ޕޯޗުގަލްއަށް މިރޭ ހަންގެރީ ބަލިކުރަން މަޖުބޫރު

އޮކްޓޫބަރ 10 2009، 15:50 0 ޚިޔާލު

އަންނަ އަހަރު ދެކުނު އެފްރިކާގައި ބާއްވާ ވާރލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމުގެ އުއްމީދު ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި މިރޭ ކުޅެވޭ ކޮލިފައިން މެޗުގައި ޕޯޗްގަލްއަށް ވަނީ ހަންގެރީ ބަލިކުރަން މަޖުބޫރުވެފައެވެ.

ކޮލިފައިން މެޗުތަކުގެ ގުރުއަތުލުން ބޭއްވުނުއިރު ޕޯޗުގަލްއަށް ކޮލިފައިވުމުގެ ފުރުޞަތެއް ލިބޭނީ އެހެން ޓީމުތަކުގެ އެހީގައި ކަމަށް ހީކުރާނީ ވަރަށް މަދު މީހެކެވެ. ނަމަވެސް ޔޫރޯ 2004ގެ ފައިނަލުގައި ކުޅުނު ޓީމަށް މިއަދު ކުރިމަތިވެފައިވާ ހާލަކީ އެއީއެވެ.

ޕޯޗުގަލް މިވަގުތުވަނީ 13 ޕޮއިންޓާއެކު ގްރޫޕް 1ގެ 3ވަނާގައެވެ. އެއްވާނާގައިވާ ޑެންމާކްވަނީ 5 ޕޮއިންޓް ކުރީގައެވެ. އަދި ދެވަނާގައިވާ ސްވިޑްވަނީ 2 ޕޮއިންޓް ކުރީގައެވެ. ބާކީ ކުޅެންއޮތީ 2 މެޗު ކަމަށްވުމާއެކު އެއްވަނަ މަޤާމާއެކު އޮޓަމެޓިކުން ކޮލިފައިވުމުގެ ފުރުޞަތު ޕޯޗުގަލްއަށް ނުލިބޭނެކަން މިހާރުވަނީ ޔަޤީންވެފައެވެ. އެހެންކަމުން އެޓީމަށް މިހާރު ޖެހިފައިވަނީ 2ވަނަ ހޯދާ ޕްލޭއޯފް ކުޅުމުގެ ފުރުޞަތު ހޯދާށެވެ.

މިރޭ ޑެންމާކް ސްވިޑްންއާ ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކީވެސް ޕޯޗުގަލްއަށް އޮތް ފުރުޞަތު ހުރަސް އަޅާފާނެ ކަމެކެވެ. އެމެޗުގައި 2-2ގެ ނަތީޖާއެއް ނުކުމެއްޖެނަމަ މިގްރޫޕުން މިދެޓީމު ކޮލިފައިވާނެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv