
ދެ އޮފީހެއްގެ ޕާމަނަންޓް ސެކްރެޓަރީކަމަށް 12 މީހަކު ކުރިމަތިލައިފި
ސަރުކާރުގެ ދެ އޮފީހަކަށް ޕަރމަނަންޓް ސެކްރެޓަރީން ހަމަޖެއްސުމަށް ސިވިލް ސަރވިސް ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން މުއްދަތު ހަމަވިއިރު 12 ފަރާތަކުން ކުރިމަތިލައިފިއެވެ.
އެކޮމިޝަންގެ މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ، އެޓަރނީ ޖެނރަލްގެ އޮފީހާއި މިނިސްޓްރީ އޮފް ހައުސިން ޓްރާންސްޕޯޓް އެންޑް އެންވަޔަރަމަންޓަށް ޕަރމަނަންޓް ސެކްރެޓަރީން ބޭނުންވެގެން މިދިޔަ ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަހު ކުރި އިއުލާނުގެ މުއްދަތު މިމަހުގެ 8ވަނަ ދުވަހުގެ 3:00 ހަމަވެފައިވާއިރު 12 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ.