

ލިންޑްސޭ ލޯހަން އަކީ ބޭހަށް އެޑިކްޓް ވެފައިވާ ކުއްޖެއް ކަމުގައި އޭނާގެ ބައްޕަ ބުނެފި
މަޝްހުރު ޕޮޕް ލަވަ ކިއުންތެރިޔާ، މޮޑެލް އަދި އެކްޓްރެސް ލިންޑްސޭ ލޯހަން އަކީ ޕްރިސްކްރިޕްޝަން ޑްރަގް އަށް އެޑިކްޓް ވެފައިވާ ކުއްޖެއް ކަމުގައި އޭނާ ގަ ބައްޕަ ބުނެފިއެވެ.
އެނާގެ ބައްޕަ ބުނިގޮތުގައި ލިންޑްސޭގެ ތަދްބީރު ހުންނާނީ މައިކަލް ޖެކްޝަން އާއި ހީތް ލެޖެރ އަށް ވީ ފަދައިންނެވެ. ރާޑަރ އޮންލައިން އަށް ލިންޑްސޭ ގެ ބައްޕަ މައިކަލް ދިން އިންޓަވިއު އެއްގައި މައިކަލް ބުނެފައިވަނީ ލިންޑްސޭ އަކީ މިހާރު ބޭހަށް އެޑިކްޓް ވެފައިވާ ކުއްޖެއް ކަމަށާ މިހާރު ލިންޑްސޭ އަކީ އޭނާ ބަލާބޮޑު ކުރި ލިންޑްސޭ އެއް ނޫން ކަމަށެވެ.
ލިންޑްސޭ ގެ ބައްޕަ މައިކަލް ބުނެފައި ވާ ގޮތުގައި އޭނާ ލިންޑްސޭ އެކަމުން ސަލާމަތް ކުރާނަން ކަމަށާ ބޭހެކީ އެޑިކްޓް ވެއްޖެ ނަމަ ހުއްޓަން ވަރަށް އުނދަގޫ އެއްޗެކެވެ.
ލިންޑްސޭ ލޯހަން ވަނީ 63 ފަހަރެއްގެ މަތިން އެކި ރީހެބިލިޓޭޝަން ސެންޓަރ ތަކުން ފަރުވާ ހޯދާފައެވެ.
އޭނާގެ ވަނީ އެކި ފަހަރު މަތިން މަސްތު ވެގެން ހުރެ ކާރު ދުއްވުމުގެ މައްސަލައިގާ ދައުވާ ކޮށް ކުއް ސާބިތު ވެގެން އެކި ފަހަރު މަތިން ޖަލަށް ލެވިފައެވެ.
އޭނާގެ އަތުން ވަނީ ފުލުހުންނަށް އެކި ފަހަރު މަތިން ބޭނުން ކުރެވޭ އަދަދަކަށް ކޮކެއިން ވެސް ފެނިފައެވެ.
ލިންޑްސޭ ލޯހަން އަކީ އުމުރުން 23 އަހަރުގެ ވަރަށް ހުނަރުވެރި ނަން މަޝްހޫރު ތަރިއެކެވެ.