

ސޮނީ ސްޕޯޓްސްއިން މާކިއުރިއަލް އާއިލާގެ ނައިކް ބްރޭންޑްގެ ފުޓުބޯޅަ ބޫޓެއް ބާޒާރަށް ނެރެފި
ސޮނީ ސްޕޯޓްސްއިން ”މާކިއުރިއަލް“ އާއިލާގެ ނައިކް ބްރޭންޑްގެ ފުޓުބޯޅަ ބޫޓެއް ބާޒާރަށް ނެރެފިއެވެ.
ސޮނީ ސްޕޯޓްސް ޗާންދަނީމަގުގައި ހުންނަ ފިހާރާގައި ބޭއްވި ހާއްސަ ރަސްމީއްޔާތެއްގައި މި ބޫޓު ރާއްޖޭގެ ބަޒާރަށް ނެރެދީފައިވަނީ އެންމެ ފަހުން ބޭއްވި ސާފް ޗެންޕިއަންޝިޕުގައި ރާއްޖެއަށް ރަންމެޑަލް ހޯދައިދިން ގައުމީ ފުޅުބޯޅަ ޓީމުގެ ކެޕްޓަލް އައްސަދު އަބްދުލް ގަނީއެވެ.
ރާއްޖޭގައި ކުޅިވަރުގެ ގިނަ ބްރޭންޑްތަކެއްގެ ސާމާނު ވިއްކާ ސޮނީގެ މާކެޓިން އެގްޒެކްޓިވް އަހުމަދު ނިޝާން ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވީ މާކިއުރީއަލްގެ ނައިކް ބްރޭންޑްގެ ފުޓުބޯޅަ ބޫޓު ރާއްޖޭގެ ބާޒާރަށް ނެރެފައިވަނީ އޭޝިޔާގެ ގައުމުތަކުގައި ވެސް އެބޫޓު ބާޒާރަށް ނެރުނު ވަގުތާއި އެއް ވަގުތެއްގައި ކަމަށެވެ.
”އަޅުގަނޑުމެން މި ގޮތަށް އެހެން ގައުމުތަކާއި އެއްވަގުތެއްގައި މި ބޫޓު ރާއްޖޭގެ ބާޒާރަށް މިނެރުނީ ދިވެހި ކުޅުންތެރިންގެ ވެސް އެދުމުގެ މަތިން. ދިވެހި ކުޅުންތެރިން އަބަދުވެސް ބުނޭ ދުނިޔޭގެ ބާޒާރަށް ބޫޓެއް ނުކުންނަތާ ތަންކޮޅެއް ފަހުންނޭ ރާއްޖެއަށް އެބޫޓެއް ލިބެނީ. އެހެންވެ މި ނެރުނީ.“ ނިޝާން ވިދާޅުވިއެވެ.
ސިންގަޕޫރާއި މެލޭޝިޔާގައި ވެސް މި ބޫޓު ލޯންޗްކުރި ވަގުތާއި އެއް ވަގުތެއްގައި ސޮނީ ސްޕޯޓްސްގައި ވިއްކަން ފަށާފައިވާ މި ބޫޓު ނެރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ބައެއް ފުޓުބޯޅަ ކޯޗުނާއި ފުޓުބޯޅަ ކުޅުންތެރިންވެސްވަނީ ބައިވެރިވެފައެވެ.
ނިޝާން ވިދާޅުވީ ކުރިއަށް އޮތް ތާނގައި ކުޅިވަރުކުޅޭ ތަފާތު ސާމާނުވެސް ދުނިޔޭގެ ބާޒާރަށް ނެރުމާއި އެކުއެކީގައިހެން ރާއްޖޭގެ ބާޒާރަށްވެސް ނެރުމަށް މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.
”މިއީ ޗައިނާގެ އުފެއްދުމެއް. ޗައިނާގެ އުފެއްދުމެކޭ ބުނުމުން ބައެއް ބޭފުޅުން ހީފުޅުކުރައްވާ ފާނެ މިއީ ފޭކެކޭ. ނަމަވެސް މިކަން ވާގޮތަކީ ނައިކް ކުންފުނިން ބޫޓެއް ނެރެންވުމުން ލާނީ ބިޑަށް. އެބިޑެއް ކާމިޔާބުކުރާ ފަރާތަކަށް އެބޫޓެއް އުފެއްދުމުގެ ޗާންސް މިލިބެނީ.“ ޝިނާން ވިދާޅުވިއެވެ.”މިއީ ދުނިޔޭގެ ބާޒާރުގައި މިވަގުތު ހުރި އެންމެ ލުއި އެއް ބޫޓުކަން ފާހަގަ ކޮށްލަން.“
މާކިއުރިއަލް އާއިލާގެ ތިން ވައްތަރެއް ސޮނީއިން ވަނީ ރާއްޖެއަށް ތައާރަފުކޮށްފައެވެ. މި ބޫޓުތަކުގެ އަގު އުޅެނީ 695ރ. ފެށިގެން ގޮސް 2,040ރ. ހަމައަށެވެ.