
މެންޗެސްޓަރ ޔުނައިޓެޑްގެ މޮޅުވާހަކަ އޮވެން ދައްކައިފި
މެންޗެސްޓަރ ޔުނައިޓެޑަކީ ދުނިޔޭގެ އެންމެ ބޮޑު ކްލަބްކަމުގައި މި މޫސުމުގައި އެޓީމާއި ގުޅުނު މައިކަލް އޮވެން ބުނެފިއެވެ. ފަހަރެއްގައިމިއީ އޭނާ ކުރިން ކުޅުނު ލަވަޕޫލްގެ ސަޕޯޓަރުން މާ ހިތްހަމަޖެހޭ ވާހަކައަކަށް ނުވެދާނެއެވެ.
އެހެންކަމުން މިމަހުގެ 25ގައި މެންޗެސްޓަރ ޔުނައިޓެޑްލިވަޕޫލާ ބައްދަލުކުރާ މެޗުގައި އޮވެންއަށް ހަމަލާތައް ރައްދުވުމަކީ ކައިރިކަމެކެވެ. މިދިޔަ ހަފްތާގައި ޗެމްޕިއަންސްލީގުގައި ވުލްފްސްބަރގްއަތުން މޮޅުވި މެޗުގައި ލިބުނު އަނިޔާ މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ. އެހެންކަމުން އޮވެން މި މެޗުގައި ކުޅުން ގާތެވެ.
29 އަހަރުގެ އޮވެން ފުރަތަމަ 11ގައި އެރި އެއްވެސް މެޗެއްގައި އަދި ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ނަމަވެސް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ދެ މެޗުގައި އޭނާވަނީ ލަނޑު ޖަހާފައެވެ. އޭގެ ތެރޭގައި މެންޗެސްޓަރ ސިޓީ އަތުން ޔުނައިޓެޑް މޮޅުވި މެޗު ހިމެނެއެވެ.
މިހާރުވެސް އޮވެން އަށް ޓީމުން ފުރުސަތު ލިބެނީ ބާބެތޯވްއާއި ވޭންރޫނީގެ ފަހަތުންކަމަށްވީނަމަވެސް ޔުނައިޓެޑްގެ ހުރިހާ ކަމަކާމެދުވެސް އޮވެންހުރީ ހިތްހަމަޖެހިފައެވެ. އޭނާބުނީ އޯލްޑްޓްރަފޯޑްގައި އުޅޭ ހިތްވާކަމަށާ އަދި އެލެކްސް ފަރގަސަންއާއިއެކު މަސައްކަތްކުރަން ވަރަށް ހިތްހަމަ ޖެހޭކަމަށެވެ. އޮވެން ބުނީ ބޮޑު ކްލަބެއްގައި ހުންނަންޖެހޭ ހުރިހާކަމެއް މެންޗެސްޓަރ ޔުނައިޓެޑްގައި ފުރިހަމައަށް އެބަހުރިކަމަށެވެ.
89 މެޗު ގައުމީ ޓީމަށް ކުޅެ 40 ލަނޑުޖަހާފައިވާ އޮވެންއަށް ފަހަކަށް އައިސް ގައުމީ ޓީމުން ފުރުސަތު ލިބިފައެއްނުވެއެވެ. އަދި ކޯޗް ފަބިއޯ ކަޕެއްލޯގެ ނަޒަރު އޭނާއަށް ހުރިހެން ހިއެއްވެސް ނުވެއެވެ. ނަމަވެސް އޮވެންއަދިވެސް ހުރީ އަންނަ އަހަރުގެ ވާލްޑްކަޕުގައި އޭނާ އަށް ކުޅުމުގެ ފުރުސަތު ނުލިބޭނަކަމަށް ނިންމައިގެނެއްނޫނެވެ.
-
ބުދަ، އޮކްޓޫބަރ 7 2009، 19:27
މައިކަލް އޮވެންއަކީ ކުރީގައި ވަރަށް އިތުބާރު ފޯވަޑެއް އެހެންނަމަވެސް އޮވެންއަކީ ވަރަށް އަވަސް އަވަހަށް އިންޖަރީވާ ކުޅުންތެރިއެއް. އެހެންވީމާ އޮވެންއަކަށް މެންޗެސްޓަރ ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ޖާގަލިބުން ދަތިވާނެ. އަދި 2010 ގެ ވޯލްޑްކަޕުން ޖާގަ ލިބުންވަރަށް ދުރުކަމަށް ފެންނަނީ