ބޭންކްސް 30 ލަވަ ހިމެނޭ 2 ސީޑީގެ މިކްސް ޓޭޕެއް ވަރަށް އަވަހަށް ނެރެނީ

އޮކްޓޫބަރ 4 2009، 12:33 0 ޚިޔާލު

އެމްޓީވީ އަށް ދިން އިންޓަވިއު އެއްގައި ލޮއިޑް ބޭންކްސް ބުނެފައި ވާ ގޮތުގައި އޭނާ މި ހުރިހާ ދުވަހު ކުރަމުން އައި މަސައްކަތަކީ މިއީ އެވެ. މި މިކްސް ޓޭޕް ނެރުމަށް ފަހު ލަވަ ތަކަށް ވީޑިއޯ ވެސް ކުޅޭނެ ކަމުގައި ބޭންކްސް ބުނެފައި ވެއެވެ.

މިއީ ބޭންކްސް މިއަހަރު ތެރޭގައި ނެރޭ 2ވަނަ މިކްސް ޓޭޕްވެ. މި އާ މިކްސް ޓޭޕް ގެ 30 ލަވައިގެ ތެރެއިން ފީޗާރ ލަވަ އެއްގެ ގޮތުގައި އިންނާނީ ހަމަ އެކަނި އެންމެ ލަވަ އެއް ކަމަށާ އެ ލަވަ ކިޔާފައި ވާނީ ޓޯނީ ޔޭޔޯ އާ އެއްކޮށް ކަމުގައި ބޭންކްސް ބުނެފައި ވެއެވެ.

ލޮއިޑް ބޭންކް އަކީ ”ޖީ-ޔުނިޓް“ ގްރޫޕް ގެ ވަރަށް މަޝްހޫރު ލަވަ ކިއުން ތެރި އެކެވެ. މަޝްހޫރު ލަވަ ކިއުން ތެރިޔާ 50 ސެންޓް އާއި އެއްކޮށް އުޅެ ބޮޑުވި ބޭންކްސް މިހާރުވެސް ލަވަ ކިއަމުން ދަނީ އޭނާ ގެ ކުޑަ އިރުގެ އެކުވެރިން ކަމަށްވާ 50 ސެންޓް، ޓޯނީ ޔޭޔޯ އާއި އެއްކޮށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv