ލިލް ވެއިން އާ މިކްސް ޓޭޕެއް ހެދުމުގެ މަސައްކަތް ކުރަނީ

އޮކްޓޫބަރ 4 2009، 12:36 0 ޚިޔާލު

މަޝްހޫރު ރެޕް ލަވަ ކިއުންތެރިޔާ ލިލް ވެއިން އާ މިކްސް ޓޭޕެއް ހެދުމުގެ މަސައްކަތް ކުރަމުން ދާ ކަމުގައި ލިލް ވެއިން ބުނެފިއެވެ.

ލިލް ވެއިންގެ އުފަން ދުވަހު އެމްޓީވީ އަށް ފޯނުނ ދިން އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި އޭނާ މި މިކްސް ޓޭޕް ހަދަން ގަސްތު ކުރީ މި ދުވަސް ކޮޅަކީ ވަރަށް ގިނަ ރެޕް އާޓިސްޓުން މިކްސް ޓޭޕް ތައް ނެރެމުން ދާ ދުވަސް ކޮޅަކަށް ވާތީ އެވެ.

އަދި މި މިކްސް ޓޭޕަށް ދީފައިވާ ނަމަކީ ”ނޯ ސީލިންގް“ އެވެ. އަދި އޭނާ ނޮވެމްބަރުގައި ނެރެން ފަސް ކޮށްފައިވާ ”ރިބާރތް“ ގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމުގައި ލިލް ވެއިން ބުނެފައި ވެއެވެ.

ލިލް ވެއިންގެ މި އިންޓަވިއުގައި އޭނާގެ އުފަން ދުވަހާއި ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ އޭނާގެ އުފަން ދުވަހުގައި ދިޔައީ އޭނާ ގެ އެންމެ މަގްބޫލު ފުޓްބޯޅަ ކުޅުންތެރިޔާ ކުޅޭތަން ބެލުމަށް ކަމުގައެވެ.

އެމްޓީވީން ބުނެފައިވާ ވާ ގޮތުގައި ލިލް ވެއިން ގެ އުފަން ދުވަހުގައި މިލިއަން ޑޮލަރުގެ އަގު ހުރި ގަޑިއެއް ލިބިފައި ވާ ކަމަށާ އަދި ޖަވާހިރުން މަތި ޒީނަތް ތެރި ކޮށްފައިވާ ކޭކެއް އޭނާ އަށް ލިބުނު ކަމުގެމައުލޫމާތު އެމްޓީވީ އަށް ލިބިފައި ވެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv