ޕެސިފިކް ގައުމުތަކުގައި ސުނާމީއެއްގެ ބިރުވެރިކަން ފެތުރިއްޖެ

އޮކްޓޫބަރ 8 2009، 12:31 0 ޚިޔާލު

ޕެސިފިކްކަނޑުގެ އަޑިއަށް ރޭފަތިހު އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން އެސަރަހައްދުގެ ގައުމުތަކަށް ސްނާމީއެއް އަރާފާނެކަމުގެ ބިރުހީވެއްޖެއެވެ. އަލްޖަޒީރާ ބުނާގޮތުގައި ފިލިޕީންސްގެ ސޫލޫއާކިޕެލަގޯގެ އިރުދެކުނަށް އައި ބިންހެލުމާ ގުޅިގެން ޕެސިފިކްގެ ގައުމުތަކަށްދިން ސްނާމީ އިންޒާރު މިހާރު ކެންސަލްކޮށްފައިވިޔަސް އެސަރަހައްދުގެ މީހުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައްއަޅާފައެވެ.

ރިކްޓަރމިންގަނޑުން 6.7ގެ ބާރުމިނުގައި ފިލިޕީންސްގެ އިރުދެކުނަށް އައި ބިންހެލުމާއި ގުޅިގެން ސަމޮއާއާއި ޕަޕުއާނިއުގިނީ ފަދަ ގައުމުތަކުގެ މީހުން ވަނީ އުސްހިސާބުތަކަށް ގޮސްފައެވެ. އެއީ ސްނާމީގެ އިންޒާރުދިނުމަށް ފަހު ކެންސަލްކޮށްފައިވަނިކޮށް ފާއިތުވި ހަފްތާގައި އެރި ސްނާމީގައި އެތައް ބަޔަކު މަރުވެފައިވާތީއެވެ. ނަމަވެސް މިފަހަރުގެ ބިންހެލުމުގައި އެއްވެސް މީހަކު މަރުވިކަމަށް އަދި ރެކޯޑްކުރެވިފައިނުވާކަމަށް އަލްޖަޒީރާ ބުނެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv