

އެމްޑީޕީގެ އާންމު ބައްދަލުވުން : 300 މިލިއަން ޑޮލަރަށްވުރެ ގިނައިންވެސް މިހާރު ވަނީ އިންވެސްޓްމަންޓްގެ ގޮތުގައި ރާއްޖެ ގެނެވިފައި: ރައީސް
-މުޙައްމަދު ނަސީމު-
ރާއްޖޭގައި ކުރަންޖެހޭ ތަރައްޤީގެ މަސައްކަތްތަކަށް ޚަރަދުކުރުމަށް ގެންނަވާނެކަމަށް ރައީސް ވިދާޅުވެފައިވާ ފައިސާގެ ތެރެއިން 300 މިލިޔަންޑޮލަރަށް ވުރެ ގިނަފައިސާ މިހާރުވެސް ވަނީ އިންވެސްޓްކުރުމަށްޓަކައި ރާއްޖެ ގެނެވިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ރޭވިދާޅުވެއްޖެއެވެ.
ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމްޑީޕީގެ ހަނގުރޭގައި ރޭބޭއްވި ޖަލްސާއެއްގައި ސަރުކާރަށް މިވީ 11 މަސްދުވަހުގެ ތެރޭގައި ކުރެއްވިފައިވާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
”އަޅުގަނޑު ބުނީމު އަޅުގަނޑުމެން 300 މިލިޔަންޑޮލަރު އިންވެސްޓްކުރުމަށްޓަކައި ރާއްޖެއަށް ގެންނާނަމޭ. މިހާރު އެއަށްވުރެ މާގިނަ ފައިސާ ވަނީ ރާއްޖެއަށް ގެނެވިފައި“ ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދަމުންދާކަމަށް އިޝާރާތްކުރައްވަމުން ރައީސް ނަޝީދުވިދާޅުވިއެވެ.
ރައީސް ނަޝީދު ރޭގެ ޖަލްސާގައި ފާހަގަކުރެއްވި ގޮތުގައި ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވާލާ ވާހަކަ ކުރިން ދެއްކުމުން މީހުން އެވަރަށް ދަތުރުނުކުރާނެކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް އެމަސައްކަތް މިހާރު ފަށާފައިވާ ސަރަހައްދުގައި ގިނަބަޔަކު އެނިޒާމުގެ ބޭނުން ހިފަމުންދާކަމަށް ރައީސް ވިދާޅުވި އެވެ.
އެމްޑީޕީ އިއްތިހާދު ރާއްޖޭގެ ވެރިކަމަށް އައިތާ މިއަދަށް 11 މަސްދުވަސްވެފައިވާއިރު ވަރަށް ގިނަކަންތައްތަކެއް ކުރެވިފައިވާނެކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރަށް އެއްއަހަރު ފުރޭދުވަހު ކުރެވިފައިވާ ކަންތައްތައް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ.
ރޭގެ ޖަލްސާގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވިގޮތުގައި ސަރުކާރުން ރާއްވަވަމުން ގެންދަވާ ތަރައްގީގެ މަޝްރޫޢުތަކަކަށް އިދިކޮޅުފަރާތްތަކުން ހުރަހެއް ނޭޅޭނެއެވެ. އަދި އެމަޝްރޫޢުތަކަށް ހުރަސްއަޅަން މަސައްކަތްކުރަނިކޮށްވެސް އެމަސައްކަތްތައް ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިގޮތުގައި ވޭތުވެ ދިޔަ 30 އަހަރުދުވަހުގެ ތެރޭގައި އަޅާފައި ނުވާހާ ގިނަ ނަރުދަމާގެ މަސައްކަތް މިފާއިތުވި 11 މަސްދުވަސްތެރޭގައި ވަނީ ފެށިފައިކަމަށް ރައީސް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަދެއްކެވުމަށް ފަހު ޓީވީމޯލްޑިވްސްކައިރީގައި ހުންނަ އެމްޑީޕީ ހަރުގެއިން ރައީސް ނަޝީދު ގަލޮޅުދަނޑަށް ވަޑައިގަތީ ހިންގަވާފައެވެ.
-
އާދިތްތަ، އޮކްޓޫބަރ 11 2009، 20:57
އިންވެސްޓްމަންޓްގެ ގޮތުގައި 300 ޑޮލަރު ރާއްޖެއަށް ގެނައީ ކޮންއިރަކު ތޯއެވެ. =ޤައުމުގެ ދޫ=