
ރޯދަ ހަދިޔާގެ ނަސީބުވެރިން ފެށޭ ހަފްތާގައި އިއުލާނު ކުރެވޭވަރުވާނެ: ދިރާގު
ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޑެޑު(ދިރާގު)ން މިއަހަރުގެ ރޯދަމަހު ކުރިއަށް ގެންދިޔަ ”ދިރާގު ރޯދަހަދިޔާ“ގެ ނަސީބުވެރިން އަންނަ ހަފްތާގައި އިއުލާނުކުރެވޭ ވަރުވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ދިރާގުގެ އެސިސްޑެންޓް މެނޭޖަރ މާކެޓިން އެންޑް ކޮމިއުނިކޭޝަން އިބްރާހިމް މޫސާ(ފޯޑް) ވިދާޅުވީ އަންނަ ހަފްތާ ހިސާބު ނަސީބުވެރިން އިއުލާނު ކުރެވޭ ވަރުވާނެ ކަމަށާއި ސީދާ ތާރީހު ފައިނަލް އަދި ކުރެވިފައި ނުވާ ކަމަށެވެ.
”ޓީވީންވެސް ވަގުތު ބޭނުންވާނެ. މިހަފްތާވެސް ބައެއް އިއުލާނު ކުރުން އެކަށީގެން ވޭ.“ ފޯޑް ވިދާޅުވިއެވެ.
ދިރާގުން ކޮންމެ އަހަރެއްގެ ރޯދަމަހާއި ގުޅުވައިގެން ކުރިއަށް ގެންދާ ރޯދަ ހަދިޔާގައި މިއަހަރު އެސްއެމްއެސްކޮށްގެން ހާއްސަ ކުއިޒެއްވެސްވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި ކުއިޒުން ގުރުއަތުން ހޮވޭ ފަރާތަކަށްވަނި މެލޭޝިޔާގައި ޑިގްރީއަށް ކުއެވުމުގެ ފުރުސަތު ދިނުމަށް ހަމަޖައްސާފައެވެ. މީގެ އިތުރުން ވަޔާލެސް އިންޓަނެޓުގެ ޕްރޮމޯޝަން، 100 މިނެޓަށްވުރެ ގިނައިން ދައްކާ ފަރާތްތަކަށް ދޭ ހައްޖުދަތުރެއް، ރޯދަމަހުގެ ކޮންމެ ހުކުރުދުވަހަކު ރީލޯޑްކުރާ ފަރާތްތަކަށް 25 އިންސައްތައިގެ ޑިސްކައުންޓެއްވެސްވަނީ ދީފައެވެ. އަދި މީގެ އިތުރުންވެސް ވަރަށްގިނަ ޕްރޮމޯޝަންތައްވަނީ ކުރިއަށް ގެންގޮސްފައެވެ.