ގުދުރަތީ އާ ހަތް އަޖައިބު ހޮވުމަށް ރާއްޖެއަށް ވޯޓުދިނުން ރަސްމީކޮށް ލޯންޗްކޮށްފި

އޮކްޓޫބަރ 4 2009، 16:20 0 ޚިޔާލު

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އާއި މޯލްޑިވްސް ޓޫރިޒަމް ޕްރިމޯޝަން ބޯޑް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ”ނިއު 7 ވޮންޑާރސް އޮފް ނޭޗަރ“އަށް ވޯޓްލުމުގެ ކެމްޕެއިނެއް ފަށައިފިއެވެ.

މިކެމްޕެއިން ރަސްމީކޮށް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ހަވީރު މާލެ ހެދިގޮނޑުދޮށު ސަރަޙައްދުގައެވެ. މިރަސްމިއްޔާތު އިފްތިތާޙްކޮށް ދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ ޑރ. އަޙްމަދު އަލީ ސަވާދެވެ.

ހެދިގޮނޑުދޮށުގައި ވޯޓްލެވޭ ގޮތަށް ލެޕްޓޮޕް ތަކެއް ބަހައްޓައިގެން އިއްޔެ ވަނީ މި ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. ވޯޓްލުން ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ ހަވީރު 4ން 6ށް އަދި ރޭގަނޑު 8ން ރޭ 12 ޖަހަންދެނެވެ. ވޯޓުލުން ކުރިޔަށް ދިޔައިރު އެކަމާގުޅޭ މައުލޫމާތުވެސް އެތަނުން ލިބެން ހުއްޓެވެ.

ނިއު ސެވަން ވޮންޑާސް އޮފް ނޭޗާގައި ރާއްޖެއަށް ވޯޓުލުމަށް ފޯނު މެދުވެރިކޮށް ރާއްޖެ އަށް ވޯޓު ދޭ ފަރާތްތަކުން 0041773124041އަށް ގުޅުމަށްފަހު އަންނަ މެސެޖު ނިމުން ރާއްޖެ އަށް ދީފައިވާ ކޯޑު 7718 ޖެހެމުން ވޯޓް ލެވޭނެ އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv