
ޕްރެޒިޑެންޓްސް ކަޕް : މާޒިޔާ ބަލިކޮށް ވީބީ ފައިނަލަށް
-އާދަމް ރިފާއު-
މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް 3-5 ލަނޑުން މާޒިޔާ ބަލިކޮށް ވީބީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ރޭގެ މެޗްގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ މާޒިޔާގެ ކުޅުންތެރިޔަކު ބައިކޮޅަށް ޖެހިލަނޑަކުންނެވެ.ތަސްނީމް ކީޕަރަށް ޖައްސާލި ބޯޅަ ކީޕަރަށް ސަލާމަތް ނުކުރެވުމުގެ ސަބަބުން ނެވެ.
ވީބީގެ ދެވަނަ ގޯލް ލަނޑުފެނިގެން ދިޔައީ މެޗްގެ 20ވަނަ މިނެޓްގައި އަބޫ ޑެސްމޮންޑްގެ ފަރާތުންނެވެ.މިފުރުސަތަކީ އަޝްފާގު މާޒިޔާގެ ދެ ޑިފެންޑަރުން ކަޓުވާލުމަށް ފަހު ހޯދަދިން ފުރުސަތެކެވެ.
މިލަނޑާއި އެކު މާޒިޔާ ކޮށްމެވެސް ވަރަކަށް ކުޅެވޭތޯ މަސައްކުރިއެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއްވެސް ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފް ފައްޓައިގެން މާގިނަ އިރު ތަކެއް ނުވަނިސް ޕެނަލްޓީ އޭރިޔާގެ ތެރެއިން އަލީ ނިޔާޒު ދަގަނޑޭ އަށް ކުރި ފައުލް އަކާއި ގުޅިގެން 63 މިނެޓްގައި ވީބީ އަށް ޕެނަލްޓީ އެއް ވަނީ ލިބިފައެވެ.ވީބީ އަށް ތިންވަނަ ލަނޑު މިޕެނަލްޓީން ކާމިޔާބު ކޮށްދިނީ އަޝްފާން އެވެ.
މިފައުލް އާއި ގުޅިގެން މާޒިޔާގެ އަލީ ނިޔާޒު އަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.
މިލަނޑާއި އެކު މާޒިޔާގެ ކުޅުން ރަނގަޅު ކުރިއެވެ.ނަތީޖާ އަކަށް ވީ މެޗްގެ 71ވަނަ މިނެޓްގައި މާޒިޔާ އިން އެމީހުންގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރިއެވެ.
މިލަނޑަކީ އަލީ އުމަރު ކުރި ފައުލު އަކާއި ގުޅިގެން ލިބުނު ހިލޭ ޖެހުމަކުން އަލީ ނިޔާޒު ކާމިޔާބު ކޮށްދިން ލަނޑެކެވެ.
މިލަނޑަށް ފަހު މާޒިޔާއިން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ގޯލަށް ފޮނުވާލާފައެވެ.ނަމަވެސް ހުރަހަކަށް ވެފައިވަނީ ގޯލް ދަނޑިއެވެ.
ދެ މިނެޓް ފަހުން އަނެއްކާވެސް ޕެނަލްޓީ އޭރިޔާގެ ތެރެއިން އަޝްފާގަށް ކީޕަރު ކުރި ފައުލް އަކާއި ގުޅިގެން ޕެނަލްޓީ އެއް ލިބުނެވެ.މިޕެނަލްޓީ ކާމިޔާބު ކޮށްދިނީ އަލީ އަޝްފާގު(ދަގަނޑޭ)އެވެ.
އޭގެ ތިން މިނެޓް ފަހުން ދަގަނޑޭ ވަރަށް ރީތި ކޮށް ދިން ޕާހަކުން އަލީ އުމަރު ވަނީ ވީބީގެ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.
މެޗްގެ ފަހު ވަގުތުކޮޅުގައިވެސް މާޒިޔާ އިން ވަނީ އިތުރު ގޯލެއްޖެހޭތޯ މަސައްކަތް ކޮށްފައެވެ.
މިގޮތުން 86ވަނަ މިނެޓްގައި މާޒިޔާގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ނާފިއު ވަނީ ކީޕަރު ކަޓުވާލުމަށް ފަހު މާޒިޔާ އަށް ގޯލެއް ކާމިޔާބު ކޮށްދީފައެވެ.
އަދި އޭގެ ތިން މިނެޓް ފަހުން ވީބީގެ ކުޅުންތެރިން ބޯޅަ ސާފް ކޮށްލަން އުޅުމުގެ ތެރޭގައި މާޒިޔާގެ ރަޝީދުގެ ގައިގައި ޖެހިފައި މި ބޯޅަ ވަނީ ގޯލަށް ވަދެފައެވެ.
އަންނަ ހޮނިހިރުދުވަހުގެ ރޭ އޮންނަ މިމުބާރާތުގެ ފައިނަލްގައި ވީބީ ނުކުއްނާނީ ވިކްޓްރީ ސްޕޯޓްސް ކުލަބާއި ދެކޮޅަށްށެވެ.