

ބެލްޖިއަމް އަތުން ބަލިވުމުން ތުރުކީ ކޯޗް އިސްތިއުފާ ދީފި
ރޭ ބެލްޖިއަމް އަތުން 2-0ން ބަލިވެ ތުރުކީއަށް އަންނަ އަހަރުގެ ވޯލްޑްކަޕުން ފުރުޞަތު ގެއްލުމުން ކޯޗުގެ މަޤާމުގައި ހުރި ފާތިހު ތަރީމް އިސްތިއުފާ ދީފިއެވެ.
އޭނާ ބުނީ އަންނަ ބުދަ ދުވަހު އާމީނިއާ އާއި ދެކޮޅަށް ތުރުކީ ކުޅޭ މެޗު ވެގެންދާނީ އޭނާ ތުރުކީގެ ކޯޗުގެ ގޮތުގައި ހުންނާނެ އެންމެ ފަހު މެޗަށެވެ.