިން އަހަރުގެ ކުޑަކުދިންވެސް. އެއީ އާންމުކޮށް ހައްދުވާ ޓެސްޓެއް. ޕްރެގްނެންސީ ރޫލް އައުޓް ކޮންގެން ނޫނީ ދެވެން ނުހުންނަ ފަރުވާތައް ދޭތީ އެޓެސްޓް ހައްދަވާފައި. އެއީ މެޑިކަލް ރިކުއަރ މެންޓެއްގެ ގޮތުން ކުރައްވާ ކަމެއް.“ ޒުބައިރު ވިދާޅުވި އެވެ.
އައޖީއެމްއެޗުން ބުނީ އެހޮސްޕިޓަލުގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަނަށް އެއްބާރުލުން ނުދޭ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް އޮތް ވާހަކަތެއް ނޫން ކަމަށެވެ.
”އަޅުގަނޑުމެން އެއްބާރުލުން ދީގެން ހިއުމަން ރައިޓްސް ކޮމިޝަނަށް އެގިވަޑައިގަތީ 85 ކުދިން ޕްރެގްނެންސީ ޓެސްޓް ހަނދާފައިވާކަން. 85 ކުއްޖަކު ޕްރެގްވނެންސީ ޓެސްޓް ހަނދާފައިވާކަން އެގިވަޑައިގަތީމަ އެއީ ކިހިނަކުން ހިނގާފައިވާ ކަމެއްކަން (މެޑިކަލީ ކޮން އުސޫލަކުން ކުރެވޭ ކަމެއްކަން) ބައްލަވާލި ނަމަ އެގިވަޑައިގަންނަވާނެ.“ އައިޖީއެމްއެޗްގެ ސީއީއޯ ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ބުނީ 85 ކުއްޖަކު ޕްރެގްނެންސީ ޓެސްޓް ހައްދާފައިވާކަން އެގުމުން އެކުދިންނާ ބެހޭ ތަފްސީލު ދިނުމަށް އެދުމުން، އެތަފްސީލުތައް ދެވޭނީ މެޑިކަލް ކައުންސިލާއި ހެލްތު މިނިސްޓްރީއާ މަޝްވަރާކޮށްގެން ކަމަށް ދަންނަވާފައި ވާނެ ކަމަށެވެ.
އައިޖީއެމްއެޗްއިން ބުނީ 18 އަހަރުން ދަށުގެ ބައެއް ކުދިން ހައްދާ ޓެސްޓް ތަކުން ޕޮޒިޓިވްވެސް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ހެލްތު މިނިސްޓްރީގެ ދަށުން ހައްދަވާފައިވާ ފެމިލީ ޕްރޮޓެކްޝަން ޔުނިޓަށާއި ޕޮލިސް ސާވިސްއަށް އެފަދަ މައްސަލަތައް ހުށަހަޅައިގެން ކުރިއަށް ގެންގޮސްފައިވާނޭ ކަމަށް ޒުބައިރު ވިދާޅުވި އެވެ.
”ގިނަ ފަހަރަށް ޕޮސިޓިވް ވެފައި ހުންނަނީ ފެމިލީ ޕްރޮޓެކްޝަން ޔުނިޓްން ހުށަހަޅާ މައްސަލަތައް. ނޫން ނަމަ ޗައިލްޑް އެބިއުސް މައްސަލައެއް ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކޮށްފައިވާނީ ފެމިލީ ޕްރޮޓެކްޝަން ޔުނިޓާއި ގުޅިގެން“ ޒުބައިރު ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ އައިޖީއެމްއެޗްގައި މިއަހަރު ތެރޭ 85 ކުއްޖަކު ބަލިވެ އިންތޯ ކަށަވަރު ކުރުމަށް ޓެސްޓް ހައްދާފައިވާ ކަމަށާއި އައިޖީއެމްއެޗުން އެއްބާރުލުން ނުލިބިގެން އޭގެ އިތުރު މައުލޫމާތެއް ސާފުވެފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ކޯޓަށް ގޮސްގެން ނަމަވެސް އެ މައުލޫމާތުތައް ހޯއްދަވާނެ ކަމަށް އެކޮމިޝަނުން ބުނެފައި ވެއެވެ.
-
އާދިތްތަ، އޮކްޓޫބަރ 11 2009، 18:40
ކޮންމެސް މޮޅު ސްޓޯރީ އެއް ޖައްސާލީ ދޯ...
-
އާދިތްތަ، އޮކްޓޫބަރ 11 2009، 19:33
އެއްވެސް ކަމެއްގެ ހަޤީގަތް ނުބަލާ މިހާރު ދެންކޮންމެ ވާހަކައެއްވެސް ދަންކަންވީ.
-
އާދިތްތަ، އޮކްޓޫބަރ 11 2009، 19:42
މީގެން އިނގެނީ ރާއްޖޭގައި ޒިނޭ އާއްމުވެފާވާ މިންވަރު. ވަކި އުމުރެއްވެސް ނެތް.....
-
އާދިތްތަ، އޮކްޓޫބަރ 11 2009، 21:13
dދެންމީ ކިހާދެރަކމެއް ޓީވީއަށް އަރާ އިނދެގެން ހިއުމަންރައިޓްސްގެ ނާއިބުރައީސް ހެއްދެވީ އިތުރުފުޅެއްތާ ތިހެންވިއްޔާ ދެންމިގައުމު ރަނަގަޅު މިސްރާބަކަށް ދާނީ ކިހިނެއް އެންމެންގެ ޙައްގުތައް ހީދާދޭންތިބިމީހުން މިތިބީ އަނެއްކާ ވަކިފަރާތަކަށް ގޮސްހުސްވެފާބާ ހިތަށް އަރާ މިހާރު މިއަކީ ސަމާސާ ސަމާސކަމެއް ނޫންދޯ އެތަނުގައަ އުލޭ އަޙުމަދުކިޔާމީހާވެސް ތިމަރަފުށީވޯޓުގެ ދުވަސްވަރު އެދެއްކި ވާހހަކަދޯ ތެދުހަދަން ނޭނގެނީބާ މިމީހުންވެސްމީ ޝޭޙުންތަ
-
އާދިތްތަ، އޮކްޓޫބަރ 11 2009، 22:52
ދެން މީ ކިހާދެރަކަމެއް. ރާޖޭގަ މިއޮތީ ހިއުމަންރައިޓްސް ކޮމިޝަނެއްދޯ. ކޮންމެފަދަ މޮޔައެއްވެސް ގޮވާފާނެ. ވާނުވާ ހަމަ ނޭގެނީދޯ. ޝިފާޢު/ މައިސޫރު.