މިއަހަރު ގޭގެއަށް ވަޔާލެސް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ދިރާގުން މަސައްކަތް ކުރަނީ

އޮކްޓޫބަރ 4 2009، 16:17 0 ޚިޔާލު

މިއަހަރުގެ ތެރޭގައި ގޭގެއަށް ވަޔަލެސް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑު(ދިރާގު)ން މަސައްކަތް ކުރަމުން ދާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ދިރާގުން ބުނީ ވަޔަލެސް ބްރޯޑް ބޭންޑް އިންޓަނެޓުގެ ހިދުމަތް މިއަހަރު ނިމުމުގެ ކުރިން ގޭގެއަށް ފޯރުކޮށްދޭނެ ކަމަށާއި މީގެ އިތުރުން މިހާރު ހިދުމަތް ދެމުން ގެންދާ ރަށްތަކުގެ އަދަދުވެސް އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ހިދުމަތާއި ބެހޭގޮތުން އިތުރު މައުލޫމާތެއް މިއަދު ލިބޭގޮތްވަނީ ނުވެފައެވެ.

ވަލާފެސް އިންޓަނެޓު ނުވަތަ ފައިފައި އިންޓަނެޓުގެ ހިދުމަތަކީ ކޭބަލަކާއި ކުނާ އެކައުންޓެއް ގަނެގެން ހޯދޭ އިންޓަނެޓުގެ ހިދުމަތެކެވެ.

ދިރާގުން މިހާރުވެސް ދަނީ ރާއްޖޭގެ 70 އިންސައްތައަށްވުރެ ބޮޑު ބަޔަށް ވަޔާލެސް އިންޓެނެޓުގެ ހިދުމަތް ދެމުން ނެވެ. އެގޮތުން ރާއްޖޭގެ ގިނަ ރިސޯޓުތަކާއި ބައިނަލް އަގުވާމީ ވައިގެ ބަނދަރުފަދަ މުހިންމު ތަންތަންވެސް ހިމެނެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv